Thursday 25 September 2008

ތިންބާރު ވަކިވިއިރު އިލެކްޝަން ކޮމިޝަންގެ އެންމެ އިސް ގާނޫނީ ވަކީލަކީ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދު... މިއޮތީ ޑެމޮކްރަސީ އައިސް ނިމިފަނު

ކުނބުރުދޫ ހަސަނު (+18)


25 ސެޕްޓެންބަރ 2008

ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން އަހަރުމެންނަށް ސަލާމަތް ވެވޭނީ ކޮން ދުވަހަކުން ބާވައޭ ހިތައް އަރައެވެ. އީވާނު ނަސީމު މެން މަރާލީމާ ރައްޔިތުން ނިކުމެ ހަޅޭއްލަވައި އަހަރުމެން އެތެރެޔާއި ބޭރަށް 'ވަކި ފަލްސަފާއެއްގެ ދަށުން' ގޮޅާބޯއޭ ކިޔާ ބޭޒާރުކޮށް ޑެމޮކްރަސީ ގެންނަހަރޭ، އިންސާނީ ހައްގުތައް މޯކުޅި ހަމީދު ދެފައިދޭތެރޭން ނަގާފައި ނަމަވެސް އަހަރުމެންނަށް ދޭށޭ، ކިޔާ ހޭރި ގަތީމާ ގަންނާކުރެއްވި ބިރުން ގޮޅާބޯ މާ ވަރުގަދަ ރިފޯން ސުޕީޗެއް ދިނީއެވެ. ގާނޫނު އަސާސީ އިސްލާހު ކުރަނީޔޭ، އަމާގެ މުންޖޭ، ކިޔާ މީނަގެ ދެން ހުރި އެއްކަލަ ސާރިދޯޅު ތުންހުދު އައްބާހާ ގާނޫނު އަސާސީ އިސްލާހު ކުރަން ހަވާލުކުރީއެވެ. 3 އަހަރުވީއިރުވެސް މުޅިން އުޅުނީ ނިޒާމީ ނުކުތާއެއްގައި ތާށި ވެގެންނެވެ. އެންމެ ފަހުން އެއްކަލަ ކުރިން ޚާއްސަ މަޖުލީހުގެ ރައީސްކަމަށް ކުރިމަތިލީމާ ނަންއަނބުރާގެންދާށޭ މުހަންމަދު ހުސައިނު ލައްވާ ބުނުވި، ބުރުމާ ގާސިމު އެކަމާ ހަވާލުވެގެން ފާސްޓް ޓެރެކުގަ ގާނޫނު އަސާސީ އިސްލާހުކޮށް ނިންމާލީއެވެ. އެކަމަކު ނިންމާލި އިރު، ގޮޅާބޯ އެޔަށް ކިޔަނީ އެހެން ނަމެކެވެ. އާ ގާނޫނު އަސާސީ އެވެ. އެއީ އޭގެ ދަށުން އަދިވެސް އިތުރު 5 ވަރަކަށް އަހަރު ރައްޔިތުންގެ ކަރަށް ފައިން އަރައިގެން ހުރެވޭތޯ ބަލާށެވެ.

ކޮންމެ އަކަސް ގާނޫނު އަސާސީ ތަސްދީގުކޮށް ނިމުނު އިރު އަދިވެސް މި ގޮޅާބޯގެ ބަލާވެރިކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ހަމަ ފައިވިއްދާލައިފައި މިހިރީ ވެރިކަމަށެވެ.

އިއްޔެ ސުޕުރީމު ކޯޓަށް އިބުރާ ހުށަހެޅި މައްސަލަޔަކީ މިޔެވެ. ގާނޫނު އަސާސީގައިވާ ގޮތުން ގޮޅާބޯއަށް 7 ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެކަމެވެ. ބުރުމާ ގާސިމު ބުނިގޮތުންވެސް ޚާއްސަ މަޖުލީހުން އާ ގާނޫނު އަސާސީއެއް ހެދީކީ ނޫނެވެ. ކުރީގެ ގާނޫނު އަސާސީ އިސްލާހު ކުރީއެވެ. ދެ ދައުރަށްވުރެ އިތުރަށް ވެރިކަމުގައި އެކަކަށް ނުހުރެވޭނެޔޭ ކިޔާފައި މާއްދާއެއް ހަމަ ފާސްވާއިރަށް އެއްކަލަ ގޮޅާ ހަދާނެގޮތް ބޮޑުވެ އިސްލާހޭ ނުކިޔާ އާ ގާނޫނު އަސާސީޔޭ ކިޔަން ފެށީއެވެ. މިހާރު ދެން މީ އާ އެއްޗެއްތޯ ނުވަތަ އިސްލާހުކޮށްފައިވާ އެއްޗެއްތޯ ނިންމަން މި ޖެހެނީ ސުޕުރީމު ކޯޓަށެވެ.

ކޮންމެ އަކަސް އެތާނގައިވެސް މިތިބީ ހަމަ ގޮޅާބޯގެ މީހުންނެވެ. އޭގެ އިތުރުން އިލެކްޝަން ކަމިޝަންގެ އެންމެ އިސް ލޯޔަރަކަށް މި ދަނީ އެއްކަލަ ގޮޅާބޯގެ ފިރިހެންކުޅި ކޮއްކޮ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދެވެ. ގޮސް މި ގާނޫނު އަސާސީޔޭ، މަސްލަހަތޭ، އިންތިގާލީޔޭ، ބޭންކު އޮފް މޯލްޑިވްސްގަ އުޅޭ ފިރިހެންކުޅީ ސޮރެކޭ ކިޔާ ވީދެނީއެވެ. ދެން މިހެން ގޮސް މައްސަލަ ނިމޭއިރު ނިމޭނީ ހަމަ ގޮޅާބޯ ބޭނުންވާ ގޮތަށެވެ. ބޮޑު ބަލާއެކެވެ!

މޯކުޅި ހަމީދު ގެ ފުތް ޝާހީނު ބޮޑުބޭބެ ފެނިފަ އަމައްޔާއިވެގެން ދެފައި ދުރުނުކުރެވިފަ

މީން ކަމަކާ އަޅާ ނުލާ ޔަގީން ކަމާއެކު %51 ޕަސެންޓުން މޮޅުވާނެތީ، ރައީސް ކަމުގެ ހުވާވެސް މިހާރު ބައެއް ޕާޓީތަކުގެ ކެނޑިޑޭޓުން ފަރިތަކުރަނީއެވެ. އެކަމަކު ގޮޅާބޯ އޭނަގެ އާއިލާގައި އުޅޭ ފިރިހެންކުޅިޔާއި ވައްކަމުގެ މާހިރުން އެކި ތަންތަނަށް ލައިގެން އަދިވެސް ހަމަ ރިފޯން ކުރަނީޔެވެ.

ގޮޅާބޯއެވެ! ކަލޭގެ ރިފޯން އެޖެންޑާއެކޭ ކަދުރު އަލީގެ ނަދުރެކޭ މިވަނީ ހަމަ އެއްވަރެވެ. އަލީވެސް ކަނދުރު ރުކުން ފޭބިއްޖިއްޔާ މިވެނި ކަމެއް ކޮށްދޭނަމޭ، އެވެނިކަމެއް ކޮށްދޭނަމޭ ކިޔެވެ. އެކަމަކު ރުކުން ފޭބުނީމާ އެ ނަދުރުތައް މަތިން ހަނދާނެއް ނުވިޔެވެ. ފުއްދައެއް ނުދިނެވެ. ކަލޭވެސް 9 ޖޫން 2004 ގެ ރިފޯން ސުޕީޗުގަޔާ، ރޯޑު މެޕުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭނަމޭ ބުނިޔެވެ. އެކަމަކު ކަމެއް ވިއްޔާ މިވީ ރައްޔިތުން ނިކުމެ، އެތައް އަޑެއް އުފުލާ، އެތައް އަނިޔާއެއް ލިބުމަށްފަހުއެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ކަލޭމެން ތިތިބީ ހަމަ ހޭގައި ހެއްޔެވެ. މި ގޮޅާބޯ އަދިވެސް އެ އުޅެނީ ހަމަ ކުރިން ގަތްގަނޑު ގަންނާށެވެ. އިލެކުޝަން ކަމިޝަނޭ، ޒުހުރިއްކުއްދާގެ ޖުޑިޝަލް ސާވިސް ކަމިޝަނޭ، ސުޕުރީމު ކޯޓޭ، ފޯކޭ ކިޔަސް ތިންބާރު އަދިވެސް އޮތީ ހަމަ އެންމެ ދެމީހަކަށް ބޭނުންކުރެވޭ ގޮތަށެވެ. އެއީ ބިޑިކާ ނައްޓު އަށާއި ޒަކަރުލާ ހަމީދާ ދެމީހުންނެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން ސަލާމަތްވާން ވިސްނާށެވެ! % 51 ޕަސެންޓު ލިބޭނެތީ ހެވިފަ  ތިހެން ތިއްބާ، %75 ލިބޭނެތީ ހެވިތިއްބާ ބަރުލަމާނީ ކެމްޕޭނުގައި މަކަރާއި ހީލަތުން ބަލިގަޅުވާލިގޮތަށް މިފަހަރުވެސް ބަލިގަޅުވާލާ ފާނެވެ. ދެން، ބަލިވީ މިވެނި މީހަކާ ހެދިޔޭ، އިއްތިހާދޭ، ރަނިންމޭޓޭ، މެނިފެސްޓޯއޭ، ކިޔަކިޔާ ތިއްބާ ގޮޅާބޯ ބައިނަލް އަގުވާމީކޮށް 11 ނޮވެމްބަރުގައި އިޚުލާސްތެރިކަމާއެކު ފިސްތޯލަ ހިފައިގެން  އިބުތިހާލުވެ ހުރެ އަނެއްކާވެސް ކުރާނީ އާ ގާނޫނު އަސާސީގެ ދަށުން އާ ހުވަޔެކެވެ. އޭރުން ވަރަށް ތާހިރުވާނެއެވެ. އޭރުން ދާނީ އެހެން ރާއްޖެއަކަށެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ޒިންދާބާދު ކިޔަކަސް އަދި އެވަރަކުން ނުފުދޭނެއެވެ. ޒިންބާބުވޭގައި ދާދި މިދާކަށް ދުވަހު ކަންހިނގައި ދިޔަގޮތަށް ފިކުރު ހިންގާލާށެވެ. ވޯޓުން މޮޅުވީ އެހެންމީހެކެވެ. ވެރިކަމުގައި އެހެރީ ހަމަ އެއްކަލަ ގޮޅާބޭއެވެ. ގާނޫނު އަސާސީގައި ކޮންމެ އެއްޗެކޭ ލިޔެފައި އޮތަސް ގޮޅާބޯމެން ހަދާނީ ހަމަ ހަދާނެ އެއްޗެކެވެ. އެކަން ހަނދާން ނައްތާ ނުލާށެވެ.

 

6 comments:

Anonymous said...

އެމްޑީޕީގަ އެހެރަ ބޮޑުގޮޅާ (ބުއްޅަބެ) ވެރިކަމަށް ދަހިވެތިވެފަ ހުރިވަރަކުން ތިކަމެއްނުވާނެ. ހަމަ ކާމިނީގޭ ބޮޑު ގޮޅާ އަރާނީ. ދެން ގާސިމޭ ފޯކޭ ކިޔާފަ އެމްޑީޕީ ލުއްޗާތއްވީދޭނެ. އެކަމަކު އެބުއްޅަ ވެރިކަމަށް ދަހިނުވި ނަމަ އެމްޑީޕީ އޭގެ ގޮތުގަ އޭގެ ރޫހުގަ ގޮސް މިކަން ނިންމީސް. ދެންވެސް ސަލާމަތް ވޭތޯ ވޯޓް ފޯ ޗޭންޖް. ގާސިމް

Anonymous said...

mi liumugaivanee varah ves hageegee vaahaka thakeh. alhugadah kamunun liuneema baeh faharu kiyaa meehun ladhuganna goiy medhuverivey. bahuruva reethi koh lavvaa.

Anonymous said...

ސައިތާނު ގޮޅާބޯ މިފަހަރު ބަޑިގުދަނުގައި ކަންނޭގެ ހުވާކުރާނީ، ފަހަރެއްގައިވެސް ގޮޅާބޯ މައުމޫނުގެ ނުބައިހިޔަޅުކަން ހަނދާން ނައްތާލައިގެން ނުވާނެ ، އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވޭނީ މިގޮޅާބޯގެ ވެރިކަން ނިމުމަކައްގެނެވުނީމައިނޫންބާ! އަންނިއެއް އިބުރާއެއް، ގާސިމެއް ކިޔާނެކަމެއްނެއް. މިގޮޅާ މާނުލަފާ މިމީސްމީހުންނެއްވުރެ! މިޤައުމުގައި ފިރިހެނުންގެ ހީސިބޮމުން ދުވީ މީނާޒު ހަމީދު ހެހެހެ ކަކަކަކަ. މޯކުޅިހަމީދުއާއި އަންނިޔާ އަމެއްކާ ކޮންގުޅުމެއްބާ އޮންނަނީ، މިދިވެހިރާއްޖޭން ވެސް ބޮޅާބޯ މޯކުޅި ކުރިއެރުވީ އަނެއްކާ އަނެއްދިވެހިރާއްޖޭން މޯކުޅި ނައްތާލާނޭވާހަކަ ނެތޭ އަންނި މަނިފެސްތޯ ގައި.

Anonymous said...

މޯކުޅި ރާޖާޔާ އޭނަގެ ފެމިލީގެ މާސްޓަރޕްލޭން ގެ ދަށުގައި ދިވެހިން ކިތަންމެ ރަގަޅަކަށްވެސް މިތިބީ ޖެހި ތާށިވެފާ. ގޮޅާބޯ އަކީ ޤުރުޢާން ބަދަލުކުރާ ކަލޭގެ. އޭނާ ބަދަލުކުރުމަށް ޖެހިލުންވާނެ އެއްވެސް އެއްޗެއް ނޯންނާނެ.

Anonymous said...

hama ehthathaneh ga jehenynii system eh nethiyyaa .. kuriiga oiy system ga verikan konmme miihaku kuri namaves vaanii ehen .. mii ge emme muhimmu echchakii furihama system eh othun ..

Anonymous said...

its not nice story ithink this website is over