Sunday 19 April 2009

ކާމިނީގޭ މައުމޫނުގެ 30 އަހަރުވީ ސަރުކާރަކުން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރަމޯ

ޚަބަރު މުރާޖައާ


30 އަހަރުދުވަހަށް ދެމިގެންދިޔަ ކާމިނީގޭ މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ވާހަކަތަކަކީ އެއްވެސް ދިވެއްސަކަށް މިއަދު އޮޅިފައިވާ ވާހަކަތަކެއްނޫނެވެ. ގަވައިދާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރުކޮށް އަނިޔާ ކޮށްފައިނުވާނޭ ކިޔައިގެން އެކަމަކު އިހަށްރޭވެސް ޓީވީއަށް އަރާ އިދެ ގޮދުތައް އެ ހެދީއެވެ. މިހެން ބުނިއިރު މީނާގެ ވެރިކަމާ ދިމާލަށް ޗުއްޕުއޭ ބުނިމީހެއްގެ ބުރިން ހަންނުދަމާ ހުރި މީހަކު ދިވެހިރާއްޖޭގައި މަދުވާނެއެވެ.

އަނގައެއް އޮތިއްޔާ ތެޅުވިދާނެއެވެ. އެކަމަކު ކަންކަމުގެ ހަގީގަތް މިއަދު ދިވެހިންނަށް އޮޅުވާލެވޭނެ ހެއްޔެވެ.

ރާއްޖޭގެ ރައީސްކަމުގައި މިހާރު އެހުރި، ކެނެރީގޭ މުހައްމަދު ނަޝީދު، އަންނިއަކީ މައުމޫނުގެ އަނިޔާވެރިކަމުގެ ދަލުގައި ކިތަންމެ ފަހަރަކު ޖެހިފައިވާ މީހެކެވެ. ނަޝީދަށާއި އަދިވެސް އެހެން އެތައް ހާސް ދިވެހިންނަކަށް މައުމޫނުގެ އަނިޔާވެރިކަން ތަހައްމުލުކުރަން ޖެހިފައިވާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. އެހެންނަމަވެސް، ވެރިކަމުގެ ދަހިވެތިކަމުގެ ބޮޑުކަމުން ހިތައް އެއްޗެކޭވެސް ނާރާ ބޮޑެތި ދޮގުތައް މިއަދުވެސް މައުމޫނު އެ ހަދަނީއެވެ.

ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އަނިޔާކޮށްފައި ނުވާނެޔޭ ބުނާއިރު، އެއްވެސް ގޮތަކަށް މީހަކަށް އަނިޔާ ކުރުމުގެ ބާރު އެއްވެސް ގާނޫނަކުން ދީފައި ނުވާނެކަން އެބީތާއަށް ހަމަ ނޭނގެނީބާއެވެ. ގާނޫނާއި ޚިލާފުވުމުން އެކަމާ ތިމަންނަޔަކާ ނުބެހެވޭނޭ ބުނާއިރު، މީނާގެ ވެރިކަމުގައި މީނާގެ ގާތްތިމާގެ މީހުންނާއި މީނާގެ ޣައިރު ގާނޫނީ ސަރުކާރުގެ ވެރިން ގާނޫނަށްވުރެ މަތިން އޮޕަރޭޓުކުރަމުން ގޮސްފައިވާކަން ނުދަންނަނީ ކާކު ހެއްޔެވެ؟ މާފުށީ ޖަލުގަޔާއި ދޫނިދޫގައި މައުމޫނުގެ ދައުރުގައި މަރާލެވިފައިވާނީ ކިތައް ދިވެހިންކަން އެގޭނީ ހަމައެކަނި އެމީހުންނަށެވެ. އަހަރުމެންނަށް އެނގޭ ހާވެސް ހަގީގަތަކީ އީވާން ނަސީމާއި، އޭނާގެ އެކުވެރިންތަކަށް އަނިޔާކޮށް މަރާލާފައިވަނީ ސީދާ މައުމޫނުގެ ވެރިކަމުގައި، އޭނާގެ ބާރުގައި ކަމެވެ. ސަލާމަތް ބުއްދި ހުރި ދިވެއްސަކު މިކަމަކާ ދެކޮޅެއް ނުހަދާނެއެވެ.

