Thursday 28 May 2009

ބާލާ އެކަހެރި ކުރެވުނު ބޮލުން ނިއުރޯން މަދު 'ލޮބުވެތި' ޒައީމަށް

ނައިފަރު 'ކަޅު' ސޮރު (18 އަހަރުން މައްޗަށް)


ޒައީމުއެވެ. ކެއްސައްގޮރު އަރައިގެން އުޅޭހެން ތިޔަ ތެޅެނީ ކިހިނެތްވެގެން ހެއްޔެވެ؟ ގައިމު މިދޭތެރެއަކުން ބޮޓަކުސް ޖަހާލަން ބޭރުގައި އުޅެލާފަ އެނބުރި އައިދުވަހު ބުނީމެއްނޫންހެޔެވެ. ޒައީމު ކުރި އެއްކަމެއްވެސް ހަމަ އެއްބަޔަކަށްވެސް ސާބިތެއް ނުކުރެވޭނެއެވެ. އދ.އަށް ހުށަހެޅިޔަސް ސާބިތެއް ނުކުރެވެއެކޭ ޒައީމު އެޅި ބޮޑުފާލަން ދޮށުގައި ހުރެގެން ޒައީމުއަށް ސަނާކިޔާ ނޫސްވެރިން އެއްކޮށްގެން ނުބުނަންހެއްޔެވެ. ދެން މިހާރު އަނެއްކާ ތިޅާ ތިވީދެނީ ކޮން ގޮރެއްބޮވިގެންހެއްޔެވެ. ތިޔަ ކިޔަނީ ކީކޭހެއްޔެވެ. އޭޖީ ލަތީފާއާ ދެންވެސް ތިބިއްޔާ ތިބި ބަޔަކަށް ސިޓީ ފޮނުވައިގެން ރައީސުލް ޖުމުހޫރިއްޔާ ކައިރީ ތިޔަ އާދޭސް ކުރަނީ ކޮން އަމަޔަކާ އިނދެވިގެން ހެއްޔެވެ.

ޒައީމުއެވެ. ގިރާވަރު މީހަކަށް ވީވަރުވެސް ތި ރުނޑިއަކަށް ނުވިއެވެ. އެމީހުންވެސް ހަޅޭލަވަނީ އެއްފަހަރު ޖެހމައެވެ. ޒައީމުތީ އަމުދަކުން އެއްޗަކަށްޖަހާހާ ވަރެއްވެސް ހުރި އެއްޗެއްނޫނެވެ. އެކަމަކު ހަމަ ޅަބުޅާގަނޑެއްހެން ހައްޔަރު ނުކުރާށޭ ކިޔާފައި ތިޔަ ހޭރެނީ ކޮން ގޮރެއްބޮވިގެން ހެއްޔެވެ.

ޒައީމުއެވެ. މަ ކުރިންވެސް ތިޔަ ރުނޑިކާޅުކައިރީ ބުނީމެއްނޫން ހެއްޔެވެ. ތިޔަޅާގެ ސިކުނޑިން އެއް ސެލް މަދެވެ. މަ އެކަންޏެއްވެސް ނޫނެވެ. ޒައީމުގެ ޕާޓީގެ ސްޕޯކުސްމަން މަވޯޓާ ޝަރީފުވެސް ޒައީމު އާބެހޭ ގޮތުން ތިޔައީ ސިކުނޑީން ނިއުރޯން މަދުވެފައިހުރި މުސްކުޅި ބޭގަނޑެކޭ ނުބުނޭހެއްޔެވެ؟ ހަނދާން ނެތުނީ ދޮތައެވެ. އެހެންޏާފަހެ ހަމަ ކޮންމެ ދުވަހަކު އިރުއަރާތަކުން ޒައީމު ގައުމަށް ވީ އެއްވެސް ޚިޔާނާތެއް ނޯންނާނޭ ގާނޫނަކުން ބާރުލިބިގެން ނޫނީ ހައްޔަރުކުރި އެއްވެސް މީހަކު ނުހުންނާނޭ ކިޔައިގެން ވީދިވީދިފައި ހަމަ އެދުވަހަށް އިރުއޮއްސޭރަށް ޒައީމު ހައްޔަރު ކޮށްގެންނުވާނޭ، މަށަކީ މެދުކެނޑުމެއްނެތި ތިރީސް އަހަރު ދުވަހު އިބުތިހާލް ވެ ހުރެގެން ވެރިކަން ކުރިޒައީމޭ، ބޭރުދުނިޔޭގެ ތާއީދު މަށަށް އެބައޮތޭ މަކުރިކަމެއް ތަހުގީގުކޮށްގެން ނުވާނޭ ކިޔައިގެން މި ފޮކަނީ ގޮރުހެނޑިގެން ހެއްޔެވެ؟ ޒައީމު ގެ ވެރިކަމުގައި ހަމަ ކުރެވުނު އެއްވެސް ނުބައި ކަމެއްނެތިއްޔާ ދެން މަޑުން ހުރީމާ ވީނޫން ހެއްޔެވެ؟  ކޮންމެ ދުވަހަކު ދިވެހި ނޫސްވެރިންނާ ބޭރުގައުމުތަކުގެ ވެރިންނަށް ތިޔަ ސިޓީ ތައް ފޮނުވައިގެން ބުޅީ ލާގަނޑޭ ލަޅީ ބޯގަނޑޭ ކިޔައިގެން ތިޔަ ވީދެނީ ހަމަ އެއްކަމެއްވެސް ވެރިކަމުގައި ކޮށްފައި ނެތީމަ ދޯއެވެ. އެހެންޏާ އަމުދަކުން ވެރިކަން ނިމުނު ފަހުން އަނީސާމެނާ އެކު އެކަހެރި ބައްދަލުވުމެއްވެސް ނުބޭއްވޭތީ އެކުގައި ވަށިވަށިން އަތަފަނިކޮޅެއް ބޮއެލާން ނޫޅެވޭތީ ހިތަށްވާތަދުން ހަޅޭލެވެނީ ދޯއެވެ.

ޒައީމުގެ ހިތަށް މިފަހަކަށް އައިސް މާބޮޑަކަށް ތަދުވެގެން މިއުޅެނީ ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ޚާއްސަ ބާރުގެދަށުން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމުންނެވެ. އެކޮމިޝަނުން މައްސަލައެއް ބަލާފާނެތީ މިސޮރު ލޮލަށް ނިދި ނައިސްގެން ހޭރެވެނީ އެވެ. މި ރުނޑި ބުނާގޮތުން މި ރުނޑިގެ ވެރިކަމުގައި މުޅިންވެސް ހެދީ މުސްތަގިއްލު ކޮމިޝަނެވެ. އީވާން ނަސީމުގެ މަރުގެ މައްސަލައިގައި ހެދިކޮމިޝަނުގެ ރިޕޯޓްވެސް 500 ސަފުހާއިން 150 ސަފުހާއަށް ނަސްރީނާގެ ދެފައި ދެގޯޅިއަށް ފެތޭވަރަށް ، ގައުމީ ސަލާމަތަށޭ ކިޔާފައި ކުޑަކޮށްލީ ހަމަ އެކޮމިޝަނުގެ މުސްތަގިއްލު ކަމުންނެވެ.

މި މަޔާހޮކީގެ ވެރިކަމުގައި މީހުން ހައްޔަރު ކުރަނީވެސް ގާނޫނުން ބާރު ލިބިގެން ގާޒީ އަކު ހުއްދަވެސް ދީގެނޯލައެވެ. ކަޅުބެ އަބުދުއް ލަތީފު ކަހަލަ އުޖާލާގެ ނިޒާރު ކަހަލަ މީހުން އިރުއިރު ކޮޅުން ޖަލަށް ގެންގޮސް ޓޯމާޓޯ ސޯސް ލައިގެން ތުނބުޅި ބޭލީ . ރައްޔިތުންގެ މަޖުލިހުން ފާސްކުރި ތުނބުޅި މަތިމަސްބޭލުމާ ބެހޭ ގާނޫނުގެ ދަށުން ދޯއެވެ. މި ރުނޑިކާޅުގެ ގޭދޮށަށް މީހުން އެއްވެ ދެދުވަހަކު މުޒާހަރާއެއް ކޮށްލާއިރަށް ހިސާބުގަނޑު މީހުންގެ ހައްގޭ އަޑުގަދަވާތީ މަގޭ ނަސްރީނާގެ ދެފައި ކައިރިއެއްނުވޭ ކިޔައިގެން މި ހޭރެނީ މިޅާގެ ވެރިކަމުގައި މުޒާހަރާ ނުކުރާތީ ހެއްޔެވެ. ތުންހުދު އައްބާސް ފޮނުވައިގެން ނާސިރަށް ތާއީދުކުރި މީހުންގެ ގޭގޭގައި ގޯނި ދިދަނަގާ ހާބުރި ރަޝީދު ލައްވާ ލަވަކީކަން ތިޔަޅާ ހަނދާން ނެތުނީ ހެއްޔެވެ.

