Monday 22 September 2008

ގޮޅާބޯގެ ސެކިއުލަރިޒަމޭ ކިޔުނު ބުޅާ ގޯނިން ބޭރުވެއްޖެ

ޚަބަރު މުރާޖައާ


ގޮޅާބޯއަކީ ފެށުނީއްސުރެންވެސް އިލްމާނީ ޒާތުގެ ލާދީނީ ޚިޔާލު ގެންގުޅޭ މީހެއްކަން ދިވެހީން އަބަދުވެސް ދަނެއެވެ. އެހެނަސް މިކަން ޚުދު އޭނާގެ އަނގައިންބުނެވި ބުޅާ ގޯނިން ބޭރުވީ އިހަކަށްރޭ ސިޔާސަތު ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދިނުމުގެ ތެރޭގައެވެ. ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި އެސުވާލާއި، ގޮޅާބޯ ދިން ޖަވާބު މިތާގައި އަކުރުން އަކުރަށް ނަކަލުކޮށްލާނަމެވެ.

 ޝާކިރު: "2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ."

 މައުމޫން: "އެންމެފުރަތަމަ ދަންނަވާލަން ބޭނުންވަނީ ދެން ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ، އެއީ  މިޕްރޮގުރާމަކީވެސް ސިޔާސީ ޕްރޮގްރާމެއް އަދި އަޅުގަނޑު މިހާރު ތިބޭފުޅުންގެ އަރިހުގައި ވާހަކަ ދައްކަމުން މިގެންދަނީ ކުރިއަށްއޮތްތާގައި ސަރުކާރުގެ ސިޔާސަތު ގެންދާނެ ގޮތުގެ މައްޗަށް އަޅުގަނޑު ހޮވިއްޖެއްޔާ، އެހެންވީމާ މި ފޯރަމަކާ ނުގުޅޭ ދެއްތޮ. ދީނީ ކަންތައްތަކުގެ ތެރެއަށްވަންނަން، ދެން ތި ވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް،   ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ޞަރީޙަ އިބާރާތުން އެނގެންއޮތް ކަމެއްވެސް ނޫން. އެހެންވީމާ....."

ނިކަން ވިސްނާލައްވާށެވެ. ގޮޅާބޯ އެބުނަނީ " ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ،|" މިހެންނެވެ. މިއީ އިސްލާމީ ވެރިންގެ އަމަލު ހުންނންޖެހޭ ގޮތް ބާއެވެ. ނޫނީ އިލްމާނީ ޖައްބާރުން އުޅޭގޮތް ބާއެވެ.

އަނެއްކޮޅުން އާލު އިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގެ މާނާގައިވެއެވެ. " ހެޔޮކަމުގެ މަގަށްގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ...."  ގޮޅާބޯ އެގޮންޖެހީ މިއާޔަތަކަށް ނުންތޯއެވެ. މިއީ ސެކިއުލަރިޒަމް ފިޔަވައި ދެން ފަހެ ކޯންޗެއްތޯއެވެ.

ގޮޅާބޯގެ އަމަލުތައް ހުންނަގޮތުން އޭނާއަކީ އަތާތުރުކުގެ އިލްމާނީ ސިޔާސަތަށް ތާއީދު ކުރާމީހެއް ކަން ސާބިތުވެއެވެ. މިގޮތުން ތިރީގައި މިލޔާ ކަންކަން ފާހަގަ ކުރެވެއެވެ.

1.      ތުރުކީންގެ ސަޤާފީ ހެދުން އުވާލައި ހުޅަނގުގެ ހެދުން އެޅުމަށް އަތާތުރުކު ބާރުއެޅިއެވެ. ގޮޅާބޯ ހުޅަނގުގެ ކޯޓު ފަޓުލޫނާއި ސަފާރީ ސޫޓު ތައާރަފު ކުރަން އުޅުނެވެ.

2.      ތުރުކީ ތާކިހާ އަޅާމީހުންގެ ތާކިހަލާ އެއްކޮށް ބޮލުގެ ނާށިގަނޑަށް އަތާތުރުކު މޮހޮރު ޖެއްސުވިއެވެ. ގޮޅާބޯ ތުނބުޅި ނުބާލާމީހުންގެ ތުނބުޅި ޗިލީ ސޯސްލައިގެން ބޭލުވިއެވެ.

 

މިހިރަ ކަންތަކުން ގޮޅާގެ ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. ވޯޓުލުމުގެ ކުރިން ވިސްނަލައްވާށެވެ. ބޭނުމީ އިސްލާމް ދީން ތޯއެވެ. ނޫނީ ތުރުކީގައި އޮންނަކަހަލަ އިލްމާނީ ވެރިކަމެއް ތޯއެވެ.

No comments: