Saturday, 27 September 2008

ފުލުހުންނާއި ސިފައިންވެސް ވިސްނާފަ ވޯޓު ދެއްވާ

ރައްޔިތުންގެ އަޑު
 


ތިޔައިގެތެރެއިން ގިނަބޭކަލުން ގައުމަށް ހިދުމަތްކުރަމުންތިދަނީ ވަފާތެރިކަމާއި ހިތްވަރާ ފަންވަރާއިވެސް އެކުގައެވެ. ހަމައެގޮތަށް ތިޔައެންމެހާ ބޭކަލުންވެސް ބޭނުންވާނީ ތިޔަބޭކަލުން ކުރާ މަސައްކަތްތަކުގެ މުސާރައިގެ އިތުރުން އެހެނިހެން ހައްގުތަށްވެސް ހަމަހަމައަށް ލިބޭނެ އުސޫލެކެވެ. ކޮންމެ ދިވެހިދަރިޔަކަށްވެސް ގައުމަށްލިބިގެންވާ މުއްސަދިކަމުގެ އަސަރު ކުރަންޖެހޭނެއެވެ. ފުލުހުންނާއި ސިފައިންގެތެރޭ ވަކިބަޔަކަށް ބަޖެޓް ބޭނުންގޮތަކަށް ތަޅާ ސުންނާފަތިކޮށް ބޭރުދަތުރުތަކާއި، ބޭސްފަރުވާއަށް ބޭރަށްކުރާ ދަތުރުތަކާއި މަޖަލަށް ކުރާދަތުރުތަކުގައި މިންވަރެއްނެތި ހޭދަކުރަމުންދާއިރު އެއީހަމަ ރައްޔިތުންގެ ފައިސާކަން އެމީހުންނަށް ނުވިސްނެނީކީނޫނެވެ. އަމިއްލަ އެދުމުގެ ބޮޑުކަމުން ގަވާއިދުތަކާއި ޚިލާފަށް ބިޑުތައް ހަދައިގެންނާއި އެގޮތް މިގޮތުން ފައިސާތަށް ތަޅާ ހުސްކުރަނީއެވެ. މިކަން ފުލުހުންގެ މުއައްސަސާގައި ވަކިން ބޮޑެވެ. އަޅުގަނޑުމެން އެންމެހާ ދަރިން ބޭނުންވާނީ ގަވާއިދާ ޚިލާފަށް ހިނގާކޮންމެކަމެއް ރަގަޅުވުމަށެވެ.

މަގާމުގެ ކުރިއެރުންވެސް ދެމުންދަނީ ފެންނަގޮތަކަށް ބޭނުންވާ ބަޔަކަށެވެ. ބޭރުން ކޯސްތައްވެސް ދެމުން އެގެންދަނީ ހަމަ އެއުސޫލުންނެވެ. ފުލުހުންގެ ވަޒީފާއަށް ވަންނަ ފޯމު ފުރާއިރު ކިޔެވުމުގެ ފުރުސަތުތައް ލިބޭނެކަމަށް ވަރަށް ފުރިހަމަ އިބާރާތުން އޮންނައިރު ވަޒީފާ ހަމަޖެހުމަށްފަހު އެފުރުސަތު ލިބުނީ ކޮންބަޔަކަށް ހެއްޔެވެ. ތިޔަ ހުރިހާ ކުދިންގެ ކެރިޔަރ ގެއްލުނީކަހަލައެވެ. އެއްއަހަރުގެ ޕްރޮބޭސަނަރީ ޕީރަޑެއްކަމަށް ބުނެ އެއްއަހަރުވަންދެން ކިޔެވުމާއި ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތެއް ވަކިބަޔަކަށް ނޫނީ ނޯވެއެވެ.

ސިޔާސީ މިފަދަ ދަނޑިވަޅެއްގާ އެއްމެ ރަގަޅުގޮތް ވިސްނާށެވެ. ވެރިކަން ބަދަލުނުވިޔަސް ކަންތައްތަކެއް ރަގަޅުވާނެއެވެ. އެހެންނަމަވެސް ހަނދާންކުރާށެވެ. މިމުއަސަސާތަކުގެ އެކުޅިގަނޑު ހުއްޓި ހަމަހަމަކަމެއް އަންނާނީ ވެރިކަން ބަދަލުވެގެންނެވެ. ގާނޫނު ތަސްދީގުކޮށްފައިވެސް ކަމިސަނަރ އަކަށް އާދަމް ޒާހިރު ހަމަޖެއްސުމުން އެމުއައްސަސާ ހަމަ އެހިނގަނީ ކުރިންވެސް ހިނގަމުން ދިޔަގޮތަށެވެ. ރަގަޅުވީ ކޮންކަމެއް ހެއްޔެވެ. އޭރުން ހަމަތިބޭނީ މިހާރުވެސް ތިބި ހުދުމުހުތާރު ވެރިންނެވެ. ޕުރޮމޯސަން ދިނުންވެސް އޮންނާނީ ފެނިވަޑައިގަންނަވާ އުސޫލާއި އަދި މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށެވެ. ވީމާ ގައުމަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންނަމަ މައުމޫނު ނޫން މީހަކު އިހުތިޔާރުކުރުން ކޮންމެހެން ބޭނުންވެއެވެ.

ހުދުމުހުތާރު ވެރިންގެ ނޫސްބަޔާނުގައި ހަސަން ސައީދުއާއިދެކޮޅަށް ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު ބަންޑާރަ ނައިބު އޮފީހުން އޭރު ގިނަ މައްސަލަތަކެއް ޕެންޑްވިކަމަށްބުނާއިރު ފުލުސްއޮފީހުގައި ކިތައްމައްސަލަ ޕެންޑްވެފައި އެބޮތް ހެއްޔެވެ. އަހަރަކު ދިހަ ބާރަ ހާސް މައްސަލަ ހަމަ އެކަނި މާލޭން ހުށަހެޅޭއިރު އޭގެ އެއްޕަސެންޓްވެސް ސަރީއަތަށް ފޮނުވޭހެއްޔެވެ. ބޮޑެތި ޖަރީމާތައްހިންގާ ބައެއްފަރާތްތަކުގެ މައްސަލަ ކޯޓަށް ނުފޮނުވި އާދަން ޒާހިރު އަންގައިގެން ފައިލްކުރަނީ ހަސަންސައީދުގެ މައްސަލަހެއްޔެވެ. މިދިޔަ ރޯދަމަހު މުޅިމާލެ ބިރުވެރިކަމެއްގެތެރެއަށް ގެނުވި ކެމްޕަސްއާއި މިކަހަލަ ބޮޑެތި ފިހާރަތަކުގެ ބިއްލޫރިތައްތަޅާލައިގެން ވައްކަންކޮށް ފޭރުނުމީހާ ރައްޔިތުން ރެޑްހޭންޑްކޮށް އަތުލިއިރު ފުލުހުންގެ ކެމެރާތައް ކޮބާހެއްޔެވެ. އަދި ނުވީތަނަކުން އޭނާ އެހުރިހާ މައްސަލައަކަށް އިއުތިރާފްވިއިރު ސަރީއަތަށް ނުފޮނުވީ ހަސަންސައީދުގެ ބުނެގެންތޯއެވެ. ނޫންނަމަ އެޗްއެސްބީސީ މެނޭޖަރ އާދަމް ޒާހިރަށް ފޮނުވި ސިޓީ އަކުން އަބުދުﷲ ރިޔާޒުތޯއެވެ. މިކަންކަމުގެ ލިޔެކިޔުންވެސް ހުރިކަން އާދަން ޒާހިރަށް ހަދުމަކޮށްދެމެވެ. އާންމުކޮށް ބޮޑެތި ތިޖޫރިފެޅުންފަދަ މައްސަލަތަކުގައި ތަކުރާރުކޮށްގެނެވޭ އާދަންޒާހިރު ގޭދޮށު ލަންދޫގޭ ބަދީއުގެ މައްސަލަތައް ސަރީއަތަށް ނުދަނީ ހަސަން ސައީދު ބުނެގެން ހެއްޔެވެ.

ފުލުހުންގެ މުއްސަސާއަކީ އާދަން ޒާހިރާ އަބުދުﷲ ރިޔާޒުއާއި އެފްއޭ ފަޔާޒުގެ ކުންފުންޏެއް ކަހަލައެވެ. ގަވާއިދުތަކާއި ޚިލާފަށް މިއާލާތުންނަށް ފެންނަބަޔަކަށް ވަޒީފާގެ ކުރިއެރުން ދީ އެމީހުން ލައްވާ ވަކިބައެއްގެ ވަކިފާޑެއްގެ މައްސަލަތައް ބައްލުވާ ފައިލްކުރުވަނީވެސް ހަސަންސައީދު ބުނެގެންހެއްޔެވެ. ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މީހުންނަށް އަނިޔާކުރަނީވެސް ހަސަންސައީދު އަންގާފައިވާތީހެއްޔެވެ. މިހާރުވެސް ތަހުގީގު ކޮށްފައިވާ %80 ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށްފައިހުންނަނީ ގަވާއިދުތަކާއި ޚިލާފަށެވެ.

ފުލުހުންގެ މުއައްސަސާގައި ކިޔަވައިގެން ތިބިމީހުން ބޭރުކުރަން އާދަންޒާހިރު ކޮށްފައިވާ މަސައްކަތްތައް ނިކަން ދެކޭށެވެ. މީގެ ދެތިން އަހަރުކުރިން މިއާލާތުންކުރާ މިކަހަލަ ކަންތައްތައް ހުއްޓުވަން އެންމެވަރުގަދައަށް މަސައްކަތްކުރި ދީނާ ހުސޭނުއާއި މައުމޫން ހަމީދު ބޭރުކޮށްލާ ނުކިޔަވާކިތި އާލާތްގަނޑެއް އެކިއެކި ވެރިންނަށް ހެދިއެވެ. މިމީހުން ބޭރުކުރީވެސް އާދަން ޒާހިރާ ތިމަރަ ރިޔާޒު ބޭނުންވާގޮތަށް ފުލުހުންގެ ބަޖެޓުން މިއާލާތުންގެ ބިޒުނަސް ނުހިންގޭތީކަންވެސް އަހުރެމެން ދެނަހުރީމެވެ.  

ހުރިހާ ފުލުހުން ޕޮލިސްގެ އޮނިގަނޑާއި އެހެނިހެން ކަންތައްތައް އިހުހުރިގޮތް ނޫންގަތަކަށް ބަދަލުކުރެވޭނެ ގޮތަށް ވިސްނުން ބުއްދިވެރިއެވެ. މައުމޫން ވެރިކަމަށް އަތުވެއްޖެނަމަ މިބުނިކަންތައްކުރާނީ މިހާރުވެސް ކުރާ އުސޫލުންނެވެ. ވީމާ ވިސްނާފަ ވޯޓު ދެއްވާށެވެ.

Thursday, 25 September 2008

ތިންބާރު ވަކިވިއިރު އިލެކްޝަން ކޮމިޝަންގެ އެންމެ އިސް ގާނޫނީ ވަކީލަކީ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދު... މިއޮތީ ޑެމޮކްރަސީ އައިސް ނިމިފަނު

ކުނބުރުދޫ ހަސަނު (+18)


25 ސެޕްޓެންބަރ 2008

ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން އަހަރުމެންނަށް ސަލާމަތް ވެވޭނީ ކޮން ދުވަހަކުން ބާވައޭ ހިތައް އަރައެވެ. އީވާނު ނަސީމު މެން މަރާލީމާ ރައްޔިތުން ނިކުމެ ހަޅޭއްލަވައި އަހަރުމެން އެތެރެޔާއި ބޭރަށް 'ވަކި ފަލްސަފާއެއްގެ ދަށުން' ގޮޅާބޯއޭ ކިޔާ ބޭޒާރުކޮށް ޑެމޮކްރަސީ ގެންނަހަރޭ، އިންސާނީ ހައްގުތައް މޯކުޅި ހަމީދު ދެފައިދޭތެރޭން ނަގާފައި ނަމަވެސް އަހަރުމެންނަށް ދޭށޭ، ކިޔާ ހޭރި ގަތީމާ ގަންނާކުރެއްވި ބިރުން ގޮޅާބޯ މާ ވަރުގަދަ ރިފޯން ސުޕީޗެއް ދިނީއެވެ. ގާނޫނު އަސާސީ އިސްލާހު ކުރަނީޔޭ، އަމާގެ މުންޖޭ، ކިޔާ މީނަގެ ދެން ހުރި އެއްކަލަ ސާރިދޯޅު ތުންހުދު އައްބާހާ ގާނޫނު އަސާސީ އިސްލާހު ކުރަން ހަވާލުކުރީއެވެ. 3 އަހަރުވީއިރުވެސް މުޅިން އުޅުނީ ނިޒާމީ ނުކުތާއެއްގައި ތާށި ވެގެންނެވެ. އެންމެ ފަހުން އެއްކަލަ ކުރިން ޚާއްސަ މަޖުލީހުގެ ރައީސްކަމަށް ކުރިމަތިލީމާ ނަންއަނބުރާގެންދާށޭ މުހަންމަދު ހުސައިނު ލައްވާ ބުނުވި، ބުރުމާ ގާސިމު އެކަމާ ހަވާލުވެގެން ފާސްޓް ޓެރެކުގަ ގާނޫނު އަސާސީ އިސްލާހުކޮށް ނިންމާލީއެވެ. އެކަމަކު ނިންމާލި އިރު، ގޮޅާބޯ އެޔަށް ކިޔަނީ އެހެން ނަމެކެވެ. އާ ގާނޫނު އަސާސީ އެވެ. އެއީ އޭގެ ދަށުން އަދިވެސް އިތުރު 5 ވަރަކަށް އަހަރު ރައްޔިތުންގެ ކަރަށް ފައިން އަރައިގެން ހުރެވޭތޯ ބަލާށެވެ.

ކޮންމެ އަކަސް ގާނޫނު އަސާސީ ތަސްދީގުކޮށް ނިމުނު އިރު އަދިވެސް މި ގޮޅާބޯގެ ބަލާވެރިކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ހަމަ ފައިވިއްދާލައިފައި މިހިރީ ވެރިކަމަށެވެ.

އިއްޔެ ސުޕުރީމު ކޯޓަށް އިބުރާ ހުށަހެޅި މައްސަލަޔަކީ މިޔެވެ. ގާނޫނު އަސާސީގައިވާ ގޮތުން ގޮޅާބޯއަށް 7 ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެކަމެވެ. ބުރުމާ ގާސިމު ބުނިގޮތުންވެސް ޚާއްސަ މަޖުލީހުން އާ ގާނޫނު އަސާސީއެއް ހެދީކީ ނޫނެވެ. ކުރީގެ ގާނޫނު އަސާސީ އިސްލާހު ކުރީއެވެ. ދެ ދައުރަށްވުރެ އިތުރަށް ވެރިކަމުގައި އެކަކަށް ނުހުރެވޭނެޔޭ ކިޔާފައި މާއްދާއެއް ހަމަ ފާސްވާއިރަށް އެއްކަލަ ގޮޅާ ހަދާނެގޮތް ބޮޑުވެ އިސްލާހޭ ނުކިޔާ އާ ގާނޫނު އަސާސީޔޭ ކިޔަން ފެށީއެވެ. މިހާރު ދެން މީ އާ އެއްޗެއްތޯ ނުވަތަ އިސްލާހުކޮށްފައިވާ އެއްޗެއްތޯ ނިންމަން މި ޖެހެނީ ސުޕުރީމު ކޯޓަށެވެ.

ކޮންމެ އަކަސް އެތާނގައިވެސް މިތިބީ ހަމަ ގޮޅާބޯގެ މީހުންނެވެ. އޭގެ އިތުރުން އިލެކްޝަން ކަމިޝަންގެ އެންމެ އިސް ލޯޔަރަކަށް މި ދަނީ އެއްކަލަ ގޮޅާބޯގެ ފިރިހެންކުޅި ކޮއްކޮ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދެވެ. ގޮސް މި ގާނޫނު އަސާސީޔޭ، މަސްލަހަތޭ، އިންތިގާލީޔޭ، ބޭންކު އޮފް މޯލްޑިވްސްގަ އުޅޭ ފިރިހެންކުޅީ ސޮރެކޭ ކިޔާ ވީދެނީއެވެ. ދެން މިހެން ގޮސް މައްސަލަ ނިމޭއިރު ނިމޭނީ ހަމަ ގޮޅާބޯ ބޭނުންވާ ގޮތަށެވެ. ބޮޑު ބަލާއެކެވެ!

މޯކުޅި ހަމީދު ގެ ފުތް ޝާހީނު ބޮޑުބޭބެ ފެނިފަ އަމައްޔާއިވެގެން ދެފައި ދުރުނުކުރެވިފަ

މީން ކަމަކާ އަޅާ ނުލާ ޔަގީން ކަމާއެކު %51 ޕަސެންޓުން މޮޅުވާނެތީ، ރައީސް ކަމުގެ ހުވާވެސް މިހާރު ބައެއް ޕާޓީތަކުގެ ކެނޑިޑޭޓުން ފަރިތަކުރަނީއެވެ. އެކަމަކު ގޮޅާބޯ އޭނަގެ އާއިލާގައި އުޅޭ ފިރިހެންކުޅިޔާއި ވައްކަމުގެ މާހިރުން އެކި ތަންތަނަށް ލައިގެން އަދިވެސް ހަމަ ރިފޯން ކުރަނީޔެވެ.

ގޮޅާބޯއެވެ! ކަލޭގެ ރިފޯން އެޖެންޑާއެކޭ ކަދުރު އަލީގެ ނަދުރެކޭ މިވަނީ ހަމަ އެއްވަރެވެ. އަލީވެސް ކަނދުރު ރުކުން ފޭބިއްޖިއްޔާ މިވެނި ކަމެއް ކޮށްދޭނަމޭ، އެވެނިކަމެއް ކޮށްދޭނަމޭ ކިޔެވެ. އެކަމަކު ރުކުން ފޭބުނީމާ އެ ނަދުރުތައް މަތިން ހަނދާނެއް ނުވިޔެވެ. ފުއްދައެއް ނުދިނެވެ. ކަލޭވެސް 9 ޖޫން 2004 ގެ ރިފޯން ސުޕީޗުގަޔާ، ރޯޑު މެޕުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭނަމޭ ބުނިޔެވެ. އެކަމަކު ކަމެއް ވިއްޔާ މިވީ ރައްޔިތުން ނިކުމެ، އެތައް އަޑެއް އުފުލާ، އެތައް އަނިޔާއެއް ލިބުމަށްފަހުއެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ކަލޭމެން ތިތިބީ ހަމަ ހޭގައި ހެއްޔެވެ. މި ގޮޅާބޯ އަދިވެސް އެ އުޅެނީ ހަމަ ކުރިން ގަތްގަނޑު ގަންނާށެވެ. އިލެކުޝަން ކަމިޝަނޭ، ޒުހުރިއްކުއްދާގެ ޖުޑިޝަލް ސާވިސް ކަމިޝަނޭ، ސުޕުރީމު ކޯޓޭ، ފޯކޭ ކިޔަސް ތިންބާރު އަދިވެސް އޮތީ ހަމަ އެންމެ ދެމީހަކަށް ބޭނުންކުރެވޭ ގޮތަށެވެ. އެއީ ބިޑިކާ ނައްޓު އަށާއި ޒަކަރުލާ ހަމީދާ ދެމީހުންނެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން ސަލާމަތްވާން ވިސްނާށެވެ! % 51 ޕަސެންޓު ލިބޭނެތީ ހެވިފަ  ތިހެން ތިއްބާ، %75 ލިބޭނެތީ ހެވިތިއްބާ ބަރުލަމާނީ ކެމްޕޭނުގައި މަކަރާއި ހީލަތުން ބަލިގަޅުވާލިގޮތަށް މިފަހަރުވެސް ބަލިގަޅުވާލާ ފާނެވެ. ދެން، ބަލިވީ މިވެނި މީހަކާ ހެދިޔޭ، އިއްތިހާދޭ، ރަނިންމޭޓޭ، މެނިފެސްޓޯއޭ، ކިޔަކިޔާ ތިއްބާ ގޮޅާބޯ ބައިނަލް އަގުވާމީކޮށް 11 ނޮވެމްބަރުގައި އިޚުލާސްތެރިކަމާއެކު ފިސްތޯލަ ހިފައިގެން  އިބުތިހާލުވެ ހުރެ އަނެއްކާވެސް ކުރާނީ އާ ގާނޫނު އަސާސީގެ ދަށުން އާ ހުވަޔެކެވެ. އޭރުން ވަރަށް ތާހިރުވާނެއެވެ. އޭރުން ދާނީ އެހެން ރާއްޖެއަކަށެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ޒިންދާބާދު ކިޔަކަސް އަދި އެވަރަކުން ނުފުދޭނެއެވެ. ޒިންބާބުވޭގައި ދާދި މިދާކަށް ދުވަހު ކަންހިނގައި ދިޔަގޮތަށް ފިކުރު ހިންގާލާށެވެ. ވޯޓުން މޮޅުވީ އެހެންމީހެކެވެ. ވެރިކަމުގައި އެހެރީ ހަމަ އެއްކަލަ ގޮޅާބޭއެވެ. ގާނޫނު އަސާސީގައި ކޮންމެ އެއްޗެކޭ ލިޔެފައި އޮތަސް ގޮޅާބޯމެން ހަދާނީ ހަމަ ހަދާނެ އެއްޗެކެވެ. އެކަން ހަނދާން ނައްތާ ނުލާށެވެ.

 

Wednesday, 24 September 2008

ރާއްޖެ ހަލާކުވެގެން މިދިޔައީ މިޞްރުން އައި ބައިގަނޑުގެ އަތްދަށުވެފައި ނޫން ހެއްޔެވެ ؟

މުކޮޅު


24 ސެޕްޓެންބަރ 2008

ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅު ، ނާޞިރު ދައުރުގައި ، މައުމޫނާއި ، ޒާހިރުޙުސައިނާއި، ފަތުހުﷲ އަދި އިބްރާހީމް ރަޝީދު މޫސާ ، އަޙްމަދު އާދަމް ، ޙުސައިން ޢަބްދުއްރަޙުމާން މިކަހަލަ ބަޔަކު މިސްރުން ކިޔަވައިގެން  އައިސް ރާއްޖޭގައި ހުރި މައި މަދުރަސާތަކުގައި ކިޔަވައިދޭން ފެށިއެވެ. މީގެ ތެރެއިން މައުމޫނު ކަހަލަމަދު މީހަކު މެނުވީ ވެރިކަމަށް ދަހިވެތިވެގެން އަމިއްލަ އެދުން އިސްކޮށްފައެއް ނުވެއެވެ. މައުމޫނަށް ވެރިކަމުގެ މިއެދުންވެރިކަން ލައިގަތީ ވަދެވުނު ގެޔަކުންނެވެ. އެއީ އެންދެރިމާގެޔެވެ. އެގޭ ޢައްބާހާއި އިލްޔާހަކީ ޚުލްގު ނުބައި އަދި ވެރިކަމުގެ ދަހިވެތިކަން ބޮލަށް އަރާފައި ތިބި ނުބައި ނުލަފާ ޖާހިލު ދެ ވަގުންނެވެ.

ފޮޓޯ: އައްބާސް، ގޮޅާ، ފަތޭ، މޯކުޅި ހަމީދު - ޗައިނާ 1984

ޢައްބާހާ އިލްޔާހަކީ ވެރިކަމަށް ކުފޫހަމަވާ ދެމީހުންކަމަށް ނުވާތީ ، ގޭތެރެއިން ރާވައިލީ މައުމޫނު އިސް ސަފަށް ނެރެ އެގެޔަށް ވެރިކަމުގެ ބާރު ފުރޮޅައި ލުމަށެވެ. ނުބައި އެތައް ރޭވުން ތަކަކަށްފަހު ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަކާއެކު އެންދެރިމާގޭގެ ރޭވުން ކާމިޔާބު ކޮއްފިއެވެ. މައުމޫނަށް ވެރިކަން ހޯދައިދީފިއެވެ. ދެޅިޔަން ހިޔަޅުންކުރެ އުރުއްޕަތެއްނެތް ޢައްބާސް ދުއްވައިގަތީ ދިވެހިރާއްޖޭގެ އަޑާ ދިމާލަށެވެ. އެތަނަށް ދިޔައިރު ދޮން ރީތި އެނައުންސަރެއް ގޮވައިގެން އެތާ ، އަނެއް ޅިޔަނު ސަމަރޭވެސް އުޅެއެވެ. ދުވަސްކޮޅެއް ވީތަނާ ދެޅިޔަނުން އަރާރުންވެ ، ދެކަނޑިޔަކަށް އެއް އުރައެއްގައެއް ނޯވެވޭނެޔޭ ބުނެ ޢައްބާސް އެތަނުން ބޭރުވެ ، ރައީސް އޮފީހަށް ޅިޔަނު ކައިރިޔަށް ޖެހިލިއެވެ.

ބޮޑެތި ބާރުތައް ލިބިގެން ދިޔައީ އިލްޔާހަށެވެ. ޓްރޭޑާއި ، ޑިފެންސާ އެސްޓީއޯ އެވެ. މިސްރުން ކިޔަވައިގެން އައިނަމަ ޖަސްޓިސްވެސް އިލްޔާހަށް ދިނީހެވެ.

ދެންތިބީ އެކުގައި ކިޔަވައިގެން އައި ބައިގަނޑެވެ. މިބައިގަނޑުން  އެންމެ ކުރިޔަށް ޖެހިލީ ، ޒާހިރު ޙުސައިނާ ފަތުހުﷲ އެވެ. ޒާހިރު ޙުސައިނު ލީ އެޑިއުކޭޝަނަށެވެ. މިހިސާބުން ރާއްޖޭގެ ތަޢުލީމީ ބިންގާ އެދިޔައީ ފުނޑުފުނޑުވެގެންނެވެ. ޅަފަތުގެ ތަޢުލީމު ނެތް އެއްޗަކަށް ވެއްޖެއެވެ. މާ މުހިންމު އެއްޗެއް ނޫނެވެ. މަދުރަސާ ތަކުގައި ކިޔަވައިދޭ ހުރިހާ ފޮއްތައް ބަދަލުކުރަން ޖެހިއްޖެއެވެ. މައުމޫނުގެ 30 އަހަރު ، އިންސާނީ ވަސީލަތާ ދީނީ ޢަގީދާ ބަލިކަށިކުރީ މި ފޮއްތަކަށް ބަދަލު ގެނެސްގެންނެވެ. ތުއްތު ސިކުނޑިތަކަށް ދީނީ ޢަގީދާ ވެއްދުމަށް ކުރީ ސަމާސައެވެ. މާތް ﷲ އާ ރޮނަލްޑް ރޭގަނާ އަޅުވާ ކިޔާފައި ހުއްޓެވެ. އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ބެލެނިވެރިން ފާހަގަކޮށް އެފޮއް ފޮތުން އުނިކުރިއެވެ. މިހުރިހާ ކަމެއް ވީއިރުވެސް ، ޒާހިރު ޙުސައިނު ހުރީ ނާއިލާ އަށް ޑާލިންގ ކިޔާލަ ކިޔާލަ ، ހައްދިހަ ހައްވަނަ އަހަރުއްސުރެ ހުރިހާ ފޮއްތަކެއް ނާއިލާގެ ވައްގަނޑަށް ލައިގެން ހެވިފައެވެ.

ދެންހުރީ ފަތުހުﷲ އެވެ. ބުނެވޭ ގޮތުގައި ، ހިއްޕަވާލެއް ގިނަ ކަމުން އެއް އަހަރެއްގެ ބަރަކާތްތެރި ރޯދަމަހު ނަސޭހަތްދޭން ޙަރާމުން ހަރާން ޒަމާލިކަށް ދިޔައިމަ މަށަށް ނަސޭޙަތްދޭން ކޮންމެހެން އަންނާނެ ކަމެއް ނެތޭ ކިޔާފަ އެގެއިން ވަނީ ބޭރު ކޮއްލާފައެވެ. އެހެނީ ނަސޭހަތްދޭން ދިޔަ މީހާގެ ހާލު ވަކި ސަހަލެއް ނޫނެވެ. އެކަންކަން އެނގޭނީ ހަމަ އެމީހުން އެމީހުންނަށެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގެ ނެގީމައެވެ.

ދެން ތިބީ ރޮނގާލި ފައްޗެވެ. އެކި ދިމަދިމަލަށް ލައި މައުމޫނަށް މޮޅުވާނެހެން ހީވާ ގޮތްގޮތް ހަދައި ، ލަވަކިޔައި ސަނާ ކިޔަން ހަވާލު ކޮށްފައެވެ. މިކަންކަމާ އިދިކޮޅުވީ ، ކުނރިބީ އަޙްމަދު އާދަމެވެ. އެފަކީރުގެ ދުވަސް ދުއްވާލީއެވެ. މާގިނަ ދުވަހަކު ދެބަސްވެ އިދިކޮޅު ޚިޔާލު ގެންގުޅޭކަށް ފުރުޞަތެއް ނުދިނެވެ. ވަޅުލައިފިއެވެ.

މިއެންމެންވެސް ، ދެން  އިސްކުރި ، ޢުމަރު ޒާހިރުމެން ކަހަލަ ކަޗޯރުން ފަހަތުލައިގެން މިވީ 30 އަހަރު ދުވަހު ކުރިހާވެސް ކަމަކީ ، މައުމޫނުގެ ވެރިކަން ދެމެހެއްޓުމަށް ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރުމެވެ. އަޑަށް ލެވުނުހާ ބާރެއްލާފައި މައުމޫނު ވަރުގެ މީހަކު ނެތްކަމަށް އެކިތަންތަނުގައި އަދި އެކި މުނާސަބަތުތަކުގައި ދަޢުވާ ކުރުމެވެ. އެއީ އެކަން ކޮއްގެންނޫނީ ، އެމީހުންނަށް މަގާމުގައި ނުތިބެވޭނެތީއެވެ. އަދި ލިބުނުހާ ބާރަކާ ނުފޫޒެއް ބޭނުންކޮއްގެން ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ ތިމާމެންގެ ދިރިއުޅުން އާރާސްތު ނުކުރެވޭނެތީއެވެ. ހުންވަރިއެއް ވެލާއިރަށް ބެސްކުރުމަށް ސިންގަޕޫރަށް ނުދެވޭނެތީއެވެ. މާބޮޑު މަސައްކަތަކާ ނުލައި ފަޅުރަށްރަށާއި ރިސޯޓު ނުލިބޭނެތީއެވެ. ބޮޑުކުއްޔަށް އެހެން ފަރާތްތަކަށް ދޫކުރުމަށް އަތޮޅު ފިހާރަތައް ނުލިބޭނެތީއެވެ.

ޢުމަރު ޒާހިރުމެން ނާއި ދަންޑެހެލުމެން ، މޯކުޅި ޙަމީދުމެންނާއި ހަރާމުން ހަރާމުމެން ރެޔާދުވާލު ކަރުން ނާރު ނަގާފަ މައުމޫނުވަރުގެ މީހަކު ނެތޭ އެގޮވަނީ އެމީހުންގެ އަމިއްލަ އެދުމަށެވެ. މާދަމާވެސް އެހެންބަޔަކު ވެރިކަމަށް އަރާއިރަށް އެމީހުންގެ ދުވަސް ދިޔައީއެވެ. މައުމޫނު ގެއްލި ފުލްމޫނުވެސް ގެއްލުނީއެވެ.

މިތިބެނީ އަދިވެސް ބަލާށެވެ. ފެނެއެވެ. މޯކުޅި ހަމީދުމެން ޢުމަރު ޒާހިރުމެން ދަންޑެހެލުމެން ކަރުން ނާރު ނަގާފަ އަތުން ފައިން ވައްތަރު ޖައްސާފަ ޑީއާރުޕީ ކެމްޕޭނުގަ ވަށްވަށް ޖައްސާ މަންޒަރު އެބަފެނެއެވެ. ވެރިކަމަށް ދަހިވެތިވެ ބޫތުކައިފަ ތިބޭ ތަސްމީނުމެން ކަހަލަ ހޭޖެހޭ މީހުންވެސް މައުމޫނަށް ސަނާ ކިޔާތަން އެބަ ފެނެއެވެ. އެކަމަކު ދެން މިނިމުނީއެވެ. ދިވެހިރައްޔިތުން ކަލޭމެންގެ ބަހެއް ދެނެއް ނާހާނެއެވެ. ރާއްޖެ ހަލާކުވެ ގޮސްފައިމިވަނީ ކަލޭމެންނާ ހެދިއެވެ. ބޯގޯސް ޢަޖޫޒުވެ މުސްކުޅިވެފައިހުރި ޚުދުމުޚުތާރު ވެރިޔަކު ވެއްޓިގެން ދާތަން ބަލަން ނިކަން ތިބޭށެވެ.

ބުރުމާ ގާސިމު ، އަންނި ، ޑރ. ވަހީދުމެން އެތިއްބެވީ މައުމޫނު ބާލަން ނުކުންނަވައެވެ. ދިވެހި ރައްޔިތުން އެތިބީ އެބޭފުޅުންގެ ފަހަތްޕުޅުގައެވެ. ތިޔަ މިސްރުމީހުންގެ ބައިގަނޑު ވަނީ އެބައިގަނޑަށް ތަބާވި ބަޔަކާއެކު މިރާއްޖެ ހަލާކުގެ ތެރެޔަށް ވައްދާފައެވެ. މިސްރުގައި އެހިނގާ ވެރިކަމުގެ ނަމޫނާ މިރާއްޖޭގައި ދައްކަން ދެން ނޫޅޭށެވެ.

30 އަހަރުން ނުވިކަމެއް ކިތަންމެ ގިނަ ވަޢުދުތަކަކާއެކު ނުކުތަސް ނުވާނެއެވެ. ކަމެއް ވާވަރަށްވުރެ ތިޔަބައިމީހުން ތިތިބީ މުސްކުޅިވެ ގައި ބާރުދެރަވެފައެވެ. ތިހެން ތެޅެނިކޮށް ނާކާމިޔާބުވީމަ ދެން ހުއްޓޭނީ ހިތެވެ. އެކަން ނުވަނިސް އަމިއްލަ ޖާނައިގެން ސަލާމަތްވެ ދޮގުނޫނީ ހަދަން ނޭގޭ ޢަޖޫޒު މީހާއަށް ބައިޢަތުހިފުން ދޫކޮށްލާށެވެ. ބުއްދިވެރިންގެ ގޮތަކީ އެއީއެވެ.

