Thursday 31 July 2008

ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށް އޮތް ހުރަސްތައް

ޑިމޮކްރެޓިކް ވެރިކަން ގާއިމުކުރުމުގެ މަގުމަތީގައި ތަފާތު ހުރަސްތަކާ ގޮންޖެހުންތައް ދަނީ ކުރިއަރަމުން އަންނަ ގައުމުތަކާއި ދިމާވަމުންނެވެ. މިއަދުގެ އެޑިޓޯރިއަލްގައި ފާހަގަ މިކުރަނީ، ޕާކިސްތާން، ޗައިނާ، ފަލަސްތީން، ޒިމްބާބްވޭ އަދި އަފްޣާނިސްތާނެވެ. 'ބްލޮގް އެޓް އެމެރިކާ ޑޮޓް ގަވް' ގައި ބްރިޖިޓް ހަންޓަރ (މިއަހަރުގެ ޖޫން އަދި ޖުލައިގައި) މި ގައުމުތަކަށް ވަރަށް ގާތުން ބަލައިލައެވެ. ހަންޓަރ ގެ މި ލިއުންތަކަށް ބަލާއިރު، ދިވެހީންގެ މިއަދުގެ ހާލަތަކީވެސް މިއީއެވެ. ގިނަ ޒަމާންތަކެއް ވެފައިވާ އޮޓޯކްރެސީއެއްގެ ކަސްތޮޅުން ނެއްޓި، ލިބަރަލް ޑިމޮކްރަސީ އަށް ދީލައިލުމަކީ، އުނދަގޫ ކަމަކަށް މިއަދު މިއޮތީ ވެފައެވެ. ހަންޓަރ ގެ ލިއުންތަކުގައި ހިމެނި ގައުމުތަކަކީ، ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއާއި ހިއްސާކުރާ މައްސަލަތަކެއް ހުރި ގައުމުތަކެކެވެ.

މިސާލަކަށް، ޕާކިސްތާނު ނަންގަވާށެވެ. މިގައުމުގައި، އިގްތިސޯދީ އެތަކެއް މައްސަލަ މިހާރުވަނީ އަނގަމަތިވެފައެވެ. ގޮވާން، އިލެކްޓްރިސިޓީ އަދި ފިއުލް ގެ ބާވަތްތައް ވަނީ އިންތިހާއަށް މަދުވެފައެވެ. އިންފްލޭޝަން އުޅެނީ %20 ގައެވެ. ރުފިޔާގެ އަގު އޮތީ ދަށުދަރަޖައަކަށް ފައިބާ ވެއްޓިފައެވެ. އިންވެސްޓަރުންނަށް ލިބެންޖެހޭ ޔަގީންކަމާއި ހިތްހަމަޖެހުން މިވަނީ، އަލަށް އެކުލަވާލި ގުޅިފައިވާ ސަރުކާރުންވެސް ނުހޯދައިދެވިފައެވެ. ބޭރުގެ ރިޒަރވް އެވަނީ ދެބައިކުޅަ އެއްބަޔަށް ތިރިވެފައެވެ. އަދި ބަޖެޓާއި ޓްރޭޑް ޑެފިސިޓް ގެ ސަބަބުން އިގްތިސޯދު އެކަށް ހީނަރުވެފައެވެ. އިޒްރޭލް-ފަލަސްތީނުގެ ދިގުލާގޮސްފައިވާ މައްސަލަ، ދެން ނަންގަވާށެވެ. ހަންޓަރ ބުނާގޮތުގައި، މި ދެ ސަހަރުގައި ތިބި އަހުލުވެރީން ބެނދެވިފައި އެވަނީ، ޝައްކާއި ވަހުމުން ފެތުރިފައިވާ ދަލެއްގައެވެ. މި ދަލުން ސަލާމަތްވާން އަންނަނީ، ޖެހިޖެހިގެން އޮންނަ ދެ ދައުލަތުގެ ގޮތުގައި މި ދެ ދައުލަތް ދެމިއޮވެވޭނެކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިގެންނެވެ.

ޗައިނާއަށް ބަލާއިރު، ކަމުގެ މާހިރަކު ދެކޭގޮތުގައި، ހަމައެކަނި މާރކެޓްފުޅާވުމާއި އިގްތިސޯދް އެއާއެކު ތަރައްގީވުމުން، ޑިމޮކްރަސީ ނުގެނެސް ކުރިއަށްދިއުމަށް ކޮމިއުނިސްޓް ޕާޓީއަށް ފަސޭހަވިއެވެ. އެއާއި ޚިލާފަށް، ޗައިނާގެ އާންމު ރައްޔިތަކު ބުނަނީ، ވިޔަފާރީގެ ތަރައްގީއާއި އެއްހަމައެއްގައި ޑިމޮކްރަސީއަކަށް ފުރޮޅާލުމުގެ ހަރަކާތްތައްވެސް ހިންގަން ޖެހޭނެކަމަށެވެ. އަދި، މި ދެކަމަކީ އެކުއެކުގައި ހިންގަންޖެހޭ ދެހަރަކާތްކަމަށް، އާންމު ރައްޔިތުންނަށް ގަބޫލުކުރެވިއްޖެނަމަ، ރައްޔިތުން އެކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ، އެ ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް މީނާ ބުނެއެވެ.

ޒިމްބާބްވޭގެ ހާލަތު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހަންޓަރ ގެ ސުވާލަކީ: ޒިމްބާބްވޭއަށް ޑިމޮކްރަސީ ގެނައުމަށް އެހީތެރިވުމުގައި، ބައިނަލްއަގްވާމީ ފަރާތްތަކުން ފިޔަވަޅުއަޅަން އެންމެ އެކަށީގެންވަނީ ކިހިނަކުން ހެއްޔެވެ؟ އިންތިޚާބުގެ ކަންކަމަށް އެކަނި އަލިއަޅުވާލައިގެން ކުރިޔަށް ދިއުމުން މަގްސަދު ހާސިލްވާނެބާވައޭ، އޭނާ އަހައެވެ. އަފްޣާނިސްތާނުގައި ހަންޓަރ ފާހަގަކުރި ގޮތުގައި، އެގައުމުގެ ފޭލްވުން ގުޅިފައިވަނީ ތިން ދިމާލަކާއެވެ. ނޫނީ ތިން މައްސަލަޔާއެވެ. އެއީ، ސެކިއުރިޓީ ނެތުމާއި، ބޭނުންކުރުން މަނާ ޑްރަގް ގެ މައްސަލައާއި، ކަރަޕްޝަނެވެ. މިއީ ގައުމު އިނދަޖައްސާލި އެންމެ މައިގަނޑު ތިން ސަބަބުވެސްމެއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ތިޔަބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެއެވެ. އެހެންކަމުން، 'އަނެއް ދިވެހި ރާއްޖެ' މިހާރު ސިފަވެސް ކުރެއްވެވޭނެއެވެ.

 

Tuesday 29 July 2008

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އިޤްތިޞޯދީ ވަޅުގަޑަކަށް ވެއްޓިފަ

އާދެ! މިފަހަކަށް އައިސްބޮޑުކަޓޭގެ ވާހަކައެއް ނުލިޔާތާ ދުވަސް ކޮޅެއް ވެއްޖެކަމަށް އަޅުގަޑު ހީކުރަން، އެހެންނަމަވެސް  ކިޔުން ތެރިންގެ ކިބައިން މަޢާފަށް އެދެމުން އަނެއްކާވެސް ކޮންމެވެސް ވާހަކަކޮޅެއް ގެނެސްދެވޭތޯ ބަލާލާނަމެވެ.

ޤައުމުގެ އިޤްތިޞޯދީ ހާލަތު މިހާދަށު ދަރަޖަޔަކަށް ވެއްޓިގެންދާ މިދަނޑިވަޅުގައި އެއަރޕޯޓުކަހަލަ ވަރުގަދަ ކުންފުންޏެއްގެ މާލީހާލަތު ދަށަށް ދިޔުމަކީ މުޅިޤައުމު ފުންކޮށް ވިސްނަންވެއްޖެ ކަމެއްކަމުގައި ދެކެމެވެ. ހިތާމަޔަކީ އަޅުގަޑުމެންގެ ދަރީންނާއި ދަރިންގެ ދަރިންނަށާއި އަންނަންއޮތް ޖީލްތަކަށް މިކަމުގެ އަސަރު ފޯރާނެކަމާއިމެދު ކުޑަވެސް ޝައްކެއްނެތެވެ.

އެއަރޕޯޓަކީ ޒަމާނުއްސުރެން އަދި މިފަހަކާއި ޖެހެންދެންވެސް މިޤައުމުގެ އިޤްތިޞޯދިއްޔަތައް ގިނަގުނަ ފައިދާ ތަކެއް ފޯރުކޮށްދޭ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. ނަމަވެސް ހިތާމަޔަކީ އެދުވަސްތައް މާޒީއާއި އެކު ފޮހެވިގެން ފުންވަޅުގަޑެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ހީވާތީއެވެ. މިހެން މިބުނެލީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ކުންފުނީގެ މިހާރުގެ ގިނަވެރިންނަކީ ކަރަޕްޓުން ފުރިގެންވާ ޚިޔާނާތްތެރި ބަޔަކަށްވީތީއެވެ. އެކިފަހަރުމަތިން އެކި އާޓިކަލްތަކުގައި ލިޔެވިފައިވާނެއެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ އާޓިކަލް ތަކާއި ދޭތެރޭގައި ކުޑަކޮށްވެސް ވިސްނާލާނެ ފަރާތެއް ނެތްކަމެވެ.

އިޤްތިޞޯދުކުރުމުގައި އެއްވެސް ވަރަކަށް ވިސްނާނުލައެވެ. ޚާއްސަކޮށް މިކަމުގައި އަރާހުރި ލާމަސީލު އަލީ ހާޝިމް       ( ބޮޑުކަޓޭ ) ކަހަލަ ވެރިން ފާހަގަކޮށްލަމެވެ. އަބަދުވެސް ކޮންމެވެސް ފޭހެކޭ ކިޔާފަ އޮންނަނީ ކަމެއްފަށާފައެވެ. އަނެއްދުވަހު އެކުރާކަމެއް ފުޑުފުޑު ކޮށްލައެވެ. ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ބަހަށްޓާފައި ގިނައިން ކުރަން ރާވަނީވެސް މިވަގުތައް މުހިއްމު ނޫންކަންތައްތަކެވެ. ތިމާގެ އަމިއްލަ ޖީބަށް ބޮޑުވާގޮތަށެވެ. އެއަރޕޯޓުގެ އިޤްތިޞޯދީ ސިޔާސަތު ފުޑުފުޑުކޮށް ހަލާކުކޮށްލި އެއްފަރާތަކީ އެންމެންދަންނަ މަޝްހޫރު "ބޮޑުކަޓޭ" އާއި އޭނަގެ ބައިގަނޑެވެ. މިކަން ވަރަށް ސާފުކޮށް އެނގޭނީ އެއަރޕޯޓުގައި ވަޒީފާ އަދާކުރާ މުވައްޒިފުންގެ ސާރވޭ އެއް ހެދުމުންނެވެ.

