ރައްޔިތުންގެ އަޑު
ކުޑަކުޑަ މިސާލެކެވެ. ތުއްތު ގޮޅާބޯ އޭނާގެ އުމުރުން އެންމެ 4 އަހަރުގައި އެންމެ ޝައުގުވެރިވީ ކަމެއްކަމަށް، ރޮއިސްޓަން އެލިސް ލައްވައި އޭނާ ލިޔުނު ބައޮގްރަފީގައި ބުނެފައިވަނީ އެދުވަސްވަރު މާލޭގައި ދުއްވާ ހަމައެކަނި ކާރު ކަމުގައިވި، ރަދުންގެ ކާރުކޮޅުބަލަން ހުރުމެވެ. އެއިރުއްސުރެން ގޮޅާބޯއަކީ އަގުބޮޑެތި ކާރުދުއްވާ ހިތްވާ މީހެކެވެ. އެހެންވެ ސަރުކާރުގެ ލާރިގަނޑު އަތަށް އަރާއިރަށް އޭނާ އެންމެ ކުރިންވެސް ކުރިކަމަކީ، މާސިޑީސް އާއި އައުޑީ ފަދަ އަގު ބޮޑެތި ކާރުތައް ހޯދުމެވެ. އަދި އެހެން މީހުން އެބްރޭންޑްތަކުގެ ކާރު ދުއްވުންވެސް އޮތީ ދާދި ފަހަކާ ޖެހެންދެން ހިފަހައްޓާފައެވެ.
އަނެއްކޮޅުން ޤާސިމަށް އަމިއްލަކާރު ގަނެގެން ގެންގުޅުމުގެ ތަނަވަސްކަން ލިބުނުތާ މިހާރު 25 އަކަށް އަހަރުވެދާނެއެވެ. އެހެނަސް، ދާދި އިހަކަށްދުވަހާ ޖެހެންދެން ޤާސިމު އުޅުއްވީ ސައިކަލުގައެވެ.
ގޮޅާބޯވެރިކަމަށް އެރުމުގެ ކުރިން އޭނާބުނެފައިވަނީ ފިނިކުރި ކޮޓަރިއެއްގައި އިނދެގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަމަށެވެ. އެހަނަސް މިހާރު އޭނާ އެއިނީ ބަޖެޓު ދަރުވާލައިގެން ބޮޑުގަނޑުވަރެއް އަޅައި އެތަނަށްވަދެ، އޭނާގެ އަރާމަށް ދުވާލަކު 4 ލައްކަ ރުފިޔާ ޚަރަދު ކޮށްލަ ކޮށްލައެވެ. އަނެއްކޮޅުން ޤާސިމަކީ ބޮޑެތި ގަނޑުވަރު ހެދުމުގެ ތަނަވަސްކަން ހުރެމެ އާދައިގެ ގެއެއްގައި އުޅުއްވާ ބޭފުޅެކެވެ.
ގޮޅާބޯއަށް ކެވޭކަމަށްވަނީ ބޭރުގެ ޝެފުން ލައްވައި ނަންހުސްކޮށް އަގުބޮޑެތި ބާވަތްތައް ހޯދައި ކައްކައިގެންނެވެ. އޭނާގެ ކާނާ ޑެކަރޭޓްކުރަން އެކަނިވެސް 1000 ރުފިޔާދީފައި ޖަނބުރޯލު ކޯންޏެއް ގަންވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އަނެއްކޮޅުން ޤާސިމަށް އޭނާގެ މެންދުރުކެއުން ގެއިން ގެންނަ ތަށިބަރިޔަކުން ފުއްދާލެވެއެވެ. އަދި އެއިން އެވަގުތަކު ކައިރީގައިން މުއައްޒަފަކާ ޝެއަރވެސް ކޮށްލެއްވެއެވެ.
ގޮޅާބޯއަށް ރާއްޖެތެރެއަށް ދަތުރެއް ކުރެވޭކަމަށް ވަނީ، 70 މިލިޔަން ޑޮލަރުގެ އަގުބޮޑު އަރުމާޒު ގެންގޮސް ބާއްވައިގެންނެވެ. އަދި ގޮޅައަށް ނިދޭކަމަށް ވަނީ އޭނާއަށް އެކަނި ޚާއްސަ މަރިޔާދުގެތަކެއް އަޅައި އެތަންތަނުގައެވެ. އަނެއްކޮޅުން ޤާސިމަށް އެވަގުތަކު ފަސޭހައިން ލިބެން އޮތް ލޯންޗެއް ފުދެއެވެ. އަދި ހަމަ އާދައިގެ ކޮޓަރިއެއްވެސް ނިދާލަން ކަމުދެއެވެ.
ގޮޅާއަކީ އޭނާރާވައިގެން ޖައްސާ ކެމްޕޭނުތަކުގައި ފިޔަވައި އާއްމު ރައްޔިތަކާ ބައްދަލުކުރާ މީހެއް ނޫނެވެ. އަނެއްކޮޅުން ޤާސިމަކީ ދިވެހި މަހުޖަނުންގެ ތެރެއިން އާއްމުންނާއި އެންމެ ގުޅުން ބޮޑު މީހާއެވެ.
ފާއިތުވެދިޔަތަނުގެ ވާހަކަނުދެއްކުމަށް ގޮޅާބޯ ބުނާނެއެވެ. އެއީ މާޒީގައި އޭނާއަށް ކަންކުރެވިފައިވަނީ ރަނގަޅަށްނޫންކަން އޭނާއަށްވެސް އެނގޭތީއެވެ. އެކަމަކު އޭނާވެސް ހަޤީޤަތް ޤަބޫލުކުރަން ޖެހޭނެއެވެ. 70 އަހަރުން މައްޗަށްދިޔައީމަކަ ދެން ވާނެ އިސްލާހެއް ނޯންނާނެއެވެ. އެވާނީ ހަމަ އެއަށެވެ. ނަމަނަމަ އެގޮޅައަށް ވޯޓު ނުދެއްވާށެވެ.
No comments:
Post a Comment