މާފުށީ ޖަލުގައި މީހުން ތަޅާ މަރާ ހެދީ ކޮން ގާނޫނެއްގެ ދަށުން ނުވަތަ މަތިންބާ؟

ބަލަގަ މައުމޫނޫއެވެ! ކަލޭގެ އަނިޔާވެރިކަން ޖެހުނީކީ ހަމައެކަނި ކަލޭ ޖަލަށްލާ ނުހައްގުން އަނިޔާ ދިން މީހުނަށް އެކަންޏެއްނޫނެވެ. ކަލޭގެ އަނިޔާވެރިކަމުގެ ސަބަބުން ގޯތި ގެދޮރު ގެއްލި ދިރިއުޅުން ބަރުބާދުވެފައިވާ އެތަކެއް ދިވެހިންނެއްވެސް އެބަ އުޅެއެވެ. ދިވެހިރާއްޖޭގެ ޒުވާން ޖީލު ޑުރަގުގެ ވަބާގައި ޖެއްސީ ކަލޭނޫން ދެން ފަހެކާކު ހެއްޔެވެ؟ ކަލޭގެ އައުވާނުން ޑުރަގު އެތެރެކޮށް ވިއްކަމުން ގެންދިޔަކަން ނޭނގެނީ ކާކަށް ހެއްޔެވެ؟ އެކަމަކު، މިއަދު އަނގަ ހުޅުވާފައި މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ކޮށްފަކައި ނޯންނާނޭ ބުނީމާ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ވެރިކަމަށް ދަހިވެތިވިޔަސް ތީ އެކަމު ބޮޑުވަރެވެ!

ދިވެހިރާއްޖޭގައި މިއަދު މި ހިނގަނީ ސީދާ ދިވެހި ރައްޔިތުންގެ ވޯޓަކުން ހޮވިފައިވާ ރައްޔިތުންގެ ސަރުކާރެކެވެ. ސީދާ ޑިމޮކްރެޓިކް ވެރިކަމެކެވެ. ކަލޭ ބުނާ ފާޑުގެ ދިމާކުރާތީ ސިސްޓަމެއް ނޫނެވެ. ރައީސް ނަޝީދުގެ ހިތްތިރިކަމުން ކަލޭގެ މައްސަލަތައް ޝަރީއަތަށް ފޮނުވައިގެން އަދި ނުބެލި ނަމަވެސް، ކަލޭ އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރުމެންނަށް އެބަ އޮތެވެ. ދެން މާގިނަ ދުވަހެއްވެސް ނުވާނެއެވެ.

ބަލަގަ މައުމޫނެވެ! މިއަދުގެ ސަރުކާރުން މިސްމެނޭޖު ކުރަނީޔޭ އަދި ޕުލޭނެއް ނެތޭ ކަލޭ ބުނާއިރު، ކަލޭގެ ސަރުކާރުން 30 އަހަރު ދުވަހު ކުރިހާ ވައްކަންތަކާއި ބާރައި ނުފޫޒުގެ ބޭނުންކުރި މިންވަރު މިހާރު ހަމަ ތިޔަ ހަނދާންނެތުނީ ދޯއެވެ؟ މައުމޫނެވެ! ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ވެރިކަމެއް ހިންގުމުގައި މި ސަރުކާރު ކާރީގައި ކަލެޔާ ކަލޭގެ ކޮއްކޮތަކާއި ޅިޔަނުންތަކާއި މިސުރުގެ ފުރެންޑުންތަކަށް ފަތިގަނޑުވެސް ފިރުކާ ނުލެވޭނެއެވެ. ތިމާއަށް މިހާރު ކިޔޭ ނުކިޔޭވެސް ނޭނގެނީ އުތައެވެ؟

ދިވެހީންނޭވެ! ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ހަގީގީ ޕާޓީ ކަމުގައިވާ އެމްޑީޕީއަށް މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު ލިބިގެން ނޫނީ ކާމިނީގޭ މައުމޫނު އިންސާފުގެ ކުރިމައްޗަށް އަވަހަކަށް ނުގެނެވޭނެއެވެ. މައުމޫނާއި އޭނާގެ އާއިލާއިން އަދިވެސް ބޭނުންވަނީ ރައްޔިތުންގެ ވެރިކަން އާއިލީ ވެރިކަމަކަށް ހަދާ، ދިވެހި ރައްޔިތުންގެ ކަރަށް ފައިން އަރައިގެން ތިބޭށެވެ. އެ ފުރުސަތު ދެން އެމީހުނަށް ލިބުނަދީގެން ނުވާނެއެވެ.


ADVERTISEMENT

www.delightmaldives.com

4 comments:

Anonymous said...

ނޯ ކޮމެންޓްސް .....މައުމޫނަކީ ބޮޑުވެގެން ވާ ބަލާއެއް

rindhan said...

ok this is first time i comenet about maumoon ... i no he is mind reader ... even he no how to give pain people ... he is the person meet and the person change his min d ... is he no the person is thinking that person send in jail....so his time is finish ......he think he is the person reAD QURUAN ... HE IS LIYER ... in my hole time he said lie ... lie all maldives people ... .... i live in maldive even in all maldives island people i ' no my pain , if i tell ... in my young age i go G.DAALU AND SEENU AND Haa ALIFU .. Bai dhoa ni ' tey r no mee ... i dont want anything ... still want say maumoon is not good person in maldives '''' he need money and his happyness ...

Anonymous said...

kuh kurevi saabithuvefaivaanama avahah massala court ah husha halhuvvaa aammun nah haamakoh dhevvun edhen. eyrun hurihaa meehunnah engi saabithuvaane

Anonymous said...

Maumoon is the bEst, what else i cAn say .. he is patient and he likes Rule of law , thats what History tells us