ގިނަ ޔުނިޓު ތަކެއް ހެދުމަކުން މާކަބޮޑު ބޭނުންތަކެއް ނުހިފެޔެވެ. ވިއްޔާމުން ވަނީ ގެއްލުންތަކެކެވެ. މިސާލަކަށް ޓްރާންސްޕޯރޓް ޔުނިޓް ފުދެއެވެ. ބައެއް ޔުނިޓުތަކުން ވައިކަޓައިގެން އެހެލާ މީހުން ބޮޑުންނައް ލައިގެން ގިނަ ޔުނިޓުތައް ހިންގާ މީހާޔަށް ވުމަށްޓަކައި، އެހެން ޔުނިޓުތަކުގައި ތިބި ޑްރައިވަރުންނާއި އެކު ޔުނިޓެއްގެ ގޮތުގައި ވަކި އިމާރާތެއް

ހަދައިގެން ހަމަ ހިންގާނަގަނީއެވެ. ޚަރަދައް ބަލާއިރު މިވެސް ވަރަށް ބޮޑު ޚަރަދުތަކެއް ހިގާނެކަމެކެވެ. ރަގަޅު ފެންވަރަކަށް އެހެން ޔުނިޓްތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭނަމަ އެންމެ ރަގަޅުތާއެވެ. ގިނަފަހަރު ތަނަކަށް ދާންވެގެން ގުޅާލާއިރަށް މިބުނަނީ މިވަގުތު ވަރަށް ބިޒީ މިހެންނެވެ. ނޫނީ ވެހިކަލެއް ނެތެވެ. މިކަމުގައި އިހުމާލުވާނެ ފަރާތެއްވެސް އެބަ ހޯދަން ޖެހެއެވެ. މީގެ އިތުރުން ފިޒިކަލް ޕްލޭނިންގ ޔުނިޓް އޭ ކިޔާފައި ޔުނިޓެއް ހަދައި ޕްރޮޖެކްޓްސް އާއި ވަކިކޮށްލީއެވެ. ކުންފުނީގެ އެއްވެސް ޕްލޭނެއް ނެތޭބުންޏަކަސް ދޮގަކަށް ނުވާނެތާއެވެ. ކުންފުނީގެ މުޅިސިސްޓަމް ފެއިލްކޮށްލީ ހަމަ ބޮޑުކަޓޭ އޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ޚަރަދަށް ބަލާއިރު މިވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިގާނެ ޔުނިޓުތަކެކެވެ. މައްސަލަޔަކީ ކަމެއް ފަށާއިރު އެކަމަކަށް ރަގަޅައް ތައްޔާރުނުވެ ދިރާސާނުކޮށް ފެށީތީއެވެ. ވާނީވެސް އެހެންތާއެވެ. ގިނަ ޔުނިޓްތައް ހެދިވަރަކަށް ގިނަގޮތްގޮތުން ( ބޮޑުކަޓޭ ) މެންކަހަލަ ކުންފުންޏައް ހަރާންކޯރު ޚިޔާނާތްތެރިންނައް ލާރި ކެވޭނެއެވެ. އެހެން ނަމަވެސް މިހާރުގެ ސީއީއޯ އާމިރު އަށް މިއާދެވުނީ މިކުންފުނީގައި ބަޔަކު ރާވައިގެން އަނބުރާފައި އޮތް ގޭސްގަޑެއްގެ ތެރެއަށެވެ. އެކަމަކު ސީއީއޯ މިކަމާއި ފުންކޮށްވިސްނަން އެބަޖެހެއެވެ. އެހެން ނޫނީ ކަލޭ ފުޑުފުޑު ވެދާނެއެވެ. "ރަށްކާވެ ތިބިއްޔާ ދަތުރޭ" ބުނާތީ އަޑު އަހަންތޯއެވެ؟ އެހެންވެއްޖެއްޔާމުން އަވަހަށް ސަލާމަތުގެ އައްސޭރިޔަކަށް ޖެހިލާށެވެ. ކުންފުނީގައި މަސައްކަތްކުރާ މުވައްޒިފުންގެ ސާރވޭއެއް ހަދައިފިނަމަ ހަމަގިނަ ބައެއްގެ ތާއީދާއިއެކު މިޔުނިޓް އުވާލައި އެތަނުގައި ތިބި ޑްރައިވަރުންނާއި އެހެން މުވައްޒިފުން އެބަޔަކު ކުރިން އުޅުނު ޔުނިޓްތަކަށާއި ސެކްޝަނައް ބަދަލުކުރެވިދާނެއެވެ. އަދި ޖެނެޓޯރިއަލްވެސް މިބައިގައި ހިމެނެއެވެ.

ދެން އަނެއްކަމަކީ ބޭނުން ނުހިފޭ ކަހަލަ އަގުބޮޑެތި އާލާތްވަރު އަގުގެ ދެބައިކުޅަ އެއްބައި ކަޓައް ނަގައިގެން ކުންފުންޏައް އެތެރެ ކުރުމެވެ.

 

ފިއުލް ޓޭންކް ފާރމް ހިއްކަންވެގެންނޭ ކިޔާފައި ގެނައި ސޭންޑް ޕަންޕާއި އޭގެ އާލާތްތައް އުކާލެވިފައި

 މީ އަދި ލޯމައްޗަށް ފެންނަން ހުރި ބައެއްތަކެއްޗެވެ. މީގެ އިތުރުން ފޭސް ފޯ ގެ މަޝްރޫޢު އަށް އައު އެނަޖީ ސެންޓަރަށް ގެނައި ބާ ތިން ޖަނަރޭޓަރުތައްވެސް މިހާރު އެހަވާލުވީއެވެ. ތިންއިރު ކާބޭހެން ހެން އަބަދު އެހުންނަނީ މައްސަލަޖެހި ހުއްޓިފައެވެ. ހަމަ ސީއީއޯ އަށް ނޭގެނީތޯއްޗެވެ. ދެން މިހާރު އެރާވަނީ ބޮޑުކަޓޭ އާއި ޗޮކު ހަސަނާއި ދެމީހުންވެގެން އަނެއްކާވެސް ބޮޑުއަގުދީފައި ދެ ޖަނަރޭޓަރު ގެންނާށެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އެއިރުން އެތިން ޖަނަރޭޓަރު އައު ވީތޯއެވެ. މިހާރުވެސް ބޭނުންކުރަމުން އެގެންދާ ތިން ޖަނަރޭޓަރުވެސް ވަރަށް ފަހުން އެހެރީ ހުރިހާ ހެޑްތައް ބަދަލުކޮށްފައެވެ. މިކަންތައްތަކުގެ ފުރިހަމަ މަޢުލޫމާތު އޮޅުން ފިލުވުމަކީ އެއީ ސީ.އީ.އޯ އާމިރުގެ ފުރިހަމަ މަޝްޢޫލިއްޔަތެއް ކަމުގައި ދެކެމެވެ. ޗޮކުހަސަނާއި ބޮޑުކަޓޭ އަކަށް ނޭގޭނެއެވެ. އެގޭނީ އެޖަނަރޭޓަރުތައް ކައިރީގައި މަސައްކަތްކުރާ މުވައްޒިފުންނަށެވެ. މީހަމަ ތެދު ހަޤީގަތެވެ. 

 

 ރޯޑް ޕްރޮޖެކްޓައް ގެނައި ހަތަރު ޓްރަކުން އެއް ޓްރަކް ގެނައިގޮތައް ނުދުވެގެން އެކަހެރިކޮށްފައި

1- ޓާމިނަލްގެ ފާޚާނާތައްވެސް ދާއިމީގޮތަކަށް ގިނަދުވަސްތަކަކަށް ހުންނާނެހެން މަރާމާތުނުކުރުން.

2- އަހަރުތަކެއް ކުރިން އިލެކްޓްރޯނިކްސް އިމާރާތް ސަރަހައްދުގައި ޖަހާފައިހުރި މާސްޓައް ވީނުވީއެއް ނޭގިގެއްލުން.

3- އަހަރުތަކެއް ކުރިން މިޓްސުއި ނޫނީ ތައިސޭ ކުންފުނިން ގަތް ރީކަންޑިޝަން އިކްއިޕްމަންޓްތައް ބާދަގަޑައް ބޭރުކޮށްލުން.

4- މަގުތައް ހެދުމުގެ ޕްރޮޖެކްޓައް މިވަގުތައް ބޭނުންވާ ވަރަށްވުރެން ގިނަ އަދަދަކަށް ތާރާއި ހިލަ ގެނެސް އުކާލާފައި ބެހެއްޓުން.

5- ފޭސް ފޯ ނިއްމާފައި ހަރާފީކުންފުނިން ވިއްކާލި ބައެއް މުދާތަކާއި ބައެއް ބައު މެޝިނަރީސްތައް އުކާލާފައި ހުރުން.

މީގެ އިތުރުން މިކަހަލަ ބައިވަރު ކުންފުންޏައް ގެއްލުންވާފަދަ ވާހަކަތައް އެބަހުއްޓެވެ. 

" ކައިފިޔޭ ބޮޑުކަޓޭ ހުސްކޮށްފިޔޭ

    ކުންފުނި އެކީ ކައި ހުސްކޮށްފިޔޭ "

 

Sunday 27 July 2008

ޒައީމޫއާއި ޒައީމޫގެ ކެބިނެޓަށް މީހުންލުމާއި ބަޖެޓު ފޫބެއްދުން

ޒައީމުގެ ކަރުސަތުނާމާ


ޒައީމޫއެވެ. ޒައީމޫއަށް ސިޓީއެއް ނުލިޔެ މިހާދުވަހު މިމަޑުކުރީ ޒައީމޫ އަމިއްލައަށް ވިސްނިގެން، ތިބަހާތަނުން ވަޒީރުކަމެއް މަށަށްވެސް ދޭތޯއެވެ. މަވެސް މަގޭ ސީވީ ރީތިކޮށްލަން ވަޒީރުކަން ކުރިވާހަކަ ވަނަވަރުގައި ލިޔެލަން ބޭނުން ވާނެ ނުން ހެއްޔެވެ. މަހީކުރީ ޅަދުވަހުގެ ހަނދާނުގައި ޒައީމޫ މަށަށްއެވަރު ކޮށްލަދޭނެކަމަށެވެ. އެކަމަކު ޒައީމޫގެ ތިހުންނަ ހިޔަޅުގޮތެއްދޯއެވެ. ކެބިނެޓްގައި ސޭލްއަޅުވައިގެން ގަންނާނެ މީހަކު ނުވެގެން އެންމެފަހުން ޖިހާދާއި މައުސޫމު ބޮލުގައި އެކަން އަޅުވައި އެދެފަކީރުންގެ ދުވަސް ދުއްވާލި އިރުވެސް ޒައީމަކަށް މިވަފާތެރި ކާރުސަތޭގެ މައްޗަކުން ހަނދާނެއް ނުވިއެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިގެން ނުލިޔެވި ނީދެވުނީއެވެ.

ޒައީމޫ އަޅެއެއްޗެއް ބުނެދީފާނަން ހެއްޔެވެ. ޖިހާދަށް އެވަރުގެ ބޮޑުލަނޑެއް ތިޔަދިނީ، ފަހެ އެސޮރަށް އެއްވެސް އިރަކު ނައްޓުކައިރިއަށް، ނޫނީ ޒަކަރިއްޔާ ހަމިއްޓޭ ކައިރިޔަށް ވަދެވިފައި އޮތީހެއްޔެވެ.  އެހެންޏާފަހެ، އެސޮރަށް މަނިޓަރީގައި އެއޮތްރަނގަޅު ޖޮބް ލިބި، އަދި ރުފިޔާގަނޑެއްގައި ސޮއިވެސް ހާކާނުލެވެނީސް، ދަމާހަލާގެނެސް ތިޔަ ހަވާލުކުރީ ޒައީމޫ ކާނެވަރަކަށް ކައިހުސްކޮށްލާފައި އޮތް ބަޖެޓާއެވެ. އެސޮރެއްކަމަކު، ޒައީމޫ ތިޔަކާވަރަށް ކައިކައި ހުއްޓާ ބަޖެޓު ފޫބެއްދޭނީ ކިހިނެއް ހެއްޔެވެ. ތިޔަކަނީ މާވަރަކަށް ވިއްޔާއެވެ.

ޒައީމޫއެވެ. އަހަރެމެން ދެމީހުން ރޭވި މަޅީގައި އާރިފު ހިލްމީ ނުޖެއްސުނީމާ މަވެސް ދެރަވިއެވެ. އެކަމަކު މަ ހައިރާނެއްނުވެއެވެ. މައެއިރުވެސް ބުނީމެއްނުން ހެއްޔެވެ؟ އެސޮރު ކޮންމެއެއްޗެއް ބުޔަސް، ތިޔަ ކޭމާޓެއް ފަދަ ލޮބުވެތި ޒައީމޫ ތިޔާކާކެއުން ކައި ކައި ހުއްޓާ، މިޤައުމުގެ ފައިސާގެ އަގު ނުހިފެހެއްޓޭނެކަން ނޭގޭވަރަކަށް އެސޮރު ހެޔެއްނުނެތޭނެއެވެ. އެކަން ވީވެސް އެހެނެއްނުންހެއްޔެވެ.

ޒައީމޫއެވެ. ރުޅިނައިސް އެއްޗެއް ބުނެދީފާނަން ހެއްޔެވެ؟ ޒައީމޫގެ ފިރިހެންސޮރު ކަޅުއައިނެއް އަޅައިގެން ޒައީމޫގެ ފަހަތުގައި އެހުންނަނީ އަޅެފަހެ ކީއްކުރަން ހެއްޔެވެ؟  ޕާޓޭއިން ގޮތަށް ލޯފޮރުވަން ހެއްޔެވެ؟ ނޫނީ ޒައީމޫގެ ބޮޑީގާޑުކަން ކުރަން ހެއްޔެވެ؟ މިހެން މިއަހާލަން ޖެހުނީ އެއްކަލަ 22 ޒާހިރު އެސޮރޭކިޔައިގެން ބަވާ އަޑު މައަހައިފީމެވެ. އެސޮރު ބޮޑީގާޑަކަށްވެގެން އުޅޭތީ އަސްލު ބޮޑީގާޑުންނަށް ބަލާޔަކަށްވެއްޖެޔޯލައެވެ. އެސޮރު ބޮޑީގާޑުންނަށް އިތުބާރު ނުކުރަނީޔޯލައެވެ. އެކަމަކު އެސޮރުގެވެސް ޕޮއިންޓެއް އެބައޮތެވެ.  ބޮޑީގާޑުންނަށް އިތުބާރު ކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ ކުރިންވެސް އެއިން ގާޑަކު އޮތީ މަންމަ ތަޅާލާފައެވެ. މިފަހަރު ތަޅާލާނީ ބައްޕަ ނުންކަމެއްވެސް ނޭގެއެވެ.

ޒައީމޫއެވެ. ދެން އަސްލު މައުލޫއަށް އެނބުރިލާނަމެވެ. މަށަށްވެސްދެން ވަޒީރުކަމެއް ދޭންވީނުން ހެއްޔެވެ. މިހާރު ކެބިނެޓުން ވަޒީރުން ކެނޑެނީ، ޒައީމޫގެ ހެލޭދަތްކޮޅު ވެރޭވަރަށް ވުރެންވެސް ބާރު ސްޕީޑެއްގައެވެ. މިހާރު އެއްކަލަ ހިލްމީއާ، ވަހީއްދީނާވެސް ކެނޑެން އެތިބަ ތައްޔާރުވަނީއެވެ. ދެން ދުވަސްކޮޅަކުން ބާކީތިބޭނީ ޒާހިޔާއާއި، އައިސާއްދީ މެންކަހަލަ ޝެލްޓޮކްސް ޖެހީމާވެސް ދުރަށްދާން ނޭގޭ ދެތިން ފަނިފަކުސައެވެ. މިހާވަރުވީމާވެސް ޒައީމަށް އެންމެ ހެޔޮ އެދޭ ކާރުސަތޭއަށް ވަޒީރުކަމެއް ހަމަ ނުދޭނަން ހެއްޔެވެ؟ މަވެސް ޒައީމޫ އޮފީހުބޮޑު ކޮޓަރީގައި ފޮޓޯގަނޑެއް ކުރަހާލަން ބޭނުންވާނެ ނުން ހެއްޔެވެ.

ޒައީމޫއެވެ. ފޮޓޯނަގާ ވާހަކަދެއްކީމާ އައިޑިޔާއެއް އަތުވެއްޖެއެވެ. ސާފުކަޕުގެ ބަދަލުގައި ޒައީމޫގެ ކެބިނެޓަށް ހުވާލައިދޭތަނުގައި ފޮޓޯނެގުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލަންވީނުން ހެއްޔެވެ. އިހަށް ދުވަހު މައުސޫމާއި ޖިހާދާއި ދެމީހުން ފޮޓޯނެގިގޮތަށް ވަރަށްގިނަ މީހުން ފޮޓޯނަގަން ބޭނުންވާނެއެވެ. މިކަން ވިޔަފާރި އުސޫލުން ކޮށްފިނަމަ ބަޖެޓަށް ވަރަށްގިނަ ލާރިލިބޭނެއެވެ. ނަގާކޮންމެ ފޮޓޯއަކަށް މިލިޔަނެއްހާ ރުފިޔާ ނަގާނީއެވެ.  ޤާނޫނު އަސާސީ ބަދަލުކޮށްގެން ބޭރުމީހުންނަށް މިފުރުސަތުދޭގޮތަށް ހަމަޖެހިއްޖެނަމަ އަދި މާގިނަ ލާރިލިބޭނެއެވެ.

ބަޖެޓަށްލާރި ހޯދަން ރަށްރަށާއި، ފަޅު ފަޅާއި ކަނޑު ކަނޑު ވިއްކައި ހުސްވެއްޖެއްޔާ ދެން ނައްޓުއާއި ދެދަރިންނާއެކު ފޮޓޯނެގުމުގެ ފުރުސަތު ހުޅުވާލަންވީނުން ހެއްޔެވެ؟ ބޭރުމީހުންނަށް ފުރުސަތު ހުޅުވާލައިފިއްޔާ ވަރަށް ގިނަފައިސާ ލިބޭނެއެވެ. ބެންކޮކުގަ އިޝްތިހާރުކޮށްލަނިކޮށްވެސް ކާމިޔާބުވެދާނެއެވެ.

ޒައީމޫއެވެ. މާ ވަރުގަދަ ކެންޕޭނު ލަވައެއް ހަދައިގެން އަހަރުމެން ޕާޓީތެރޭގައި ޖެހިވާހަކަ އަޑު އަހައިފީމެވެ. ޒައީމޫއެވެ. މަވަރުގެ ގަލަން ތެޅުވޭ ފަހުލަވާނަކު ހުއްޓާ އެލަވަ ތިހެއްދީ އަޅެ ކޮން ރުނޑިޔަކު ލައްވާހެއްޔެވެ؟ ހޮވާ މިފަހަރު ރަނގަޅަށް ދޭނަމެވެ.

ދެން މިފަހަރު ކުރުކޮށްލާނަމެވެ. ޒައީމުގެ ކެބިނެޓުން ކެނޑޭމީހުނަށް ސަލާމް.

އާރިފު ހިލްމީ އެއެއްޗެއް ބޮއެގެންވެސް ޒައީމަށް ނުހެއްލުނު އެއްޗަކަށް ސަލާމް.

ޒައީމޫގެ ދޮށީސޮރު ބޮޑީގާޑު ކުޅެން އެއަޅާ ކަޅުއައިނަށް ސަލާމް.

ބަޖެޓަށް ލާރިހޯދަން ކެބިނެޓު ކޮޓަރީގައި ފޮޓޯ ނަގަން ޒައީމޫ ދޭފުރުސަތަށް ސަލާމް.

ރުނޑިންގެ ޕާޓީން އެޖަހާ ހޮވާނަމޭ ލަވަޔަށް ސަލާމް.

މިނިވަންކަމަށް 43 އަހަރު ފުރުނުއިރު މިނިވަންކަމާއެކު ކުރެވެނީ ދެތިން ހަތަރު ކަމެއް: ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި، ޑުރަގު ވިޔަފާރި ކުރުމާއި، މާރާމާރީ ހިންގުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން

އެޑިޓޯރިއަލް


އިއްޔެއަކީ ރާއްޖެ ބޭރުގެ ނުފޫޒާއި ބާރުން މިނިވަންކަން ލިބުނުތާ 43 އަހަރު ފުރުނު ދުވަހެވެ. އެކަމަކު އެއުފާ އިއްޔެ ފާހަގަ ކުރީ ވަރަށް މަދު ބަޔެކެވެ. ސަބަބަކީ ދިވެހި ރައްޔިތުންނަށް ހަގީގީ މިނިވަންކަން އަދު ލިބިފައިނުވާތީއެވެ.

ވޭތުވެދިޔަ 43 އަހަރާއި އޭގެ ކުރީގައިވެސް ރާއްޖޭގައި ވެރިކަން ކުރަމުން އައިސްފައިވަނީ އަމިއްލަ އެދުމުން ފޯވެފައިވާ އަނިޔާވެރި ވެރީންނެވެ. އެމީހުންގެ މައިގަނޑު ކަމަކަށް ވަނީ ރައްޔިތުންގެ ހައްގުތަކަށް ފައިން އަރައިގެން ނަމަވެސް ވެރިކަމުގައި ވީހާވެސް ގިނަ ދުވަހަކު ހުރުމެވެ. އަދި، ވެރިކަމާއި ވެރިކަމުގެ ބާރަކީ ތިމާގެ އަމިއްލަ މިލްކިއްޔާތަކަށް ހެދޭތޯ މަސައްކަތް ކުރުމެވެ. މިގޮތުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ހަމަ ގައިމުވެސް ކާމިނީގޭ ސީދީގޭ ވަގު ދަރި އަބުދުﷲ މައުމޫނު ނުވަތަ މިހާރުގެ ރަސްމީ ނަމުންނަމަ ގޮޅާބޯ ނޫން ދެވަނަ މީހެއް ނޫނެވެ. ގޮޅާބޯގެ ވޭތުވެދިޔަ 30 އަހަރު ދިވެހި ރައްޔިތުން މި ވަނީ އެންމެހައި މިނިވަންކަމުން މަހުރޫމު ވެފައެވެ. މިނިވަންކަމާއެކު ވާހަކަ ދައްކާ ނުހެދެއެވެ. މިނިވަންކަމާއެކު ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދިފާއު ކުރެވޭނެ އަދުލުވެރި ނިޒާމެއް ގާއިމު ވެފަކާ ނެތެވެ. މިނިވަންކަމާއެކު އުފަލުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހޯދާދެވިފަކާ ނެތެވެ. މިހެންގޮސް އެތައް ކަމެކެވެ.

ތެދެކެވެ. މިނިވަންކަމާއެކު މިކުރެވޭނީ މަދު އެކަމަކު ގާނޫނީގޮތުން މަނާ ކަންތައްތަކެކެވެ. މިސާލަކަށް ގޮޅާބޯއާއި ބައިވެރިވެގެން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރުމަކީ މިއަދު ވަރަށް ފަސޭހަކަމާއެކު ކުރެވޭކަމެކެވެ. ޑުރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރުމަކީވެސް މިއަދު އިންތިހާއަށް ފަސޭހަކަމާއެކު ގޮޅާބޮގެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުގެ ވެރިންނޭ މިކިޔާ ބައިގަނޑަށް ކުރެވޭ ކަމެކެވެ. ގޮޅާބޯއަށް ބައިއަތު ހިފައިގެން ދިވެހި ރައްޔިތުންގެ ހައްގު ތަކަށް ރެޔެއް ދުވާލެއް ނެތި އަރައިގަތުމަކީވެސް ވަރަށް މިނިވަންކަމާއެކު މިއަދު ކުރެވެމުންދާ ކަންކަމެވެ. ކަނޑިޔާއި ކަޓަރުން މީސްމީހުންނަށް ހަމަލާދީ ލޭކޮށާ މަރާލުމަކީވެސް މިއަދު މިނިވަންކަމާއެކު ކުރެވޭކަމެވެ. އަދި މަރާލުމަށްފަހު ކުށް ސާބިތު ވިޔަސް ނުވިޔަސް ގޮޅާ ސަރުކާރުގެ ފުރިހަމަ ހިމާޔަތާއެކީ ދިރިއުޅުމުގެ މިނިވަންކަންވެސް މި މިސްމީހުންނަށް ލިބެއެވެ.

ކޮންމެއަކަސް ދިވެހި ރައްޔިތުންނަށް ހަގީގީ މިނިވަންކަން މި ވޭތުވެދިޔަ ތިޔަބުނާ 43 އަހަރު ތެރޭގައި މިވަނީ ނުލިބިއެވެ. ސަބަބަކީ ބަޔެއްގެ އަނިޔާވެރިކަމާއި ކިބުރުވެރިކަމެވެ. އެބައިގަނޑަކީ ދިވެހި ރައްޔިތުންނަށް ހަރާންކޯރުވެ، ދިވެހިރާއްޖޭ ގާނޫނުތަކަށް ކޮޅުފައިން އަރައިގެން ތިބޭ ބައިގަނޑެވެ. އެބައިގަނޑުގެ ސަރުދާރަކީ ކާމިނީގޭ ސީދީގެ ވަގު ދަރި ގޮޅާބޯ ނޫން ދެވަނަ ދެމީހެއްނޫނެވެ. ދިވެހިން މިއަދު އެހެންވީމާ ބޭނުންވަނީ މިއަނިޔާވެރިންގެ ކިބައިން މިނިވަންވާށެވެ. ހަގީގީ މިނިވަންކަށް ދިވެހިންނަށް ލިބޭނީ އެދުވަހަކުންނެވެ. އެދުވަސް ދެން މާ ދުރުނޫންކަން ޔަގީނެވެ.

 

Thursday 24 July 2008

މިގައުމު އޮތީ އެހެން ސަރުކާރަކަށް ތައްޔާރަށް

މިނިވަން އެޑިޓޯރިއަލް - އިސްލާޙުކުރި ގާނޫނު އަސާސީ ތަސްދީގު ނުކުރުމަށް އަދިވެސް ދެއްކުނު ބޮޑަލެއް ސަރުކާރުން ދައްކަމުން ގެންދާނޭކަމުގައި، ގިނަ ބަޔަކު ދެކެއެވެ. ތަސްދީގުނުކޮށް ހިފަހަށްޓާ ސަބަބުތައް، މިހާރު މިދަނީ އާންމުންގެ ލޯތަކަށާއި، ބައިނަލް އަގްވާމީ ފަރާތްތަކަށް ފާޅުވަމުން ތިލަވަމުންނެވެ. ފުލުހުންގެ ބިލް އަވަސް އަވަހަށް ފާސްކޮށްލުމަކީވެސް، މި ހީލަތްތެރި ރޭވުމުގެ ތެރެއިން ހިންގިކަމެކެވެ. ރައީސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގައި ތިބި އޭނާގެ އައުވާނުންގެ މަސްލަހަތަށް އިންތިގާލީ ދަނޑިވަޅުގައި ހަރަކާތްތެރި ވަނީއެވެ.

ޑރ. ޝުމައިޒަރ ގެ އަގުވައްޓާލީ، އިންތިގާލީ ބާބު ފުނޑާލުމުގެ ބޭނުމުގައި، ލީގަލް ރިފޯމް މިނިސްޓަރާއި ކަމިޝަނަރު އަދި ބަންޑާރަ ނައިބުގެ އެހީގައެވެ. ބޭނުމަކީ ރައީސް ގެ އަތުގައި ފުލުހުން ރުކުރުވާލުމުގެ ބާރު ހިފެހެއްޓުމެވެ. މީހުން ހިފާ ހައްޔަރުކުރުމަށް މިހާރުގެ މަޖިލީހުގެ ތައްގަނޑެއް ހޯދުމެވެ. ހަމަ އެފަދައިން، މިހާރު މިއޮތް 1997 ގެ ގާނޫނު އަސާސީގައި، ރައީސަށް ދީފައިވާ ހުރިހާ ބާރެއް ރައީސަށް އޮތަދިނުމަށެވެ. އެހެންކަމަށް ވާނަމަ، އެ އަސާސީގެ ދަށުން ހުކުމްކޮށްފައިވާ މީހުންގެ ހުކުމްތައް އެއޮތްގޮތަށް ބޭއްވުމަކީވެސް، މި ސަރުކާރުގެ ބޭނުމެކެވެ. މިކަން ކުރުމަށްޓަކައި މަޖިލީހުގެ ބާރު ކަނޑުވާލައި، ރައީސްގެ ބާރުތައް އިތުރަށް ވަރުގަދަކުރާން ޖެހެއެވެ. މާނައަކީ އެއްވެސް މުސްތަގިއްލު މުއައްސަސާއެއް ހަގީގަތުގައި މަސައްކަތްކުރިޔަ ނުދިނުމެވެ. އިންތިގާލީ މަރުހަލާ ތަޅުލުމެވެ.

އުފައްދަން ޖެހޭ އިލެކްޝަން ކަމިޝަނަށްވެސް މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެހެނަސް އެ މަޖިލީހުގައި އެކަން އެމަޖިލީހުގެ ބާރުގައި ހިނގިޔަނުދިނުމަށް، ރައީސް އެބަ މަސައްކަތްކުރެއެވެ. އިލެކްޝަން ކަމިޝަން، ސްޕްރީމް ކޯޓު އޭރުން އޮންނާނީ، ހިއުމަން ރައިޓްސް ކަމިޝަން ފަދައިން މައުމޫނަށް އޮޅު ދެކުއްތާގެ ސިފައިގައެވެ. ވޯޓުއޮޅުވާލާ އެއޮޅުވާލުން ސައްޙަކޮށް އިންތިޚާބު ކާމިޔާބުކުރުމަށްޓަކައެވެ.

މިހުރިހާ އުނދަގުލަކާއި ރައްޔިތުން ކުރިމަތިލާން މި ޖެހުނީ އިންތިގާލީ ބާބު ފެންކޮށްލުމަށް، ޑީއާރޕީގެ ޒައީމް އާއި މަޖިލީހުގައި އެތިބި އޭނާގެ އައުވާނުން ބޭނުންވުމުންނެވެ. ރައްޔިތުންގެ ހައްގުތައް ފޭރިގަތުމުގައި، އަބަދުވެސް މި ދެފަރާތް ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހަކީ ހަގީގީ ރައްޔިތުންގެ މަޖިލީހަކަށް ވުމުގެ ފުރުސަތެއް ނެތެވެ.

މަގުގެ އަނެއްފަރާތުން ފެންނަނީ ދޮންވެ ފައްކާވަމުން އަންނަ އަނެއް ސަރުކާރެވެ. އެމްޑީޕީގެ ސަރުކާރެވެ. މި ސަރުކާރުގެ ލީޑަރަކަށް އެހުރީ، އަހަރުމެން މި ތިބި ބިކަ ހާލަތުން، އުފާފާގަތި އަދި ތާހިރު އެހެން ދިވެހި ރާއްޖެއަކަށް ގެންގޮސް ދިނުމަށް ތައްޔާރު ވެގެން ހުރި ލީޑަރެކެވެ.ނެވެ. ކަމަށް އެކަށޭނަ އަދި ކަންކުރުމަށް ނިޔަތްގަނެގެން ތިބި މީހުން ތިބީ އެމްޑީޕީގެ ކޮޅުގައެވެ. އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓާއެކު އެތިބީ ރައްޔިތުންގެ ސިގްނަލަކަށް ފުރިހަމަޔަށް ތައްޔާރު ވެގެން އެތުރިއޮތް އާ ސަރުކާރެކެވެ. ކުޑަ ސަރުކާރެކެވެ. އެހެންކަމުން، ބޯޅަ މިހާރު މިއޮތީ ރައްޔިތުންގެ އަތުގައެވެ. ގޯލު ޖަހާނީ މިފަހަރު ރައްޔިތުންނެވެ.

 

Wednesday 23 July 2008

ސަފީރުންނަށް މައުލޫމާތުދެއްވަން އެމްޑީޕީ ގެ ނާއިބު ރައީސް ލަންކާ އަށް ދަތުރުފުޅެއް ކުރައްވައިފި

މާލެ 23 ޖުލައި 2008- ދިވެހިރާއްޖެއާއި ގުޅުން ގާތް ފަސް ގަވްމެއްގެ ސަފީރުންނަށް މައުލޫމާތުދެއްވުމުގެ ބޭނުންފުޅުގައި ސްރީލަންކާ އަށް ކުރެއްވި 36 ގަޑިއިރުގެ ކުރު ދަތުފުޅަކަށްފަހު އެމްޑީޕީގެ ނާއިބު ރައީސް އިބްރާހީމް ހުސައިން ޒަކީ މިއަދު ހެނދުނު ރާއްޖެއަށް އެނބުރި ވަޑައިގެންފިއެވެ. ޒަކީގެ މިދަތުފުޅުގައި ޖަރުމަނު، ޖަޕާނު، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔުނިއަން އަދި ޗައިނާގެ ސަފީރުންނާއި ބައްދަލުކުރެއްވިއެވެ.

ކޮލޮމްބޯ ގައި ހުންނަ އެ ގަވްމުތަކުގެ އެމްބަސީތަކުގައި ވަކިވަކީން ބޭއްވުނު މި ބައްދަލުކުރެއްވުންތަކުގައި ދިވެހި ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތު ބަޔާން ކުރައްވަމުން، މިދަތުރުފުޅު އޭނާކުރެއްވީ އިޞްލާޙު ކުރެވުނު ޤާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވަފާނެ ކަމުގެ ވާހަކަ އެއްފެތުރިގެން ރައްޔިތުންގެ  ކަންބޮޑުވުންތަކާއި ހަލަބޮލިކަން އިތުރުވެ ބޮއްސުންލާން ފަށާފާނެކަމަށް ބަޔާންކުރައްވަން ކަމަށާއި، 21 ޖުލައި 2008 ވަނަ ދުވަހުގެ ރޭ މާލޭގައި ރިޔާސީ ގަނޑުވަރު ކުރިމައްޗަށް އެތައްސަތޭކަ ރައްޔިތުންނެއް  އެއްވެ ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައި އެތައްބަޔަކު ހައްޔަރުކުރެވުމުން މިއޮތީ މިހާރުވެސް އެކަމުގެ ހަގީގަތް ފެންނާން ފަށާފައި ކަމުގައި ޒަކީ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުންތަކުގައި އަދުގެ ސަރުކާރަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ރާއްޖޭގެ އިގްތިޞާދާއި ކުރިމަތިވެގެން އުޅޭ މައްސަލަތަކާއި، ގާނޫނު އަސާސީ ތަސްދީގުކުރެވުމުން ރިޔާސީ އިންތިޚާބާއި ދެމެދު ފުރިހަމަކުރާން ޖެހޭ ކަންކަމުގެ ތަރުތީބަށާއި ތާވަލަށް ލޮޅުން އަރައި ފަސްކުރެވޭން ފަށައިފިނަމަ ސިޔާސީ ލީޑަރުން ކުރިމަތިލާންޖެހިދާނެ ކަންކަމާމެދު ޒަކީ ބައްލަވާލައްވާފައި ވެއެވެ. ގައުމީ އެއްބައިވަންތަ ގުޅުން  (ނެޝަނަލް ޔުނިޓީ އެލަޔަންސް) ގެ ގުޅުންތައް ފަހަކަށް އައިސް އިތުރުކުރެވި މިހާރު މަޝްވަރާކުރެވެމުންދާ ކަންކަމަށްވެސް އެމްޑީޕީ ގެ ރަޢީސް ގެ މަސްއޫލިއްޔަތުތައް މިދުވަސްވަރު ބަލަހައްޓަވަމުން ގެންދަވާ ޒަކީ އަލިއަޅުވާލެއްވިއެވެ.

ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ކުރެވުނު މިފަދަ ދަތުރެއްގައި އެމްޑީޕީގެ ވަފްދެއްވަނީ މިހިނގާ ޖުލައިމަހު 8 އިން 12 އަށް ޗެންނާއި އަށާއި ނިޔު ދިއްލީ އަށްވެސް ޒިޔާރަތްކޮށްފައެވެ.

 

 

Sunday 20 July 2008

އެއަރޕޯޓް ސީއީއޯ އަށް ސުކުރާއި އިލްތިމާސް އަދި ލުއި އިންޒާރު


މިދިޔަ މެއި 25 ވަނަ ދުވަހު ވެރިންނާއި އާދައިގެ ނިކަމެތިންނަށް ވަރަށް ތަފާތު ބޮޑުގޮތަކަށް (ބޮޑުންނަށް ބޮޑުކޮށް) މުސާރަ ބޮޑުކުރަން ނިންމާފައިވަނިކޮށް އަހަރުމެން ޑީއޯ ގައި އެކަން އެގޮތަށް ނުކޮށް ވަގުތުން ހުއްޓުމަށް ކުރި އިލްތިމާސަށް އިޖާބަދީ އެކަން އެގޮތަށް ނުކޮށް ހުއްޓުވީތީ ކަލެއަށް ވަރަށް ޝުކުރު އަދާކުރާވާހަކަ ދަންނަވަމެވެ. އަހަރުމެންނަކީ ރަގަޅަށް ކަމެއްކޮށްފިނަމަ ޝުކުރު އަދާކުރަން ދަންނަ ބަޔަކީމެވެ. އެކަމަކު ބުނަންހެއްޔެވެ. ކަލެއަށް ދީފައިވާ މުއްދަތަށް ވަރަށް ބޮޑަށް ސަމާލުވެ ހުންނާށެވެ. އަހަރުމެން ދީފައިއޮތް މުއްދަތަކީ އެދުވަހުގެ ލިއުމުގައިވެސް ވާނޭފަދައިން ޖުލައި މަހުގެ ނިޔަލަށެވެ. ޖުލައިމަސް ނިމުމުގެ ކުރިން މުސާރަ އޮނިގަނޑަށް ރަގަޅަށް ވިސްނުމަށްފަހު ސޭކްޝިޔާމް ކަހަލަ ރުނޑިންގެ ޓީމެއް ބައިވެރިނުކޮށް ތިތަނުން ތަންކޮޅެއް ރަގަޅުބަޔަކު ހޮވައިގެން ނޫނީ ކުރިން ބުނެފައިވާގޮތަށް ތަންދޮރު ނުދަންނަނަމަ ދަންނަބަޔަކު ބޭރުންގެނެސްގެންނަމަވެސް ހަމަހަމަ އިންސާފުވެރި އުސޫލަކުން މުސާރަބޮޑުކުރުމުގެ ކަންތައްކޮށް ނިންމާށެވެ. ތަންކޮޅެއް އާދައިގެ ބަހުރުވަޔަކުން ލިޔަންމިޖެހެނީ ތިއީ ގޮޅާބޯގެ ސަރުކާރުގެ އިސްމީހުންނަށްވާތީ ވޭތުވެދިޔަ ޒަމާންތަކުގައި ކަލޭމެންނަށް ކުރުނީސްކޮށް މީހުން އުޅެންޖެހުމުގެ ސަބަބުން ލިބިފައިވާ އަބުއި ކަމަކާހުރެ ރީތިކޮށް ބުނާނަމަ ސޭކްޝިޔާމް މެންކަހަލަ ސިގިރެޓްގެ އަޅިކަނޑާލަންވެސް ކަމުނުދާވަރުގެ ބޯގޯސް މީހުންނަށް ވިސްނައިގަންނަން ތަންކޮޅެއް ފަސޭހަވާނެތީއެވެ. އަހްމަދު އަބްދުﷲ ގެ ބޮލަށް ސިގިރެޓް ނިއްވާލެވުނަސް ތިއެއްޗެތީގެ އެވަރު ނުހުންނާނެކަން އަހަރުމެންނަށް ރަގަޅަށް އެގޭތީއެވެ.

ކަލެއަކީ އަލަށް އައި މީހަކަށްވާތީ އަދި އެއަޕޯޓަށް އާވާނެއެވެ. ކަލޭ ތިތާގަ ހަމަޖެހިގެން އުޅެވޭނޭގޮތްވެސް ކިޔާދޭން ކޮންމެވެސް ވަރަކަށް ބޭނުންވެސް ވެއެވެ. އެގޮތުން އެކަން ކުރުމުގެ ވިސްނުމެއް ގެންގުޅެން ބޭނުންނަމަ ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ތިތަނުން ބައެއް ޑިރެކްޓަރުން ވަރަށް އަވަހަށް ވަކިކޮށްލުމެވެ. ނޫނީ އަވަހަށް އެހެން ކޮންމެވެސް އޮފީހަކަށް ބުރުވާލުމެވެ. ނުކެރިފައި ހުންނަންވީ އެއްވެސް ސަބަބެއް ނެތެވެ. މިވާހަކައަކީ ކަލޭވެސް ހެޔޮހިތުން ގަބޫލުކުރާނޭކަމެކެވެ. އެގޮތުން ވަކިރަންޖެހޭ ޑިރެކްޓަރުންގެ ނަންތައް ތަރުތީބުން ލިޔެލާނަމެވެ. 1- ސޭކްޝިޔާމް (30 އަހަރުން މެނޭޖްމަންޓް ބޮއްސުންލައްވާލި ސޭކް) 2- ބޮޑުކަޓޭ (ތަނެއްދޮރެއް ބަލާނުލާ އެންމެގިނަ ފެންނަފަށުގައި ބޭކާރު ޚަރަދުކުރާ ބޮޑުވަގު) 3- ބަޑުސައްޕޭ (ހުރިހާޕްރޮޖެކްޓްތަކުން ލާރިމަޅާ) 4- މޮޓަ އިބްރޭ (ކަޓްނެގުމުގައި ހައްދެއްނެތް އޮޕަރޭޝަންސް ހަލާކުކުރާ ކޮފީ ބުއިމާއި ފޯނުކުރުން ނޫންއެހެންކަމެއްނެތް) 5- ގޯޓް ސޯލިހު އަމިއްލަ ފިހާރައިން އޮފީހަށް ތަކެތިވިއްކާ ކަޓްނެގުމުގައި ހައްދެއްނެއް.

އަދި މިވަގުތަށް ކަލެއަށް ހަދާންކޮށް ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަމަކު ހުރިހާކަމެއް އެއްފަހަރާ ކިޔާންދޭންވެއްޖެ ނަމަ ހަދާންނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ކިޔާދެވިދާނެއެވެ. އެއީ މުއްޒިފުންގެ މެދުގައި އޮންނަ ތަފާތު ކުރުމާއި، ނަސްލީ އިމްތިޔާޒްގެ ގޮތްތައް ކުޑަކުރަންވީއެވެ. ބޭކާރު ޚަރަދު ނުކުރަންވީއެވެ. ކޮންމެ ޅާއިއަކަށް އަގުބޮޑުވެހިކަލްދީގެން ތެޔޮއަޅައަޅައިގެން ހުޅުމާލޭގައާއި އެހެނިހެން ތަންތާ ބިޓުން އަރުވައިގެން މިހާ ތެލުގެ އަގު މައްޗަށް ގޮސްގެން އުޅޭ ދުވަސްވަރެއްގައި ކަލޭ ބަލަން ޖެހޭނެ އެއްނުންހެއްޔެވެ. ބަޑުސައްޕޭ ސައިބޯން ހުޅުމާލެއަށް ދާންޖެހޭ ސަބަބެއް އަހަރުމެންނަކަށް ނުވިސްނެއެވެ. އެހެން މުއައްޒިފުންވެސް ސައިބޮނީ ހިގާފަ ގޮސް ތިތާހުންނަ ތަންތަނުންނެވެ. ޑިރެކްޓަރުންގެ ތެރެއިންވެސް ވަކިބަޔަކަށް ހުޅުމާލެއަށް ދެވޭ އިރު އަނެއްބަޔަކަށް ނުދެވެއެވެ. މިމީހުން މިގޮތަށް އިސްރާފްކުރާ އިރު މީކީ އަމާ ބަފާގެ ތަރިކައެއް ނޫނެވެ. އެ އަރައިގަންނަނީ ދިވެހި ރައްޔިތުންގެ ހައްގަކަށެވެ. އެއްގޮތަކަށްވެސް މުހަންމަދު އިބްރާހީމް ހެދިހެން ތިމީހުން ފުއްޕާފަ އުޅުވިޔަ ދީގެންނުވާނެއެވެ. އެކަމަކު މިބުނީ މުހައްމަދު އިބްރާހީމްއަކީ މިހާރު ތިތަނަށް ފިޓްމީހަކަށްވާނެވާހަކައެއް ނޫނެވެ. އެކަމަކު ސޮޑާބޭގެ ބޮލަށް ތިތާ ގޮތްބޮޑުކޮށްގެން ތިއުޅޭ ޑިރެކްޓަރުން އަރައިގަތްގޮތަށް ކަލޭ ވިޔަ ނުދެއްޗެވެ. ސޮޑާބޭގެ އެއްވެސް ކުށެއްނެތެވެ. އެސޮރުގެ މައްސަލައަކީ އޭނަޔަށް ވާނުވާނޭގި ނާޖާއިޒް ކަންތައް ކުރުމެވެ. ސައިބޯންގޮސް ސޮޑާބޭއާ ދިމާލަށް އެއްޗެތި ކިއުން ނޫން އެހެންކަމެއް ތިތާއުޅޭ ޑިރެކްޓަރުންގެ ނޯވެއެވެ. މިހާރު އެގޮތަށް ކަލެއާދިމާލަށްވެސް އެއްޗެތިކިޔަންފަށައިފިއެވެ. ތިތާތިބީ މުޅިން ކޮރަޕްޓްވެފައިވާ ކުންފުންޏަށް އެއްވެސް ކުލުނެއް ހުރި ޑިރެކްޓަރުންތަކެއް ނޫނެވެ.

ކުރާ ތާކުންތާކު ނުޖެހޭ ޚަރަދުގެ ބޮޑުކަން ތިއޮފީހުން ނިކުންނައިރު ރީދޫ ކުލައިގެ ދަގަޑު ތަބުޖަހާ މާމޮޅު އެއްޗަކުން ހިޔާކޮށްފައިވާ ވޯކްވޭ ގިޑިގެއިންވެސް ފެންނާނެއެވެ. މިހާރު އެތަންހަލާކުވެގެން މުރަނަވެގެން ފައިބަނީއެވެ. އެތަނަށް ޚަރަދުކޮށްފައިވަނީ ކިތައްލައްކަ ރުފިޔާތޯ ކަލޭ ނިކަން ބަލާލަބަލާށެވެ. އެދުވަސްވަރުވެސް މިވާހަކަ ޑީއޯ މެދުވެރިކޮށް ހަދާންކޮށްދީފައިވާނެއެވެ. އެއްކޮޅުން ހަދާނުނިމެނީސް އަނެއްކޮޅުން ހުރީ މަރާމާތުކުރަންޖެހިފައެވެ. އެއްވެސް ޕްލޭނެއް ނެތި ތަންތަން ރާނާ އަނެއްދުވަހު ތަޅާލަނީ ކިތައް ތަންހެއްޔެވެ. މިހުރިހާ ކަމެއްކޮށްފަ އެއްކަލަ ނިކަމެތި ކުއްޔަށް އުޅޭ މުއައްޒަފުންގެ އޯޓީ ކަނޑާލީމާ ޚަރަދު ކުޑަވަނީކަމަށް ކަލޭ އެއްގޮތަކަށްވެސް ހީނުކުރާށެވެ. އެއްވެސް ކަމެއްނުކޮށް ނަގޫބަޅުމެން ގޭގައި ކުޅެންތިބޭއިރުވެސް އެއްބަޔަކަށް އޯޓީ ލިބޭއިރު އާދައިގެ މީހުންގެ އޯޓީ ކަޑާލާކަށް ނަގޫބަޅުމެން ލަދެއްވެސް ނުގަނެއެވެ. މިކަލަ ކަންތައް ކޮށްގެން މުވައްޒަފުން ތިތަނަށް ގެއްލުންތަކެއް ދޭންފަށައިފިނަމަ އެދޭ އޯޓީގެ ދިހަގުނަ ގެއްލުންވެދާނެކަމަކަށް ނަގޫބަޅުމެން ހީނުކުރެއެވެ. ދުނިޔޭގަ ލެއްވި އެއްވެސް ކަމެއްނުކޮށް ކުންފުނި ހަލާކު ކުރަމުންދާއިރު މިމީހުން ގޭގައި ތިބެގެން އެނަގާ އޯޓީ ހަމަ މިހާރުން މިހާރަށް ކަޑާލަންއުޅޭށެވެ. އެހެން ނޫނީ އަހަރުމެންނަށްވެސް އޯޓީ ފިކްސް ކުރާށެވެ. މޯބައިލް ފޯންގެ ކަންތައްވެސް ހަމައެފަދައެވެ. ތިތާއުޅޭ އެއްވެސް ކަމެއްނެތް ޔުނިޓް ހެޑުންތަކަކަށްވެސް ފޯން ފައިސާ ދެއެވެ. އެބަޅުން ކުރާކަމެއް ހަރާމެވެ. އަދި ކަރަޕްޓް ވެފައިވާ ޑިރެކްޓަރުންތައް ފޯންކުރުމުގެ ހައްދެއް ނޯވެއެވެ. މޯބައިލަށް ފަނަރަހާހުން ވިހިހާހުން ޚަރަދުކުރާއިރު މީ ކަލޭ ވިސްނާލަންޖެހޭ ކަންތައްތަކެވެ. މިމީހުން މިކުރަން އުޅެނީ ފިރުއައުނު ކުރިކަލަ ވެރިކަމެކެވެ.

އެހެންވީމާ މަތިމަތިން މިއަލިއަޅުވާލި ކަންތަކަށް ސަމާލުކަންދީ ޖުލައިމަސް ނިމުމުގެ ކުރިން ރަގަޅުގޮތަކަށް މިހާރުގެ ތަކެތީގެ އަގާއި ކުއްޔަށާ ބެލުމަށްފަހު ވީހާވެސް މުއައްޒަފުންނަށް ރަގަޅުވާނޭގޮތެއްގެ މަތިން މުސާރަ ބޮޑުކުރުމުގެ ކަންތައް ނިންމަން އުޅޭށެވެ. މިފަހަރުވެސް ހަދާންކޮށް މިދެނީ ކަރަޕްޓްވެފައިވާ ޑިރެކްޓަރުންނަށް ބޮޑުކޮށްފައި ނިކަމެތިންނަށް ކުރިން ހަދަން އުޅުނުގޮތަށް ހެދިޔަ ނުދެއްޗެވެ. އެހެންހަދައިފިނަމަ ކަލެއަށް މިކަމުގެ ހިތިކަން ދައްކާލަދޭނަމެވެ. ކަލޭވެސް ވަރަށް ދޮގުހަދަން ދޮތައެވެ. މިހެން އަހާލީ ހަމަ ނޫސްވެރިޔަކު ސުވާލު ކޮށްލާއިރަށް އެވަގުތު ސަލާމަތްވުމަށް ވަރަފަސޭހައިން ދޮގެއްހަދާލާފައި ބަޗަނީ ދޯއެވެ. އަހަރުމެންނަށް އެކަން އެގެއެވެ. ޓާމިނަލް އެރައިވަލް ހޯލުގައިވާ އެކްސް ރޭ މެޝިންތަކާ ބެހޭގޮތުން ސުވާލުކުރުމުންވެސް ބަލާލަ ދައްކާފަ ހުރިވާހަކަ، އަދި މިދާކަށް ދުވަހު މިލިޓްރީ ޓްރޭނިންގ ސެކިއުރިޓީ މުވައްޒަފުން ލައްވާ ހައްދާތީވެ ކުރި ސުވާލަކަށް ޖަވާބުދެމުން އެތާ ޑޮކްޓަރަކުވެސް ބަހައްޓާފައި ހުންނާނެޔޭ މެޑިކަލްވެސް ޓްރޭނިންގ ފެށުމުމުގެ ކުރިން ހަދަމޭ ކަލޭކެ އަމާގެ ފުޔޭ މިހެން ކީމެންނުންހެއްޔެވެ. އަހަރުމެން ކަލޭމެން ގަންނަގަނޑު ވަރަށްކައިރިން ބަލަން މިތިބެނީ.. އަހަރުމެންނަށް މިފަހަރު ރަގަޅު ގޮތެއް ހަދާނުދީފިއްޔާމު ކަލޭ އަޅާ ކޮންމެ ފިޔަވަޅެއް އަހަރުމެން ބަލާނަށް އަދި ހާމަކުރާނަން.. މިހާރު މުވައްޒަފުން ގެ އޮނިގަނޑު 3 އަހަރުން ހަދާ ނިމިގެން ތޯރިޤު އެދިޔައީނުން.. މިހާރުވެސް  %50 މުވައްޒަފުން އެތިބީ ޕްރޮމޯޝަން ވެސް ނުލިބި އަދިވެސް 30 އަހަރުވީ މެނޭޖްމެންޓް ހަމަ އެގޮތަށް ގޮޅާބޯއަށް ވެސް މިމައްސަލަ އަހަރުމެން ފޮނުވާނަން.... މީ ވޯޓް ދުވަސްވަރު ކަން ކަލޭ ހަނދާ ކުރާތި، އެއްފަހަރަކަށް މިހިސާބުން ކުރުކުރަމެވެ.

 

Saturday 19 July 2008

ރާއްޖޭގައި ގެނެވެމުންދާ އިސްލާހީ ހެޔޮބަދަލުތަކުގެ މުހިންމު ލަނޑުދަނޑިއެއްކަމުގައިވާ ރިޔާސީ އިންތިޚާބާއިމެދު ވަރަށް ކައިރިން އިންޑިއާއިން ބަލަމުން ގެންދާނެ - އެމްޑީޕީ

ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ ވާދަވެރި ގިނަޕާޓީތަކުން ބައިވެރިވާ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާގޮތާއިމެދު ވަކިޕާޓީއަކަށް ބުރަވުމެއްނެތި އިންޑިއާ އިން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމުގައި  އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީގެ މީޑިއާ އޮފީހުން މައުލޫމާތުދޭ ގޮތުގައި އެމްޑީޕީ ގެ ވަފްދެއް ޖުލައި 8ން 12 އަށް ޗެންނާއި އަށާއި ނިއުދިއްލީއަށް ކުރި ދަތުރުގައި ބައްދަލުކުރެވުނު އިންޑިޔާގެ ކަމުވޮށި ހުރިހާ ފަރާތަކުންވެސް މި ޔަގީންކަން ވަނީ ބަޔާންކުރައްވާފައެވެ. "މިކަން އަޅުގަނޑުމެނަށް އިތުރަށް ކަށަވަރުކޮށްދެއްވީ އިންޑިޔާގެ ދަވްލަތުގެ ޚާރިޖީ ވަޒީރު، ފޮރިން ސެކެޓްރީ ޝިވްޝަންކަރު މެނަން އަޅުގަނޑުމެނާއި ބައްދަލުކުރެއްވުމުގައި އޭނާ ސީދާ އެހެން ވިދާޅުވުމުން" ކަމުގައި އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި ވަނީ ފާހަގަކުރައްވާފައެވެ.

ކ. ރަހްމާން ޚާން، ޑެޕިއުޓީ ޗެއާމަން، އަފަރ ހައުސް އޮފް ޕާލިމަންޓް، އިންޑިއާ އާއި ބައްދަލުކުރުން

އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި އާއި އެމްޑީޕީ ވަފްދުގެ އެހެން ބައިވެރިންނާ މިސްޓަރ މެނަން އިންޑިޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ބޮޑު ހިއްސާއެއް ހިމެނިގެން ދިވެހި ރައްޔިތުން އިޞްލާހީ ގިނަ ލަނޑުދަނޑިތަކެއް ހާޞިލްކުރަމުން ގެންދާކަން ފާހަގަކުރައްވައި ތަޢުރީފުކުރެއްވިކަމުގައި އެމްޑީޕީ ގެ މީޑިޔާއޮފީހުން ބަޔާންކުރެއެވެ. "ކުރިއަށްއޮތް ރިޔާސީ އިންތިޚާބު     ހުޅުވާލެވޭ މިންވަރު ފުޅާކުރުމަށާއި އިންސާފުވެރިކަމާއި އެތެރެފެންނަމިންވަރު އިތުރުކުރުމަށް، ކުރިން ފާހަގަކުރެވުނުހެން ވަކިއަތަކަށްނުޖެހި އިންޑިޔާއިން ވަރަށް ގާތުން ބަލަމުން ގެންދާނެ" ކަމުގައި މިސްޓަރ މެނަން ވިދާޅުވިމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ހާލަތާއި ، ރައްޔިތުންނަށް ހާސިލްކޮށްދެއްވުމަށް އޭނާ މަސައްކަތްކުރައްވާ 'އަނެއް ދިވެހިރާއްޖެ' އާއި ރާއްޖޭގެ މިހާރުގެ އިގްތިޞާދީ ހާލަތާއި މެދު މިބައްދަލުކުރެއްވުމުގައި ނަޝީދު އަލިއަޅުވާލެއްވިކަމުގައި ވެއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އޭކޭ ގުޖްރާލްއާއި ބައްދަލުކުރުން

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި، ކުރިމަގުގައި އެގުޅުން ފުޅާވެގެންދާނެ މިންވަރު އެތައްގުނަވެގެންދާނީ ދެ ގަވްމުގެ މަދަނީ މުޖުތަމައު އާއި ރާއްޖޭގެ ރައްޔިތުންނާއި  އޮންނަ ގުޅުން އެމްޑީޕީ ސަރުކާރަކުން ހުޅުވާލަދޭނެތީ ކަމުގައި މިބައްދަލުވުމުގައި ވާހަކަދައްކަވަމުން  އެމްޑީޕީ ހިންގެވުމާ ހަވާލުވެހުންނެވި އެޕާޓީގެ ނާއިބުރައީސް އިބްރާހީމް ހުސައިން ޒަކީ ފާހަގަ ކުރެއްވިކަމުގައި  އެމްޑީޕީން ޚަބަރުދެއެވެ.

އިސްލާހުކުރެވުނު ގާނޫނު އަސާސީ އެކުލަވާލާ ނިންމެވީ ރައީސް މައުމޫނުގެ ޕާޓީ މެދުވެރިކުރައްވައި ހުރިހާ އިޞްލާހަކާއި، ބަންޑާރަނާއިބާ ހުށަހެޅުއްވި އިޞްލާހުތައްވެސް ހިމަނުއްވައިގެން ކަމުންނާއި، ޚާއްޞަމަޖިލީހުގައި ރައީސް މައުމޫނު އައްޔަނުކުރައްވާ 29 މެމްބަރުން ތިއްބަވައިގެން ކޮންމެ ބިލަކާއި ގާނޫނަކާއި މެދު  ހިނދުން ހިނދަށް މައުލޫމާތު ހުރިހާފަރާތަކަށް ލިބެމުން ކަމުން، ގާނޫނު އަސާސީ ތަސްދީގުކުރެއްވުން  ފަސްކުރައްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ރަމްޒީ ކަމެއް ބުރަމަސައްކަތްޕުޅަކަށް ހައްދަވައިގެން އެއުޅުއްވަނީ ސިޔާސީ ނާޖާއިޒު ފައިދާގެ ބޭނުންފުޅުގައިކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރ ހަސަން އަފީފު، އިންޑިޔާގެ ފޮރިން ސެކެޓްރީ މިސްޓަރ މެނަން އަރިހުގައި ދެންނެވިކަމުގައި އެމްޑީޕީގެ މީޑިޔާ އޮފީހުން ބަޔާންކުރެއެވެ.

ފޮރިން ސެކްރެޓެރީ މރ. ސިވަޝަންކަރ މެނަން އާއި ބައްދަލުކުރުން

އިންޑިއާއިން ދިވެހީންނަށް ތަޢުލީމީ ފުރުސަތުތައް އިތުރުކޮށްދެއްވުމަށް އިންޑިޔާ މޯލްޑިވްސް ފައުންޑޭޝަނެއް އުފެއްދެވުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، އިގްތިސާތީ ގޮތުން ރާއްޖޭގައި އިންޑިޔާގެ ފަރާތްތަކުން ވިޔާފާރި ހިއްސާކުރާ މިންވަރު އިތުރުކުރުމަށް ފިޔަވަޅު އަޅުއްވައިދެއްވުމަށާއި އެގޮތުން  ޓުއަރިޒަމްގެ  ފަންނީ ތަމްރީނު އިތުރުކޮށްދެއްވުމަށާއި، ދަތުފަތުރުގެ ގުޅުންތައް އިތުރު ކޮށްދެއްވުމުގައި މަސައްކަތްކޮށްދެއްވުމަށް  އިންޑިއާގެ ދަވްލަތުގެ ޚާރިޖީ ވަޒީރު މިސްޓަރ ޝިވްޝަންކަރު މެނަން އަރިހުގައި އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އެދިވަޑައިގެންނެވި ކަމުގައި އެމްޑީޕީން ޚަބަރުދެއެވެ.

އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އެޕާޓީގެ ވަފްދެއްގައި އިސްކޮށް ހުންނަވައި ޖުލައި 8 ން 12 އަށް އިންޑިއާ އަށް ޒިޔާރަތް މިކުރެއްވީ އިންޑިޔާގެ މަދަނީ މުޖުތަމައު އަށާއި އިންޑިޔާ ރައްޔިތުންނަށް އެމްޑީޕީ ރަސްމީ ގޮތުން ތަޢާރަފު ކޮށްދެއްވުމަށް ކަމުގައި އޭނާވަނީ ވިދާޅުވެފައެވެ. މިދަތުރުގައި އެމްޑީޕީގެ ވަފްދާއި ބައްދަލު ކުރެއްވި އިންޑިޔާގެ ކަމުވޮށި ފަރާތްތަކުގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު އައިކޭ ގުޖްރާލް އާއި، މިހާރުގެ ފޮރިން ސެކެޓްރީ  ޝިވްޝަންކަރު މެނަން އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮމާސް ޖައިރާމް ރަމޭޝް އާއި  ކުރީގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރުޝީދާއި، ޚާރިޖީ ތަޖްރިބާކާރު ކުލްދީޕް ޝާހް ދޭވް އާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) ގެ ޚާއްސަ މުޝީރު ޓަރުން ޑާސް އާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) ގެ ބައިނަލް އަގްވާމީ ވިޔާފާރިއާއި ބެހޭ ވެރިޔާ ޓީ އެސް ވިޝްވަނާތު އާއި އިންޑިޔާ އިންޑޮނީސިއާ ބިޒްނަސް ފައުންޑޭޝަނުގެ ރައީސް ސޯމީ ހަޒާރީ އާއި، އޮބްޒާވަރ ރިސާޗް ފައުންޑޭޝަނުގެ ޗެންނާއި ޑިރެކްޓަރ ސައްތިޔަ މުރުތީ އާއި އޮބްޒާވަރ ރިސާޗް ފައުންޑޭޝަނުގެ  ރައީސް ވިކްރަމް ސޫދު އާއި އިންޑިޔާގެ ޕާލިއަމެންޓް ގެ ޑިޕިއުޓީ ޗެއަރމަން އަދި ކޮންގްރެސް ޕާޓީގެ ނާއިބު ޒަޢީމް ކޭ. ރަހްމާން ޚާން އާއި ކޮންގްރެސް ޕާޓީގެ ބައެއް ޕާލިމެންޓް މެމްބަރުންނާއި  ހިންދުސްތާން ޓައިމްސް ގެ އެޑިޓަރ ނިލޯވާ ޗައުދަރީ އާއި، ސީއެންއެންގެ އިންޑިޔާ ބިއުރޯ ބަލަހައްޓަވާ ސުމޮން ޗަކްރަބަތީ އާއި އެންޑީޓީވީ ގެ ނިވްސް އެޑިޓަރ އަޝުތޯޝް ސިންހާ އާއި ސްޓާރ ނިއުސްގެ ޑިޕްލޮމެޓިކް އެޑިޓަރ ޖޯތީ މަލްހޯތުރާ  ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނިއުދިއްލީ ގައި ހުންނަ ދިވެހި ހައިކަމިޝަނުގެ ބައެއް އިސް އޮފިޝަލުންވެސް ވަނީ އެމްޑީޕީގެ ވަފްދާއި އެކު އިންޑިއާގެ ބައެއް ކަމުވޮށި ފަރާތްތަކާއި އެކު ބޭއްވުނު ބައްދަލުކުރުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީގެ ވަފްދުގައި ހިމެނިވަޑައިގެންނެވީ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އާއި، ނާއިބުރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ޕާލިމެންޓަރީ ގުރޫޕް ލީޑަރ ހަސަން އަފީފް އާއި، ސަފީރު އަހްމަދު ނަސީމް އަދި މީޑިއާ މެނޭޖަރ މުހައްމަދު ޒުހައިރު އެވެ.   

Friday 18 July 2008

ޓީވީން ގޮޅާބޯ ދެއްކިތަނާ 'އެޅާ' އޭ ބުނެގެން ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފި

ޓީވީ މޯލްޑިވްސުން ގޮޅާބޯގެ ކޮންމެސް ޚަބަރެއް ދެއްކިތަނާ ސިފައިންގެ މީހަކު ސިފައިންގެ ތެރޭގައި އިނދެފައި 'އެޅާ' އޭ ކިޔައިގެން ގޮޅާބޯއަށް މުޚާތަބު ކުރުމާ ވިދިގެން ގާތްގަނޑަކަށް މެދުނުކެނޑި 9 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ޚިދުމަތުގައި އުޅެފައިވާ މީހަކު ވަގުތުން ވަޒީފާއިން ވަކިކޮށްފި ކަމުގެ މައުލޫމާތު ވަނީ ޑީއޯއަށް ލިބިފައެވެ. ޕްރައިވެޓް އަހުމަދު ޒުނައިދު އަށް މިހެން ބުނެވުނު މައްސަލައަކީ ގޮޅާބޯގެ އައުވާނުން މާ ދެން ބޮޑު ކަމަކަށް ހަދާލައިގެން ވެރިން ކާރީގައި ކުޓުވާލީ އެވެ. ކޮމާންޑާ އިން ޗީފް، ދުނިޔޭގަ މިވަގުތު ހުރި ހަމަ އެކަނި ފަސްތަރީގެ ހަމަ އެކަނި ފިސްތޯލަ ހިފައިގެން ހުވާކުރަން ދަންނަ ޖެނެރަލް، އާ ދިމާލަށް 'އެޅާ' އޭ ބުނެވިގެން ނުވާނެތާއެވެ!

މިވެސް ޖެނެރަލެކޯ... ހައްހައްހާ!

 

މި ފުރުސަތުގައި ޒުނައިދުގެ ނަމުގަޔާއި، ޑީއޯގެ ކިޔުންތެރިންގެ ނަމުގައި ގޮޅާބޯއަށާއި ގަންޖާ އިސްމާއީލް ޝަފީއުއަށް ފަށްފަށުން ވަރަށް އިޚްލާސްތެރިކަމާއެކު ފަޑަބޯން ދެމުއެވެ.

 

އުނގޫފާރުގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައި

ރ. އުނގޫފާރުގައި ކަރަންޓުގެ ޙިދުމަތް ދެމުންގެންދާ ޖަނަނޭޓަރަކަށް ދިމާވި ކުއްލި މައްސަލައެއްގައި އުނގޫފާރުގެ ބައެއްސަރަހައްދުތަކާއި ވަގުތީ ހިޔާވަހިތަކުން ބުރާސްފަތި ވިލޭރޭ ކަރަންޓު ކަނޑާލާފައިވަނިކޮށ،ް ބަޔަކު މީހުން ނިކުމެ އިންޖީނު ނިއްވާލައިފި. އެސަރަހައްދުގައި ހުރި މީހަކު ބުނިގޮތުގައި ހުރިހާ ސަރަހައްދުތަކަށް އެއްފަހަރާ ނުދިނުމުން  ވަގުތީ ހިޔާވަހިތަކުގައި ދިރިއުޅޭ ގުރޫޕެއް އިންޖީނުގެއަށްވަދެ މުޅިރަށުން ކަރަންޓް ކަނޑާލައިފިއެވެ.

މިގުރޫޕުގެ މީހުން އިންޖީނުގެ ދޮށަށް އެއްވުމަށް އައި މަގުމަތީގައި ކޭބަލްޓީވީގެ ހިދުމަށް ދިމުމަށް ރަށުތެރޭގައި ބަހައްޓާފައިވާ ބައެއް ޑިސްޓްބިއުސްން ބޮކްސްތައް ހަލާކުކޮށް މީހުންގެ މުދަލައި ތަކެއްޗަށްވެސް ގެއްލުންލެމުންދެއެވެ. "މިހިރީ ރައްޔިތުންގެ ހާލަކީ، ރައްޔިތުން އުޅެންމިޖެހެނީ ކަނު އަދިރީގައި، ފަތްބޮއިގެން އައިސް މީހުންގެ މުދަލަށް ގެއްލުންދެމުންދާއިރު ސިފައިން އެތިބީ ނިދާފަ، އަތޮޅުވެރިންނަކަށް ކަމެއް ބޮޑެއް ނުވޭ" އެއްވެހުރި މީހަކު އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ.

މުޅިރަށުން ކަރަންޓް ކަނޑާލާފައިވަނިކޮށް ރ އަތޮޅު އޮފީހުގައި 5 ކިލޯވޯޓުގެ ޖަނަރޭޓަރެއް ހިންގަމުން ދަނިކޮށް އުނގޫފާރު ބަޔަކު ނިކުމެ އަތޮޅުއޮފީހުގައި ހިންގަމުންދިޔަ ޖަނަރޭޓަރުވެސް ވަނީ ނިއްވާލާފައެވެ. މި މީހުންގެ ތެރެއިން އެކަކު ބުނީ "ވެރިން އަބަދުވެސް ތިބެނީ އަރާމުގައި ކަމަށާއި، ރައްޔިތުން އުޅޭ ހާލު ނުވިސްނާކަމުގައި، އަދި އަތޮޅުވެރިޔާގެ އެހީތެރިޔާ އަބުދުﷲ ރަސީދު އުނގޫފަރު ކަތީބުކަމުގައި ހުރިދުވަސްވަރު ރައްޔިތުންގެ ނަމުގައި ބޮޑޮތި ލޯނުތަކެއް ނަގައިގެން،  ޓެންޑަރ މެދުވެރިނުކޮށް ( އަބުދުﷲ ހަމީދުވާއި އޭރުގެ ވެރިންގެ މަސްލަހަތު އޮންނަ ކުންފުނި ) އެއްވެސް އެގުރިމެންޓަކައި ނުލާ ގާއިމް ކޮއްފައިވާ ކޭބަލްތަކާއި ޕެނަލް ބޯޑުގެ ވާހަކަވެސް ދައްކާފައިވޭ"

އަނެއްބަޔަކު ބުނަގޮތުގައި މައްސަލަ ދިމާވަނީ އިންޖީނުގެ ތަރައްޤީ ނުކުރާތީކަމުގައި، އަދި ތަނަށް ލިބޭ ފައިސާ ވާނުވާ ގޮތެއް ނޭންގޭތީކަމުގައި، އެގޮތުން ވަރަށް ރުޅިއައިސްގެން ހުރެ ނަންހާމަނުކުރުމަށްއެދި ބުނީ " މައްސަލައަކީ ކުރީގެ ކަތީބު އަބުދުއް ނާސިރުއަލީ ގެ ކަރަޕްސަނުގެ މައްސަލަ ނުބެލޭތީ! އަތޮޅުވެރިންވެސް އޯޑިޓްކުރަން މިފޮނުވަނީ ތަންދޮރު ނުދަންނަ ކަތީބުން، އިނގުރައިދޫ އަލިފުޅަކާ، މީދޫ ނަސީމަކާ، މިކަހަލަ ކަނޑުކޮހުން، ދެން ކީއް ކުރާނީ، އަހަރެމެންނަށް ކޮހީ އަތޮޅުވެރިން"

ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތަކެއް ނަގައިގެން ކަރަންޓުގެ ޙިދުމަތް ދެމުން އަންނަ އުނގޫފާރުގެ އިންޖީނުގެޔަކީ ދޭތެރެދޭތެރެއިން ކަރަންޓުގެ ޙިދުމަތް ކެނޑޭ އަދި ކަރަޕްސަނުގެ މައްސަލަ އިންތިހާޔައް ބޮޑުވެފައިވާ ތަނެކެވެ. ރ އަތޮޅުގައި ހުރި ތަންތަނުގެ ތެރެއިން އެންޓިކަރަޕްސަން ބޯޑުގެ ސަމާލުކަން ނިހާޔަތަށް ބޭނުން ވެފައިވާ ތަނެކެވެ. އެހެންކަމުން އުނގޫފާރު ރައްޔިތުންގެ ނަމުގައި އިންޖީޏުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަސް މަސައްކަތް ކުރުމަށާއި، އޯޑިޓްކުރުމަށްފަހު ކުއްވެރިވާ އެންމެން އިންސާފުގެ ކުރިމައްޗައް ގެނެސްދިނުމަށް ރަށުގެ ރައްޔިތުން އެދެއެވެ.

 

Wednesday 16 July 2008

ގޮޅާބޯ ބުނީ ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެޔޯ... ދެނޯ

ލިޔުނީ ކުނބުރުދޫ ހަސަނު


މިދިޔަ ބުރާސްފަތި ދުވަހު ގޮޅާބޯ ގާނޫނު އަސާސީ ތަސްދީގު ނުކޮށް ބަހަނާ ދެއްކުމަށް ބޭއްވި ނޫސް ކޮންފަރެއްސްގައި ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބު ދެމުންބުނީ ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެ ކަމަށާއި އިގުތިސޯދީ ކަންތައްތަކުގައި ފިނޭންސް މިނިސްޓަރު ދަނީ ބަރާބަރަށް ޖަވާބު ދާރީ ވަމުން ކަމުގައެވެ. މީގަ ސަޅި ތަންކޮޅަކީ އެބުނި މިނިސްޓަރު އޭރު އޮތީ އިސްތިއުފާގެ ސިޓީ ލިޔެ، ޕުރިންޓުވެސް ކޮށްފައިކަން ގޮޅާބޯއަށް ނޭނގި އޮތުމާއި، ދެއްކޭ ނުދެއްކޭ ވާހަކަވެސް ގޮޅާބޯއަށް މިހާރު ރަނގަޅަށް ނޭނގޭ ކަމެވެ.  މީގެ އިތުރުން މީހަކު ދެ ސުވާލު އެއްފަހަރާ ކޮއްފިއްޔާ ގޮޅާބޯ ހަނދާން ހުރެ ޖަވާބު ދެވެނީ އެންމެ ސުވާލަކަށެވެ. ޑެމެންޓުވެގެން ދިޔަ ދިޔައިނުންގޮސް މިހާރު ހަނދާން ނެތުމުގެ ކަންތައްވެސް އިންތިހާ ދަރަޖައަށް ދިޔައީއެވެ.

ކޮންމެއަކަސް ނިމިގެން މިދިޔަ ހަފްތާއަކީ ގިނަ ކަންތައްތަކެއް ހިނގި ހަފްތާއެކެވެ. ގޮޅާބޯ ރާއްޖޭގެ ވެރިކަމުގައި ދެމިހުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިގޮތުން 2004 ގެ ކަޅު ހުކުރުގައި ބުރުމާ ގާސިމު ޖަލައްލާ، ދައުލަތާ އިދިކޮޅު އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، އެއިރުގެ ޑރ. ޖަނާޒާ ލައްވާ މުޅި އުމުރަށް އޭނާ ޖަލުގައި ބަހައްޓާނަމޭ ކިޔައިގެން ލައްކަ ބިރު ދައްކާ ހެދިއެވެ. އެކަމަކުވެސް، އެންމެ ފަހުން ގޮޅާބޯއަށް ޖެހުނީ ހަމަ އުނބަށް ޖަހާށެވެ. ޖަލުގައި އުމުރު ހޭދަކުރުމުގެ ބަދަލުގައި ގޮޅާބޯ ބުރުމާ ގާސިމަށް ދިނީ 3 އަހަރު ދުވަހުގެ ސަރުކާރު ހިންގުމުގެ ތަޖުރިބާގެ ކޯހެކެވެ.

ރިޔާސީ އިންތިޚާބު ކާރިވީ ވީ ހެން ބައެއް މީހުން ކިޔަމުން އައީ ގާސިމު ގޮޅާބޯގެ އަތުގައި ހިފައިގެން ގޮޅާބޯ ހޮވަން ކެމްޕޭނު ޖައްސާނޭ ކަމަށެވެ. އަނެއް ބަޔަކު ކިޔާ އުޅުނީ ގާސިމު ކެބިނެޓުންނާއި ރުނޑިންގެ ޕާޓީން އިސްތިއުފާ ދީފާ، ގޮޅާބޯ އާ ވެރިކަމަށް ޗެލެންޖު ކުރާނޭ ކަމަށެވެ. ކަންތައްތައް މިހާރު ގޮއްސަ އޮތް ހިސާބުން ބޮޑަށް ވައްތަރީ ވާނީ ދެވަނަ ބަޔަކަށް މި ހީވި ގޮތް ހެނެވެ.

ބަލަގަ ގޮޅަޔާއެވެ! ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެކަން އަހަރުމެންނަށް އިނގެއެވެ. އެކަމަކު އިހަކަށް ރޭ ކަލޭ ބުނީ ރައްޔިތުންނަށް ހަގީގަތް (ކޮން ހަގީގަތެއް ކަމެއް ނޭނގެ) ކިޔާ ދެވިއްޖެ 'ނަމަ' ޑީއާރުޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށެވެ. އެތާގައި ކަލޭ ތިޔަ ބުނީ  ކޮން ނަމަ ނަމައެއްގެ ވާހަކައެއް ހެއްޔެވެ؟ ދިވެހި ރައްޔިތުންގެ އެންމެހާ ހައްގުތަކަށް ކަލޭ ކޮޅުފައިން އަރައިގެން ހުރެ، އެމީހުނަށް ކަލެޔަށް ކިޔާ ދެވޭނީ ކޮން ހަގީގަތެއް ހެއްޔެވެ.

ހަގީގަތަކީ، ވޭތުވެދިޔަ 30 އަހަރު ކަލޭ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް އަނިޔާވެރި، އަދުލު އިންސާފުން އެއްކިބާ، ވެރިކަމެއް ހިންގި ކަމެވެ. ހަގީގަތަކީ، ދިވެހި ރާއްޖެޔަށް ކަލޭ ބުރައުން ސުގަރާ ފޯކާ ތައާރަފްކޮށް، އަހަރުމެންގެ ޒުވާން ޖީލު ފުނޑާލަން މަސައްކަތް މެދުނުކެނޑި ކުރާކަމެވެ.

ހަގީގަތަކީ، ކަލޭގެ އާއިލާއާއި ކަލޭގެ އުފާވެރިކަމަށްޓަކާ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ކަލޭ ދަވާލިކަމެވެ. ހަގީގަތަކީ، ކަލޭގެ އާއިލާގެ ކުއްތާތައް ވެރިކަމުގެ އެކި އެކި ހިސާބުގައި ވަކި ހިއްޕައިގެން ތިބެ، އިސްލާމް ދީނުގައި ހަރާން ކޮށްފައިވާ އެންމެހާ ފާފަތައް (ވައްކަމާއި ޒިނޭ (އިލްޔާސް)، ދޮގު ހެދުމާއި ފިރިހެންކުޅި (މޯކުޅި ހަމީދު)) ކުރަމުން ގެންދާކަމެވެ.

ހަގީގަތަކީ، ކަލޭގެ ހިތުގައި ދިވެހިންގެ މައްޗަށް އެއްވެސް ކުލުނެއް އަދި ލޯތްބެއް ނުވާކަމެވެ. ހަގީގަތަކީ މިފަހުގެ ތާރީޚުގައި އެންމެ އިހާނެތިކޮށް ދިވެހިން ވައިގެތެރެޔަށް، ވަޔަށް، ޖައްވަށް، ފަޒާގެ ތެރެޔަށް ބަޑި ޖަހައިގެން  މަރާފައިވަނީ ތިޔަ ހައިވާނުގެ އޯޑަރަށް، ތިޔަ ހައިވާނުގެ ބަތާ ކައިގެން ތިބި ފުލުހުން ކަމެވެ.

ހަގީގަތަކީ އަހަރުމެން ބަނޑެއްގަ ރިއްސާލިޔަސް މީހުން ކާރީ ސަލާން ޖަހައިގެން އިންޑިޔާއަށް ބޭހަށް ދާނެޖެހޭ އިރު، ދަތެއްގަ ރިއްސާލިޔަސް ކަލެޔާ ކަލޭގެ އައުވާނުން އެތައް ހާސް ޑޮލަރެއް ދުއްވާލައިގެން ސިންގަޕޫރުން ޗެކު ޖަހާ ލެވޭކަމެވެ.

ހަގީގަތަކީ، އަހަރުމެންގެ ދަރީންނަށް ރަނގަޅަށް ތިން އިރު ކާން ނުދެވިގެން އުޅޭއިރު، ކަލޭގެ ކާ މޭޒު ޑެކަރޭޓު ކޮށްލަން އެކަނިވެސް ހާހުން އިސްރާފު ކުރެވޭކަމެވެ.

ހަގީގަތަކީ، އަހަރުމެން ބޯހިޔާ ނުކުރެވި، ދިރިއުޅެވޭނެ ގޮތެއް ނެތިގެން ތެޅި ބާލާއިރު، އަހަރުމެންގެ ބައިތުލްމާލު ދޮވެލައިގެން ކަލޭ ބޮޑު ގަނޑުވަރެއް ގައި އަރާމުގައި ކެހެކޭވެސް ހިތައްނާރާ ދިރިއުޅެމުން ދާކަމެވެ.

ހަގީގަތަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަލާލުމެއްނެތި، ކަލޭގެ އަމިއްލަ ބޭނުމަށް އަދުލު އިންސާފު އަތުކޮޅަށް އޮޅާލައިފައި ތެޔޮ ފޮދަކާވެސް ނުލާ ބޭނުން މީހެއްގެ ބެކަށް ކަލޭ ގަޅާލާކަމެވެ.

ހަގީގަތަކީ، ދިވެހި ރާއްޖެ މިއަދު ދަރާ ވިކި، ބަނޑަށް ޖެހުމުގެ މަގުމަތީގައި ވާކަމެވެ.

ގޮޅާބޯއެވެ! ހަގީގަތް ނޭނގިގެން އުޅޭ ދިވެހިންނެއް މިއަދަކު ނެތެވެ. ހަގީގަތް އޮޅިގެން އުޅެނީ ހަމައެކަނި ކަލެޔާއި، ކަލޭގެ އާއިލާގެ ވަގުންނާއި، ކަލޭ އަޅުވެތިކޮށްގެން ފައިސާއާއި ބާރުގެ ވަބާގައި ޖައްސައިގެން ތިޔަ އުޅޭ އާލާތުނަށެވެ.

ނަމަނަމައިގަ ރިހަ ރަނގަޅަށް ކައްކާފައި މިފަހަރު ބޯންދޭނަމެވެ. ހިތްވަރެއް ހުރިއްޔާ ދިވެހިންގެ ވިންދާ މިފަހަރު ކުޅެލަބާށެވެ. ދޮންކަޅުމިންވެސް އޭރުން ނޭނގޭނެއެވެ.