Sunday 27 July 2008

ޒައީމޫއާއި ޒައީމޫގެ ކެބިނެޓަށް މީހުންލުމާއި ބަޖެޓު ފޫބެއްދުން

ޒައީމުގެ ކަރުސަތުނާމާ


ޒައީމޫއެވެ. ޒައީމޫއަށް ސިޓީއެއް ނުލިޔެ މިހާދުވަހު މިމަޑުކުރީ ޒައީމޫ އަމިއްލައަށް ވިސްނިގެން، ތިބަހާތަނުން ވަޒީރުކަމެއް މަށަށްވެސް ދޭތޯއެވެ. މަވެސް މަގޭ ސީވީ ރީތިކޮށްލަން ވަޒީރުކަން ކުރިވާހަކަ ވަނަވަރުގައި ލިޔެލަން ބޭނުން ވާނެ ނުން ހެއްޔެވެ. މަހީކުރީ ޅަދުވަހުގެ ހަނދާނުގައި ޒައީމޫ މަށަށްއެވަރު ކޮށްލަދޭނެކަމަށެވެ. އެކަމަކު ޒައީމޫގެ ތިހުންނަ ހިޔަޅުގޮތެއްދޯއެވެ. ކެބިނެޓްގައި ސޭލްއަޅުވައިގެން ގަންނާނެ މީހަކު ނުވެގެން އެންމެފަހުން ޖިހާދާއި މައުސޫމު ބޮލުގައި އެކަން އަޅުވައި އެދެފަކީރުންގެ ދުވަސް ދުއްވާލި އިރުވެސް ޒައީމަކަށް މިވަފާތެރި ކާރުސަތޭގެ މައްޗަކުން ހަނދާނެއް ނުވިއެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިގެން ނުލިޔެވި ނީދެވުނީއެވެ.

ޒައީމޫ އަޅެއެއްޗެއް ބުނެދީފާނަން ހެއްޔެވެ. ޖިހާދަށް އެވަރުގެ ބޮޑުލަނޑެއް ތިޔަދިނީ، ފަހެ އެސޮރަށް އެއްވެސް އިރަކު ނައްޓުކައިރިއަށް، ނޫނީ ޒަކަރިއްޔާ ހަމިއްޓޭ ކައިރިޔަށް ވަދެވިފައި އޮތީހެއްޔެވެ.  އެހެންޏާފަހެ، އެސޮރަށް މަނިޓަރީގައި އެއޮތްރަނގަޅު ޖޮބް ލިބި، އަދި ރުފިޔާގަނޑެއްގައި ސޮއިވެސް ހާކާނުލެވެނީސް، ދަމާހަލާގެނެސް ތިޔަ ހަވާލުކުރީ ޒައީމޫ ކާނެވަރަކަށް ކައިހުސްކޮށްލާފައި އޮތް ބަޖެޓާއެވެ. އެސޮރެއްކަމަކު، ޒައީމޫ ތިޔަކާވަރަށް ކައިކައި ހުއްޓާ ބަޖެޓު ފޫބެއްދޭނީ ކިހިނެއް ހެއްޔެވެ. ތިޔަކަނީ މާވަރަކަށް ވިއްޔާއެވެ.

ޒައީމޫއެވެ. އަހަރެމެން ދެމީހުން ރޭވި މަޅީގައި އާރިފު ހިލްމީ ނުޖެއްސުނީމާ މަވެސް ދެރަވިއެވެ. އެކަމަކު މަ ހައިރާނެއްނުވެއެވެ. މައެއިރުވެސް ބުނީމެއްނުން ހެއްޔެވެ؟ އެސޮރު ކޮންމެއެއްޗެއް ބުޔަސް، ތިޔަ ކޭމާޓެއް ފަދަ ލޮބުވެތި ޒައީމޫ ތިޔާކާކެއުން ކައި ކައި ހުއްޓާ، މިޤައުމުގެ ފައިސާގެ އަގު ނުހިފެހެއްޓޭނެކަން ނޭގޭވަރަކަށް އެސޮރު ހެޔެއްނުނެތޭނެއެވެ. އެކަން ވީވެސް އެހެނެއްނުންހެއްޔެވެ.

ޒައީމޫއެވެ. ރުޅިނައިސް އެއްޗެއް ބުނެދީފާނަން ހެއްޔެވެ؟ ޒައީމޫގެ ފިރިހެންސޮރު ކަޅުއައިނެއް އަޅައިގެން ޒައީމޫގެ ފަހަތުގައި އެހުންނަނީ އަޅެފަހެ ކީއްކުރަން ހެއްޔެވެ؟  ޕާޓޭއިން ގޮތަށް ލޯފޮރުވަން ހެއްޔެވެ؟ ނޫނީ ޒައީމޫގެ ބޮޑީގާޑުކަން ކުރަން ހެއްޔެވެ؟ މިހެން މިއަހާލަން ޖެހުނީ އެއްކަލަ 22 ޒާހިރު އެސޮރޭކިޔައިގެން ބަވާ އަޑު މައަހައިފީމެވެ. އެސޮރު ބޮޑީގާޑަކަށްވެގެން އުޅޭތީ އަސްލު ބޮޑީގާޑުންނަށް ބަލާޔަކަށްވެއްޖެޔޯލައެވެ. އެސޮރު ބޮޑީގާޑުންނަށް އިތުބާރު ނުކުރަނީޔޯލައެވެ. އެކަމަކު އެސޮރުގެވެސް ޕޮއިންޓެއް އެބައޮތެވެ.  ބޮޑީގާޑުންނަށް އިތުބާރު ކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ ކުރިންވެސް އެއިން ގާޑަކު އޮތީ މަންމަ ތަޅާލާފައެވެ. މިފަހަރު ތަޅާލާނީ ބައްޕަ ނުންކަމެއްވެސް ނޭގެއެވެ.

ޒައީމޫއެވެ. ދެން އަސްލު މައުލޫއަށް އެނބުރިލާނަމެވެ. މަށަށްވެސްދެން ވަޒީރުކަމެއް ދޭންވީނުން ހެއްޔެވެ. މިހާރު ކެބިނެޓުން ވަޒީރުން ކެނޑެނީ، ޒައީމޫގެ ހެލޭދަތްކޮޅު ވެރޭވަރަށް ވުރެންވެސް ބާރު ސްޕީޑެއްގައެވެ. މިހާރު އެއްކަލަ ހިލްމީއާ، ވަހީއްދީނާވެސް ކެނޑެން އެތިބަ ތައްޔާރުވަނީއެވެ. ދެން ދުވަސްކޮޅަކުން ބާކީތިބޭނީ ޒާހިޔާއާއި، އައިސާއްދީ މެންކަހަލަ ޝެލްޓޮކްސް ޖެހީމާވެސް ދުރަށްދާން ނޭގޭ ދެތިން ފަނިފަކުސައެވެ. މިހާވަރުވީމާވެސް ޒައީމަށް އެންމެ ހެޔޮ އެދޭ ކާރުސަތޭއަށް ވަޒީރުކަމެއް ހަމަ ނުދޭނަން ހެއްޔެވެ؟ މަވެސް ޒައީމޫ އޮފީހުބޮޑު ކޮޓަރީގައި ފޮޓޯގަނޑެއް ކުރަހާލަން ބޭނުންވާނެ ނުން ހެއްޔެވެ.

ޒައީމޫއެވެ. ފޮޓޯނަގާ ވާހަކަދެއްކީމާ އައިޑިޔާއެއް އަތުވެއްޖެއެވެ. ސާފުކަޕުގެ ބަދަލުގައި ޒައީމޫގެ ކެބިނެޓަށް ހުވާލައިދޭތަނުގައި ފޮޓޯނެގުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލަންވީނުން ހެއްޔެވެ. އިހަށް ދުވަހު މައުސޫމާއި ޖިހާދާއި ދެމީހުން ފޮޓޯނެގިގޮތަށް ވަރަށްގިނަ މީހުން ފޮޓޯނަގަން ބޭނުންވާނެއެވެ. މިކަން ވިޔަފާރި އުސޫލުން ކޮށްފިނަމަ ބަޖެޓަށް ވަރަށްގިނަ ލާރިލިބޭނެއެވެ. ނަގާކޮންމެ ފޮޓޯއަކަށް މިލިޔަނެއްހާ ރުފިޔާ ނަގާނީއެވެ.  ޤާނޫނު އަސާސީ ބަދަލުކޮށްގެން ބޭރުމީހުންނަށް މިފުރުސަތުދޭގޮތަށް ހަމަޖެހިއްޖެނަމަ އަދި މާގިނަ ލާރިލިބޭނެއެވެ.

ބަޖެޓަށްލާރި ހޯދަން ރަށްރަށާއި، ފަޅު ފަޅާއި ކަނޑު ކަނޑު ވިއްކައި ހުސްވެއްޖެއްޔާ ދެން ނައްޓުއާއި ދެދަރިންނާއެކު ފޮޓޯނެގުމުގެ ފުރުސަތު ހުޅުވާލަންވީނުން ހެއްޔެވެ؟ ބޭރުމީހުންނަށް ފުރުސަތު ހުޅުވާލައިފިއްޔާ ވަރަށް ގިނަފައިސާ ލިބޭނެއެވެ. ބެންކޮކުގަ އިޝްތިހާރުކޮށްލަނިކޮށްވެސް ކާމިޔާބުވެދާނެއެވެ.

ޒައީމޫއެވެ. މާ ވަރުގަދަ ކެންޕޭނު ލަވައެއް ހަދައިގެން އަހަރުމެން ޕާޓީތެރޭގައި ޖެހިވާހަކަ އަޑު އަހައިފީމެވެ. ޒައީމޫއެވެ. މަވަރުގެ ގަލަން ތެޅުވޭ ފަހުލަވާނަކު ހުއްޓާ އެލަވަ ތިހެއްދީ އަޅެ ކޮން ރުނޑިޔަކު ލައްވާހެއްޔެވެ؟ ހޮވާ މިފަހަރު ރަނގަޅަށް ދޭނަމެވެ.

ދެން މިފަހަރު ކުރުކޮށްލާނަމެވެ. ޒައީމުގެ ކެބިނެޓުން ކެނޑޭމީހުނަށް ސަލާމް.

އާރިފު ހިލްމީ އެއެއްޗެއް ބޮއެގެންވެސް ޒައީމަށް ނުހެއްލުނު އެއްޗަކަށް ސަލާމް.

ޒައީމޫގެ ދޮށީސޮރު ބޮޑީގާޑު ކުޅެން އެއަޅާ ކަޅުއައިނަށް ސަލާމް.

ބަޖެޓަށް ލާރިހޯދަން ކެބިނެޓު ކޮޓަރީގައި ފޮޓޯ ނަގަން ޒައީމޫ ދޭފުރުސަތަށް ސަލާމް.

ރުނޑިންގެ ޕާޓީން އެޖަހާ ހޮވާނަމޭ ލަވަޔަށް ސަލާމް.

5 comments:

Anonymous said...

މަރުހަބާ މަރުހަބާ. ޒައީމަށް މަރުހަބާ. އަހަރެމެންގެ އާދޭސްތަކަށް އިޖާބަ ދިނީތީ. ޒައީމުގެ އަރޓިކަލްއެއް ކިއުން ފިލްމެއް ބެލުމަށް މަށް ވުރެ މަ މުނިފުހި ފިލާ.

Anonymous said...

was it written by karusathey. smooth dhivehi, flow and karusathy words are not there. sappey ru cheating us.

Anonymous said...

For a drug free maldives - Say no to maumoon

Anonymous said...

Yeah yeah it does not sound like it karusathey who wrote this. We have reasons to suspect Sappey your intregrity like you had been sold to Yaamin through Lolly. Sappey if you have a shred of integrity left prove it. Pull down your shorts and lets see your belt.

Anonymous said...

stupid politics and politician hehhehe in maldives