Wednesday 17 September 2008

މައުމޫނަކީ " ދޮގު " ވެރިއެއް

މުކޮޅު


މައުމޫނުގެ 30 އަހަރުގެ ވެރިކަން ބިނާވެފައި އޮތީ މުޅިންވެސް ދޮގާއި މަކަރާ ޙީލަތާ އަދި ފަސާދައިގެ މައްޗަށެވެ. އެކަން ދިވެހި ކޮންމެ ދަރިޔަކަށްވެސް އެނގި ކަށަވަރު ވާނެއެވެ. ޤާނޫނާ ޚިލާފަށް ހަތިޔާރު ހިފައިގެން ހުރެ ރައީސްކަމުގެ ހުވާ ކުރި ހިސާބުން އެއީ ޢިލްމުވެރިއެއް ކަމުގެ ސުއާލު އުފެދެއެވެ. ﷲ ގަންދީ ބަޑިހިފައިގެންހުރެ  ޤާނޫނާ ޚިލާފަށް އެކުރި ހުވައެއް އެކުރީ ދޮގު ހުވައެއެގެ ގޮތުގައެވެ.

ދޮގުގެ މައްޗަށް ދޮގެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިންތިޚާބު ކައިރި ވީމަ ރަށްފުށޫގެ ރައްޔިތުންނަށް ދޮގު ހަދިޔާ ކުރެއެވެ. ފަޅު ފުންކޮށްދޭން ، މިސްކިތް އަޅައިދޭން ، ފާލަން އަޅައިދޭން ދޮގު ވަޢުދުތައް ވެއެވެ. ރައްޔިތުންނަށް އޮޅުވާލައިގެން މަކަރާ ޙީލަތުން ވޯޓުލައްވާ ، އަދި ނުވީތާކަށް ވޯޓު އޮޅުވާލައިގެންނާއި ވަގުވޯޓުއަޅައިގެން ރައީސްކަމަށް އަމިއްލަޔަށް ހޮވެއެވެ. މަކަރާ ޙީލަތުންނެވެ. ބާރުގެ ބޭނުން ކޮށްގެންނެވެ.

ރައީސްކަމަށް ހޮވުނީމަ ، އާ ދައުރަކަށް ދޮގު ހުވާ ކޮށްފާ ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާނެއް އިއްވައެވެ. މިބަޔާނުގައިވެސް ކޮންމެ ފަހަރަކު ހަދަނީ ހުސް ދޮގެވެ. ކުރިޔަށް އޮންނަ އަހަރު ރައްޔިތުންނަށް ކޮށްދޭން ބުނާ ގިނަ ކަންތައްތައް އަހަރު ނިމޭއިރު ކޮށެއް ނުދެވެއެވެ. މިކަމާ ސުއާލެއް ނުކުރެވެއެވެ. ސުއާލު ކުރާ މީހާ އޮންނަން ޖެހެނީ ޖަލުގެ ގޮޅިތެރޭ އާދަން ޒާހިރުގެ ބެލުމުގެ ދަށުގައެވެ. އެތަނުން ކޮންމެވެސް ދުވަހަކުން ނުކުމެވުނަސް ނުކުމެވޭއިރު އޮންނަނީ ގުދާރު ބިދި އަލުން ދުނިޔޭގައި ނޫޅެވޭވަރަށް އަނިޔާކޮށް ދުނިޔެއިން ބާކީ ކޮށްލާފައެވެ.

ފަސާދައިގެ އަލިފާން ގަނޑުން މުޅި ދިވެހި އުންމަތް އޮންނަނީ އަނދައަނދައެވެ. މޯކުޅި ޙަމީދާއި ތުންހުދު ޢައްބާސްމެންގެ 24 ގަޑިއިރުގެ މަސައްކަތަކީ ، ފިތުނަ ފަސާދަ އުފެއްދުމެވެ. އެމީހުންނަށް އަޅުކަން ނުކުރާހެން ހީވާ މީހެއް ވިއްޔާ ދުވަސް ދުއްވާލުމެވެ. ކައިރީގެންގުޅޭ މިނިސްޓަރުން ރާބޮއިގެން ޢަމަލުވެގެން ތެޅޭއިރު ކުރެވޭ އެއްކަމެއްވެސް ނެތެވެ. ތިމާގެ ދަރިން ، ޢާއިލާގެ ކުދިންލިބޭ މީހުންގެ ދަރިން މަސްތުވާ ތަކެތި ބޭނުންކޮށްގެން ޢަމަލުވެގެން މުޅި ރަށުތެރޭ ތެޅިބާލާއިރު ކުރެވޭ އެއްކަމެއްވެސް ނެތެވެ. މީގެ ތެރޭގައި އޭކޭ 47 ގެ ހުރި ހަމައެކަނި ފިރިހެންދަރިވެސް ހިމަނަން ޖެހެއެވެ. މަސްތުވާ ތަކެތި ބޭނުންކޮއްގެން ޢަމަލުވެގެން ތެލޭ އިރު ، އޭކޭ 47 ހޯމް މިނިސްޓަރަށްވެހުރެ ފުލުހުންގެ ވެރިޔަކަށްވެ ހުރެ އެއުޅެނީ އަމިއްލަ ދަރިވެސް އެކަމުން ސަލާމަތް ނުކުރެވިގެންނެވެ. ކަންތައްމާ ބޮޑުވާން ފެށީމް ފިލަން ވެގެން އެއްފަހަރު ލަންކާއަށް ގެންދާނެއެވެ. އަނެއްފަހަރު މެލޭސިއާ އަށް ގެންދާނެއެވެ. އެވަރުންވެސް ފިޔަވަޅު އަލާކަށް ނުކުރެއެވެ. އޭކޭ 47 ގެ ދަރި ވީމަ މަސްތުވާ ތަކެތި ބޭނުން ކުރިޔަސް އެއީ ކަމެއް ނޫނެވެ.

މޯކުޅި ޙަމީދުމެން އަމިއްލަ ދަރިއާއެކު އެއް ޖިންސުން ގުޅުން ހިންގީމަވެސް ފިޔަވަޅެއް ނޭޅެއެވެ. އެކަމާ ލަދުގަންނަން މިޖެހެނީ ރައްޔިތުންނެވެ. އެއީ ޤާނޫނުން އިސްތިސްނާވާ ، ވެރިކަން ދަމަހައްޓަން ޤާނޫނާ ޚިލާފަށް ދައުލަތަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއް ވީމައެވެ. ޙުސެނިކުމެން އޭދަފުށީ ސަލީމުމެން ކުޑަކަކޫ ޖަހައިގެން ބާއްވާފަ ވަޒީފާއަދާކުރުވޭތީ ، ބަޖެޓް ކާލިޔަސް އަދަބެއް ނުދެވެއެވެ. ތުން ހުދު ޢައްބާސްމެން ތަންތާ ހުޅުޖަހާ ކުރިއަރައިދާ ވަކިވަކި ފަރުދުންގެ ދުވަސް ދުއްވާލަމުން ދާއިރުވެސް އާދަން ޒާހިރަކަށް ނުފެނެއެވެ. ފަޒާއަށް ވަޔަށް ބަޑިޖަހާ ޖަލުމީހުންނަށް އަނިޔާކޮށް މީހުން މަރަމުންދާ އިރުވެސް ، ސިފައިންގެ ވެރިންނަކަށް ކަމެއް ނުވެއެވެ.

ޢަދުލު އިންސާފު އެއްގޮތަކަށްވެސް ނެތި ، އަނިޔާ އާއި ނިޔާ ވަނީ އޮޅިފައެވެ. ދީން ބޭނުންކޮށްފައިވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ވެރިކަމުގައި ގިނަދުވަހު ދެމިހުންނަންވެގެން ، ދިވެހިރައްޔިތުން ބިރުގަންނަވާ ހަތިޔާރެއްގެ ގޮތުގައެވެ. ޙަރާމުން ޙަރާމަށް ދީނީ އިމާމުކަންދީ އިމާމުކަން ކުރާނެގޮތް ބުނެދެނީ މައުމޫނެވެ. ޙުކުމްތައް އަންނަނީ އަންގާ ގޮތަށް ބާވާލެއްވިގެންނެވެ.

