Wednesday 24 September 2008

ރާއްޖެތެރޭ މީހުންގެ ވޯޓު ގޮޅާބޯއަކަށް މުހިންމެއްނޫން، ރާއްޖެތެރޭ މީހުންނަށް ވޯޓުލެވޭނީ ކުޑަސިޓީ ހައްދައިގެންތަ؟

ރައްޔިތުންގެ އަޑު


24 ސެޕްޓެންބަރ 2008

މިދުވަސްވަރަކީ ރާއްޖޭގެ ތާރީޙްގައި ވަރައް ފާހަގަ ކޮއްލެވޭ ދުވަސް ވަރެކެވެ.ވޭތުވެ ދިޔަ 30 އަހަރުގައި ދަމަހައްޓަމުން އައި "ކުޑަކާފު ބޮޑު ކާފު"ގެ ކުޅިވަރު ނިމި ދިވެހި ރައްޔިތުންނަށް އެމީހަކު ބޭނުންވާ މީހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމުގެ އިޙްތިޔާރު ޤާނޫނު އަސާސީން ލިބިދިން ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދުވަސްވަރެވެ.

މިފަދަ މުހިއްމު އިންތިހާބެއް ބޯމަތި ވެފައި ވާ އިރު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައްވެސް އެބަހުއްޓެވެ.ކަންބޮޑު ވާންޖެހޭ މައްސަލަތައްވެސް އެބަ ހުއްޓެވެ.ވޭތުވެ ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ޤާނޫނުވެފައި ވަނީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ނުކުތާއެއް އޭގައި ހިމެނޭ ޤާނޫނެކެވެ. އާދެ!އެއީ ވޯޓް ލާންބޭނުން މީހުން ރަޖިސްޓްރީ ކުރުމަށް އޮތް ނުކުތާއެވެ.އަޅުގަނޑު ކަންބޮޑު ވަނީ މިގޮތަށް މި ނުކުތާ އޮތުމުން އެތައް ބައެއްގެ ވޯޓްލުމުގެ ހައްޤު ގެންލިގެން ދާނެތީއެވެ.އެހެނީ މިވޭތުވެ ދިޔަ 30 އަހަރު މިރާއްޖެ ތަރައްޤީ ކުރުމަށް މައުމޫން ދުރަށް ވިސްނަމުން،ރާވަމުން،ކުރަހަމުން ކުލަ ޖައްސަވާފައި ވާލެއް ފުރިހަމަކަމުން ކިތައްމެ އާދައިގެ ޒަރޫރީ ބޭނުމަކަށް ވެސް މިޖެހެނީ ކަނޑު ފަތާފަ މާލެ އަށް ދާށެވެ.

މިހެން މިކަން އޮތް އިރު އިލެކްޝަން ކޮމިޝަނުން އެއަންގާ ގޮތަށް ކަން ކޮފިއްޔާ ހަމަ ޔަޤީނުންވެސް ވޯޓް ލުމައް ލިބިފައިވާ ފުރުސަތު ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ގެއްލިގެން ދާނެއެވެ. އެގިވަޑައި ގަންނަވާނޭ ފަދައިން މާލޭގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ނިސްބަތްވާ ތިރީހަކަށް ހާހަށް ވުރެ ގިނަމީހުން މާލޭގައި އުޅޭނެއެވެ.އަދި ހުއްޓުމެއް ނެތި އަބަދުވެސް މާލެއަށް ދަތުރުވެރިން ގޮސް އައިސް ވާނެއެވެ.މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުނަށް ވޯޓް ލާ ދުވަހު މާލޭގައި ވޯޓްލެވޭނެ ކަމުގެ އުއްމީދު އޮތަސް ދަތުރުވެރިންނަށް ވޯޓް ލެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތޭ ދެންނެވިދާނެއެވެ.އެހެނީ ދަތުރުވެރިންނަށް ވޯޓްލާ ދުވަހު ތިބެވޭނީ ކޮންހިސާބެއްގައި ކަމެއް މިމަހުގެ 25 ގެ ކުރިން އެގޭނީ ކިހިނަކުން ތޯއެވެ؟ވޯޓް ލާށޭ ކިޔާފަ ކާން ބޯން ކުރާ މަސައްކަތް ހުއްޓާލެވޭހާ އަތްމަތި ތަނަވަސް މީހުން ވަރަށް މަދުވާނެއެވެ.އެހެން ކަމުން އެތައް ދަތުރު ވެރިންނެއްގެ ވޯޓް ލުމުގެ ފުރުސަތު ގެއްލިގެންދާނެކަން ޔަޤީނެވެ. ދަތުރު ވެރިންގެ އިތުރުންވެސް ވޯޓް ލުމުގެ ފުރުސަތު ގެއްލި ދާނެކަމުގެ ބިރު ހުރިހާ ރައްޔިތުންނަށްވެސް އެބަ އޮތެވެ.އެހެނީ 25 ގެ ކުރިން ވޯޓްލާން ނިއްމިތަން ބަދަލް ވުމަކީ ވަރައް ކައިރި ކަމެކެވެ.ހަމަ ކުއްލި ކަމެއް ދިމާވެގެން ވޯޓްލާން ނިއްމާފައިވާތަން ދޫކޮށް ފުރަން ޖެހުމަކީ މިރާއްޖޭގެ ހާލަތު އޮތްގޮތުން ނުވުމަށް ވުރެ،ވުން ކައިރިކަމެކެވެ. އެހެން ކަމުން އަޅުގަނޑު ދަންނަވަން އޮތީ މި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން މިހާރުވެސް ޔަޤީން ވެއްޖެ ވާހަކައެވެ.އެހެނީ އެއްވެސް މީހެއްގެ ހައްގު ގެއްލިއްޖެނަމަ އިންސާފުވެސް ގެއްލުނީއެވެ.އެހެން ކަމުން މިގޮތަށް މިކަން ނުހިގާނެ ގޮތަކަށް ގާނޫނު ބަދަލް ކުރުމަށް ގޮވާލަމެވެ.ދިވެހި ރައްޔިތެއްކަން އެގޭފަދަ ލިޔުމެއް އަތުގައި އޮވެއްޖެނަމަ ވޯޓް ފޮށި ބެހެއްޓިފައިވާ ކޮންމެ ތަނަކަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލަމެވެ.

ޚާއްސަ ލިންކު
ރިޔާސީ އިންތިޚާބު ގައި ރަށުން ބޭރުގައި ވޯޓުލުމަށް
ރަޖިސްޓްރީކުރާ ފޯމު


1 comment:

Anonymous said...

Thi ee varah bodu thedeh, mifaharu ge gavaaidhu thakunaa gaanoonun giyabayaku vote lumun mahroom vaane, e ee ekan raavaafaivaa goiy. ehen noonthoa. gaannon akee avas aruvaa laigen vaki dhuvahakah, vakai meehakah, hadhan jehey echcheh noon. rajjeyge komme thanegaa hunna vote fottakah ves divesseh viyya vote leveyne inthizaam hamajehen vaane. e inthizaam hamajassaadhinumakee sarukaaruge waajibeh. ehen nooniyya e sarukaaru qaabil eh noon. adhives rajje democracy fenna nufenna hisaabuga goalhi eh kanmathee traffic light ga jehifa mi thibevenee.