ކިތަންމެ ލިޔުމެއް ހަދައިގެން ނެރުނަސް ނާޞިރަކީ މޮޔައެއް ނޫނެވެ. ހުވާ ނުކުރަނިސް ހަތިޔާރު ގުދަން މައުމޫނުފަދަ މީހަކާ ހަވާލު ނުކުރާނެކަން މިގައުމުގެ އެންމެ ތުއްތު ކުއްޖާއައްވެސް އެގޭނެއެވެ. ދެން ސަމާސަ ކުރަން ނޫޅޭށެވެ. ތިޔަ ކަހަލަ ރުނޑިޔަކު ދައްކާވާހަކައެއް ދިވެހި ރައްޔިތުންނެއް މިއަދު އަޑެއް ނާހާނެއެވެ.

ރާއްޖެތެރޭ މީހުންގެ ވޯޓު ގޮޅާބޯއަކަށް މުހިންމެއްނޫން، ރާއްޖެތެރޭ މީހުންނަށް ވޯޓުލެވޭނީ ކުޑަސިޓީ ހައްދައިގެންތަ؟

ރައްޔިތުންގެ އަޑު


24 ސެޕްޓެންބަރ 2008

މިދުވަސްވަރަކީ ރާއްޖޭގެ ތާރީޙްގައި ވަރައް ފާހަގަ ކޮއްލެވޭ ދުވަސް ވަރެކެވެ.ވޭތުވެ ދިޔަ 30 އަހަރުގައި ދަމަހައްޓަމުން އައި "ކުޑަކާފު ބޮޑު ކާފު"ގެ ކުޅިވަރު ނިމި ދިވެހި ރައްޔިތުންނަށް އެމީހަކު ބޭނުންވާ މީހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމުގެ އިޙްތިޔާރު ޤާނޫނު އަސާސީން ލިބިދިން ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދުވަސްވަރެވެ.

މިފަދަ މުހިއްމު އިންތިހާބެއް ބޯމަތި ވެފައި ވާ އިރު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައްވެސް އެބަހުއްޓެވެ.ކަންބޮޑު ވާންޖެހޭ މައްސަލަތައްވެސް އެބަ ހުއްޓެވެ.ވޭތުވެ ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ޤާނޫނުވެފައި ވަނީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ނުކުތާއެއް އޭގައި ހިމެނޭ ޤާނޫނެކެވެ. އާދެ!އެއީ ވޯޓް ލާންބޭނުން މީހުން ރަޖިސްޓްރީ ކުރުމަށް އޮތް ނުކުތާއެވެ.އަޅުގަނޑު ކަންބޮޑު ވަނީ މިގޮތަށް މި ނުކުތާ އޮތުމުން އެތައް ބައެއްގެ ވޯޓްލުމުގެ ހައްޤު ގެންލިގެން ދާނެތީއެވެ.އެހެނީ މިވޭތުވެ ދިޔަ 30 އަހަރު މިރާއްޖެ ތަރައްޤީ ކުރުމަށް މައުމޫން ދުރަށް ވިސްނަމުން،ރާވަމުން،ކުރަހަމުން ކުލަ ޖައްސަވާފައި ވާލެއް ފުރިހަމަކަމުން ކިތައްމެ އާދައިގެ ޒަރޫރީ ބޭނުމަކަށް ވެސް މިޖެހެނީ ކަނޑު ފަތާފަ މާލެ އަށް ދާށެވެ.

މިހެން މިކަން އޮތް އިރު އިލެކްޝަން ކޮމިޝަނުން އެއަންގާ ގޮތަށް ކަން ކޮފިއްޔާ ހަމަ ޔަޤީނުންވެސް ވޯޓް ލުމައް ލިބިފައިވާ ފުރުސަތު ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ގެއްލިގެން ދާނެއެވެ. އެގިވަޑައި ގަންނަވާނޭ ފަދައިން މާލޭގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ނިސްބަތްވާ ތިރީހަކަށް ހާހަށް ވުރެ ގިނަމީހުން މާލޭގައި އުޅޭނެއެވެ.އަދި ހުއްޓުމެއް ނެތި އަބަދުވެސް މާލެއަށް ދަތުރުވެރިން ގޮސް އައިސް ވާނެއެވެ.މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުނަށް ވޯޓް ލާ ދުވަހު މާލޭގައި ވޯޓްލެވޭނެ ކަމުގެ އުއްމީދު އޮތަސް ދަތުރުވެރިންނަށް ވޯޓް ލެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތޭ ދެންނެވިދާނެއެވެ.އެހެނީ ދަތުރުވެރިންނަށް ވޯޓްލާ ދުވަހު ތިބެވޭނީ ކޮންހިސާބެއްގައި ކަމެއް މިމަހުގެ 25 ގެ ކުރިން އެގޭނީ ކިހިނަކުން ތޯއެވެ؟ވޯޓް ލާށޭ ކިޔާފަ ކާން ބޯން ކުރާ މަސައްކަތް ހުއްޓާލެވޭހާ އަތްމަތި ތަނަވަސް މީހުން ވަރަށް މަދުވާނެއެވެ.އެހެން ކަމުން އެތައް ދަތުރު ވެރިންނެއްގެ ވޯޓް ލުމުގެ ފުރުސަތު ގެއްލިގެންދާނެކަން ޔަޤީނެވެ. ދަތުރު ވެރިންގެ އިތުރުންވެސް ވޯޓް ލުމުގެ ފުރުސަތު ގެއްލި ދާނެކަމުގެ ބިރު ހުރިހާ ރައްޔިތުންނަށްވެސް އެބަ އޮތެވެ.އެހެނީ 25 ގެ ކުރިން ވޯޓްލާން ނިއްމިތަން ބަދަލް ވުމަކީ ވަރައް ކައިރި ކަމެކެވެ.ހަމަ ކުއްލި ކަމެއް ދިމާވެގެން ވޯޓްލާން ނިއްމާފައިވާތަން ދޫކޮށް ފުރަން ޖެހުމަކީ މިރާއްޖޭގެ ހާލަތު އޮތްގޮތުން ނުވުމަށް ވުރެ،ވުން ކައިރިކަމެކެވެ. އެހެން ކަމުން އަޅުގަނޑު ދަންނަވަން އޮތީ މި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން މިހާރުވެސް ޔަޤީން ވެއްޖެ ވާހަކައެވެ.އެހެނީ އެއްވެސް މީހެއްގެ ހައްގު ގެއްލިއްޖެނަމަ އިންސާފުވެސް ގެއްލުނީއެވެ.އެހެން ކަމުން މިގޮތަށް މިކަން ނުހިގާނެ ގޮތަކަށް ގާނޫނު ބަދަލް ކުރުމަށް ގޮވާލަމެވެ.ދިވެހި ރައްޔިތެއްކަން އެގޭފަދަ ލިޔުމެއް އަތުގައި އޮވެއްޖެނަމަ ވޯޓް ފޮށި ބެހެއްޓިފައިވާ ކޮންމެ ތަނަކަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލަމެވެ.

ޚާއްސަ ލިންކު
ރިޔާސީ އިންތިޚާބު ގައި ރަށުން ބޭރުގައި ވޯޓުލުމަށް
ރަޖިސްޓްރީކުރާ ފޯމު


Monday, 22 September 2008

ގޮޅާބޯގެ ސެކިއުލަރިޒަމޭ ކިޔުނު ބުޅާ ގޯނިން ބޭރުވެއްޖެ

ޚަބަރު މުރާޖައާ


ގޮޅާބޯއަކީ ފެށުނީއްސުރެންވެސް އިލްމާނީ ޒާތުގެ ލާދީނީ ޚިޔާލު ގެންގުޅޭ މީހެއްކަން ދިވެހީން އަބަދުވެސް ދަނެއެވެ. އެހެނަސް މިކަން ޚުދު އޭނާގެ އަނގައިންބުނެވި ބުޅާ ގޯނިން ބޭރުވީ އިހަކަށްރޭ ސިޔާސަތު ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދިނުމުގެ ތެރޭގައެވެ. ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި އެސުވާލާއި، ގޮޅާބޯ ދިން ޖަވާބު މިތާގައި އަކުރުން އަކުރަށް ނަކަލުކޮށްލާނަމެވެ.

 ޝާކިރު: "2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ."

 މައުމޫން: "އެންމެފުރަތަމަ ދަންނަވާލަން ބޭނުންވަނީ ދެން ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ، އެއީ  މިޕްރޮގުރާމަކީވެސް ސިޔާސީ ޕްރޮގްރާމެއް އަދި އަޅުގަނޑު މިހާރު ތިބޭފުޅުންގެ އަރިހުގައި ވާހަކަ ދައްކަމުން މިގެންދަނީ ކުރިއަށްއޮތްތާގައި ސަރުކާރުގެ ސިޔާސަތު ގެންދާނެ ގޮތުގެ މައްޗަށް އަޅުގަނޑު ހޮވިއްޖެއްޔާ، އެހެންވީމާ މި ފޯރަމަކާ ނުގުޅޭ ދެއްތޮ. ދީނީ ކަންތައްތަކުގެ ތެރެއަށްވަންނަން، ދެން ތި ވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް،   ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ޞަރީޙަ އިބާރާތުން އެނގެންއޮތް ކަމެއްވެސް ނޫން. އެހެންވީމާ....."

ނިކަން ވިސްނާލައްވާށެވެ. ގޮޅާބޯ އެބުނަނީ " ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ،|" މިހެންނެވެ. މިއީ އިސްލާމީ ވެރިންގެ އަމަލު ހުންނންޖެހޭ ގޮތް ބާއެވެ. ނޫނީ އިލްމާނީ ޖައްބާރުން އުޅޭގޮތް ބާއެވެ.

އަނެއްކޮޅުން އާލު އިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގެ މާނާގައިވެއެވެ. " ހެޔޮކަމުގެ މަގަށްގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ...."  ގޮޅާބޯ އެގޮންޖެހީ މިއާޔަތަކަށް ނުންތޯއެވެ. މިއީ ސެކިއުލަރިޒަމް ފިޔަވައި ދެން ފަހެ ކޯންޗެއްތޯއެވެ.

ގޮޅާބޯގެ އަމަލުތައް ހުންނަގޮތުން އޭނާއަކީ އަތާތުރުކުގެ އިލްމާނީ ސިޔާސަތަށް ތާއީދު ކުރާމީހެއް ކަން ސާބިތުވެއެވެ. މިގޮތުން ތިރީގައި މިލޔާ ކަންކަން ފާހަގަ ކުރެވެއެވެ.

1.      ތުރުކީންގެ ސަޤާފީ ހެދުން އުވާލައި ހުޅަނގުގެ ހެދުން އެޅުމަށް އަތާތުރުކު ބާރުއެޅިއެވެ. ގޮޅާބޯ ހުޅަނގުގެ ކޯޓު ފަޓުލޫނާއި ސަފާރީ ސޫޓު ތައާރަފު ކުރަން އުޅުނެވެ.

2.      ތުރުކީ ތާކިހާ އަޅާމީހުންގެ ތާކިހަލާ އެއްކޮށް ބޮލުގެ ނާށިގަނޑަށް އަތާތުރުކު މޮހޮރު ޖެއްސުވިއެވެ. ގޮޅާބޯ ތުނބުޅި ނުބާލާމީހުންގެ ތުނބުޅި ޗިލީ ސޯސްލައިގެން ބޭލުވިއެވެ.

 

މިހިރަ ކަންތަކުން ގޮޅާގެ ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. ވޯޓުލުމުގެ ކުރިން ވިސްނަލައްވާށެވެ. ބޭނުމީ އިސްލާމް ދީން ތޯއެވެ. ނޫނީ ތުރުކީގައި އޮންނަކަހަލަ އިލްމާނީ ވެރިކަމެއް ތޯއެވެ.