ޒިނޭކުރުމާއި ޓެކުމާ ފޭރުން  އަދި ވައްކަން ކުރުން ވަނީ އިންތިހާއަށް ގޮހެވެ. އެކަކު އަނެކަކަށް އިޙުތިރާމްކުރުން ވަނީ ގެއްލިފައެވެ. ސްކޫލްތަކުން ފެށިގެން ތުއްތު ކުދިން ކިޔަވާ ފޮތްތަކުން ދީނީ ޢަޤީދާވަނީ ފުހެލެވިފައެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް އިޖުތިމާޢީ ހަމަޖެހުން ގެއްލި ި އިޖުތިމާޢީ ފޭރާން ވަނީ ފޮތިއަޅާ ކޮޅުން ނުލާވަރަށް ވީދިފައެވެ. ޤާނޫނާއި ޤަވާޢިދު ހިންގަނީ އެއްބަޔަކަށެވެ. މަތީމަޤާމާއި ވަޒީފާގެ ކުރިއެރުން ލިބެނީ ޚުޝާމަދުކޮށް ސަނާ ކިޔާ މީހުންނަށެވެ.

ގަބޫލުކުރިޔަސް ނުކުރިޔަސް ، މައުމޫނުގެ އަނިޔާވެރިކަން ، ޖިސްމާނީ ގޮތުން ނޫނިއްޔާ ނަފުސާނީގޮތުން ނުފޯރާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެއެވެ.

ޙަޤީޤަތަކީ މިއީއެވެ. ޒަޢީމު ދިވެހިރައްޔިތުންގާތު ތިވިދާޅުވަނީ މިޙަޤީޤަތްތައް ޤަބޫލުކުރާށޭތޯއެވެ. ނޫނެކެވެ. މިޙަޤީޤަތްތަކުގެ މައްޗަށް އާ އުސްމިންތަކަކަށް މިރާއްޖެ ގެންދާކަށެއް ދިވެހި އެއްވެސް ރައްޔިތަކު ބޭނުމެއް ނޫނެވެ. ތިއިއްވެވި މެނިފެސްޓޯގެ ވަޢުދުތަކަށް އަތްތިލަބަޑި ޖަހަން ސަރުކާރު މުއައްޒަފުން ގެންގޮސް ގުނބޯ ގުނބޯ ގޮއްވިދާނެއެވެ. އެއީ މައުމޫނުގެ އަޅުން ހެއްޔެވެ. އޭގެ ތެރޭގައި ގިނައީ މައުމޫނުގެ އަނިޔާއެއް ކޮންމެވެސް ގޮތަކުން ފޯރާފައިތިބި މީހުންނެވެ. ކުރީބަރީގައި ދަރިންނާ ދަނބިދަރިން އަދި އަޅުން ނުވަތަ މިނިސްޓަރުން ބައިތިއްބައިގެން ހެއްދިޔަކަސް ދިވެހި ރައްޔިތުންނެއް ދެނެއް ނުހެއްދޭނެއެވެ. އޭގެ ތެރެއިން ގިނަމީހުން ތިތަނަކަށް ގޮސް އަތްޖަހާ މައުމޫނަށް އެ ސަޖިދަ ޖަހަނީ އެހެން ގޮތެއް މިވަގުތު ނެތިގެންނެވެ. ނޫނީ މަޤާމުގެ ކުރިއެރުން ބޭނުން ވެގެން އަމިއްލަ އެދުމަށެވެ.

މައުމޫނަކީ މިރާއްޖޭގައި ވެރިކަންކުރަން މިހާރު ކަމުދާނެ މީހެއް ނޫނެވެ. ޚުދުމުޚުތާރުކަމުން އަމިއްލަ ޕާޓީވެސް ތިއޮތީ ގޮށްމުށުގެ ބާރުގެ ދަށަށް ލާފައެވެ. އެހެން މީހަކަށް ފުރުޞަތއް ނުލިބޭގޮތަށް ޒަޢީމުގެ އަންބޮނޑިޔަށް ލާފައެވެ. ތިވެސް އެއްޗަކަށްވާނީ ވާދަކޮށްގެން ޒަޢީމުކަމަށް އައި ނަމަނޫން ހެއްޔެވެ. މިކަމުންވެސް ، ވެރިކަމަށް މައުމޫނު ބޫތު ކައިފަހުރި ވަރު އެބަ އެނގެއެވެ. 30 އަހަރު ނުފުދިގެން ވެރިކަމާ މަރުފަލި ޖަހާއިރު މިހާރު ދިވެހިން މިތިބީ ހޭލައެވެ. ދެނެއް މައުމޫނަކަށް އަހަރެމެން ހައްލައެއް ނުލެވޭނެއެވެ. ﷲ ، މިދިވެހިރާއްޖެ މައުމޫނުގެ ކިބައިން ސަލާމަތް ކޮށްދެއްވާށިއެވެ.

No comments: