Wednesday 24 September 2008

ރާއްޖެ ހަލާކުވެގެން މިދިޔައީ މިޞްރުން އައި ބައިގަނޑުގެ އަތްދަށުވެފައި ނޫން ހެއްޔެވެ ؟

މުކޮޅު


24 ސެޕްޓެންބަރ 2008

ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅު ، ނާޞިރު ދައުރުގައި ، މައުމޫނާއި ، ޒާހިރުޙުސައިނާއި، ފަތުހުﷲ އަދި އިބްރާހީމް ރަޝީދު މޫސާ ، އަޙްމަދު އާދަމް ، ޙުސައިން ޢަބްދުއްރަޙުމާން މިކަހަލަ ބަޔަކު މިސްރުން ކިޔަވައިގެން  އައިސް ރާއްޖޭގައި ހުރި މައި މަދުރަސާތަކުގައި ކިޔަވައިދޭން ފެށިއެވެ. މީގެ ތެރެއިން މައުމޫނު ކަހަލަމަދު މީހަކު މެނުވީ ވެރިކަމަށް ދަހިވެތިވެގެން އަމިއްލަ އެދުން އިސްކޮށްފައެއް ނުވެއެވެ. މައުމޫނަށް ވެރިކަމުގެ މިއެދުންވެރިކަން ލައިގަތީ ވަދެވުނު ގެޔަކުންނެވެ. އެއީ އެންދެރިމާގެޔެވެ. އެގޭ ޢައްބާހާއި އިލްޔާހަކީ ޚުލްގު ނުބައި އަދި ވެރިކަމުގެ ދަހިވެތިކަން ބޮލަށް އަރާފައި ތިބި ނުބައި ނުލަފާ ޖާހިލު ދެ ވަގުންނެވެ.

ފޮޓޯ: އައްބާސް، ގޮޅާ، ފަތޭ، މޯކުޅި ހަމީދު - ޗައިނާ 1984

ޢައްބާހާ އިލްޔާހަކީ ވެރިކަމަށް ކުފޫހަމަވާ ދެމީހުންކަމަށް ނުވާތީ ، ގޭތެރެއިން ރާވައިލީ މައުމޫނު އިސް ސަފަށް ނެރެ އެގެޔަށް ވެރިކަމުގެ ބާރު ފުރޮޅައި ލުމަށެވެ. ނުބައި އެތައް ރޭވުން ތަކަކަށްފަހު ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަކާއެކު އެންދެރިމާގޭގެ ރޭވުން ކާމިޔާބު ކޮއްފިއެވެ. މައުމޫނަށް ވެރިކަން ހޯދައިދީފިއެވެ. ދެޅިޔަން ހިޔަޅުންކުރެ އުރުއްޕަތެއްނެތް ޢައްބާސް ދުއްވައިގަތީ ދިވެހިރާއްޖޭގެ އަޑާ ދިމާލަށެވެ. އެތަނަށް ދިޔައިރު ދޮން ރީތި އެނައުންސަރެއް ގޮވައިގެން އެތާ ، އަނެއް ޅިޔަނު ސަމަރޭވެސް އުޅެއެވެ. ދުވަސްކޮޅެއް ވީތަނާ ދެޅިޔަނުން އަރާރުންވެ ، ދެކަނޑިޔަކަށް އެއް އުރައެއްގައެއް ނޯވެވޭނެޔޭ ބުނެ ޢައްބާސް އެތަނުން ބޭރުވެ ، ރައީސް އޮފީހަށް ޅިޔަނު ކައިރިޔަށް ޖެހިލިއެވެ.

ބޮޑެތި ބާރުތައް ލިބިގެން ދިޔައީ އިލްޔާހަށެވެ. ޓްރޭޑާއި ، ޑިފެންސާ އެސްޓީއޯ އެވެ. މިސްރުން ކިޔަވައިގެން އައިނަމަ ޖަސްޓިސްވެސް އިލްޔާހަށް ދިނީހެވެ.

