Thursday 28 May 2009

ބާލާ އެކަހެރި ކުރެވުނު ބޮލުން ނިއުރޯން މަދު 'ލޮބުވެތި' ޒައީމަށް

ނައިފަރު 'ކަޅު' ސޮރު (18 އަހަރުން މައްޗަށް)


ޒައީމުއެވެ. ކެއްސައްގޮރު އަރައިގެން އުޅޭހެން ތިޔަ ތެޅެނީ ކިހިނެތްވެގެން ހެއްޔެވެ؟ ގައިމު މިދޭތެރެއަކުން ބޮޓަކުސް ޖަހާލަން ބޭރުގައި އުޅެލާފަ އެނބުރި އައިދުވަހު ބުނީމެއްނޫންހެޔެވެ. ޒައީމު ކުރި އެއްކަމެއްވެސް ހަމަ އެއްބަޔަކަށްވެސް ސާބިތެއް ނުކުރެވޭނެއެވެ. އދ.އަށް ހުށަހެޅިޔަސް ސާބިތެއް ނުކުރެވެއެކޭ ޒައީމު އެޅި ބޮޑުފާލަން ދޮށުގައި ހުރެގެން ޒައީމުއަށް ސަނާކިޔާ ނޫސްވެރިން އެއްކޮށްގެން ނުބުނަންހެއްޔެވެ. ދެން މިހާރު އަނެއްކާ ތިޅާ ތިވީދެނީ ކޮން ގޮރެއްބޮވިގެންހެއްޔެވެ. ތިޔަ ކިޔަނީ ކީކޭހެއްޔެވެ. އޭޖީ ލަތީފާއާ ދެންވެސް ތިބިއްޔާ ތިބި ބަޔަކަށް ސިޓީ ފޮނުވައިގެން ރައީސުލް ޖުމުހޫރިއްޔާ ކައިރީ ތިޔަ އާދޭސް ކުރަނީ ކޮން އަމަޔަކާ އިނދެވިގެން ހެއްޔެވެ.

ޒައީމުއެވެ. ގިރާވަރު މީހަކަށް ވީވަރުވެސް ތި ރުނޑިއަކަށް ނުވިއެވެ. އެމީހުންވެސް ހަޅޭލަވަނީ އެއްފަހަރު ޖެހމައެވެ. ޒައީމުތީ އަމުދަކުން އެއްޗަކަށްޖަހާހާ ވަރެއްވެސް ހުރި އެއްޗެއްނޫނެވެ. އެކަމަކު ހަމަ ޅަބުޅާގަނޑެއްހެން ހައްޔަރު ނުކުރާށޭ ކިޔާފައި ތިޔަ ހޭރެނީ ކޮން ގޮރެއްބޮވިގެން ހެއްޔެވެ.

ޒައީމުއެވެ. މަ ކުރިންވެސް ތިޔަ ރުނޑިކާޅުކައިރީ ބުނީމެއްނޫން ހެއްޔެވެ. ތިޔަޅާގެ ސިކުނޑިން އެއް ސެލް މަދެވެ. މަ އެކަންޏެއްވެސް ނޫނެވެ. ޒައީމުގެ ޕާޓީގެ ސްޕޯކުސްމަން މަވޯޓާ ޝަރީފުވެސް ޒައީމު އާބެހޭ ގޮތުން ތިޔައީ ސިކުނޑީން ނިއުރޯން މަދުވެފައިހުރި މުސްކުޅި ބޭގަނޑެކޭ ނުބުނޭހެއްޔެވެ؟ ހަނދާން ނެތުނީ ދޮތައެވެ. އެހެންޏާފަހެ ހަމަ ކޮންމެ ދުވަހަކު އިރުއަރާތަކުން ޒައީމު ގައުމަށް ވީ އެއްވެސް ޚިޔާނާތެއް ނޯންނާނޭ ގާނޫނަކުން ބާރުލިބިގެން ނޫނީ ހައްޔަރުކުރި އެއްވެސް މީހަކު ނުހުންނާނޭ ކިޔައިގެން ވީދިވީދިފައި ހަމަ އެދުވަހަށް އިރުއޮއްސޭރަށް ޒައީމު ހައްޔަރު ކޮށްގެންނުވާނޭ، މަށަކީ މެދުކެނޑުމެއްނެތި ތިރީސް އަހަރު ދުވަހު އިބުތިހާލް ވެ ހުރެގެން ވެރިކަން ކުރިޒައީމޭ، ބޭރުދުނިޔޭގެ ތާއީދު މަށަށް އެބައޮތޭ މަކުރިކަމެއް ތަހުގީގުކޮށްގެން ނުވާނޭ ކިޔައިގެން މި ފޮކަނީ ގޮރުހެނޑިގެން ހެއްޔެވެ؟ ޒައީމު ގެ ވެރިކަމުގައި ހަމަ ކުރެވުނު އެއްވެސް ނުބައި ކަމެއްނެތިއްޔާ ދެން މަޑުން ހުރީމާ ވީނޫން ހެއްޔެވެ؟  ކޮންމެ ދުވަހަކު ދިވެހި ނޫސްވެރިންނާ ބޭރުގައުމުތަކުގެ ވެރިންނަށް ތިޔަ ސިޓީ ތައް ފޮނުވައިގެން ބުޅީ ލާގަނޑޭ ލަޅީ ބޯގަނޑޭ ކިޔައިގެން ތިޔަ ވީދެނީ ހަމަ އެއްކަމެއްވެސް ވެރިކަމުގައި ކޮށްފައި ނެތީމަ ދޯއެވެ. އެހެންޏާ އަމުދަކުން ވެރިކަން ނިމުނު ފަހުން އަނީސާމެނާ އެކު އެކަހެރި ބައްދަލުވުމެއްވެސް ނުބޭއްވޭތީ އެކުގައި ވަށިވަށިން އަތަފަނިކޮޅެއް ބޮއެލާން ނޫޅެވޭތީ ހިތަށްވާތަދުން ހަޅޭލެވެނީ ދޯއެވެ.

ޒައީމުގެ ހިތަށް މިފަހަކަށް އައިސް މާބޮޑަކަށް ތަދުވެގެން މިއުޅެނީ ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ޚާއްސަ ބާރުގެދަށުން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމުންނެވެ. އެކޮމިޝަނުން މައްސަލައެއް ބަލާފާނެތީ މިސޮރު ލޮލަށް ނިދި ނައިސްގެން ހޭރެވެނީ އެވެ. މި ރުނޑި ބުނާގޮތުން މި ރުނޑިގެ ވެރިކަމުގައި މުޅިންވެސް ހެދީ މުސްތަގިއްލު ކޮމިޝަނެވެ. އީވާން ނަސީމުގެ މަރުގެ މައްސަލައިގައި ހެދިކޮމިޝަނުގެ ރިޕޯޓްވެސް 500 ސަފުހާއިން 150 ސަފުހާއަށް ނަސްރީނާގެ ދެފައި ދެގޯޅިއަށް ފެތޭވަރަށް ، ގައުމީ ސަލާމަތަށޭ ކިޔާފައި ކުޑަކޮށްލީ ހަމަ އެކޮމިޝަނުގެ މުސްތަގިއްލު ކަމުންނެވެ.

މި މަޔާހޮކީގެ ވެރިކަމުގައި މީހުން ހައްޔަރު ކުރަނީވެސް ގާނޫނުން ބާރު ލިބިގެން ގާޒީ އަކު ހުއްދަވެސް ދީގެނޯލައެވެ. ކަޅުބެ އަބުދުއް ލަތީފު ކަހަލަ އުޖާލާގެ ނިޒާރު ކަހަލަ މީހުން އިރުއިރު ކޮޅުން ޖަލަށް ގެންގޮސް ޓޯމާޓޯ ސޯސް ލައިގެން ތުނބުޅި ބޭލީ . ރައްޔިތުންގެ މަޖުލިހުން ފާސްކުރި ތުނބުޅި މަތިމަސްބޭލުމާ ބެހޭ ގާނޫނުގެ ދަށުން ދޯއެވެ. މި ރުނޑިކާޅުގެ ގޭދޮށަށް މީހުން އެއްވެ ދެދުވަހަކު މުޒާހަރާއެއް ކޮށްލާއިރަށް ހިސާބުގަނޑު މީހުންގެ ހައްގޭ އަޑުގަދަވާތީ މަގޭ ނަސްރީނާގެ ދެފައި ކައިރިއެއްނުވޭ ކިޔައިގެން މި ހޭރެނީ މިޅާގެ ވެރިކަމުގައި މުޒާހަރާ ނުކުރާތީ ހެއްޔެވެ. ތުންހުދު އައްބާސް ފޮނުވައިގެން ނާސިރަށް ތާއީދުކުރި މީހުންގެ ގޭގޭގައި ގޯނި ދިދަނަގާ ހާބުރި ރަޝީދު ލައްވާ ލަވަކީކަން ތިޔަޅާ ހަނދާން ނެތުނީ ހެއްޔެވެ.

އޭ މިހިރަ ނިއުރޯން މަދު ކުއްތާއާއެވެ. މުޒާހަރާކުރާ މީހުނާ ހެދި އުނދަގޫވަންޏާ ކަންފަތަށް އުއް ވިރުވާފަ އަޅާށެވެ. އޭރަކުން އަޑެއްނީވޭނެއެވެ.

ދިޔާވާ ސައީދު އޭޖީ ކަމުން ވަކިކުރީމާ ވެސް މި ސޮރުގެ ހިތަށް ވަރަށް ތަދުވިއެވެ. މިކަން އެންމެބޮޑަށް ފެނުނީވެސް ނަސްރީނާގެ ފަށްކެނޑި ޒާހިރު ހުސޭނުގެ ހަވީރު ނޫހުންނެވެ. ހަވީރު ނޫހުގައި އެމްޑީޕީގެ ވެރިކަމުގައި އޭޖީ އަކަށް  އަބަދުވެސް ޖެހޭނީ ސަރުކާރުގެ ހިތުގައި ފިރުމާދޭށޭ ކިޔައިގެން ލިޔުނު އިރު ޒައީމުގެ ވެރިކަމުގައި އޭޖީ ލަތީފާ އެމްޑީޕީގެ ހަރުގެ ރޫޅާލަން ލަފާދިނީ ކޮން ގާނޫނަކުން ކަމެއް ނޭގުނުހެއްޔެވެ؟ އެހެންޏާ އެދުވަހު ހަސަން ސައީދު ހުންނެވީ ހޯމު މިނިސްޓަރު ކަމުގައި ހެއްޔެވެ؟ ހަސަން ސައީދުމެން ޒައީމުއަށް ވައިއަޅުވައި ގާނޫނީ ލަފާ ނެރުނީމާ އެވަނީ ފިނދުގައި ފިރުމުން ކަމަށް ދޮތައެވެ.

ޒައީމޫއެވެ. ކަލޭގެ ކުޑަޅާ، ރާގޮނޑި ރާޖާ، ޒާތީ މިނިވަންކަމޭ ފޯކޭ ކިޔައިގެން އެ ވީދެނީ ކޯޗެއްހެއްޔެވެ؟ ދަންވަރު މީހުން ގޭގެއިން ނަގައިގެން ތަޅާ މަރާ ގެންގޮސް ޖަލަށް ލުމަކީ ކާކު ދިވެހިރާއްޖޭގައި ކުޅެން ފެށި ކުޅިގަނޑެއްކާ އެ ނަގޫބަޅަށް ހަމަ ނޭނގެނީ އުތައެވެ؟ ވަގުންނަށް ހާސް ވެރިޔަކަށް އެއްދުވަސް އޮވެޔޭ މުސްކުޅިން ބުނެ އުޅޭކަން އަޑު އެހީމު ދޯއެވެ. މިއަދު މިއޮތީ ވެރިންގެ ދުވަސް އައިސްފައެވެ.

މި ލިޔުމާއި ގުޅުން ހުރި:
ކާމިނީގޭ މައުމޫނުގެ 30 އަހަރުވީ ސަރުކާރަކުން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަމޯ...

Saturday 9 May 2009

އަލްޙަމީދުގެ ކައްވާލުން - އެޓޯލްސް މިނިސްޓްރީގެ ޚިޔާނާތް

ދިރާސަތުލް ކަރާޝިބް
އަލްޙަމީދުގެ ކައްވާލުން - އެޓޯލްސް މިނިސްޓްރީގެ ޚިޔާނާތް – އޮޑިޓަރ ޖެނަރަލްގެ ރިޕޯރޓްގެ ޚުލާސާ


9 އެޕްރީލް2009

ގޮޅާބޯއާއި އޭނާގެ އާއިލާއިން ދިވެހިންގެ ފައިސާއަށް، ދިވެހިރާއްޖޭގެ ބައިތުލްމާލަށް ހިތުހުރިގޮތެއް ހަދައި، އެއިން ވައްކަން ކޮއްފައިވާކަމުގެ އަލިގަދަ ހެކިތައް މިހާރު މިދަނީ ފެންމަތިވަމުންނެވެ. މި ރިޕޯޓުތަކަކީ ޓައިމް ބޮމެކޭ ބުނުމުން އަދި ފުދުނީއަކީ ނޫނެވެ. މި ހަރާންކޯރު ވަގުންތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްގު އަދަބު އެމީހުންނަށް ދެވެން ޖެހޭނެއެވެ.

ތިރީގައި އެވަނީ އިހަށްދުވަހު އޮޑިޓަރ ޖެނެރަލް އާއްމުކުރެއްވި އެޓޯލްސް މިނިސްޓްރީ 2007 ގެ އޮޑިޓް ރިޕޯޓެވެ. ހުރި ނުބައިކަމެއްގެ ބޮޑު ކަމާއެވެ!

-          ބަރާބާރަށް މުސާރަދީފައި މިނިސްޓްރީގެ އެއްވެސް މަސައްކަތެއް ކަނޑައެޅިފައިނުވާ  17  މީހަކަށް 14 ލައްކަ ރުފިޔާ

-          އަތޮޅުވެރިކަންދީ މާލޭގައި މުސާރަލިބޭގޮތަށް، އަމިއްލަ މަސްލަހަތަށް ބަހައްޓައިފައިވުން

-          ޖަނގިޔާ ނާޒިމުގެ ތިންކުންފުނީގެ ނަމުގައި އެއް ބިޑަކަށް ހުށައަޅައި 20 ލައްކަ ރުފިޔާގެ މައްސަލަ އަދި މާލޭގައި ނެތްގެއްގެ ނަމުގައި އެޑްރެސްގައި ކުންފުނި ރަޖިސްޓްރީކޮށް އޮޅުވައިލައިފާވާކަން.

-           އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި އޮތް ގައިގޯޅިގުޅުމެއްގެ ތެރެއިން 14 ލައްކަ ރުފިޔާއަށް 000،15 ދިދަ ގަނެފައިވުން.

-          2004 ވަނަ އަހަރު، 220 ބަނދަރު ބައްތި 19 ލައްކަ ރުފިޔާއަށް ގަނެފައިވުން ( ޖަނގިޔާ ނާޒިމްގެ ކުންފުންޏަކުން)

-          އަނެއްކާ 000،15 ދިދަ އިންޖީނު މަސައްކަތްކުރާ ވޯކް ޝޮޕަކުން 14 ލައްކަރުފިޔާއަށް ގަނެފައިވުން

-          2005 ވަނަ އަހަރު އަލިފާން ނިއްވާ ނިޒާމްއެއް ޤާއިމްކުރުމަށް 32 ލައްކަ ރުފިޔާ ޚަަރަދުކުރެވިފައިވުން

-          ކ.ހިންމަފުށީގެ ބިން ހޯދުމަށް އެދޭފަރާތަކުން އެދުނު ބޮޑުމިނަކަށް  ބިންދީފައިވުން އަދި މިބިންތަކުގެ ކުއްޔަށް 8 ލައްކަ ރުފިޔާ ނުލިބި ވެއެވެ.

-          ޖާރނީ ވޯރލްޑްކިޔާ ކުންފުންޏަކަށް ކ. ހިންމަފުށިން ދީފައިވާ ބިމުކުލި އޮޅުވާލުމުގެ ސަބަބުން ސަރުކާރަށް 107 ލައްކަ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާކުރެވެއެވެ.

 ނޯދަން ރީޖަނަލް އޮފީހުގެ ޚިޔާނާތް:

-          ކ.ގުރައިދޫ، ހދ. ނޮޅިވަރަމްފަރު، ބ.ތުޅާދޫ، ރ.އުނގޫފާރަށް ތަފާތު ކަންކަމަށް ޚަރަދު ކުރުމުގެ ނަމުގައި ޗެކުންނާއި ނަގުދު ފައިސާގެ ގޮތުގައި، 6 ލައްކައަށް ވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައިވެއެވެ.

-          އަތޮޅު ފިހާރަތައް ކުއްޔަށް ހިފަން ހުށައަޅާފައިވާ އަގަށް ވުރެ ކުޑަ އަގަކަށް އެހެން ފަރާތްތަކަށް ދީގެން 44 ލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުންވެފައިވުން.

-          އަތޮޅު ކައުންސިލްއާއި ރަށު ކައުންސިލްގެ ނަމުގައި 45 ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވުން.

މި ޚުލާސާއިން ދައްކާގޮތުން ޖުމްލަ 323 ލައްކައަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ހަމައެކަނި ކުރީގެ އެޓޯލްސް މިނިސްޓްރީއިން ވެފައިވެއެވެ.

 ނޯޓް:

މިޚިޔާނާތްތަކުގެ މައިގަނޑު ބައިވެރިންނަކީ ޖަނގިޔާ ނާޒިމް ( ނަމީރާ އިންޖިނިއަރިންގ) އަދި ޢަބްދުﷲ ޖާބިރު ( ޖާރނީ ވޯލްޑް )،   ޝީރީން (މުހައްމަދު ހުސޭނުގެ އަނބިކަނބަލުން) އަދި ބިގް ފިޝް ( ޔޫސޭ ބޭބެގެ މަސް ކުންފުނި) އެވެ. މިމަޢުލޫމާތަކީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ 2  މުވައްޒަފަކު ދީފައިވާ މަޢުލޫމާތެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީގެ 2007 ގެ އަހަރީ ރިޕޯޓް ޑައުންލޯޑް
 

ހުރިހާ ރިޕޯޓްތައް


ADVERTISEMENT

Sunday 19 April 2009

ކާމިނީގޭ މައުމޫނުގެ 30 އަހަރުވީ ސަރުކާރަކުން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަމޯ

ޚަބަރު މުރާޖައާ


30 އަހަރުދުވަހަށް ދެމިގެންދިޔަ ކާމިނީގޭ މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ވާހަކަތަކަކީ އެއްވެސް ދިވެއްސަކަށް މިއަދު އޮޅިފައިވާ ވާހަކަތަކެއްނޫނެވެ. ގަވައިދާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރުކޮށް އަނިޔާ ކޮށްފައިނުވާނޭ ކިޔައިގެން އެކަމަކު އިހަށްރޭވެސް ޓީވީއަށް އަރާ އިދެ ގޮދުތައް އެ ހެދީއެވެ. މިހެން ބުނިއިރު މީނާގެ ވެރިކަމާ ދިމާލަށް ޗުއްޕުއޭ ބުނިމީހެއްގެ ބުރިން ހަންނުދަމާ ހުރި މީހަކު ދިވެހިރާއްޖޭގައި މަދުވާނެއެވެ.

އަނގައެއް އޮތިއްޔާ ތެޅުވިދާނެއެވެ. އެކަމަކު ކަންކަމުގެ ހަގީގަތް މިއަދު ދިވެހިންނަށް އޮޅުވާލެވޭނެ ހެއްޔެވެ.

ރާއްޖޭގެ ރައީސްކަމުގައި މިހާރު އެހުރި، ކެނެރީގޭ މުހައްމަދު ނަޝީދު، އަންނިއަކީ މައުމޫނުގެ އަނިޔާވެރިކަމުގެ ދަލުގައި ކިތަންމެ ފަހަރަކު ޖެހިފައިވާ މީހެކެވެ. ނަޝީދަށާއި އަދިވެސް އެހެން އެތައް ހާސް ދިވެހިންނަކަށް މައުމޫނުގެ އަނިޔާވެރިކަން ތަހައްމުލުކުރަން ޖެހިފައިވާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. އެހެންނަމަވެސް، ވެރިކަމުގެ ދަހިވެތިކަމުގެ ބޮޑުކަމުން ހިތައް އެއްޗެކޭވެސް ނާރާ ބޮޑެތި ދޮގުތައް މިއަދުވެސް މައުމޫނު އެ ހަދަނީއެވެ.

ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އަނިޔާކޮށްފައި ނުވާނެޔޭ ބުނާއިރު، އެއްވެސް ގޮތަކަށް މީހަކަށް އަނިޔާ ކުރުމުގެ ބާރު އެއްވެސް ގާނޫނަކުން ދީފައި ނުވާނެކަން އެބީތާއަށް ހަމަ ނޭނގެނީބާއެވެ. ގާނޫނާއި ޚިލާފުވުމުން އެކަމާ ތިމަންނަޔަކާ ނުބެހެވޭނޭ ބުނާއިރު، މީނާގެ ވެރިކަމުގައި މީނާގެ ގާތްތިމާގެ މީހުންނާއި މީނާގެ ޣައިރު ގާނޫނީ ސަރުކާރުގެ ވެރިން ގާނޫނަށްވުރެ މަތިން އޮޕަރޭޓުކުރަމުން ގޮސްފައިވާކަން ނުދަންނަނީ ކާކު ހެއްޔެވެ؟ މާފުށީ ޖަލުގަޔާއި ދޫނިދޫގައި މައުމޫނުގެ ދައުރުގައި މަރާލެވިފައިވާނީ ކިތައް ދިވެހިންކަން އެގޭނީ ހަމައެކަނި އެމީހުންނަށެވެ. އަހަރުމެންނަށް އެނގޭ ހާވެސް ހަގީގަތަކީ އީވާން ނަސީމާއި، އޭނާގެ އެކުވެރިންތަކަށް އަނިޔާކޮށް މަރާލާފައިވަނީ ސީދާ މައުމޫނުގެ ވެރިކަމުގައި، އޭނާގެ ބާރުގައި ކަމެވެ. ސަލާމަތް ބުއްދި ހުރި ދިވެއްސަކު މިކަމަކާ ދެކޮޅެއް ނުހަދާނެއެވެ.

މާފުށީ ޖަލުގައި މީހުން ތަޅާ މަރާ ހެދީ ކޮން ގާނޫނެއްގެ ދަށުން ނުވަތަ މަތިންބާ؟

ބަލަގަ މައުމޫނޫއެވެ! ކަލޭގެ އަނިޔާވެރިކަން ޖެހުނީކީ ހަމައެކަނި ކަލޭ ޖަލަށްލާ ނުހައްގުން އަނިޔާ ދިން މީހުނަށް އެކަންޏެއްނޫނެވެ. ކަލޭގެ އަނިޔާވެރިކަމުގެ ސަބަބުން ގޯތި ގެދޮރު ގެއްލި ދިރިއުޅުން ބަރުބާދުވެފައިވާ އެތަކެއް ދިވެހިންނެއްވެސް އެބަ އުޅެއެވެ. ދިވެހިރާއްޖޭގެ ޒުވާން ޖީލު ޑުރަގުގެ ވަބާގައި ޖެއްސީ ކަލޭނޫން ދެން ފަހެކާކު ހެއްޔެވެ؟ ކަލޭގެ އައުވާނުން ޑުރަގު އެތެރެކޮށް ވިއްކަމުން ގެންދިޔަކަން ނޭނގެނީ ކާކަށް ހެއްޔެވެ؟ އެކަމަކު، މިއަދު އަނގަ ހުޅުވާފައި މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ކޮށްފަކައި ނޯންނާނޭ ބުނީމާ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ވެރިކަމަށް ދަހިވެތިވިޔަސް ތީ އެކަމު ބޮޑުވަރެވެ!

ދިވެހިރާއްޖޭގައި މިއަދު މި ހިނގަނީ ސީދާ ދިވެހި ރައްޔިތުންގެ ވޯޓަކުން ހޮވިފައިވާ ރައްޔިތުންގެ ސަރުކާރެކެވެ. ސީދާ ޑިމޮކްރެޓިކް ވެރިކަމެކެވެ. ކަލޭ ބުނާ ފާޑުގެ ދިމާކުރާތީ ސިސްޓަމެއް ނޫނެވެ. ރައީސް ނަޝީދުގެ ހިތްތިރިކަމުން ކަލޭގެ މައްސަލަތައް ޝަރީއަތަށް ފޮނުވައިގެން އަދި ނުބެލި ނަމަވެސް، ކަލޭ އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރުމެންނަށް އެބަ އޮތެވެ. ދެން މާގިނަ ދުވަހެއްވެސް ނުވާނެއެވެ.

ބަލަގަ މައުމޫނެވެ! މިއަދުގެ ސަރުކާރުން މިސްމެނޭޖު ކުރަނީޔޭ އަދި ޕުލޭނެއް ނެތޭ ކަލޭ ބުނާއިރު، ކަލޭގެ ސަރުކާރުން 30 އަހަރު ދުވަހު ކުރިހާ ވައްކަންތަކާއި ބާރައި ނުފޫޒުގެ ބޭނުންކުރި މިންވަރު މިހާރު ހަމަ ތިޔަ ހަނދާންނެތުނީ ދޯއެވެ؟ މައުމޫނެވެ! ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ވެރިކަމެއް ހިންގުމުގައި މި ސަރުކާރު ކާރީގައި ކަލެޔާ ކަލޭގެ ކޮއްކޮތަކާއި ޅިޔަނުންތަކާއި މިސުރުގެ ފުރެންޑުންތަކަށް ފަތިގަނޑުވެސް ފިރުކާ ނުލެވޭނެއެވެ. ތިމާއަށް މިހާރު ކިޔޭ ނުކިޔޭވެސް ނޭނގެނީ އުތައެވެ؟

ދިވެހީންނޭވެ! ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ހަގީގީ ޕާޓީ ކަމުގައިވާ އެމްޑީޕީއަށް މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު ލިބިގެން ނޫނީ ކާމިނީގޭ މައުމޫނު އިންސާފުގެ ކުރިމައްޗަށް އަވަހަކަށް ނުގެނެވޭނެއެވެ. މައުމޫނާއި އޭނާގެ އާއިލާއިން އަދިވެސް ބޭނުންވަނީ ރައްޔިތުންގެ ވެރިކަން އާއިލީ ވެރިކަމަކަށް ހަދާ، ދިވެހި ރައްޔިތުންގެ ކަރަށް ފައިން އަރައިގެން ތިބޭށެވެ. އެ ފުރުސަތު ދެން އެމީހުނަށް ލިބުނަދީގެން ނުވާނެއެވެ.


ADVERTISEMENT

www.delightmaldives.com

ތީމުގޭ އޯޑިޓް ރިޕޯޓަށް ޚިޔާލުފާޅުކުރުން

ކާމިނީގޭ ސީދީގެ ބޮޑު ޑިކްޓޭޓަރު މައުމޫނު ދިވެހިރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މިންވަރު ކޮންމެވެސް ވަރަކަށް އޯޑިޓަރ ޖެނެރަލްގެ މި ރިޕޯޓުން މިއޮތީ ދޭހަވެ، ސާބިތުވެފައެވެ. މި ރިޕޯޓު ކިޔައިފިމީހެއްގެ ތަލިން ކުޅުނުނުހިކޭނަމަ އެމީހަކީ ހަމަ މީހެއްކަމުގައި ނުބެލެވޭނެއެވެ. ލާރިތައް ތަޅާ ބުރުއްސާލާފައި މިއޮތީ ވަކި ސުމާރެއް ބަލައިގެނެއްނޫނެވެ. ހީވަނީ އަމާ ބަފާގެ ތަރިކަ މުދާތަކެއްގެ ބޭނުން ހިފާލިހެނެވެ. ކޮންމެއަކަސް، ގައުމެއް މިހާ ފުރިހަމައަށް ރޯމާ ދުވާލު ފެންކޮޅަކާވެސް ނުލާ ދިރުވާލި މީހަކު ޑިކްޓޭޓަރ މައުމޫނު، އާދެ، ގޮޅާބޯ ނޫން ދެވަނަ މީހަކު ނެތްކަމީ ޔަގީންކަމެކެވެ.

ދެން، ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ކިޔާލާށެވެ. ކުރިން ކިޔާފަ އޮތިއްޔާ އަދި އެއްފަހަރު ކިޔާލާށެވެ. އެއަށްފަހު، އަޅެ ހިތަށް ވަންނަ އެއްޗެއް އެހެންމީހުންނާ ހިއްސާކޮށްލަ ބަލާށެވެ.


އޮޑިޓަރ ޖެނެރަލް

ރިޔާސީ ގަނޑުވަރުގެ 2007 އަދި 2008 ވަނަ
އަހަރުގެ އަހަރީ އޯޑިޓް ރިޕޯޓް

 

ތީމުގޭ ފޮޓޯ އަލްބަމް

 

އަހަރުމެންގެ ޚަރަދުގައި ގޮޅާބޯ ކޯޓު ފަޓުލޫނާއި ގަމީސް އަދި މިސުރުކޯޓު (ސަފާރީ) ފައްސާ އުޅޭ ލޯރޯ ޕިއާނާ

www.loropiana.com
 


ADVERTISEMENT

www.delightmaldives.com

 

 

Saturday 18 April 2009

ރައީސް ނަޝީދުގެ ސަރުކާރާ އިންޑިޔާއާއި އޮންނަ ގުޅުން

ޚަބަރު މުރާޖައާ


ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް މިފަހުން ހީވެފައި އޮންނަނީ އިންޑިޔާއާއި ޑިކްޓޭޓަރު މައުމޫނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި، އިންޑިޔާގެ ސަޕޯޓާއި ހެދި އޭނާގެ ވެރިކަން ހުއްޓުމަކަށް ގެނެސް، ތީމުގެއިން ނެރެ ހޫރާ ލެވިދާނެކަމަށް ގަބޫލުކުރެވުނީ ވަރަށް މަދު ބަޔަކަށެވެ. އެކަމަކު، ހަގީގަތަކީ އެއީއެއް ނޫންނެވެ.

ރައީސް ނަޝީދު އިންޑިޔާ ދަތުރު - ޑިސެމްބަރ 2008

އިންޑިޔާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދިވެހިރާއްޖެއާ އެންމެ ކާރި، އަދި އެންމެ އެކުވެރި ގައުމެވެ. ދިވެހިރާއްޖެއަށް ދިމާވާ ދަތިތަކާއި އުދުވާނީ ހަމަލަތަކުން ދިވެހިން ސަލާމަތްކުރުމަށް އެންމެ ފުރަތަމަވެސް އިސްނަގަނީ އިންޑިޔާއިންނެވެ. މިގޮތުން ނޮވެމްބަރ 3 ، 1988 ގައި ތަމަޅަ ޓައިގަރުންގެ އެޓޭކުން ދިވެހިން ސަލާމަތްކޮށްދިނީވެސް އިންޑިޔާގެ ސިފައިންނެވެ. ހަގީގަތުގައި އެމީހުން ސަލާމަތްކުރަން އުޅުނީކީ ކާމިނީގޭ މައުމޫނެއް ނޫނެވެ. ދިވެހި ދައުލަތުގެ އަމިއްލަ ވެރިކަމެވެ.

ކޮންމެއަކަސް، 30 އަހަރު ފަހުން މައުމޫނުގެ ވެރިކަން ރައްޔިތުން މިއޮތީ ނިމުމަކަށް ގެނެއްސައެވެ. އިންޑިޔާއަށް މައުމޫނުގެ ވެރިކަން ނިމުމަކަށް އައުމުން ހަމަ ކަހަރުވަޔެކޭވެސް ހިތަކަށް ނާރައެވެ. މައުމޫނު ދެރަ ވެދާނީ، ނޫނީ ހިތްހަމަ ނުޖެހިދާނެތީ ރައީސް ނަޝީދުގެ ސަރުކާރާ ގުޅުން ބަދަހިނުކޮށް އެންމެ ދުވަހަކުވެސް މަޑެއް ނުކުރެއެވެ. އަދި، ރައީސް ނަޝީދުގެ ފުރަތަމަ ބޭރު ދަތުރު އިންޑިޔާއަށް ކޮށް، އެތަނުގެ ވެރިން އޭނާއަށް ކުރި އިހުތިރާމާއި ގަދަރު މިއަދު އެންމެންވެސް ގަބޫލުކުރަން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ އެހީއާއި، ލޯނު ހަމަޖައްސައިދިނީ ކުޑަކުޑަ މުއްދަތެއްގެ ތެރޭގައެވެ. މީގެ އިތުރުން އިންޑިޔާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާއި ރައީސް ނަޝީދު ބައްދަލުކޮށް އެމީހުން ރާއްޖޭގައި ވިޔަފާރިކުރުމަށް ދައުވަތު ދީ، ތަފާތު އެއްބަސްވުންތަކުގައި މިވަނީ ސޮއިކޮށްފައެވެ. އަދި، މިކަންކަމަށް މިހާރުވެސް އަމަލީ ސިފަ އަންނަމުން އެބަދެއެވެ. މިހިރީ ހަމަ މިއަދުގެ ސަރުކާރާ އިންޑިޔާއާއި ދޭތެރޭގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ގުޅުމެއް އުފެދިފައިވާކަމުގެ ހެކިތަކެވެ.

ކާމިނީގޭ ސިދީގެ މައުމޫނު އަދިވެސް ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެފައިވަނީ އިންތިހާ ދަރަޖައަށެވެ. އަތުންފައިންގޯސް ހަދައި، ފާޑުފާޑުގެ މޮޅެތިވާހަކަ ދައްކައިގެން ބަޔަކު ހެއްލޭތޯ އަދިވެސް މަސައްކަތްކުރަނީއެވެ. މިގޮތުން އިހަކަށްރޭ ބުނީ، ނަޝީދުގެ ސަރުކާރަށް އިންޑިޔާއާއި ގުޅުން ބަދަހި ކުރަންވާގޮތް ނޭނގޭކަމަށާއި، ޚާރިޖީ ސިޔާސަތެއް ނެތްކަމެވެ. އެކަމަކު، ހަގީގަތަކީ ކޮބާހެއްޔެވެ؟ ހަގީގަތަކީ، ރައީސް ނަޝީދަކީ މިއަދު އޭޝިޔާގެ އޮބާމާ ކަމަށް ދުނިޔޭގެ މީޑިޔާތަކުން ގޮވާ ނަގާކަމެވެ. ރައީސް ނަޝީދަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި އޭޝިޔާ ސަރަހައްދު، އަދި ކޮމަންވެލްތުގެ ގައުމުތަކުންވެސް މިހާރު ދެކެން ފަށައިފިކަމެވެ.

ޑިކްޓޭޓަރ މައުމޫނު އިންޑިޔާއާ ބޭއްވީ ކޮންކަހަލަ ގުޅުމެއްކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ، ދިވެހިރާއްޖޭގެ ވިޔަފާރީގައި އިންޑިޔާގެ ވިޔަފާރިވެރިންނަށް ހިއްސާވާން ރަނގަޅު ފުރުސަތު ދީފައިނުވާ ކަމެވެ. މީގެ އިތުރުން، އިންޑިޔާގެ ތައްޕާހުން އުޅުނު އިރުވެސް މީނާ ތިމާވަރު މީހެއްނެތިގެން މާބޮޑު މުއްސަންޖަކަށް ހެދި، ކިބުރުވެރިވެ އުޅުނުކަމެވެ.

ޑިކްޓޭޓަރު މައުމޫނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން 2004 ގައި ރާއްޖޭގައި ހުރި އިންޑިޔާގެ ސަފީރު ޑީޕޯޓްކޮށްލެވޭތޯވެސް އުޅުނެވެ. އެއީ، އޭނާ ކޮންމެވެސް ވަރަކަށް ދިވެހިރައްޔިތުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރަމުން އައި މަސައްކަތަށް ތާއީދުކޮށް ހަދަމުން ދިޔައީމައެވެ. ރާއްޖޭގައި ސަފީރަކަށްވެސް އެއިރު ހުރެވެނީ ޑިކްޓޭޓަރު މައުމޫނުގެ ރުހުމާ ގަބޫލުއޮވެ، އޭނާއަށް ތާއީދު ކުރާ މީހުންނަށެވެ. ހުރި ޚާރިޖީ ސިޔާސަތެއްގެ މޮޅުކަމާއެވެ.

