މާލެ 23 ޖުލައި 2008- ދިވެހިރާއްޖެއާއި ގުޅުން ގާތް ފަސް ގަވްމެއްގެ ސަފީރުންނަށް މައުލޫމާތުދެއްވުމުގެ ބޭނުންފުޅުގައި ސްރީލަންކާ އަށް ކުރެއްވި 36 ގަޑިއިރުގެ ކުރު ދަތުފުޅަކަށްފަހު އެމްޑީޕީގެ ނާއިބު ރައީސް އިބްރާހީމް ހުސައިން ޒަކީ މިއަދު ހެނދުނު ރާއްޖެއަށް އެނބުރި ވަޑައިގެންފިއެވެ. ޒަކީގެ މިދަތުފުޅުގައި ޖަރުމަނު، ޖަޕާނު، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔުނިއަން އަދި ޗައިނާގެ ސަފީރުންނާއި ބައްދަލުކުރެއްވިއެވެ.
ކޮލޮމްބޯ ގައި ހުންނަ އެ ގަވްމުތަކުގެ އެމްބަސީތަކުގައި ވަކިވަކީން ބޭއްވުނު މި ބައްދަލުކުރެއްވުންތަކުގައި ދިވެހި ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތު ބަޔާން ކުރައްވަމުން، މިދަތުރުފުޅު އޭނާކުރެއްވީ އިޞްލާޙު ކުރެވުނު ޤާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވަފާނެ ކަމުގެ ވާހަކަ އެއްފެތުރިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހަލަބޮލިކަން އިތުރުވެ ބޮއްސުންލާން ފަށާފާނެކަމަށް ބަޔާންކުރައްވަން ކަމަށާއި، 21 ޖުލައި 2008 ވަނަ ދުވަހުގެ ރޭ މާލޭގައި ރިޔާސީ ގަނޑުވަރު ކުރިމައްޗަށް އެތައްސަތޭކަ ރައްޔިތުންނެއް އެއްވެ ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައި އެތައްބަޔަކު ހައްޔަރުކުރެވުމުން މިއޮތީ މިހާރުވެސް އެކަމުގެ ހަގީގަތް ފެންނާން ފަށާފައި ކަމުގައި ޒަކީ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުންތަކުގައި އަދުގެ ސަރުކާރަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ރާއްޖޭގެ އިގްތިޞާދާއި ކުރިމަތިވެގެން އުޅޭ މައްސަލަތަކާއި، ގާނޫނު އަސާސީ ތަސްދީގުކުރެވުމުން ރިޔާސީ އިންތިޚާބާއި ދެމެދު ފުރިހަމަކުރާން ޖެހޭ ކަންކަމުގެ ތަރުތީބަށާއި ތާވަލަށް ލޮޅުން އަރައި ފަސްކުރެވޭން ފަށައިފިނަމަ ސިޔާސީ ލީޑަރުން ކުރިމަތިލާންޖެހިދާނެ ކަންކަމާމެދު ޒަކީ ބައްލަވާލައްވާފައި ވެއެވެ. ގައުމީ އެއްބައިވަންތަ ގުޅުން (ނެޝަނަލް ޔުނިޓީ އެލަޔަންސް) ގެ ގުޅުންތައް ފަހަކަށް އައިސް އިތުރުކުރެވި މިހާރު މަޝްވަރާކުރެވެމުންދާ ކަންކަމަށްވެސް އެމްޑީޕީ ގެ ރަޢީސް ގެ މަސްއޫލިއްޔަތުތައް މިދުވަސްވަރު ބަލަހައްޓަވަމުން ގެންދަވާ ޒަކީ އަލިއަޅުވާލެއްވިއެވެ.
ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ކުރެވުނު މިފަދަ ދަތުރެއްގައި އެމްޑީޕީގެ ވަފްދެއްވަނީ މިހިނގާ ޖުލައިމަހު 8 އިން 12 އަށް ޗެންނާއި އަށާއި ނިޔު ދިއްލީ އަށްވެސް ޒިޔާރަތްކޮށްފައެވެ.
11 comments:
adhives nukunnaanvee theemuge vashaalaigen thibenvee. ehenyaa dhen majeleehun faaskoh numuneemai milhai kon sakaraatheh jahaakatha?
ލަންކާއަށް އެބޭފުޅާ ވަޑައިގަތީ ވޮޑްކާފޮދެއް ހިއްޕަވަން،
why does these assholes like to rush to these white buffalos who are opportunists to exaggerate any given situation. its all internal affairs and we don't have to grab these opportunists unnecessarily.
money well wasted at a time like this! try to put those trips in figures $$...
good mdp leaders are real politician , we like that . i hope soon other parties will act as a real political party to achieve our future.
Bala MDP in india ah gossa china ey kiyaigen anga aruvaafa, dhen lanka ah gos keeh kuran china safeeraa thi bahdhalu kuranee?
that's party machaa. he is used to that.
good work Zaki, keep it going... out Gayoom
keep presing Golhabo. Keep it up MDP
boigen amalu vefa thibaymeehun rangalhu vaanee safeerunnah baddhalu kuran fonuvan, ekahala meehun degrade kurevayny egothah, thee rangalhu siyaasatheh.
Post a Comment