| |||||||||||||||||||||||||||||||||||||||||
Monday, 9 July 2012
Reminder about your invitation from Ahmed Moosa
Monday, 2 July 2012
Reminder about your invitation from Ahmed Moosa
| |||||||||||||||||||||||||||||||||||||||||
Wednesday, 27 June 2012
Invitation to connect on LinkedIn
| ||||||||||||||||||||||||||||||||||||||||||||
Thursday, 28 May 2009
ބާލާ އެކަހެރި ކުރެވުނު ބޮލުން ނިއުރޯން މަދު 'ލޮބުވެތި' ޒައީމަށް
ނައިފަރު 'ކަޅު' ސޮރު (18 އަހަރުން މައްޗަށް)
ޒައީމުއެވެ. ކެއްސައްގޮރު އަރައިގެން އުޅޭހެން ތިޔަ ތެޅެނީ ކިހިނެތްވެގެން ހެއްޔެވެ؟ ގައިމު މިދޭތެރެއަކުން ބޮޓަކުސް ޖަހާލަން ބޭރުގައި އުޅެލާފަ އެނބުރި އައިދުވަހު ބުނީމެއްނޫންހެޔެވެ. ޒައީމު ކުރި އެއްކަމެއްވެސް ހަމަ އެއްބަޔަކަށްވެސް ސާބިތެއް ނުކުރެވޭނެއެވެ. އދ.އަށް ހުށަހެޅިޔަސް ސާބިތެއް ނުކުރެވެއެކޭ ޒައީމު އެޅި ބޮޑުފާލަން ދޮށުގައި ހުރެގެން ޒައީމުއަށް ސަނާކިޔާ ނޫސްވެރިން އެއްކޮށްގެން ނުބުނަންހެއްޔެވެ. ދެން މިހާރު އަނެއްކާ ތިޅާ ތިވީދެނީ ކޮން ގޮރެއްބޮވިގެންހެއްޔެވެ. ތިޔަ ކިޔަނީ ކީކޭހެއްޔެވެ. އޭޖީ ލަތީފާއާ ދެންވެސް ތިބިއްޔާ ތިބި ބަޔަކަށް ސިޓީ ފޮނުވައިގެން ރައީސުލް ޖުމުހޫރިއްޔާ ކައިރީ ތިޔަ އާދޭސް ކުރަނީ ކޮން އަމަޔަކާ އިނދެވިގެން ހެއްޔެވެ.
ޒައީމުއެވެ. ގިރާވަރު މީހަކަށް ވީވަރުވެސް ތި ރުނޑިއަކަށް ނުވިއެވެ. އެމީހުންވެސް ހަޅޭލަވަނީ އެއްފަހަރު ޖެހމައެވެ. ޒައީމުތީ އަމުދަކުން އެއްޗަކަށްޖަހާހާ ވަރެއްވެސް ހުރި އެއްޗެއްނޫނެވެ. އެކަމަކު ހަމަ ޅަބުޅާގަނޑެއްހެން ހައްޔަރު ނުކުރާށޭ ކިޔާފައި ތިޔަ ހޭރެނީ ކޮން ގޮރެއްބޮވިގެން ހެއްޔެވެ.
ޒައީމުއެވެ. މަ ކުރިންވެސް ތިޔަ ރުނޑިކާޅުކައިރީ ބުނީމެއްނޫން ހެއްޔެވެ. ތިޔަޅާގެ ސިކުނޑިން އެއް ސެލް މަދެވެ. މަ އެކަންޏެއްވެސް ނޫނެވެ. ޒައީމުގެ ޕާޓީގެ ސްޕޯކުސްމަން މަވޯޓާ ޝަރީފުވެސް ޒައީމު އާބެހޭ ގޮތުން ތިޔައީ ސިކުނޑީން ނިއުރޯން މަދުވެފައިހުރި މުސްކުޅި ބޭގަނޑެކޭ ނުބުނޭހެއްޔެވެ؟ ހަނދާން ނެތުނީ ދޮތައެވެ. އެހެންޏާފަހެ ހަމަ ކޮންމެ ދުވަހަކު އިރުއަރާތަކުން ޒައީމު ގައުމަށް ވީ އެއްވެސް ޚިޔާނާތެއް ނޯންނާނޭ ގާނޫނަކުން ބާރުލިބިގެން ނޫނީ ހައްޔަރުކުރި އެއްވެސް މީހަކު ނުހުންނާނޭ ކިޔައިގެން ވީދިވީދިފައި ހަމަ އެދުވަހަށް އިރުއޮއްސޭރަށް ޒައީމު ހައްޔަރު ކޮށްގެންނުވާނޭ، މަށަކީ މެދުކެނޑުމެއްނެތި ތިރީސް އަހަރު ދުވަހު އިބުތިހާލް ވެ ހުރެގެން ވެރިކަން ކުރިޒައީމޭ، ބޭރުދުނިޔޭގެ ތާއީދު މަށަށް އެބައޮތޭ މަކުރިކަމެއް ތަހުގީގުކޮށްގެން ނުވާނޭ ކިޔައިގެން މި ފޮކަނީ ގޮރުހެނޑިގެން ހެއްޔެވެ؟ ޒައީމު ގެ ވެރިކަމުގައި ހަމަ ކުރެވުނު އެއްވެސް ނުބައި ކަމެއްނެތިއްޔާ ދެން މަޑުން ހުރީމާ ވީނޫން ހެއްޔެވެ؟ ކޮންމެ ދުވަހަކު ދިވެހި ނޫސްވެރިންނާ ބޭރުގައުމުތަކުގެ ވެރިންނަށް ތިޔަ ސިޓީ ތައް ފޮނުވައިގެން ބުޅީ ލާގަނޑޭ ލަޅީ ބޯގަނޑޭ ކިޔައިގެން ތިޔަ ވީދެނީ ހަމަ އެއްކަމެއްވެސް ވެރިކަމުގައި ކޮށްފައި ނެތީމަ ދޯއެވެ. އެހެންޏާ އަމުދަކުން ވެރިކަން ނިމުނު ފަހުން އަނީސާމެނާ އެކު އެކަހެރި ބައްދަލުވުމެއްވެސް ނުބޭއްވޭތީ އެކުގައި ވަށިވަށިން އަތަފަނިކޮޅެއް ބޮއެލާން ނޫޅެވޭތީ ހިތަށްވާތަދުން ހަޅޭލެވެނީ ދޯއެވެ.
ޒައީމުގެ ހިތަށް މިފަހަކަށް އައިސް މާބޮޑަކަށް ތަދުވެގެން މިއުޅެނީ ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ޚާއްސަ ބާރުގެދަށުން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމުންނެވެ. އެކޮމިޝަނުން މައްސަލައެއް ބަލާފާނެތީ މިސޮރު ލޮލަށް ނިދި ނައިސްގެން ހޭރެވެނީ އެވެ. މި ރުނޑި ބުނާގޮތުން މި ރުނޑިގެ ވެރިކަމުގައި މުޅިންވެސް ހެދީ މުސްތަގިއްލު ކޮމިޝަނެވެ. އީވާން ނަސީމުގެ މަރުގެ މައްސަލައިގައި ހެދިކޮމިޝަނުގެ ރިޕޯޓްވެސް 500 ސަފުހާއިން 150 ސަފުހާއަށް ނަސްރީނާގެ ދެފައި ދެގޯޅިއަށް ފެތޭވަރަށް ، ގައުމީ ސަލާމަތަށޭ ކިޔާފައި ކުޑަކޮށްލީ ހަމަ އެކޮމިޝަނުގެ މުސްތަގިއްލު ކަމުންނެވެ.
މި މަޔާހޮކީގެ ވެރިކަމުގައި މީހުން ހައްޔަރު ކުރަނީވެސް ގާނޫނުން ބާރު ލިބިގެން ގާޒީ އަކު ހުއްދަވެސް ދީގެނޯލައެވެ. ކަޅުބެ އަބުދުއް ލަތީފު ކަހަލަ އުޖާލާގެ ނިޒާރު ކަހަލަ މީހުން އިރުއިރު ކޮޅުން ޖަލަށް ގެންގޮސް ޓޯމާޓޯ ސޯސް ލައިގެން ތުނބުޅި ބޭލީ . ރައްޔިތުންގެ މަޖުލިހުން ފާސްކުރި ތުނބުޅި މަތިމަސްބޭލުމާ ބެހޭ ގާނޫނުގެ ދަށުން ދޯއެވެ. މި ރުނޑިކާޅުގެ ގޭދޮށަށް މީހުން އެއްވެ ދެދުވަހަކު މުޒާހަރާއެއް ކޮށްލާއިރަށް ހިސާބުގަނޑު މީހުންގެ ހައްގޭ އަޑުގަދަވާތީ މަގޭ ނަސްރީނާގެ ދެފައި ކައިރިއެއްނުވޭ ކިޔައިގެން މި ހޭރެނީ މިޅާގެ ވެރިކަމުގައި މުޒާހަރާ ނުކުރާތީ ހެއްޔެވެ. ތުންހުދު އައްބާސް ފޮނުވައިގެން ނާސިރަށް ތާއީދުކުރި މީހުންގެ ގޭގޭގައި ގޯނި ދިދަނަގާ ހާބުރި ރަޝީދު ލައްވާ ލަވަކީކަން ތިޔަޅާ ހަނދާން ނެތުނީ ހެއްޔެވެ.