ދެންތިބީ އެކުގައި ކިޔަވައިގެން އައި ބައިގަނޑެވެ. މިބައިގަނޑުން  އެންމެ ކުރިޔަށް ޖެހިލީ ، ޒާހިރު ޙުސައިނާ ފަތުހުﷲ އެވެ. ޒާހިރު ޙުސައިނު ލީ އެޑިއުކޭޝަނަށެވެ. މިހިސާބުން ރާއްޖޭގެ ތަޢުލީމީ ބިންގާ އެދިޔައީ ފުނޑުފުނޑުވެގެންނެވެ. ޅަފަތުގެ ތަޢުލީމު ނެތް އެއްޗަކަށް ވެއްޖެއެވެ. މާ މުހިންމު އެއްޗެއް ނޫނެވެ. މަދުރަސާ ތަކުގައި ކިޔަވައިދޭ ހުރިހާ ފޮއްތައް ބަދަލުކުރަން ޖެހިއްޖެއެވެ. މައުމޫނުގެ 30 އަހަރު ، އިންސާނީ ވަސީލަތާ ދީނީ ޢަގީދާ ބަލިކަށިކުރީ މި ފޮއްތަކަށް ބަދަލު ގެނެސްގެންނެވެ. ތުއްތު ސިކުނޑިތަކަށް ދީނީ ޢަގީދާ ވެއްދުމަށް ކުރީ ސަމާސައެވެ. މާތް ﷲ އާ ރޮނަލްޑް ރޭގަނާ އަޅުވާ ކިޔާފައި ހުއްޓެވެ. އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ބެލެނިވެރިން ފާހަގަކޮށް އެފޮއް ފޮތުން އުނިކުރިއެވެ. މިހުރިހާ ކަމެއް ވީއިރުވެސް ، ޒާހިރު ޙުސައިނު ހުރީ ނާއިލާ އަށް ޑާލިންގ ކިޔާލަ ކިޔާލަ ، ހައްދިހަ ހައްވަނަ އަހަރުއްސުރެ ހުރިހާ ފޮއްތަކެއް ނާއިލާގެ ވައްގަނޑަށް ލައިގެން ހެވިފައެވެ.

ދެންހުރީ ފަތުހުﷲ އެވެ. ބުނެވޭ ގޮތުގައި ، ހިއްޕަވާލެއް ގިނަ ކަމުން އެއް އަހަރެއްގެ ބަރަކާތްތެރި ރޯދަމަހު ނަސޭހަތްދޭން ޙަރާމުން ހަރާން ޒަމާލިކަށް ދިޔައިމަ މަށަށް ނަސޭޙަތްދޭން ކޮންމެހެން އަންނާނެ ކަމެއް ނެތޭ ކިޔާފަ އެގެއިން ވަނީ ބޭރު ކޮއްލާފައެވެ. އެހެނީ ނަސޭހަތްދޭން ދިޔަ މީހާގެ ހާލު ވަކި ސަހަލެއް ނޫނެވެ. އެކަންކަން އެނގޭނީ ހަމަ އެމީހުން އެމީހުންނަށެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގެ ނެގީމައެވެ.

ދެން ތިބީ ރޮނގާލި ފައްޗެވެ. އެކި ދިމަދިމަލަށް ލައި މައުމޫނަށް މޮޅުވާނެހެން ހީވާ ގޮތްގޮތް ހަދައި ، ލަވަކިޔައި ސަނާ ކިޔަން ހަވާލު ކޮށްފައެވެ. މިކަންކަމާ އިދިކޮޅުވީ ، ކުނރިބީ އަޙްމަދު އާދަމެވެ. އެފަކީރުގެ ދުވަސް ދުއްވާލީއެވެ. މާގިނަ ދުވަހަކު ދެބަސްވެ އިދިކޮޅު ޚިޔާލު ގެންގުޅޭކަށް ފުރުޞަތެއް ނުދިނެވެ. ވަޅުލައިފިއެވެ.

މިއެންމެންވެސް ، ދެން  އިސްކުރި ، ޢުމަރު ޒާހިރުމެން ކަހަލަ ކަޗޯރުން ފަހަތުލައިގެން މިވީ 30 އަހަރު ދުވަހު ކުރިހާވެސް ކަމަކީ ، މައުމޫނުގެ ވެރިކަން ދެމެހެއްޓުމަށް ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރުމެވެ. އަޑަށް ލެވުނުހާ ބާރެއްލާފައި މައުމޫނު ވަރުގެ މީހަކު ނެތްކަމަށް އެކިތަންތަނުގައި އަދި އެކި މުނާސަބަތުތަކުގައި ދަޢުވާ ކުރުމެވެ. އެއީ އެކަން ކޮއްގެންނޫނީ ، އެމީހުންނަށް މަގާމުގައި ނުތިބެވޭނެތީއެވެ. އަދި ލިބުނުހާ ބާރަކާ ނުފޫޒެއް ބޭނުންކޮއްގެން ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ ތިމާމެންގެ ދިރިއުޅުން އާރާސްތު ނުކުރެވޭނެތީއެވެ. ހުންވަރިއެއް ވެލާއިރަށް ބެސްކުރުމަށް ސިންގަޕޫރަށް ނުދެވޭނެތީއެވެ. މާބޮޑު މަސައްކަތަކާ ނުލައި ފަޅުރަށްރަށާއި ރިސޯޓު ނުލިބޭނެތީއެވެ. ބޮޑުކުއްޔަށް އެހެން ފަރާތްތަކަށް ދޫކުރުމަށް އަތޮޅު ފިހާރަތައް ނުލިބޭނެތީއެވެ.