އޭ މިހިރަ ނިއުރޯން މަދު ކުއްތާއާއެވެ. މުޒާހަރާކުރާ މީހުނާ ހެދި އުނދަގޫވަންޏާ ކަންފަތަށް އުއް ވިރުވާފަ އަޅާށެވެ. އޭރަކުން އަޑެއްނީވޭނެއެވެ.

ދިޔާވާ ސައީދު އޭޖީ ކަމުން ވަކިކުރީމާ ވެސް މި ސޮރުގެ ހިތަށް ވަރަށް ތަދުވިއެވެ. މިކަން އެންމެބޮޑަށް ފެނުނީވެސް ނަސްރީނާގެ ފަށްކެނޑި ޒާހިރު ހުސޭނުގެ ހަވީރު ނޫހުންނެވެ. ހަވީރު ނޫހުގައި އެމްޑީޕީގެ ވެރިކަމުގައި އޭޖީ އަކަށް  އަބަދުވެސް ޖެހޭނީ ސަރުކާރުގެ ހިތުގައި ފިރުމާދޭށޭ ކިޔައިގެން ލިޔުނު އިރު ޒައީމުގެ ވެރިކަމުގައި އޭޖީ ލަތީފާ އެމްޑީޕީގެ ހަރުގެ ރޫޅާލަން ލަފާދިނީ ކޮން ގާނޫނަކުން ކަމެއް ނޭގުނުހެއްޔެވެ؟ އެހެންޏާ އެދުވަހު ހަސަން ސައީދު ހުންނެވީ ހޯމު މިނިސްޓަރު ކަމުގައި ހެއްޔެވެ؟ ހަސަން ސައީދުމެން ޒައީމުއަށް ވައިއަޅުވައި ގާނޫނީ ލަފާ ނެރުނީމާ އެވަނީ ފިނދުގައި ފިރުމުން ކަމަށް ދޮތައެވެ.

ޒައީމޫއެވެ. ކަލޭގެ ކުޑަޅާ، ރާގޮނޑި ރާޖާ، ޒާތީ މިނިވަންކަމޭ ފޯކޭ ކިޔައިގެން އެ ވީދެނީ ކޯޗެއްހެއްޔެވެ؟ ދަންވަރު މީހުން ގޭގެއިން ނަގައިގެން ތަޅާ މަރާ ގެންގޮސް ޖަލަށް ލުމަކީ ކާކު ދިވެހިރާއްޖޭގައި ކުޅެން ފެށި ކުޅިގަނޑެއްކާ އެ ނަގޫބަޅަށް ހަމަ ނޭނގެނީ އުތައެވެ؟ ވަގުންނަށް ހާސް ވެރިޔަކަށް އެއްދުވަސް އޮވެޔޭ މުސްކުޅިން ބުނެ އުޅޭކަން އަޑު އެހީމު ދޯއެވެ. މިއަދު މިއޮތީ ވެރިންގެ ދުވަސް އައިސްފައެވެ.

މި ލިޔުމާއި ގުޅުން ހުރި:
ކާމިނީގޭ މައުމޫނުގެ 30 އަހަރުވީ ސަރުކާރަކުން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަމޯ...

14 comments:

Anonymous said...

މަޖާކޮށްފައި ހޭމީހުންނަށް ވަރައްކަމުދާ ލިއުމެކެވެ. ދިވެހި ނޫސްވެރިންގެ ފެންވަރު ދައްކުވައިދޭ ލިއުމެކެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް މިފަމީހުން އުޅުކަން ސާބިވެއެވެ. ހިތު ހުރިހައި ވާހައެއް ފަސޭހަވާ ގޮތް ގޮތައް ދެއްކުމީ ނޫސްވެރިކަންތޯއެވެ.

Anonymous said...

މީވަރަށް ފުރިހަމ ލިޔުމެއް، މިކަހަލަ ލިޔުންތަކުންވެސް މައިމޫނު ކުއްތާގެ ވަރަށް ގނަ މައުލޫމާތު ލިބޭ. މި ލިޔުން އަލިވާގެ ގޯތިތެރެޔަށް އަޅާލެވޭނަމަ ހާދަހާ ވާރަނގަޅޭ.އަދިވެސް ގިނަދިވެހިން ތިބީ ނިދާފަ.ދިވެހި އޮބްޒާރަވާ ފަހުން ފަހުން އައިސް ލިޔުމެއްވެސް ނުފެނޭ،މާއަވަހީ މައުމޫނު މަތިން ހަނދާން ނައްތާލިލޭ،އެހެންވެ އެކަމުގެ ފައިދާ ނަގައިގެން މައުމޫނު ކުއްތާ މިވަނީ ދިވެހިންގެ ބޯ ކައިލާފައި.އަނެއްކާވެސް ހިވަރުކޮށްގެން ފަށަމާ ހިނގާބަލަ.ބަލު ވެފައިވަ ހިޔަނާތުގެ ވާހަކަ ގިނަގިނައިން ދައްކާ ދިވެހިް ގެ ހިތުތެރޭގައި ހަރުލައްވާބަލަ.އެހެންނޫނޫ އަނެއްކާވެސް ނަގޫސޭސަރު ރައްޔިތުންގެ ބޯކާލާވެރިކަމސް އައަތްގަދަ ކުރާތަން ފެންނަނީ. ވަރަށް އަދޭހާއި އެކު މި ދަންނަވަނީ ދިވެހިންގެ ލޯ ހުޅުވަން ކުރިން ކުރި މަސައްކަތަށް ވުރެ ދެގުނަޔަށް ޖައްސަގެންވެސް ގޯޅާބޯގެ ވަކިތަކުން މި ވަތަން ސަލާމަތް ކޮސްދީ.،ބެން.

Anonymous said...

Sappe akee hama rundi eh.!

Anonymous said...

kaleymen MDP meehun ge hayaai kuda kamaa anga huthuru kan engey mkahala ehchehin... kaleymen mi dhivehi raajje halaaku kuraane..
gaimuves zaeem maumoonu ge noos verinnakee mikahala hadi mududharu vaahaka dhakkaa baeh noon.
nubai ehchehi kiyanyaa aharemennaves kiyeyne. ekamaku aharemen nakee thikahala katu feyku baeh noon. MDP sucks

Anonymous said...

މައުމޫނު ގެ ދައުރުގައި ވެސް ވަރަށް ފާޑުފާޑުގެ ކޮމިޝަންތައް ހެދި ވީކަމެއް ހަރާމް... ޖަލުގައި ސުދާގެ އިއްފައިފޭރި އަދި އޭނާ މަރާލި ބަޔަކު ހޯދަން ވެގެން މައުމޫނަށް ލިބިފާވާ ހާއްސަ ބާރަކުން ކޮމިޝަނެއް ހެދި އަދި އަދައްދާންވެސް މިޖަރީމާގައި ބައިވެރިވީ ބަޔަކު ނޭނގުނު ނުވީތާކު ކޮމިޝަން ވީދިމާލެއްވެސް ނޭނގެ!!! ދެން ކޮބާ އީވާން ނަސީމްގެ ކަންތައްތައް، ޖަލުގައި ބަޑި ޖެހި ހާދިސާ، ހުސެން ސަލާހުގެ މަރުގެ ހާދިސާ. މިކަހަލަ ކިތަންމެ ޖަރީމާތަކެއް ވެއްޖެ އަހަރުމެންނަށް ނޭނގި ވަރަށް މަދު ކަމެއް ނޫނީ..

ވީމާ ރައީސް ނަޝީދަށް މި ގޮވާލަނީ މިކަންތައްތައް ބައްލަވާ ދެއްވާށޭ ތީ ވަކި ޕާޓީއަކުން ވަޑައިގެން ބޭފުޅަކަސް ، ކުރިން ހިނގާފަ ހުރި ކަންތައްތަކުގެ އިންސާފު ބޭނުމޭ... އަހަރުމެނަކަށް އެމް.ޑީ.ޕީ އެއް ، ޑީ.އާރު.ޕީ އެއް ނޫން މުހިއްމީ... އަދުލުވެރި ވެރިކަމެއް އަދި ރައްޔިތުންނަށް އިންސާފުގާއިމު ކުރާ ސަރުކާރެއް. -އިންސާފަށް ފެންބޮވާއިގެންފައިވާ ނިކަމެތި ދިވެހި ރައްޔިތެއް-

Anonymous said...

Aharen hadhaan nethenikoh mivaa haka thi jehee, shukurih yaa, aney kaaves rulhi gadha veh je, Sappe' mi kanthah thah dhivehin hadhaan nethuna dhee gen nuvaane, insaafu nulibenees. Mi Maumoon kuh thaa meri mee hun ge photo ves aa koh la dhee. Hava yah badi jehi photo ves ja haala dhee, aa dheys mikuri.

Anonymous said...

God bless you Sappe' you are the best.

Anonymous said...

Dhuroosul ahulaagu reethi bahuru vain muaa malai kuri adu ehee mey, Endherimaage therey ga this Maumoona Nasreena ya arabin zuvaabu kuri iru, mi bakari thah hee kura nee mi aalaathun nah ekani hen arabi ingenee, ehere dhemafiri arabin govi auguraanu. heyo nuvaa dhema firin eka hala eh chehi ekaku aney kakah govan, Gahsaanoo thi uooru nuves vihaane ey ru.

Anonymous said...

evves otttareh neyi liyumeh .. evves dhiraasaa eh kurumeh nethi, hageegathaaa khilaafah liyefai oi thaakun thaaku nujehey liyumeh kamah feney.. bodah belevenee MDP ah rayyitun thaaaeeeedhu nukuraathee GORUKOSHI araigen liyefa oi liyumeh hen..
-mohamed Ikram Abdul latheef-

Anonymous said...

Mohamed Ikram ah.. Maumoon noony eynage aaila in konmeves firihen beyfulhehge kairy gudhah ovelaafa oiy hen haadha heevey...

Anonymous said...

i love this article..its too short. in fact, i could spend days reading abuse abt golhaasee zaeem maumoon..

Anonymous said...

miee Nafaa naseem ge liumeh>>>

Anonymous said...

ސައްޕޭޔަށް ކަމުދާވައްތަރުގެ އެއްޗެއް ލިޔެލާނެ މީހަކުވެސް މިހާރުނުވޭދޯ. ނޯށަށް ގޮރު ކޮފިފަހުރި ކިޔަންބޭނުންއެއްޗެއްކިޔަންނޭގޭކަހަލަ އާލާތުންދޯ ތިލިބެނީ. ތިރިޔާސީކޮމިޝަނުންކުރެވޭކަމެއް އަހަރުމެންވެސް ދެންބަލާނަން. ތިއުޅެނީ ފުރަތަމަ ވެރިކަމުގައި ތިބެވޭނެކަންވެސް ނޭގިގެން.

Anonymous said...

29may2009 11.08  ah...rundi kaalhaa eve, liyaa konme liyumeh noosverikamah vaakah nujehe dhoa, kinbigas kuhthaa hadhaanehaa dhogeh hadhaafaa sitee ekey kiyaafaa fonuvumun e sitee akah veytha, balaaeh noon evaanee dhogun furigenvaa liyumakah.. e bakari goi husvegen heyray heyrumakah,... hama egothah miliyun vaanee noosverikamakah noon mivaanee kinbigas kuhthaa eynaage verikamugai nuhahgun aniyaadhin meehaku emeehaage hithugaihuri baivaruthakeh beyru aruvaalaa, heart ge by pass operation akun slaamaiveleekamah, ehennaa emeehaku ves ahuremen fadhain ehun nanee mikinbigas kuhthaa sareeathah dhamaathan feneythoa?? ekamaku verikamugaimihuri avihi ekan kuraakah noolhunu foakahvuren dhe inch thiriyah hihthirikohgen e kaleyge ehuree..ehenveemaa bunan konmehen noosverikameh kiyaa hih vannaa aafathis noonee haveeru kiyaalaa, meegen kiyan libeynee kuhthaain nah kuhthaa balhunnah balhu kiyaigen liyefaahunna liyun,dhen ehen noonee viyyaa kaley noosveriyakaa moshey./..