Wednesday 16 July 2008

ގޮޅާބޯ ބުނީ ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެޔޯ... ދެނޯ

ލިޔުނީ ކުނބުރުދޫ ހަސަނު


މިދިޔަ ބުރާސްފަތި ދުވަހު ގޮޅާބޯ ގާނޫނު އަސާސީ ތަސްދީގު ނުކޮށް ބަހަނާ ދެއްކުމަށް ބޭއްވި ނޫސް ކޮންފަރެއްސްގައި ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބު ދެމުންބުނީ ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެ ކަމަށާއި އިގުތިސޯދީ ކަންތައްތަކުގައި ފިނޭންސް މިނިސްޓަރު ދަނީ ބަރާބަރަށް ޖަވާބު ދާރީ ވަމުން ކަމުގައެވެ. މީގަ ސަޅި ތަންކޮޅަކީ އެބުނި މިނިސްޓަރު އޭރު އޮތީ އިސްތިއުފާގެ ސިޓީ ލިޔެ، ޕުރިންޓުވެސް ކޮށްފައިކަން ގޮޅާބޯއަށް ނޭނގި އޮތުމާއި، ދެއްކޭ ނުދެއްކޭ ވާހަކަވެސް ގޮޅާބޯއަށް މިހާރު ރަނގަޅަށް ނޭނގޭ ކަމެވެ.  މީގެ އިތުރުން މީހަކު ދެ ސުވާލު އެއްފަހަރާ ކޮއްފިއްޔާ ގޮޅާބޯ ހަނދާން ހުރެ ޖަވާބު ދެވެނީ އެންމެ ސުވާލަކަށެވެ. ޑެމެންޓުވެގެން ދިޔަ ދިޔައިނުންގޮސް މިހާރު ހަނދާން ނެތުމުގެ ކަންތައްވެސް އިންތިހާ ދަރަޖައަށް ދިޔައީއެވެ.

ކޮންމެއަކަސް ނިމިގެން މިދިޔަ ހަފްތާއަކީ ގިނަ ކަންތައްތަކެއް ހިނގި ހަފްތާއެކެވެ. ގޮޅާބޯ ރާއްޖޭގެ ވެރިކަމުގައި ދެމިހުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިގޮތުން 2004 ގެ ކަޅު ހުކުރުގައި ބުރުމާ ގާސިމު ޖަލައްލާ، ދައުލަތާ އިދިކޮޅު އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، އެއިރުގެ ޑރ. ޖަނާޒާ ލައްވާ މުޅި އުމުރަށް އޭނާ ޖަލުގައި ބަހައްޓާނަމޭ ކިޔައިގެން ލައްކަ ބިރު ދައްކާ ހެދިއެވެ. އެކަމަކުވެސް، އެންމެ ފަހުން ގޮޅާބޯއަށް ޖެހުނީ ހަމަ އުނބަށް ޖަހާށެވެ. ޖަލުގައި އުމުރު ހޭދަކުރުމުގެ ބަދަލުގައި ގޮޅާބޯ ބުރުމާ ގާސިމަށް ދިނީ 3 އަހަރު ދުވަހުގެ ސަރުކާރު ހިންގުމުގެ ތަޖުރިބާގެ ކޯހެކެވެ.

ރިޔާސީ އިންތިޚާބު ކާރިވީ ވީ ހެން ބައެއް މީހުން ކިޔަމުން އައީ ގާސިމު ގޮޅާބޯގެ އަތުގައި ހިފައިގެން ގޮޅާބޯ ހޮވަން ކެމްޕޭނު ޖައްސާނޭ ކަމަށެވެ. އަނެއް ބަޔަކު ކިޔާ އުޅުނީ ގާސިމު ކެބިނެޓުންނާއި ރުނޑިންގެ ޕާޓީން އިސްތިއުފާ ދީފާ، ގޮޅާބޯ އާ ވެރިކަމަށް ޗެލެންޖު ކުރާނޭ ކަމަށެވެ. ކަންތައްތައް މިހާރު ގޮއްސަ އޮތް ހިސާބުން ބޮޑަށް ވައްތަރީ ވާނީ ދެވަނަ ބަޔަކަށް މި ހީވި ގޮތް ހެނެވެ.

ބަލަގަ ގޮޅަޔާއެވެ! ނަމަނަމަޔަކު ރިހައެއް ނުކެއްކޭނެކަން އަހަރުމެންނަށް އިނގެއެވެ. އެކަމަކު އިހަކަށް ރޭ ކަލޭ ބުނީ ރައްޔިތުންނަށް ހަގީގަތް (ކޮން ހަގީގަތެއް ކަމެއް ނޭނގެ) ކިޔާ ދެވިއްޖެ 'ނަމަ' ޑީއާރުޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށެވެ. އެތާގައި ކަލޭ ތިޔަ ބުނީ  ކޮން ނަމަ ނަމައެއްގެ ވާހަކައެއް ހެއްޔެވެ؟ ދިވެހި ރައްޔިތުންގެ އެންމެހާ ހައްގުތަކަށް ކަލޭ ކޮޅުފައިން އަރައިގެން ހުރެ، އެމީހުނަށް ކަލެޔަށް ކިޔާ ދެވޭނީ ކޮން ހަގީގަތެއް ހެއްޔެވެ.

ހަގީގަތަކީ، ވޭތުވެދިޔަ 30 އަހަރު ކަލޭ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް އަނިޔާވެރި، އަދުލު އިންސާފުން އެއްކިބާ، ވެރިކަމެއް ހިންގި ކަމެވެ. ހަގީގަތަކީ، ދިވެހި ރާއްޖެޔަށް ކަލޭ ބުރައުން ސުގަރާ ފޯކާ ތައާރަފްކޮށް، އަހަރުމެންގެ ޒުވާން ޖީލު ފުނޑާލަން މަސައްކަތް މެދުނުކެނޑި ކުރާކަމެވެ.

ހަގީގަތަކީ، ކަލޭގެ އާއިލާއާއި ކަލޭގެ އުފާވެރިކަމަށްޓަކާ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ކަލޭ ދަވާލިކަމެވެ. ހަގީގަތަކީ، ކަލޭގެ އާއިލާގެ ކުއްތާތައް ވެރިކަމުގެ އެކި އެކި ހިސާބުގައި ވަކި ހިއްޕައިގެން ތިބެ، އިސްލާމް ދީނުގައި ހަރާން ކޮށްފައިވާ އެންމެހާ ފާފަތައް (ވައްކަމާއި ޒިނޭ (އިލްޔާސް)، ދޮގު ހެދުމާއި ފިރިހެންކުޅި (މޯކުޅި ހަމީދު)) ކުރަމުން ގެންދާކަމެވެ.

ހަގީގަތަކީ، ކަލޭގެ ހިތުގައި ދިވެހިންގެ މައްޗަށް އެއްވެސް ކުލުނެއް އަދި ލޯތްބެއް ނުވާކަމެވެ. ހަގީގަތަކީ މިފަހުގެ ތާރީޚުގައި އެންމެ އިހާނެތިކޮށް ދިވެހިން ވައިގެތެރެޔަށް، ވަޔަށް، ޖައްވަށް، ފަޒާގެ ތެރެޔަށް ބަޑި ޖަހައިގެން  މަރާފައިވަނީ ތިޔަ ހައިވާނުގެ އޯޑަރަށް، ތިޔަ ހައިވާނުގެ ބަތާ ކައިގެން ތިބި ފުލުހުން ކަމެވެ.

ހަގީގަތަކީ އަހަރުމެން ބަނޑެއްގަ ރިއްސާލިޔަސް މީހުން ކާރީ ސަލާން ޖަހައިގެން އިންޑިޔާއަށް ބޭހަށް ދާނެޖެހޭ އިރު، ދަތެއްގަ ރިއްސާލިޔަސް ކަލެޔާ ކަލޭގެ އައުވާނުން އެތައް ހާސް ޑޮލަރެއް ދުއްވާލައިގެން ސިންގަޕޫރުން ޗެކު ޖަހާ ލެވޭކަމެވެ.

ހަގީގަތަކީ، އަހަރުމެންގެ ދަރީންނަށް ރަނގަޅަށް ތިން އިރު ކާން ނުދެވިގެން އުޅޭއިރު، ކަލޭގެ ކާ މޭޒު ޑެކަރޭޓު ކޮށްލަން އެކަނިވެސް ހާހުން އިސްރާފު ކުރެވޭކަމެވެ.

ހަގީގަތަކީ، އަހަރުމެން ބޯހިޔާ ނުކުރެވި، ދިރިއުޅެވޭނެ ގޮތެއް ނެތިގެން ތެޅި ބާލާއިރު، އަހަރުމެންގެ ބައިތުލްމާލު ދޮވެލައިގެން ކަލޭ ބޮޑު ގަނޑުވަރެއް ގައި އަރާމުގައި ކެހެކޭވެސް ހިތައްނާރާ ދިރިއުޅެމުން ދާކަމެވެ.

ހަގީގަތަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަލާލުމެއްނެތި، ކަލޭގެ އަމިއްލަ ބޭނުމަށް އަދުލު އިންސާފު އަތުކޮޅަށް އޮޅާލައިފައި ތެޔޮ ފޮދަކާވެސް ނުލާ ބޭނުން މީހެއްގެ ބެކަށް ކަލޭ ގަޅާލާކަމެވެ.

ހަގީގަތަކީ، ދިވެހި ރާއްޖެ މިއަދު ދަރާ ވިކި، ބަނޑަށް ޖެހުމުގެ މަގުމަތީގައި ވާކަމެވެ.

ގޮޅާބޯއެވެ! ހަގީގަތް ނޭނގިގެން އުޅޭ ދިވެހިންނެއް މިއަދަކު ނެތެވެ. ހަގީގަތް އޮޅިގެން އުޅެނީ ހަމައެކަނި ކަލެޔާއި، ކަލޭގެ އާއިލާގެ ވަގުންނާއި، ކަލޭ އަޅުވެތިކޮށްގެން ފައިސާއާއި ބާރުގެ ވަބާގައި ޖައްސައިގެން ތިޔަ އުޅޭ އާލާތުނަށެވެ.

ނަމަނަމައިގަ ރިހަ ރަނގަޅަށް ކައްކާފައި މިފަހަރު ބޯންދޭނަމެވެ. ހިތްވަރެއް ހުރިއްޔާ ދިވެހިންގެ ވިންދާ މިފަހަރު ކުޅެލަބާށެވެ. ދޮންކަޅުމިންވެސް އޭރުން ނޭނގޭނެއެވެ.

8 comments:

Anonymous said...

ގޮޅާބޯ މީހަމަ ފައްކާ ނަގޫބަޅެއް ނޫންބާ! ސައިތާނު ރުނޑިކަމުން ހައްދުންނެއްޓާފަ. ނަގޫބަޅު ކިނބިގަސްދޮށުގޭ ހައިވާނަށް ނަމަނަމައިގައި ދޮންރިހަ ކައްކައިދޭނަން ދޮތަ!

Anonymous said...

all maldivian knows how golhaboa and his regime is treating all of us. fuck u Golhaboa. we will never vote u...fd

Anonymous said...

Meehun buneynu bahkuri mudhalaa faisaa maruveema nugendheveyney.. ee dhogeh, olhifa oiykameh.. Haqeeqathakee Haram gothuga hoadhi faisaya mudhaa athujehey hisaabuga narakaige emeehaku huri golhiyehga athujehey hisaabuga hunnaane.. ekamu eygen beynumeh nukureveyne.. efaisaain riswathuves nudheveyne dheno.. edhuvahu mudhala faisaa libeyne ehkoffa bahahtaa.. dharin kolhuves vikkalaafa dhuniye dhookuraathi.. salmatheh neiy..

Anonymous said...

ކަލޯ، ހަސަނޭކިޔައިގެން ތިލިޔަނީ ހާދަ ތަންދޮރުނުދަންނަ ރުޑިޔެއް އުތަ

Anonymous said...

ކަލެޔަކީ ކާކުތަ؟ ހަސަނުލިޔާނީ ޙަޤީޤީ ތެދު! އޭނަގެ ލިއުން މުޅި ރާއްޖޭގެ އެންމެ ގިނަބަޔަކު ސަޕޯޓްކުރާ ލިއުމަށްވެފައިވަނީ އެވާހަކަތައް މީހުން ބަލައިގަންނާތީ. ކަލޭމެން މިފަހަރު ތެޅިއަރުވާނެކަމެއް ނެތް. ގޮޅާގެ އޮޑިޔަށް އެރުވި ހުރިހާ އެންކެޔޮޅުން އޮޑިން ފައިބަމުންދަނީ ރިޔާގަނޑުގައި ވަނީ ބާހެދި ހަލާކުވެފައި މަސްވަތުގައި ތިބީ ޑްރަގުބޮމުންގޮސް ލާލަލާ ކެވިފަތިބި ޒުވާނުންތަކެއް. ކުޅިބަލަންތިބީ ވަޒީފާއިން މުސްކުޅިކުރެވިފއަިވާ މުސްކުޅިންތަކެއް. މަސްގަންނަން އައިސްތިބީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިފައި ތިބި ސަރުކާރުގެ މުވައްޒަފުން. ވީއިރު ތިޔަކުރާ ނެވިކަމަށް ސަލާމް.

Anonymous said...

kiyaidehen ulhey haqeeqathaky mi ee

hamdhoon has taken very serioulsy his naibu zaeem drp position. government ministries are recivign requests to pass data on each and everything under the sun 1978-2008, raees offyhuge beynumakah by planning ministry.

should civil service employees answer thsi particular request which is sent for political pursoes or to find things to say during campaine.

Anonymous said...

Yea Fuck Golhaabo Bakari Nagoobalha halaaaku huri

Anonymous said...

every bodies knows about u trickster maumoon. your are totally demented ass. you will become so lonely so soon. darkness will be around u no helpers only shit around u. he heh what ever you say or what ever you do no Maldivian take it. they knows you are nothing but an oppressor and a trickster