ހަގީގަތަކީ މިއީއެވެ. ޚާރިޖީ ސިޔާސަތު ، ރައްޔިތުންގެ ވެރިކަން ނުވަތަ ޑިމޮކްރަސީ، އަދުލު އިންސާފާއި އިންސާނީ ހައްގުތައް، މިއިން އެކައްޗެއްވެސް ކާމީނީގޭ ޑިކްޓޭޓަރުންނަށާއި އެންދެރިމާގޭ ޅިޔަނުންނަށް އަދި ކާރީގައި އެގެންގުޅޭ ބައިގަނޑަށް ހަމަ ކުޑަކޮށްވެސް ނޭނގޭކަމެވެ. އެވަރުގެ ބަޔަކަށް ރާއްޖޭގެ ވެރިކަން ދިނީމާ ހަދާލިގޮތް ވޭތުވެދިޔަ 30 އަހަރުގެ ތަޖުރިބާއިން ދިވެހިރައްޔިތުންނަށް އޮޅިފަކައި ނޯންނާނެއެވެ.


ADVERTISEMENT

 

Sunday 12 April 2009

ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަޠަލުންނަށް ވޯޓު ދެއްވާށެވެ

(މިއީ 7 އޭޕްރީލް 2009 ގައި ޑީއޯގައި ޝާއިޢުކުރެވިފައިވާ އިނގިރޭސި ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.)

ކުރިމަތިވަމުން އަންނަ ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިން ކުރިމަތިލާ އިމްތިޙާނަކަށް ވާނެއެވެ. މި އިންތިޚާބު ކައިރިވަމުން  އަންނަވަރަކަށް ހަލަބޮލިކަން އިތުރުވާނެކަމާމެދު ޝައްކެތް ނުކުރެވެއެވެ. އެހެންނަމަވެސް، މި އިންތިޚާބަކީ ފުދޭވަރެއްގެ މިނިވަންކަމަކާއެކީ ހިންގިދާނެ އިންތިޚާބެއްކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް، ކުރީގެ މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައި، ސަރުކާރުގެ ނުފޫޒުގެ ދަށުގައި ބޭއްވުނު އިންތިޚާބުތަކާއި ބަލާފައި މިއަންނަ އިންތިޚާބު ވަރަށްވެސް މިނިވަންވާނެއެވެ. ކުރިމަތީގައި އޮތް އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓުލިޔަސް ވިސްނާލަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް، ޑިކްޓޭޓަރު މައުމޫނުގެ ހިޔަނީގައި ތިބެގެން ރައްޔެތުންނަށް އޮޅުވާލާ ރައްޔެތުންގެ ނާޖާއިޒު ފައިދާ ނަގާ ޤައުމުގެ މުއްސަނދިކަމުން ފޭރިގަނެ ޤައުމު ދާވާލާ ހަފުސްކޮށްލުމުގައި އެކިގޮތްގޮތުން ބައިވެރިވީ އެއްވެސް ފަރާތަކަށް އަންނަ އިންތިޚާބުގައި ވޯޓު ނުދިނުން މަޖުބޫރުވާ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިހެންކަމުން، ކުރިއަށް އޮތް ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެކިއެކި ގްރޫޕްތަކުގައި ހިމެނޭ އެކިއެކި ފަރާތްތަކަށް ކުރުގޮތަކަށް ބަލާލަމާތޯއެވެ.

މާ ޢިލްމީ ބައެއްކަމުގައި ބުނެ، ސީދާ ޙަރަކާތްތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނުނުކުންނާންތިބި މީހުން

މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަކީ މައުމޫނުގެ ސަރުކާރުގެ އެތެރެއިން ބަދަލުގެނައިކަމަށް ނުވަތަ ބަދަލުގެންނަށް މަސައްކަތް ކުރި ކަމަށް ދައުވާ ކުރާ ބައެކެވެ. މިމީހުންނަށް ލިބިފައިވާ މަތިވެރި ޢިލްމަކާއި ވިސްނުމެއްގެ ބޭނުން ހިފައިގެންކަމަށް ބުނެއެވެ. މިމީހުން ތައްޔާރުކޮށްގެން ނެރުނު މަގު ޗާޓު އެންމެފަހުން އެއްވެސް ތާކު ލައްވައެއް ނުލިއެވެ. އެއަށް ބަލައިގެން އަޅުގަނޑުމެން ދިވެހިން ދަތުރު ކުރިނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ އެފްރިކާ ބައްރާއި ދިމާލުން އެންމެ ކުރިން ޖެހޭ ފަރަށް އަރާ ހިކިފައެވެ. އަދި ރާއްޖެއަށް ޑިމޮކްރެސީ އައުމަށް މި ފަރާތްތަކުން ޙަޤީޤަތުގައިވެސް ބޭނުންވިތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ސަބަބަކީ މުޅި ދުނިޔޭގެ އެންމެން ޑިކްޓޭޓަރ މައުމޫނަށް މަލާމާތް ކުރަމުން ގެންދިޔައިރުވެސް، މިމީހުން ދިޔައީ މައުމޫނުގެ ތަޞައްވަރު ރަނގަޅުކޮށް އޭނާ ޕްރޮމޯޓް ކުރުމަށްޓަކައި ފޫގަޅައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބޭނުން ކޮށްގެން އިންގިރޭސި ވިލާތުގެ ހިލް އެންޑް ނޯލްޓަން ކިޔާ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ލައްވާ މައުމޫނުގެ ގެއްލިފައިވާ އަބުރު ސިއްރު ކުރުމަށް އަދި އޭނާއޭ ކިޔައިގެން އެކި ޒާތްޒާތުގެ ސަނާތައް ކިޔާ މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އަދި މިމީހުން މައުމޫނަށް 'ޑިމޮކްރެސީގެ ބައްޕަ'ގެ ލަގަބުވެސް ދިނެވެ. ޑިމޮކްރެސީއަށްޓަކައި އެތައް ޤުރްބާނީއެއްވި އެތައް އެކްޓިވިސްޓުންނެއް ޖަލައްލުމުގައި މިމީހުން އިސްރޯލެއް ކުޅުނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަންކަމާއެކު ސިޔާސީ ބަހުޘްތައް ކުރެވެން ފެއްޓުނު އެމްޑީޕީގެ 'ހަރުގެ' ރޫޅާލުމުގައި މިމީހުން އިސްވެހަރަކާތްތެރިވިއެވެ. މިމީހުންނަކީ ހަމަ ގައިމުވެސް ޑިމޮކްރެސީއަށް މާބޮޑު ޝައުގުވެރިކަމެއް ހުރި ބައެއް ނޫނެވެ. މިމީހުންނަކީ އެހެން ކޮންމެވެސް އުޞޫލުތަކަކަށް ތަބާވާ ބައެކެވެ. ވީމާ މިމީހުންނަށް ވޯޓު ލުމުގެ ކުރިން ކޮންމެވެސް ފުންކޮށް ރަނގަޅަށް ވިސްނާލައްވައްޗެވެ.

ރައީސް ކަމުން ދުރުކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އޭނާގެ އާއިލާއާއި އެކުވެރިން

މި ގްރޫޕުގައި ހިމެނެނީ  މިހާރު ރައީސްކަމުގެ މަޤާމުން ދުރު ކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އެކި ގޮތްގޮތުން އެހީތެރިވެދީ މިދިޔަ 30 އަހަރު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތްކޮށް އަދި ރައްޔެތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާ ޑިކްޓޭޓަރ މައުމޫނުގެ އާއިލާގެ މެމްބަރުންނާއި އޭނާގެ އެކުވެރިންނެވެ. އެމީހުން މިހާރުވެސް ދިރިއުޅެމުން އެގެންދާ މުއްސަނދި ދިރިއުޅުން ނިކަން ބައްލަވާށެވެ. އެމީހުންނަކީ ރައްޔެތުންނަށް އިޚްލާޞްތެރި ބައެއް ނޫނެވެ. އަދި އެމީހުން ދުވަހަކުވެސް ރައްޔެތުންނަކަށް އިޚްލާޞްތެރިއެއް ނުވާނެއެވެ. އަދި އިޚްލާޞްތެރިވާކަށް ނުވެސް އެނގޭނެއެވެ. އެމީހުން ހަމައެކަނި ބޭނުންވަނީ ޤައުމުގެ މުއްސަނދިކަމަށް އަތްފޯރާ ހިސާބުގައި ތިބެގެން، ޑިކްޓޭޓަރ މައުމޫނުގެ ޒަމާނުގައި ދިރުއުޅެމުން ގެންދިޔަ މުއްސަނދިކަމާއި އަރާމުގައި މިހާރުވެސް ދުވަސްތައް ގުނާށެވެ. ދިވެހިންނަކީ ގަމާރު ގުނބޯތަކެކޭ މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަށް ހީވާ ކަހަލައެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ތެދުވެރި ކެންޑިޑޭޓުންނާއި މަޖިލިސް މެމްބަރުންގެ ބޮޑު މުސާރައިގެ ދަހިވެތިކަމުގައި އުޅޭ ކެންޑިޑޭޓުން

އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އިޚްލާޞްތެރި ކެންޑިޑޭޓުން ތިއްބެވިތޯ ތިޔަބޭފުޅުން ނިންމަވަންވާނީ މި ކެންޑިޑޭޓުންގެ ފުރިހަމަ ދިރާސާއެއް ކުރެއްވުމަށްފަހުގައެވެ. މި ކެންޑިޑޭޓުން އަމިއްލަގޮތުން މި ވާދަކުރަނީ ޕާޓީގެ ޓިކެޓު ނުލިބިގެންތޯއެވެ؟ ނޫނީ މި މީހުންނަކީ ޕާޓީ ސިސްޓަމް ޤަބޫލު ނުކުރާ ބަޔަކީތޯއެވެ. އަދި މީގެ ތެރެއިން މަޖިލީހުގެ މެމްބަރުންގެ ބޮޑެތި އިނާޔަތްތަކާއި މުސާރައިގެ ދަހިވެތިކަމުގައި އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ ކިތައް މީހުންތޯވެސް ރަނގަޅަށް ބައްލަވާލާށެވެ.

ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަތަލުން

އަޅުގަނޑުމެން ދިވެހި މުޖްތަމަޢުއަށް ދިމާވެފައިވާ ބޮޑު ބިރުވެރިކަމުން ސަލާމަތްކޮށްދީ، ޖާހިލުކަމުން ނެރެ ތަހުޒީބުގެ މަގަށް އެޅުވީ އަދި އަޅުގަނޑުމެންނަށް ދިމާވެފައިވާ ފަޤީރުކަމުން ނުކުމެވުމުގެ އުންމީދެއް ކިރިޔާވެސް މިއަދު އާލާވެފައި އޮތްނަމަ، އެކަން އެގޮތަށް މިވީ 2003ވަނަ އަހަރު އެމްޑީޕީ ރެޖިސްޓްރީ ކުރެވި ރާއްޖެއަށް އިޞްލާޙް ގެނައުމަށްޓަކައި އެޕާޓީން އިސްނަގައިގެން ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި ހެދިއެވެ. މި ދެންނެވި ޙާރަކާތްތަކުގައި އެތައް ޤުރްބާނީތަކެއްވި ބަޠަލުން އެގޮތަށް އެ މަސައްކަތް ނުކުރެއްވިނަމަ، އަދިވެސް އަޅުގަނޑުމެން ތިބޭނީ ފުލުހުންނާއި ސިފައިންދެކެ ބިރުންނެވެ. ހިތުގައިވާ ޝުއޫރެއް ފާޅުކޮށްލުމަށް ނުވަތަ ސިކުނޑީގައިވާ ޚިޔާލެއް ފާޅުކޮށްލުމަށް އަނގަ ހުޅުވާލަން ނުކެރިފައެވެ. ޑިކްޓޭޓަރު މައުމޫނާއި އޭނާގެ އާއިލާ އަދި އެކުވެރިން އުފަލާއި އަރާމާއި މުއްސަނދިކަމުގައި ދިރިއުޅެމުން ގެންދާއިރުގައި، އެތަން ބަލަން އަމިއްލަ ވަޒަނުގައިވެސް ބީރައްޓެހިންގެ ގޮތުގައެވެ. އެމްޑީޕީގެ އެންމެ ބޮޑޫ ކާމިޔާބީއަކީ ރައްޔެތުންގެތެރެއިން ބޮޑުބައެއް އެކަތި ގަނޑަކަށް ހަދާ އެއް އަމާޒަކަށް ދަތުރުކުރުވާ، ޑިކްޓޭޓަރު މައުމޫނު ވެރިކަމުން ދުރުކުރުވާ ޞުލްޙަވެރިކަމާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ބަދަލުކޮށްލިކަމެވެ. ޕާޓީއެއް ހިންގުމުގެ އަސާސީ އޮނިގަނޑެއް ފުރަތަމަ ތައްޔާރުކޮށް، އެއޮނިގަނޑުގެ މަތީގައި ޕާޓީ މިހާތަނާ ޖެހެންދެންވެސް ހިންގިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔެތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެވެ. ތެދެކެވެ. އެމްޑީޕީގައިވެސް އުނިސިފަތަކެއް، ނުވަތަ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފް ކުރުވުމުގައި އަދި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް އަށަގެންނެވުމުގައި މިހާތަނާ ޖެހެންދެންވެސް އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވަނީ އެމްޑީޕީ ކަމެވެ.

މިހެންކަމުން، ކުރިމަތިވަމުން އަންނަ ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަންތައް ކުރަންވީގޮތް ވަރަށްވެސް ސާފެވެ. ޑިމޮކްރެސީގެ ހަމަތައް ޤަބޫލު ކުރައްވާނަމަ، އަދި ދިވެހީންނަށާއި ދިވެހިރާއްޖެއަށް ރަނގަޅު ގޮތްތަކެއް މެދުވެރިވާނީ ޑިމޮކްރެސީގެ މަގުގައި ކުރިއަށް ދެވިގެންކަމުގައި ޤަބޫލު ކުރައްވާނަމަ، ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިނުމުގައި މަތިވެރި ބޮޑެތި ޤުރްބާނީތައް ވެފައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށެވެ. މިއަދު ޅަފަތުގައި މިއޮތް ޑިމޮކްރެސީއަށް ރަނގަޅު ކުރިމަގެއް ހޯދައިދީ، މުސްތަޤްބަލްގައި ގައުމު ހިންގުމުގެ ކަންކަން ރައްޔެތުންގެ އިޙްޞާޞްތަކާއި އެއްގޮތް ކުރެވޭނީ އޭރުންނެވެ.

(ނިމުނީ)

 ތިމާގެ ވޯޓަކީ ތިމާގެ އެންމެ ބޮޑު ބާރެވެ.

ރުފިޔާ ކޮޅަކަށް އެ ވޯޓު ވިއްކާ ނުލާށެވެ.

 މި އާޓިކަލް ޕުރިންޓުކޮށް ބެހުމަށް ޕީޑީއެފް ފައިލް ޑައުންލޯޑް ކުރޭ

 


ADVERTISEMENT

www.delightmaldives.com

 

ރައީސްގެ ބަސްމަގު އޮޅާލާފަ ހަމްދޫނުގެ ބެކަށް

ކުނބުރުދޫ ހަސަނު (+18)


މިހާރު ދެން ހަވީރު ނޫހުގަ މި ލިޔާ ހަމްދޫނޭ ކިޔާ ކަލޭގެ ލިޔާނެ އެއްޗެހި ހުސްވެގެން ބަސްމަގޭ ފޯކޭ ކިޔައިގެން މި ލިޔެ ނަގަނީ ކޮން ގޮރެއް ބޮވިގެން ބާވައޭ މަގޭ ހިތައް އަރައެވެ. ބަލަ ތިޔަ ބަސްމަގު ރީތި، ކުރުފިޔަވަޅު އަޅާ، އިޚުލާސްތެރިކަމުން ދެފައި ކައިރި ނުކުރެވިފަހުރި ގޮޅާބޯގެ ބަސްމަގާ ހެދި މިދިޔަ 30 އަހަރު ދުވަހު އަހަރުމެން ރައްޔިތުން ތިބީ ބަނޑަށެވެ. އެކަމަކު މިއަދު އަހަރުމެންގެ ވެރިޔަކަށް އަހަރުމެން ހޮވާފަ ހުރި އަންނިއަކީ ސީދާ ދިވެހިންގެ ރޫހާ ޚިޔާލާ އެއްގޮތަށް އަމަލުތައް ބަހައްޓާ މީހެކެވެ. ބަސްމަގު ރީތިކުރަން ހޮވާފަ ހުރި މީހެއް ނޫނެވެ. އަޖައިބެއް ފަހެ ނުވޭ ހެއްޔެވެ. މިއުޅެނީ ބަސްމަގު ރީތި ނުކުރެވިގެންނެއް ނޫނެވެ.

އަސްލު ހަގީގަތުގައި މީ ހަމަ ހައްތަހާވެސް ގޮޅާބޯގެ ބަލާވެރިކަމެވެ. ޒާހިރު ހުސޭނު ލައްވާ އަދިވެސް ފޯކޭ ކިޔުއްވައިގެން ވެރިކަމަށް އެނބުރި އާދެވޭތޯ ކުރާ ހާ މަސައްކަތެވެ. ބަލަގަ ގޮޅާބޯއެވެ! ވެރިކަމުން  ބާލާ ހޫރާލީމަވެސް، އަދިވެސް ހަމަ ބިމަށް ތިރި ނުވަނީ އުތައެވެ؟

ދިވެހީންނޭވެ! ރަނގަޅެވެ! އަންނި އަކީ ނަސީބަކުން މިސުރުން މުނާފިގުކަން ދަސްކޮށްގެން އައިސް ހުރި މީހެއް ނޫނެވެ. އޭނާއަކީ ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމެއް ގެންނަށް އެތައް އަހަރަކު މަސައްކަތްކޮށް ރައްޔިތުންގެ ހައްގުގައި އެތައް ގުރުބާނީއެއް ވެފައިވާ މީހެކެވެ. އޭނާއަކީ ރަސްމަތި މީހެއްވެސް ނޫނެވެ. މިއަދުވެސް، އެކުވެރި ގާތް މީހުންނާ ވާހަކަ ދައްކަނީ ހަމަ ކުރިންވެސް ދެއްކި ގޮތަށް އާދައިގެ ބަހުރުވައިންނެވެ. ވެރިޔަކަށް ވީމާ ތިމާގެ ފެންވަރު އޮޅިގެން އަބަދު އާދެ އާދެ ކިޔަކިޔާ އޭނާ ހުންނަނީކީ ނޫނެވެ. ހަގީގަތަކީ މިއީއެވެ.

ރައީސުލް ޖުމްހޫރިއްޔާއަކަށް ވުމުން، ނުވަތަ ދައުލަތުގެ ވެރިޔަކަށް ހަމަ ވުމާއެކު ތިމާގެ ބަސްމަގު ރީތިކުރަން އަރަބިއްޔާއިން ކޯހެއް ހަދާކަށް ނުޖެހޭނެއެވެ. ވެރިކަމުގެ ސައާދަތާ، ތަބައްހުލްވުމާ، ތައުސީރުކުރުން އެއީ ކުރިން ރާއްޖޭގެ ރައްޔިތުން އަނދަގޮނޑީގައި ޖަހައިގެން ގޮޅާބޯމެން ކުރުވަމުން އައިކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޒުވާން ޖީލު އެއޮތީ ބުރައުން ސުގާ ބޯން ފަށާފައެވެ. އެއްވެސް އިބްތިހާލުކަމެއް ނެތިއެވެ.

ހަމްދޫނުއެވެ! ކުއްޓި ނަސީދުއެވެ! ރައީސްގެ ބަސްމަގު ހުންނަން ޖެހޭނީ ކަލޭމެން ބޭނުންވާ ގޮތަކަށް ނޫނެވެ. އަހަރުމެން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށެވެ. ގިނަ ރައްޔިތުން ވާހަކަ ދައްކާ ގޮތަށެވެ.

ރައީސް ނަޝީދޫއެވެ! ކަލޭވެސް ދެން ތި ގޮޅާބޯއަށް ރަނގަޅު ގޮތެއް މިހާރު ހަދާން ވެއްޖެއެވެ. އެ ކުއްތާ ކުޑަގޮޅީގައި އޮންނާނެ ދުވަހަކަށް އިންތިޒާރުކުރާ ދިވެހިން ވަރަށް ގިނައެވެ. ގައުމީ މުޖުތަހިދެއްކަމަށް ބަލާފައި އެކަން ކޮއްލަ ދީފިނަމަ ގިނަ ބަޔަކު ހިތްހަމަ ޖެހި އިނގިރޭސިން އެބުނާ 'ކުލޯޒާ' އަހަރުންނަށް ލިބޭނެވެ. ކަލޭގެ ބަސްމަގު ކަލޭ ހަމަ ތި ބަހައްޓަނީ ރަނގަޅަށެވެ. ބަހަކަށްވެސް، މަގަކަށްވެސް ބަލާނެކަމެއް ނެތެވެ. ކުރިޔަށް ދާށެވެ. ރައްޔިތުން މިތިބީ ހަމަ ކަލޭގެ ފަހަތުގައެވެ. އާން ދޮގޭ!

ނޯޓް: އެއްޗެއް ނުބުނެ ލައްކަދުވަހު މަޑުކުރެވިއްޖެއެވެ. އެކަމަކު މިހާރުދެން މިއާލާތުންގެ ބަލާ މާބޮޑުވީއެވެ. ބަސްމަގު މިފަހަރު ރަނގަޅުކޮއްލާނަމެވެ.