އޭ މިހިރަ ނިއުރޯން މަދު ކުއްތާއާއެވެ. މުޒާހަރާކުރާ މީހުނާ ހެދި އުނދަގޫވަންޏާ ކަންފަތަށް އުއް ވިރުވާފަ އަޅާށެވެ. އޭރަކުން އަޑެއްނީވޭނެއެވެ.
ދިޔާވާ ސައީދު އޭޖީ ކަމުން ވަކިކުރީމާ ވެސް މި ސޮރުގެ ހިތަށް ވަރަށް ތަދުވިއެވެ. މިކަން އެންމެބޮޑަށް ފެނުނީވެސް ނަސްރީނާގެ ފަށްކެނޑި ޒާހިރު ހުސޭނުގެ ހަވީރު ނޫހުންނެވެ. ހަވީރު ނޫހުގައި އެމްޑީޕީގެ ވެރިކަމުގައި އޭޖީ އަކަށް އަބަދުވެސް ޖެހޭނީ ސަރުކާރުގެ ހިތުގައި ފިރުމާދޭށޭ ކިޔައިގެން ލިޔުނު އިރު ޒައީމުގެ ވެރިކަމުގައި އޭޖީ ލަތީފާ އެމްޑީޕީގެ ހަރުގެ ރޫޅާލަން ލަފާދިނީ ކޮން ގާނޫނަކުން ކަމެއް ނޭގުނުހެއްޔެވެ؟ އެހެންޏާ އެދުވަހު ހަސަން ސައީދު ހުންނެވީ ހޯމު މިނިސްޓަރު ކަމުގައި ހެއްޔެވެ؟ ހަސަން ސައީދުމެން ޒައީމުއަށް ވައިއަޅުވައި ގާނޫނީ ލަފާ ނެރުނީމާ އެވަނީ ފިނދުގައި ފިރުމުން ކަމަށް ދޮތައެވެ.
ޒައީމޫއެވެ. ކަލޭގެ ކުޑަޅާ، ރާގޮނޑި ރާޖާ، ޒާތީ މިނިވަންކަމޭ ފޯކޭ ކިޔައިގެން އެ ވީދެނީ ކޯޗެއްހެއްޔެވެ؟ ދަންވަރު މީހުން ގޭގެއިން ނަގައިގެން ތަޅާ މަރާ ގެންގޮސް ޖަލަށް ލުމަކީ ކާކު ދިވެހިރާއްޖޭގައި ކުޅެން ފެށި ކުޅިގަނޑެއްކާ އެ ނަގޫބަޅަށް ހަމަ ނޭނގެނީ އުތައެވެ؟ ވަގުންނަށް ހާސް ވެރިޔަކަށް އެއްދުވަސް އޮވެޔޭ މުސްކުޅިން ބުނެ އުޅޭކަން އަޑު އެހީމު ދޯއެވެ. މިއަދު މިއޮތީ ވެރިންގެ ދުވަސް އައިސްފައެވެ.
މި ލިޔުމާއި ގުޅުން ހުރި:
ކާމިނީގޭ މައުމޫނުގެ 30 އަހަރުވީ ސަރުކާރަކުން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަމޯ...
Saturday, 9 May 2009
އަލްޙަމީދުގެ ކައްވާލުން - އެޓޯލްސް މިނިސްޓްރީގެ ޚިޔާނާތް
ދިރާސަތުލް ކަރާޝިބް
އަލްޙަމީދުގެ ކައްވާލުން - އެޓޯލްސް މިނިސްޓްރީގެ ޚިޔާނާތް – އޮޑިޓަރ ޖެނަރަލްގެ ރިޕޯރޓްގެ ޚުލާސާ
9 އެޕްރީލް2009
ގޮޅާބޯއާއި އޭނާގެ އާއިލާއިން ދިވެހިންގެ ފައިސާއަށް، ދިވެހިރާއްޖޭގެ ބައިތުލްމާލަށް ހިތުހުރިގޮތެއް ހަދައި، އެއިން ވައްކަން ކޮއްފައިވާކަމުގެ އަލިގަދަ ހެކިތައް މިހާރު މިދަނީ ފެންމަތިވަމުންނެވެ. މި ރިޕޯޓުތަކަކީ ޓައިމް ބޮމެކޭ ބުނުމުން އަދި ފުދުނީއަކީ ނޫނެވެ. މި ހަރާންކޯރު ވަގުންތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްގު އަދަބު އެމީހުންނަށް ދެވެން ޖެހޭނެއެވެ.
ތިރީގައި އެވަނީ އިހަށްދުވަހު އޮޑިޓަރ ޖެނެރަލް އާއްމުކުރެއްވި އެޓޯލްސް މިނިސްޓްރީ 2007 ގެ އޮޑިޓް ރިޕޯޓެވެ. ހުރި ނުބައިކަމެއްގެ ބޮޑު ކަމާއެވެ!
- ބަރާބާރަށް މުސާރަދީފައި މިނިސްޓްރީގެ އެއްވެސް މަސައްކަތެއް ކަނޑައެޅިފައިނުވާ 17 މީހަކަށް 14 ލައްކަ ރުފިޔާ
- އަތޮޅުވެރިކަންދީ މާލޭގައި މުސާރަލިބޭގޮތަށް، އަމިއްލަ މަސްލަހަތަށް ބަހައްޓައިފައިވުން
- ޖަނގިޔާ ނާޒިމުގެ ތިންކުންފުނީގެ ނަމުގައި އެއް ބިޑަކަށް ހުށައަޅައި 20 ލައްކަ ރުފިޔާގެ މައްސަލަ އަދި މާލޭގައި ނެތްގެއްގެ ނަމުގައި އެޑްރެސްގައި ކުންފުނި ރަޖިސްޓްރީކޮށް އޮޅުވައިލައިފާވާކަން.
- އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި އޮތް ގައިގޯޅިގުޅުމެއްގެ ތެރެއިން 14 ލައްކަ ރުފިޔާއަށް 000،15 ދިދަ ގަނެފައިވުން.
- 2004 ވަނަ އަހަރު، 220 ބަނދަރު ބައްތި 19 ލައްކަ ރުފިޔާއަށް ގަނެފައިވުން ( ޖަނގިޔާ ނާޒިމްގެ ކުންފުންޏަކުން)
- އަނެއްކާ 000،15 ދިދަ އިންޖީނު މަސައްކަތްކުރާ ވޯކް ޝޮޕަކުން 14 ލައްކަރުފިޔާއަށް ގަނެފައިވުން
- 2005 ވަނަ އަހަރު އަލިފާން ނިއްވާ ނިޒާމްއެއް ޤާއިމްކުރުމަށް 32 ލައްކަ ރުފިޔާ ޚަަރަދުކުރެވިފައިވުން
- ކ.ހިންމަފުށީގެ ބިން ހޯދުމަށް އެދޭފަރާތަކުން އެދުނު ބޮޑުމިނަކަށް ބިންދީފައިވުން އަދި މިބިންތަކުގެ ކުއްޔަށް 8 ލައްކަ ރުފިޔާ ނުލިބި ވެއެވެ.
- ޖާރނީ ވޯރލްޑްކިޔާ ކުންފުންޏަކަށް ކ. ހިންމަފުށިން ދީފައިވާ ބިމުކުލި އޮޅުވާލުމުގެ ސަބަބުން ސަރުކާރަށް 107 ލައްކަ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާކުރެވެއެވެ.
ނޯދަން ރީޖަނަލް އޮފީހުގެ ޚިޔާނާތް:
- ކ.ގުރައިދޫ، ހދ. ނޮޅިވަރަމްފަރު، ބ.ތުޅާދޫ، ރ.އުނގޫފާރަށް ތަފާތު ކަންކަމަށް ޚަރަދު ކުރުމުގެ ނަމުގައި ޗެކުންނާއި ނަގުދު ފައިސާގެ ގޮތުގައި، 6 ލައްކައަށް ވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައިވެއެވެ.
- އަތޮޅު ފިހާރަތައް ކުއްޔަށް ހިފަން ހުށައަޅާފައިވާ އަގަށް ވުރެ ކުޑަ އަގަކަށް އެހެން ފަރާތްތަކަށް ދީގެން 44 ލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުންވެފައިވުން.
- އަތޮޅު ކައުންސިލްއާއި ރަށު ކައުންސިލްގެ ނަމުގައި 45 ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވުން.
މި ޚުލާސާއިން ދައްކާގޮތުން ޖުމްލަ 323 ލައްކައަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ހަމައެކަނި ކުރީގެ އެޓޯލްސް މިނިސްޓްރީއިން ވެފައިވެއެވެ.
ނޯޓް:
މިޚިޔާނާތްތަކުގެ މައިގަނޑު ބައިވެރިންނަކީ ޖަނގިޔާ ނާޒިމް ( ނަމީރާ އިންޖިނިއަރިންގ) އަދި ޢަބްދުﷲ ޖާބިރު ( ޖާރނީ ވޯލްޑް )، ޝީރީން (މުހައްމަދު ހުސޭނުގެ އަނބިކަނބަލުން) އަދި ބިގް ފިޝް ( ޔޫސޭ ބޭބެގެ މަސް ކުންފުނި) އެވެ. މިމަޢުލޫމާތަކީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ 2 މުވައްޒަފަކު ދީފައިވާ މަޢުލޫމާތެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީގެ 2007 ގެ އަހަރީ ރިޕޯޓް ޑައުންލޯޑް
ADVERTISEMENT