Saturday 19 July 2008

ރާއްޖޭގައި ގެނެވެމުންދާ އިސްލާހީ ހެޔޮބަދަލުތަކުގެ މުހިންމު ލަނޑުދަނޑިއެއްކަމުގައިވާ ރިޔާސީ އިންތިޚާބާއިމެދު ވަރަށް ކައިރިން އިންޑިއާއިން ބަލަމުން ގެންދާނެ - އެމްޑީޕީ

ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ ވާދަވެރި ގިނަޕާޓީތަކުން ބައިވެރިވާ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާގޮތާއިމެދު ވަކިޕާޓީއަކަށް ބުރަވުމެއްނެތި އިންޑިއާ އިން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމުގައި  އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީގެ މީޑިއާ އޮފީހުން މައުލޫމާތުދޭ ގޮތުގައި އެމްޑީޕީ ގެ ވަފްދެއް ޖުލައި 8ން 12 އަށް ޗެންނާއި އަށާއި ނިއުދިއްލީއަށް ކުރި ދަތުރުގައި ބައްދަލުކުރެވުނު އިންޑިޔާގެ ކަމުވޮށި ހުރިހާ ފަރާތަކުންވެސް މި ޔަގީންކަން ވަނީ ބަޔާންކުރައްވާފައެވެ. "މިކަން އަޅުގަނޑުމެނަށް އިތުރަށް ކަށަވަރުކޮށްދެއްވީ އިންޑިޔާގެ ދަވްލަތުގެ ޚާރިޖީ ވަޒީރު، ފޮރިން ސެކެޓްރީ ޝިވްޝަންކަރު މެނަން އަޅުގަނޑުމެނާއި ބައްދަލުކުރެއްވުމުގައި އޭނާ ސީދާ އެހެން ވިދާޅުވުމުން" ކަމުގައި އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި ވަނީ ފާހަގަކުރައްވާފައެވެ.

ކ. ރަހްމާން ޚާން، ޑެޕިއުޓީ ޗެއާމަން، އަފަރ ހައުސް އޮފް ޕާލިމަންޓް، އިންޑިއާ އާއި ބައްދަލުކުރުން

އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި އާއި އެމްޑީޕީ ވަފްދުގެ އެހެން ބައިވެރިންނާ މިސްޓަރ މެނަން އިންޑިޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ބޮޑު ހިއްސާއެއް ހިމެނިގެން ދިވެހި ރައްޔިތުން އިޞްލާހީ ގިނަ ލަނޑުދަނޑިތަކެއް ހާޞިލްކުރަމުން ގެންދާކަން ފާހަގަކުރައްވައި ތަޢުރީފުކުރެއްވިކަމުގައި އެމްޑީޕީ ގެ މީޑިޔާއޮފީހުން ބަޔާންކުރެއެވެ. "ކުރިއަށްއޮތް ރިޔާސީ އިންތިޚާބު     ހުޅުވާލެވޭ މިންވަރު ފުޅާކުރުމަށާއި އިންސާފުވެރިކަމާއި އެތެރެފެންނަމިންވަރު އިތުރުކުރުމަށް، ކުރިން ފާހަގަކުރެވުނުހެން ވަކިއަތަކަށްނުޖެހި އިންޑިޔާއިން ވަރަށް ގާތުން ބަލަމުން ގެންދާނެ" ކަމުގައި މިސްޓަރ މެނަން ވިދާޅުވިމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ހާލަތާއި ، ރައްޔިތުންނަށް ހާސިލްކޮށްދެއްވުމަށް އޭނާ މަސައްކަތްކުރައްވާ 'އަނެއް ދިވެހިރާއްޖެ' އާއި ރާއްޖޭގެ މިހާރުގެ އިގްތިޞާދީ ހާލަތާއި މެދު މިބައްދަލުކުރެއްވުމުގައި ނަޝީދު އަލިއަޅުވާލެއްވިކަމުގައި ވެއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އޭކޭ ގުޖްރާލްއާއި ބައްދަލުކުރުން

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި، ކުރިމަގުގައި އެގުޅުން ފުޅާވެގެންދާނެ މިންވަރު އެތައްގުނަވެގެންދާނީ ދެ ގަވްމުގެ މަދަނީ މުޖުތަމައު އާއި ރާއްޖޭގެ ރައްޔިތުންނާއި  އޮންނަ ގުޅުން އެމްޑީޕީ ސަރުކާރަކުން ހުޅުވާލަދޭނެތީ ކަމުގައި މިބައްދަލުވުމުގައި ވާހަކަދައްކަވަމުން  އެމްޑީޕީ ހިންގެވުމާ ހަވާލުވެހުންނެވި އެޕާޓީގެ ނާއިބުރައީސް އިބްރާހީމް ހުސައިން ޒަކީ ފާހަގަ ކުރެއްވިކަމުގައި  އެމްޑީޕީން ޚަބަރުދެއެވެ.

އިސްލާހުކުރެވުނު ގާނޫނު އަސާސީ އެކުލަވާލާ ނިންމެވީ ރައީސް މައުމޫނުގެ ޕާޓީ މެދުވެރިކުރައްވައި ހުރިހާ އިޞްލާހަކާއި، ބަންޑާރަނާއިބާ ހުށަހެޅުއްވި އިޞްލާހުތައްވެސް ހިމަނުއްވައިގެން ކަމުންނާއި، ޚާއްޞަމަޖިލީހުގައި ރައީސް މައުމޫނު އައްޔަނުކުރައްވާ 29 މެމްބަރުން ތިއްބަވައިގެން ކޮންމެ ބިލަކާއި ގާނޫނަކާއި މެދު  ހިނދުން ހިނދަށް މައުލޫމާތު ހުރިހާފަރާތަކަށް ލިބެމުން ކަމުން، ގާނޫނު އަސާސީ ތަސްދީގުކުރެއްވުން  ފަސްކުރައްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ރަމްޒީ ކަމެއް ބުރަމަސައްކަތްޕުޅަކަށް ހައްދަވައިގެން އެއުޅުއްވަނީ ސިޔާސީ ނާޖާއިޒު ފައިދާގެ ބޭނުންފުޅުގައިކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރ ހަސަން އަފީފު، އިންޑިޔާގެ ފޮރިން ސެކެޓްރީ މިސްޓަރ މެނަން އަރިހުގައި ދެންނެވިކަމުގައި އެމްޑީޕީގެ މީޑިޔާ އޮފީހުން ބަޔާންކުރެއެވެ.

ފޮރިން ސެކްރެޓެރީ މރ. ސިވަޝަންކަރ މެނަން އާއި ބައްދަލުކުރުން

އިންޑިއާއިން ދިވެހީންނަށް ތަޢުލީމީ ފުރުސަތުތައް އިތުރުކޮށްދެއްވުމަށް އިންޑިޔާ މޯލްޑިވްސް ފައުންޑޭޝަނެއް އުފެއްދެވުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، އިގްތިސާތީ ގޮތުން ރާއްޖޭގައި އިންޑިޔާގެ ފަރާތްތަކުން ވިޔާފާރި ހިއްސާކުރާ މިންވަރު އިތުރުކުރުމަށް ފިޔަވަޅު އަޅުއްވައިދެއްވުމަށާއި އެގޮތުން  ޓުއަރިޒަމްގެ  ފަންނީ ތަމްރީނު އިތުރުކޮށްދެއްވުމަށާއި، ދަތުފަތުރުގެ ގުޅުންތައް އިތުރު ކޮށްދެއްވުމުގައި މަސައްކަތްކޮށްދެއްވުމަށް  އިންޑިއާގެ ދަވްލަތުގެ ޚާރިޖީ ވަޒީރު މިސްޓަރ ޝިވްޝަންކަރު މެނަން އަރިހުގައި އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އެދިވަޑައިގެންނެވި ކަމުގައި އެމްޑީޕީން ޚަބަރުދެއެވެ.

އެމްޑީޕީގެ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އެޕާޓީގެ ވަފްދެއްގައި އިސްކޮށް ހުންނަވައި ޖުލައި 8 ން 12 އަށް އިންޑިއާ އަށް ޒިޔާރަތް މިކުރެއްވީ އިންޑިޔާގެ މަދަނީ މުޖުތަމައު އަށާއި އިންޑިޔާ ރައްޔިތުންނަށް އެމްޑީޕީ ރަސްމީ ގޮތުން ތަޢާރަފު ކޮށްދެއްވުމަށް ކަމުގައި އޭނާވަނީ ވިދާޅުވެފައެވެ. މިދަތުރުގައި އެމްޑީޕީގެ ވަފްދާއި ބައްދަލު ކުރެއްވި އިންޑިޔާގެ ކަމުވޮށި ފަރާތްތަކުގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު އައިކޭ ގުޖްރާލް އާއި، މިހާރުގެ ފޮރިން ސެކެޓްރީ  ޝިވްޝަންކަރު މެނަން އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮމާސް ޖައިރާމް ރަމޭޝް އާއި  ކުރީގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރުޝީދާއި، ޚާރިޖީ ތަޖްރިބާކާރު ކުލްދީޕް ޝާހް ދޭވް އާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) ގެ ޚާއްސަ މުޝީރު ޓަރުން ޑާސް އާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) ގެ ބައިނަލް އަގްވާމީ ވިޔާފާރިއާއި ބެހޭ ވެރިޔާ ޓީ އެސް ވިޝްވަނާތު އާއި އިންޑިޔާ އިންޑޮނީސިއާ ބިޒްނަސް ފައުންޑޭޝަނުގެ ރައީސް ސޯމީ ހަޒާރީ އާއި، އޮބްޒާވަރ ރިސާޗް ފައުންޑޭޝަނުގެ ޗެންނާއި ޑިރެކްޓަރ ސައްތިޔަ މުރުތީ އާއި އޮބްޒާވަރ ރިސާޗް ފައުންޑޭޝަނުގެ  ރައީސް ވިކްރަމް ސޫދު އާއި އިންޑިޔާގެ ޕާލިއަމެންޓް ގެ ޑިޕިއުޓީ ޗެއަރމަން އަދި ކޮންގްރެސް ޕާޓީގެ ނާއިބު ޒަޢީމް ކޭ. ރަހްމާން ޚާން އާއި ކޮންގްރެސް ޕާޓީގެ ބައެއް ޕާލިމެންޓް މެމްބަރުންނާއި  ހިންދުސްތާން ޓައިމްސް ގެ އެޑިޓަރ ނިލޯވާ ޗައުދަރީ އާއި، ސީއެންއެންގެ އިންޑިޔާ ބިއުރޯ ބަލަހައްޓަވާ ސުމޮން ޗަކްރަބަތީ އާއި އެންޑީޓީވީ ގެ ނިވްސް އެޑިޓަރ އަޝުތޯޝް ސިންހާ އާއި ސްޓާރ ނިއުސްގެ ޑިޕްލޮމެޓިކް އެޑިޓަރ ޖޯތީ މަލްހޯތުރާ  ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނިއުދިއްލީ ގައި ހުންނަ ދިވެހި ހައިކަމިޝަނުގެ ބައެއް އިސް އޮފިޝަލުންވެސް ވަނީ އެމްޑީޕީގެ ވަފްދާއި އެކު އިންޑިއާގެ ބައެއް ކަމުވޮށި ފަރާތްތަކާއި އެކު ބޭއްވުނު ބައްދަލުކުރުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީގެ ވަފްދުގައި ހިމެނިވަޑައިގެންނެވީ ގަވްމީ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އަންނި އާއި، ނާއިބުރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ޕާލިމެންޓަރީ ގުރޫޕް ލީޑަރ ހަސަން އަފީފް އާއި، ސަފީރު އަހްމަދު ނަސީމް އަދި މީޑިއާ މެނޭޖަރ މުހައްމަދު ޒުހައިރު އެވެ.   

5 comments:

Anonymous said...

anni abadhu ulhnee beyru bayakaa ekkoh
foto eh nagaigen edhakkaigen ahrumen vaa vahdhan, dhivehinge sapoatu hoadhaa kah noolhey, balaga dhivehi raahjjeyge verikan libeynee dhivehinge sapoatu libigen anni.

Thihen ingireysinna america meehun mugaabey ah ves inzaaru tha dhin vee kameh ebaoiy eheree mugaabey 10 vana dhaurah hovingen verikamuga.

anni aa hedhi ahrumene ekathigadkah vegen ulhunu mdp ge haalu nikan dhekibala, keekey bunaanee, anni ah heyo visneytho dhuaa kurun noon kameh neiy.

Anonymous said...

very sorry to comment but this is my honest opinion..

those guys in the photo did make me laugh... except for Anni, the rest look so superficial...

Anni, please dont hang around with these loosers..

Anonymous said...

Well done Anni, you have shown that no other political leader in the opposition has the support structure to organize a foreign trip to a huge country such as India, carry out meetings with their eminent representatives, and have the personality to impress positive and wide Press coverage from giants such as CNN-IBN and NDTV.

Anonymous said...

No doubt, Anni is our next president

Anonymous said...

Well done Anni!
We are ready to "jihad" to free our beloved country from "the dracula" Golhaaboa & his associate "vampires" cabinet & DRP rundin!
Anni, you have proven that MDP is the only party that works as a real political party. DRP is no where close to run as a political party. They dont even know the basic theories of how a party should work! Golhaboa & his cronies only know how to run a dictatorship. Imagine how their 2nd congress went off recently! No one could dare to challenge against Golha's nephew Hamdhoon & his daughter Dhunyaa! the only ones who competed them were real puppets of Golhaa! What a shame!
Anni..by the grace of Almighty Allah! this beloved country of us, the Maldives will be freed from this blood suckers! & you will be elected as our next President with a big margin! Aameen! Alh'amdhlillahi Rabbil A'alameen!