ޢުމަރު ޒާހިރުމެން ނާއި ދަންޑެހެލުމެން ، މޯކުޅި ޙަމީދުމެންނާއި ހަރާމުން ހަރާމުމެން ރެޔާދުވާލު ކަރުން ނާރު ނަގާފަ މައުމޫނުވަރުގެ މީހަކު ނެތޭ އެގޮވަނީ އެމީހުންގެ އަމިއްލަ އެދުމަށެވެ. މާދަމާވެސް އެހެންބަޔަކު ވެރިކަމަށް އަރާއިރަށް އެމީހުންގެ ދުވަސް ދިޔައީއެވެ. މައުމޫނު ގެއްލި ފުލްމޫނުވެސް ގެއްލުނީއެވެ.

މިތިބެނީ އަދިވެސް ބަލާށެވެ. ފެނެއެވެ. މޯކުޅި ހަމީދުމެން ޢުމަރު ޒާހިރުމެން ދަންޑެހެލުމެން ކަރުން ނާރު ނަގާފަ އަތުން ފައިން ވައްތަރު ޖައްސާފަ ޑީއާރުޕީ ކެމްޕޭނުގަ ވަށްވަށް ޖައްސާ މަންޒަރު އެބަފެނެއެވެ. ވެރިކަމަށް ދަހިވެތިވެ ބޫތުކައިފަ ތިބޭ ތަސްމީނުމެން ކަހަލަ ހޭޖެހޭ މީހުންވެސް މައުމޫނަށް ސަނާ ކިޔާތަން އެބަ ފެނެއެވެ. އެކަމަކު ދެން މިނިމުނީއެވެ. ދިވެހިރައްޔިތުން ކަލޭމެންގެ ބަހެއް ދެނެއް ނާހާނެއެވެ. ރާއްޖެ ހަލާކުވެ ގޮސްފައިމިވަނީ ކަލޭމެންނާ ހެދިއެވެ. ބޯގޯސް ޢަޖޫޒުވެ މުސްކުޅިވެފައިހުރި ޚުދުމުޚުތާރު ވެރިޔަކު ވެއްޓިގެން ދާތަން ބަލަން ނިކަން ތިބޭށެވެ.

ބުރުމާ ގާސިމު ، އަންނި ، ޑރ. ވަހީދުމެން އެތިއްބެވީ މައުމޫނު ބާލަން ނުކުންނަވައެވެ. ދިވެހި ރައްޔިތުން އެތިބީ އެބޭފުޅުންގެ ފަހަތްޕުޅުގައެވެ. ތިޔަ މިސްރުމީހުންގެ ބައިގަނޑު ވަނީ އެބައިގަނޑަށް ތަބާވި ބަޔަކާއެކު މިރާއްޖެ ހަލާކުގެ ތެރެޔަށް ވައްދާފައެވެ. މިސްރުގައި އެހިނގާ ވެރިކަމުގެ ނަމޫނާ މިރާއްޖޭގައި ދައްކަން ދެން ނޫޅޭށެވެ.

30 އަހަރުން ނުވިކަމެއް ކިތަންމެ ގިނަ ވަޢުދުތަކަކާއެކު ނުކުތަސް ނުވާނެއެވެ. ކަމެއް ވާވަރަށްވުރެ ތިޔަބައިމީހުން ތިތިބީ މުސްކުޅިވެ ގައި ބާރުދެރަވެފައެވެ. ތިހެން ތެޅެނިކޮށް ނާކާމިޔާބުވީމަ ދެން ހުއްޓޭނީ ހިތެވެ. އެކަން ނުވަނިސް އަމިއްލަ ޖާނައިގެން ސަލާމަތްވެ ދޮގުނޫނީ ހަދަން ނޭގޭ ޢަޖޫޒު މީހާއަށް ބައިޢަތުހިފުން ދޫކޮށްލާށެވެ. ބުއްދިވެރިންގެ ގޮތަކީ އެއީއެވެ.

ކިތަންމެ ލިޔުމެއް ހަދައިގެން ނެރުނަސް ނާޞިރަކީ މޮޔައެއް ނޫނެވެ. ހުވާ ނުކުރަނިސް ހަތިޔާރު ގުދަން މައުމޫނުފަދަ މީހަކާ ހަވާލު ނުކުރާނެކަން މިގައުމުގެ އެންމެ ތުއްތު ކުއްޖާއައްވެސް އެގޭނެއެވެ. ދެން ސަމާސަ ކުރަން ނޫޅޭށެވެ. ތިޔަ ކަހަލަ ރުނޑިޔަކު ދައްކާވާހަކައެއް ދިވެހި ރައްޔިތުންނެއް މިއަދު އަޑެއް ނާހާނެއެވެ.

1 comment:

Anonymous said...

sappey boa govee eve.