Saturday 18 April 2009

ރައީސް ނަޝީދުގެ ސަރުކާރާ އިންޑިޔާއާއި އޮންނަ ގުޅުން

ޚަބަރު މުރާޖައާ


ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް މިފަހުން ހީވެފައި އޮންނަނީ އިންޑިޔާއާއި ޑިކްޓޭޓަރު މައުމޫނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި، އިންޑިޔާގެ ސަޕޯޓާއި ހެދި އޭނާގެ ވެރިކަން ހުއްޓުމަކަށް ގެނެސް، ތީމުގެއިން ނެރެ ހޫރާ ލެވިދާނެކަމަށް ގަބޫލުކުރެވުނީ ވަރަށް މަދު ބަޔަކަށެވެ. އެކަމަކު، ހަގީގަތަކީ އެއީއެއް ނޫންނެވެ.

ރައީސް ނަޝީދު އިންޑިޔާ ދަތުރު - ޑިސެމްބަރ 2008

އިންޑިޔާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދިވެހިރާއްޖެއާ އެންމެ ކާރި، އަދި އެންމެ އެކުވެރި ގައުމެވެ. ދިވެހިރާއްޖެއަށް ދިމާވާ ދަތިތަކާއި އުދުވާނީ ހަމަލަތަކުން ދިވެހިން ސަލާމަތްކުރުމަށް އެންމެ ފުރަތަމަވެސް އިސްނަގަނީ އިންޑިޔާއިންނެވެ. މިގޮތުން ނޮވެމްބަރ 3 ، 1988 ގައި ތަމަޅަ ޓައިގަރުންގެ އެޓޭކުން ދިވެހިން ސަލާމަތްކޮށްދިނީވެސް އިންޑިޔާގެ ސިފައިންނެވެ. ހަގީގަތުގައި އެމީހުން ސަލާމަތްކުރަން އުޅުނީކީ ކާމިނީގޭ މައުމޫނެއް ނޫނެވެ. ދިވެހި ދައުލަތުގެ އަމިއްލަ ވެރިކަމެވެ.

ކޮންމެއަކަސް، 30 އަހަރު ފަހުން މައުމޫނުގެ ވެރިކަން ރައްޔިތުން މިއޮތީ ނިމުމަކަށް ގެނެއްސައެވެ. އިންޑިޔާއަށް މައުމޫނުގެ ވެރިކަން ނިމުމަކަށް އައުމުން ހަމަ ކަހަރުވަޔެކޭވެސް ހިތަކަށް ނާރައެވެ. މައުމޫނު ދެރަ ވެދާނީ، ނޫނީ ހިތްހަމަ ނުޖެހިދާނެތީ ރައީސް ނަޝީދުގެ ސަރުކާރާ ގުޅުން ބަދަހިނުކޮށް އެންމެ ދުވަހަކުވެސް މަޑެއް ނުކުރެއެވެ. އަދި، ރައީސް ނަޝީދުގެ ފުރަތަމަ ބޭރު ދަތުރު އިންޑިޔާއަށް ކޮށް، އެތަނުގެ ވެރިން އޭނާއަށް ކުރި އިހުތިރާމާއި ގަދަރު މިއަދު އެންމެންވެސް ގަބޫލުކުރަން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ އެހީއާއި، ލޯނު ހަމަޖައްސައިދިނީ ކުޑަކުޑަ މުއްދަތެއްގެ ތެރޭގައެވެ. މީގެ އިތުރުން އިންޑިޔާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާއި ރައީސް ނަޝީދު ބައްދަލުކޮށް އެމީހުން ރާއްޖޭގައި ވިޔަފާރިކުރުމަށް ދައުވަތު ދީ، ތަފާތު އެއްބަސްވުންތަކުގައި މިވަނީ ސޮއިކޮށްފައެވެ. އަދި، މިކަންކަމަށް މިހާރުވެސް އަމަލީ ސިފަ އަންނަމުން އެބަދެއެވެ. މިހިރީ ހަމަ މިއަދުގެ ސަރުކާރާ އިންޑިޔާއާއި ދޭތެރޭގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ގުޅުމެއް އުފެދިފައިވާކަމުގެ ހެކިތަކެވެ.

ކާމިނީގޭ ސިދީގެ މައުމޫނު އަދިވެސް ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެފައިވަނީ އިންތިހާ ދަރަޖައަށެވެ. އަތުންފައިންގޯސް ހަދައި، ފާޑުފާޑުގެ މޮޅެތިވާހަކަ ދައްކައިގެން ބަޔަކު ހެއްލޭތޯ އަދިވެސް މަސައްކަތްކުރަނީއެވެ. މިގޮތުން އިހަކަށްރޭ ބުނީ، ނަޝީދުގެ ސަރުކާރަށް އިންޑިޔާއާއި ގުޅުން ބަދަހި ކުރަންވާގޮތް ނޭނގޭކަމަށާއި، ޚާރިޖީ ސިޔާސަތެއް ނެތްކަމެވެ. އެކަމަކު، ހަގީގަތަކީ ކޮބާހެއްޔެވެ؟ ހަގީގަތަކީ، ރައީސް ނަޝީދަކީ މިއަދު އޭޝިޔާގެ އޮބާމާ ކަމަށް ދުނިޔޭގެ މީޑިޔާތަކުން ގޮވާ ނަގާކަމެވެ. ރައީސް ނަޝީދަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި އޭޝިޔާ ސަރަހައްދު، އަދި ކޮމަންވެލްތުގެ ގައުމުތަކުންވެސް މިހާރު ދެކެން ފަށައިފިކަމެވެ.

ޑިކްޓޭޓަރ މައުމޫނު އިންޑިޔާއާ ބޭއްވީ ކޮންކަހަލަ ގުޅުމެއްކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ، ދިވެހިރާއްޖޭގެ ވިޔަފާރީގައި އިންޑިޔާގެ ވިޔަފާރިވެރިންނަށް ހިއްސާވާން ރަނގަޅު ފުރުސަތު ދީފައިނުވާ ކަމެވެ. މީގެ އިތުރުން، އިންޑިޔާގެ ތައްޕާހުން އުޅުނު އިރުވެސް މީނާ ތިމާވަރު މީހެއްނެތިގެން މާބޮޑު މުއްސަންޖަކަށް ހެދި، ކިބުރުވެރިވެ އުޅުނުކަމެވެ.

ޑިކްޓޭޓަރު މައުމޫނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން 2004 ގައި ރާއްޖޭގައި ހުރި އިންޑިޔާގެ ސަފީރު ޑީޕޯޓްކޮށްލެވޭތޯވެސް އުޅުނެވެ. އެއީ، އޭނާ ކޮންމެވެސް ވަރަކަށް ދިވެހިރައްޔިތުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރަމުން އައި މަސައްކަތަށް ތާއީދުކޮށް ހަދަމުން ދިޔައީމައެވެ. ރާއްޖޭގައި ސަފީރަކަށްވެސް އެއިރު ހުރެވެނީ ޑިކްޓޭޓަރު މައުމޫނުގެ ރުހުމާ ގަބޫލުއޮވެ، އޭނާއަށް ތާއީދު ކުރާ މީހުންނަށެވެ. ހުރި ޚާރިޖީ ސިޔާސަތެއްގެ މޮޅުކަމާއެވެ.

ހަގީގަތަކީ މިއީއެވެ. ޚާރިޖީ ސިޔާސަތު ، ރައްޔިތުންގެ ވެރިކަން ނުވަތަ ޑިމޮކްރަސީ، އަދުލު އިންސާފާއި އިންސާނީ ހައްގުތައް، މިއިން އެކައްޗެއްވެސް ކާމީނީގޭ ޑިކްޓޭޓަރުންނަށާއި އެންދެރިމާގޭ ޅިޔަނުންނަށް އަދި ކާރީގައި އެގެންގުޅޭ ބައިގަނޑަށް ހަމަ ކުޑަކޮށްވެސް ނޭނގޭކަމެވެ. އެވަރުގެ ބަޔަކަށް ރާއްޖޭގެ ވެރިކަން ދިނީމާ ހަދާލިގޮތް ވޭތުވެދިޔަ 30 އަހަރުގެ ތަޖުރިބާއިން ދިވެހިރައްޔިތުންނަށް އޮޅިފަކައި ނޯންނާނެއެވެ.


ADVERTISEMENT

 

4 comments:

Anonymous said...

golhaa is the boa

Anonymous said...

I think Golhaabo is jealous of the new government of the people and of course the success President Nasheed is having in the world stage!

theemuge said...

maaih kalaako, thioh theemugey audit report eh dho... dhuvaalaku 5000rufiyaa ge echchehi kudhi golha thah ves aruvaalaa... avahah mi baiganduge sharee aih hingaaa... hithiri kuraanekameh neh.

Anonymous said...

hehe.. ma hama heee hee halaaku they hama tedeh golaaa boa inda aai othy kon gulumeh kameh ekakah ves kurin neyge.. anni is the best golaa is the boa.