Saturday 27 September 2008

ފުލުހުންނާއި ސިފައިންވެސް ވިސްނާފަ ވޯޓު ދެއްވާ

ރައްޔިތުންގެ އަޑު
 


ތިޔައިގެތެރެއިން ގިނަބޭކަލުން ގައުމަށް ހިދުމަތްކުރަމުންތިދަނީ ވަފާތެރިކަމާއި ހިތްވަރާ ފަންވަރާއިވެސް އެކުގައެވެ. ހަމައެގޮތަށް ތިޔައެންމެހާ ބޭކަލުންވެސް ބޭނުންވާނީ ތިޔަބޭކަލުން ކުރާ މަސައްކަތްތަކުގެ މުސާރައިގެ އިތުރުން އެހެނިހެން ހައްގުތަށްވެސް ހަމަހަމައަށް ލިބޭނެ އުސޫލެކެވެ. ކޮންމެ ދިވެހިދަރިޔަކަށްވެސް ގައުމަށްލިބިގެންވާ މުއްސަދިކަމުގެ އަސަރު ކުރަންޖެހޭނެއެވެ. ފުލުހުންނާއި ސިފައިންގެތެރޭ ވަކިބަޔަކަށް ބަޖެޓް ބޭނުންގޮތަކަށް ތަޅާ ސުންނާފަތިކޮށް ބޭރުދަތުރުތަކާއި، ބޭސްފަރުވާއަށް ބޭރަށްކުރާ ދަތުރުތަކާއި މަޖަލަށް ކުރާދަތުރުތަކުގައި މިންވަރެއްނެތި ހޭދަކުރަމުންދާއިރު އެއީހަމަ ރައްޔިތުންގެ ފައިސާކަން އެމީހުންނަށް ނުވިސްނެނީކީނޫނެވެ. އަމިއްލަ އެދުމުގެ ބޮޑުކަމުން ގަވާއިދުތަކާއި ޚިލާފަށް ބިޑުތައް ހަދައިގެންނާއި އެގޮތް މިގޮތުން ފައިސާތަށް ތަޅާ ހުސްކުރަނީއެވެ. މިކަން ފުލުހުންގެ މުއައްސަސާގައި ވަކިން ބޮޑެވެ. އަޅުގަނޑުމެން އެންމެހާ ދަރިން ބޭނުންވާނީ ގަވާއިދާ ޚިލާފަށް ހިނގާކޮންމެކަމެއް ރަގަޅުވުމަށެވެ.

މަގާމުގެ ކުރިއެރުންވެސް ދެމުންދަނީ ފެންނަގޮތަކަށް ބޭނުންވާ ބަޔަކަށެވެ. ބޭރުން ކޯސްތައްވެސް ދެމުން އެގެންދަނީ ހަމަ އެއުސޫލުންނެވެ. ފުލުހުންގެ ވަޒީފާއަށް ވަންނަ ފޯމު ފުރާއިރު ކިޔެވުމުގެ ފުރުސަތުތައް ލިބޭނެކަމަށް ވަރަށް ފުރިހަމަ އިބާރާތުން އޮންނައިރު ވަޒީފާ ހަމަޖެހުމަށްފަހު އެފުރުސަތު ލިބުނީ ކޮންބަޔަކަށް ހެއްޔެވެ. ތިޔަ ހުރިހާ ކުދިންގެ ކެރިޔަރ ގެއްލުނީކަހަލައެވެ. އެއްއަހަރުގެ ޕްރޮބޭސަނަރީ ޕީރަޑެއްކަމަށް ބުނެ އެއްއަހަރުވަންދެން ކިޔެވުމާއި ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތެއް ވަކިބަޔަކަށް ނޫނީ ނޯވެއެވެ.

ސިޔާސީ މިފަދަ ދަނޑިވަޅެއްގާ އެއްމެ ރަގަޅުގޮތް ވިސްނާށެވެ. ވެރިކަން ބަދަލުނުވިޔަސް ކަންތައްތަކެއް ރަގަޅުވާނެއެވެ. އެހެންނަމަވެސް ހަނދާންކުރާށެވެ. މިމުއަސަސާތަކުގެ އެކުޅިގަނޑު ހުއްޓި ހަމަހަމަކަމެއް އަންނާނީ ވެރިކަން ބަދަލުވެގެންނެވެ. ގާނޫނު ތަސްދީގުކޮށްފައިވެސް ކަމިސަނަރ އަކަށް އާދަމް ޒާހިރު ހަމަޖެއްސުމުން އެމުއައްސަސާ ހަމަ އެހިނގަނީ ކުރިންވެސް ހިނގަމުން ދިޔަގޮތަށެވެ. ރަގަޅުވީ ކޮންކަމެއް ހެއްޔެވެ. އޭރުން ހަމަތިބޭނީ މިހާރުވެސް ތިބި ހުދުމުހުތާރު ވެރިންނެވެ. ޕުރޮމޯސަން ދިނުންވެސް އޮންނާނީ ފެނިވަޑައިގަންނަވާ އުސޫލާއި އަދި މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށެވެ. ވީމާ ގައުމަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންނަމަ މައުމޫނު ނޫން މީހަކު އިހުތިޔާރުކުރުން ކޮންމެހެން ބޭނުންވެއެވެ.

ހުދުމުހުތާރު ވެރިންގެ ނޫސްބަޔާނުގައި ހަސަން ސައީދުއާއިދެކޮޅަށް ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު ބަންޑާރަ ނައިބު އޮފީހުން އޭރު ގިނަ މައްސަލަތަކެއް ޕެންޑްވިކަމަށްބުނާއިރު ފުލުސްއޮފީހުގައި ކިތައްމައްސަލަ ޕެންޑްވެފައި އެބޮތް ހެއްޔެވެ. އަހަރަކު ދިހަ ބާރަ ހާސް މައްސަލަ ހަމަ އެކަނި މާލޭން ހުށަހެޅޭއިރު އޭގެ އެއްޕަސެންޓްވެސް ސަރީއަތަށް ފޮނުވޭހެއްޔެވެ. ބޮޑެތި ޖަރީމާތައްހިންގާ ބައެއްފަރާތްތަކުގެ މައްސަލަ ކޯޓަށް ނުފޮނުވި އާދަން ޒާހިރު އަންގައިގެން ފައިލްކުރަނީ ހަސަންސައީދުގެ މައްސަލަހެއްޔެވެ. މިދިޔަ ރޯދަމަހު މުޅިމާލެ ބިރުވެރިކަމެއްގެތެރެއަށް ގެނުވި ކެމްޕަސްއާއި މިކަހަލަ ބޮޑެތި ފިހާރަތަކުގެ ބިއްލޫރިތައްތަޅާލައިގެން ވައްކަންކޮށް ފޭރުނުމީހާ ރައްޔިތުން ރެޑްހޭންޑްކޮށް އަތުލިއިރު ފުލުހުންގެ ކެމެރާތައް ކޮބާހެއްޔެވެ. އަދި ނުވީތަނަކުން އޭނާ އެހުރިހާ މައްސަލައަކަށް އިއުތިރާފްވިއިރު ސަރީއަތަށް ނުފޮނުވީ ހަސަންސައީދުގެ ބުނެގެންތޯއެވެ. ނޫންނަމަ އެޗްއެސްބީސީ މެނޭޖަރ އާދަމް ޒާހިރަށް ފޮނުވި ސިޓީ އަކުން އަބުދުﷲ ރިޔާޒުތޯއެވެ. މިކަންކަމުގެ ލިޔެކިޔުންވެސް ހުރިކަން އާދަން ޒާހިރަށް ހަދުމަކޮށްދެމެވެ. އާންމުކޮށް ބޮޑެތި ތިޖޫރިފެޅުންފަދަ މައްސަލަތަކުގައި ތަކުރާރުކޮށްގެނެވޭ އާދަންޒާހިރު ގޭދޮށު ލަންދޫގޭ ބަދީއުގެ މައްސަލަތައް ސަރީއަތަށް ނުދަނީ ހަސަން ސައީދު ބުނެގެން ހެއްޔެވެ.

ފުލުހުންގެ މުއްސަސާއަކީ އާދަން ޒާހިރާ އަބުދުﷲ ރިޔާޒުއާއި އެފްއޭ ފަޔާޒުގެ ކުންފުންޏެއް ކަހަލައެވެ. ގަވާއިދުތަކާއި ޚިލާފަށް މިއާލާތުންނަށް ފެންނަބަޔަކަށް ވަޒީފާގެ ކުރިއެރުން ދީ އެމީހުން ލައްވާ ވަކިބައެއްގެ ވަކިފާޑެއްގެ މައްސަލަތައް ބައްލުވާ ފައިލްކުރުވަނީވެސް ހަސަންސައީދު ބުނެގެންހެއްޔެވެ. ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މީހުންނަށް އަނިޔާކުރަނީވެސް ހަސަންސައީދު އަންގާފައިވާތީހެއްޔެވެ. މިހާރުވެސް ތަހުގީގު ކޮށްފައިވާ %80 ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށްފައިހުންނަނީ ގަވާއިދުތަކާއި ޚިލާފަށެވެ.

ފުލުހުންގެ މުއައްސަސާގައި ކިޔަވައިގެން ތިބިމީހުން ބޭރުކުރަން އާދަންޒާހިރު ކޮށްފައިވާ މަސައްކަތްތައް ނިކަން ދެކޭށެވެ. މީގެ ދެތިން އަހަރުކުރިން މިއާލާތުންކުރާ މިކަހަލަ ކަންތައްތައް ހުއްޓުވަން އެންމެވަރުގަދައަށް މަސައްކަތްކުރި ދީނާ ހުސޭނުއާއި މައުމޫން ހަމީދު ބޭރުކޮށްލާ ނުކިޔަވާކިތި އާލާތްގަނޑެއް އެކިއެކި ވެރިންނަށް ހެދިއެވެ. މިމީހުން ބޭރުކުރީވެސް އާދަން ޒާހިރާ ތިމަރަ ރިޔާޒު ބޭނުންވާގޮތަށް ފުލުހުންގެ ބަޖެޓުން މިއާލާތުންގެ ބިޒުނަސް ނުހިންގޭތީކަންވެސް އަހުރެމެން ދެނަހުރީމެވެ.  

ހުރިހާ ފުލުހުން ޕޮލިސްގެ އޮނިގަނޑާއި އެހެނިހެން ކަންތައްތައް އިހުހުރިގޮތް ނޫންގަތަކަށް ބަދަލުކުރެވޭނެ ގޮތަށް ވިސްނުން ބުއްދިވެރިއެވެ. މައުމޫން ވެރިކަމަށް އަތުވެއްޖެނަމަ މިބުނިކަންތައްކުރާނީ މިހާރުވެސް ކުރާ އުސޫލުންނެވެ. ވީމާ ވިސްނާފަ ވޯޓު ދެއްވާށެވެ.

No comments: