Wednesday 1 October 2008

ރާއްޖޭގެ ޒަމާނީ ތަރައްޤީގެ ބާނީ

ރައްޔިތުންގެ ކޮލަމް


ރާއްޖޭގެ ތަރައްޤީގެ ބާނީއަކީ ރައީސް މައުމޫންކަމަށް ބުނާ ބަޔަކު އުޅެއެވެ. އެހެނަސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގަ 11 އަހަރާއި ރައީސްކަމުގެ 10 އަހަރު ރާއްޖޭގައި ތަރައްޤީގެ ރޮނގުން އެޅުނު ފިޔަވަޅުތައް މައުމޫން ވެރިކަމުގެ 30 އަހަރާ ނުބައްދަލެވެ.

 ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ތަދުމަޑުހާލުގައި އިންގިރޭސިންގެ އަޅުވެތިކަމުގެދަށުގައެވެ. ދައުލަތުގެ ބޭތިލްމާލް އޮތީ ހުސްވެފައެވެ. ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލްކުރަނީ އިންޑިޔާގެ ވޯރާ ވިޔަފާރިވެރިންނެވެ. ދިވެހި ސަރުކާރު އޮތީ އެމީހުނަށް ދަރާވިކިފައެވެ. މިމީހުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވާ އިޤްތިސޯދީ މިނިވަންކަން ހޯއްދަވާދެއްވީ ނާސިރެވެ. ހިތާމަޔަކީ ރާއްޖޭގެ ވިޔަފާރީގެ ބޮޑުބައެއްމިވަނީ މައުމޫން ދައުރުގައި އަނެއްކާވެސް ބޭރުމީހުންގެ އަތްދަށަށް ގޮސްފައެވެ. އަދި ދިވެހި ސަރުކާރުމިވަނީ ބޭރުމީހުނަށް ދަރާވިކިފައެވެ.

އިނގިރޭސިން ރާއްޖެ އަޅުވެތިކުރިކަމަށް މިބުނެވެނީ 1887ގައި ރާއްޖޭގެ ޚާރިޖީ ކަންތައްތައް އެމީހުންގެދަށަށް ގެންދިޔައީތީއެވެ. އެއަޅުވެތިކަމުން މިނިވަންކޮއްދެއްވީ ނާސިރެވެ. މައުމޫން ދައުރުގައި ޚާރިޖީކަންތައްތަކުގައި ހިލްއެންޑް ނޯލްޓަން ކިޔާ ދޮގުހެދުމާއި ހަގީގަތް އޮޅުވާލުމަށް މަޝްހޫރު ކުންފުންޏެއްވަނީ ބައިވެރިކުރައްވާފައެވެ. އަދި 2006 ވަނައަހަރުވަނީ ވޮޝިންޓަން، ޖެނީވާ އަދި ބްރަސަލްސްގައި ހުންނަ ދިވެހި އެންބެސީތައް އެކުންފުނީގައި މަސައްކަތްކުރާ ޤައިރުދީނުގެ ތިން މީހުނަށް ސަރުކާރުގެ ވަޒީފާދެއްވާ ހަވާލުކުރައްވާފައެވެ. ދައުލަތުގެ ސިއްރުތައް ވަނީ އެމީހުނަށް ހުޅުވާލައްވާފައެވެ. ވޮޝިންޓަން އެންބަސީ ހަވާލުކުރެއްވި މީހާއަކީ ދިވެއްސަކަށްނުވާތީ އޭނާއަށް ޑިޕްލޮމެޓިކް ހައިސިއްޔަތު ދިނުމަށް އެމެރިކާ ސަރުކާރުން ވަނީ އިންކާރުކޮއްފައެވެ. އެހެންކަމުން އެއެންބަސީތަކައް މިހާރުވަނީ ދިވެހި ސަފީރުން އައްޔަނުކުރައްވާފައެވެ. އެހެނަސް އެންބެސީތަކުގައި އަދިވެސް މިވެރިން ހަރަކާތްތެރިވަމުން ގެންދެއެވެ.

ކާޑުގެ ބާވަތްތަކާއި އެހެނިހެން މުދާ ފަސޭހައިން އަގުހެޔޮކޮށް ރާއްޖެގެނައުމަށް ރާއްޖޭގެ ޝިޕިންގް ލައިނެއް ނާސިރު ގާއިމްކުރެއްވިއެވެ. މިއީ ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ރޮނގުން އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު. މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެޝިޕިންގް ކުންފުނިން 44 އާގުބޯޓު ދުއްވަމުން ގެންދިޔައެވެ. އެބޯޓުތަކުގައި 1054 ދިވެހިން މަސައްކަތްކުރެއެވެ. އެކުންފުނިން 1978 ވަނައަހަރު ދައުލަތުގެ ބަޖެޓުގެ 22 އިންސައްތަ ހިއްސާކުރިއެވެ. މައުމޫން ވެރިކަމަށް ހައެއްކަ އަހަރުވީއިރު އެކުންފުނި ބަނގުރޫޓުވެ ދަރާވިކި ބޯޓުތައް ވިއްކާލާ ނިމިއްޖެއެވެ. 

މަސްދޯނިފަހަރުގައި އިންޖީނުއެޅުމުގެ މަޝްރޫއު 1974 ވަނައަހަރު ފައްޓަވާ، ރިޔަލުދޯނީގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަށް ބަދަލުކޮށްލުމުގެ އިންގިލާބް ގެންނެވީ ނާސިރެވެ. ރޯމަސް އެކްސްޕޯޓް ކުރުންވެސް އޭނާ ތައާރަފްކުރެއްވިއެވެ. އަދި ފެލިވަރުގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރައްވާ ދަޅުމަސް އެކްސްޕޯޓްކުރަންވެސް ފެއްޓެވިއެވެ. މިހާރުވެސް މަސްބަންދުކުރާ ކާރުޚާނާއަކަށް ރާއްޖޭގައިހުރީ ފެލިވަރު ފެކްޓަރީއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ގާއިމްކުރައްވާ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު ހިއްސާއެއްކުރާ ފަތުރުވެރިކަމަށް  ދޮރުހުޅުވާލަދެއްވީވެސް ނާސިރެވެ. މިކަމަކީ އެހާ ފައިދާބޮޑުކަމެއްކަން އެނގޭއިރުވެސް އައްޑުއަތޮޅު ގަން އިނގިރޭސިން ދޫކޮށްލިއިރު އޮތް ރަނގަޅު ވައިގެ ބަނދަރުގެ ބޭނުމެއް ނުހިފާ، ހަލާކުވެ ވީރާނާވާން މައުމޫން ސަރުކާރުން ދޫކޮށްލާފައިއޮތްކަން ފާހަގަކުރަމެވެ. އޭރު އެވައިގެބަނދަރުގެ ބޭނުންހިފުނުނަމަ މިހާރު އައްޑޫ ސަރަހައްދަކީ މާލެ ސަރަހައްދު ފަދައިން ތަރައްޤީވެފައިވާނެ ސަރަހައްދެއްކަން ކަޝަވަރެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވީ ނާސިރެވެ. ނާސިރުދައުރުގެ އެންމެ ފަހު ހަތަރު އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އަހަރަކު 40 އިންސައްތަ އިތުރުވެފައިވެއެވެ. މައުމޫން ވެރިކަމުގެ އެންމެފަހު ހަތަރު އަހަރު ފަތުރުވެރިން އަންނައަދަދު އިތުރުވެފައިވަނީ އެވްރެޖްކޮށް އަހަރަކު 9.6 އިންސައްތައެވެ. ފަތުރުވެރިކަން ތަރައްޤީވަމުން އަންނަ ދުވެލި ނާސިރު ދައުރާ އަޅާބަލާއިރު މައުމޫން ދައުރުގައި ވަރަށް ބޮޑުތަން ދައްވެފައިވާކަން ފާހަގަކޮއްލެވެއެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރު ހިއްސާވާ މައިގަނޑު ދެކަމަކީ އެއާޕޯޓް ތަރައްޤީކޮށް ބެލެހެއްޓުމާއި ސިޔާސަތު އެކަށައަޅާ ހިންގުމެވެ. މިދެކަންތައްވެސް އޮތީ މިއަދު ބޮއްސުންލާފައެވެ. ފަސްތަރި ހަތަރީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފައިބަންޖެހެނީ ފުރާޅުން ވާރޭ ވެހޭތީ ބާލިދީ ބަހައްޓައިފައިވާ ޓާރމިނަލަކަށެވެ. އަދި ރިސޯޓުހެދުމަށް ރައްްތައް ދޫކުރަމުން އެގެންދަނީ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނާއި ޚިލާފަށެވެ. މުސްތަޤްބަލްގައި ލިބެންހުރި ޓެކްސްވެސް އެގެންދަނީ މިހާރުނަގަމުންނެވެ. މިހެންވެ މައުމޫނަކީ "މޭން ހޫ ސްޓޯލް އަވަ ފިއުޗާރ" ނުވަތަ ރާއްޖޭގެ ކުރިމަގު ވަގައްނެގި މީހާކަމުގައިވެސް ބައެއް މަޒްމޫންތަކުން ފެންނަމުން އެބަދެއެވެ.

ތައުލީމުގެ ރޮނގުން އެޅިފައިވާ އެންމެވަރުގަދަ އެއް ފިޔަވަޅަކީ ރާއްޖޭގައި އިނގިރޭސިބަހުން ތައުލީމްދޭން ފެށުމެވެ. މިކަން ފެއްޓެވީ ނާސިރެވެ. ރާއްޖެތެރޭގައި ސަރުކާރު މަދަރުސާތައް ގާއިމްކުރުމުގެ މަޝްރޫއެއްގެ ދަށުން ފުރުތަމަ ސްކޫލް 1977 ވަނައަހަރު ބ. އޭދަފުށީގައި ގާއިމްކުރެއްވީވެސް ނާސިރެވެ. އެއަށްފަހު ރާއްޖެތެރޭގައި އެޅިފައިހުރި އެތައް މަދަރުސާއަކީ އެ މަޝްރޫއުގެ ދަށުން އެޅިފައިހުރި ތަންތަނެވެ. އެކަމަކު އެ ސްކޫލްތައް އެޅުމުގެ މެޑެލް ޖައްސަވަނީ މައުމޫނެވެ. 

އަސާސީ ތައުލީމް ރާއްޖޭގައި ކުރިއަރާފައިވާތީ އެކަމަކީ މައުމޫން ކުރެއްވި ކަމެއްގެގޮތުގައި ޚުދް މައުމޫން އަޑު އުފުއްލަވަމުން ގެންދަވައެވެ. މިއީ ކަމުގެ ހަޤީގަތް އޮޅުވާލާ ތާރީޚުން ފޭރުމެވެ. މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އާބާދީގެ 81.9 އިންސައްތަ މީހުންގެ އަސާސީ ތައުލީމް ފެންވަރުހުއްޓެވެ.

ރާއްޖެއަށް ބޭރުގެ ބޭންކްތައް ގެންނަވާ ދިވެހިންނަށް ބޭންކިން ޙިދުމަތާއި ލޯނު ލިބޭނޭ ނިޒާމް ތަނަވަސްކުރެއްވީވެސް ނާސިރެވެ. ރާއްޖޭގައި ރޭޑިއޯއާއި ޓީވީ ބޮރޯޑްކާސްޓިން ފެއްޓެވީވެސް ނާސިރެވެ. ފޯނުގެ ޒަރިއްޔާއިން ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅާލަދެއްވީވެސް ނާސިރެވެ. ދިވެހި އަންހެނުންނަށް ބާޒާރަށް ދިއުމުގެ ހުއްދަދެއްވާ އެމީހުނަށް ވޯޓުލުމުގެ ހައްޤު ހޯދާދެއްވީވެސް ނާސިރެވެ. ރާއްޖޭގެ އިންޓަރނޭޝަނަލް އެއާލައިނަކާއި ސެންޓަރަލް ހޮސްޕިޓަލް ގާއިމްކުރެއްވީވެސް ނާސިރެވެ. ވެކްސިންދޭން ފައްޓަވާ، ނަރުހުންނާއި ޑޮކްޓަރުންނާއި ފޫޅުމައިންނާއި ކޮމިއުނިޓީީ ހެލްތުވޯކަރުން ތަމްރީންކުރައްވަން ފެއްޓެވީވެސް ނާސިރު ދައުރުގައެވެ. 

އިޤްތިސޯދީ ތަރައްޤީއަށް ބަލާއިރު ނާސިރުގެ ފަހު ހަތަރު އަހަރު ރާއްޖޭގެ އިޤްތިސޯދު ކުރިއަރާފައިވަނީ އެވްރެޖް ގޮތެއްގައި އަހަރަކު 12.5 އިންސައްތައެވެ. އެއާ ޚިލާފަށް މައުމޫން ވެރިކަމުގެ މިހާރުމިހިނގާ ފަހު ހަތަރު އަހަރު ރާއްޖޭގެ އިޤްތިސޯދު ކުރިއަރާފައިވަނީ އަހަރަކު 7.36 އިންސައްތައެވެ. ނާސިރު ދައުރާ އަޅާބަލާއިރު އިޤްތިސޯދީ ކުރިއެރުމުގެ ދުވެލީގައި ވަރަށްބޮޑުތަފާތެއް އެބަހުއްޓެވެ.

ރާއްޖެއަށް އިޤްތިސޯދީ އަދި ސިޔާސީ މިނިވަންކަން ހޯއްދަވާދެއްވާ، މަސްވެރިކަމަށް ޒަމާނީ އިންގިލާބު ގެންނަވާ، އިންގިރޭސިބަހުން ތައުލީމްދިނުން ތައާރަފްކުރައްވާ، ރާއްޖެތެރޭގައި މަދަރުސާތައް އަޅަން ފައްޓަވާ، މާލޭއަށް ކަރަންޓުގެ ޚިދްމަތްދެއްވާ، އެއާޕޯޓާއި ފަތުރުވެރިކަމާއި ޝިޕިން ކުންފުންޏަކާއި އެއާލައިނަކާއި ސެންޓަރަލް ހޮސްޕިޓަލާއި ބޭންކުތަކާއި ރޭޑިއޯއާއި ޓީވީއާއި ޓެލިކޮމިއުނިކޭޝަން ތައާރަފްކުރައްވާފައިވަނީ ނާސިރެވެ. އަދި މައުމޫން ދައުރައްވުރެ ނާސިރު ދައުރުގައި ރާއްޖޭގެ އިޤްތިސޯދު މާބާރުދުވެލީގައި ކުރިއަރަމުންގޮސްފައިވާކަން ތަފާސްހިސާބުން ދައްކައެވެ. ވީއިރު ރާއްޖޭގެ ޒަމާނީ ތަރައްޤީގެ ބާނީއަކީ މައުމޫނޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތެވެ.

9 comments:

Anonymous said...

zaim kuri kamakee
1.2 jeeluge zuvaanunnah drug boandhee, komme 3 meehun kure ekakee partey akah hedhun
2. sos laafa dheenee meehunge thubulhi beylun.
3.mulhi male ah hurihaa meehun jamaakurun
4.dhefaraathu aailaa meehunnah vazeefaa dhinun
5. vote olhuvaalun
6. javvah hawayah badi jehun
7.lanka ge hayekka kenain aima mundeh adhegen filun.
8.ehdhuvahu vagakah vefa aneh dhuvahu veri akah vun.
9.20 aharun male ge magu thakugai gaa neythurun
male gai koh faivaa kanthah balaairu
ighm hospital-india sarukaaru ge ehee eh
majlis kuraage, pakstan sarukaaruge ehee eh
male sea wall project, japan sarukaaruge ehee eh
gina school thah, japan sarukaaruge ehee eh
water supply, denmark sarukaaruge ehee eh
airport. saudi adhi baeh ekuveri gaum thakyge ehee eh.
dhen mihen kiyaane kameh neh. 30 aharu vee iru mi gaumah libunu laa ree gai kuri kameh neh.

Anonymous said...

އިބްރާހިމް ނާސިރަކީ ވެސް ހުދުމުހުތާރު މީހެކެވެ ހަމަ މައުމޫނު އެވެ .. ތިނަދޫއިން މަރާލީ ކިތައްމީހުން ހެއްޔެވެ.. ރާއްޖޭގެ ޒަމާނީ ތަރައްޤީގެ ބާނީއަކީ އަމީން އެވެ..."

Anonymous said...

GOLHAA KURI EHKAMEHVES EBA OIYTHA

Anonymous said...

HASSAN SAEED ASHAAI DR. SHAHEEDHAH VERIKAN LIBIHJEYYAA SARUKAARU HURIHAA OFFICE EH HAVAALUVAANEE HILL AND KNOWLTON AATHAA. SAABAS

Anonymous said...

ރާއްޖޭގެ ޒަމާނީތަރައްގީގެ ބާނީ އަކީ މިލިއުންލިއުނު މީހެއްގެ އަމައެވެ. ތިނަދޫއިން މީހުންބާލައި ރައްފަޅުކުރި ޖައްލާދެވެ. ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތް ޖައްބާރު ޤާތިލެކެވެ. މިޅިޤައުމު ދަވާލި ޚާއިނެކެވެ.

Anonymous said...

Alhugadu mibayan kiyumun kuda koh olhey goiy yvejje eve. Sababakee "dhivehi rajje" hama ekani Male ah nisbaiy kohfai vaathee eve.

Alhu gadu raajje nisbaiy kuranee mulhi dhivehi raajje asheve. E ee uthurun, haa alifun feshigen seenu atolhaai dheythere asheve.
Hageegathakee mee ge kuree zamaanugai ves ahlugadumen, raaje therey meehun, evaguthu oiy sarkaarakah "varuvaa" dheegen ulhumeve. Mi kan adhi ves badhaleh nuve eve. Mihaaru "varuvaa" dheyn jehey usoolu badhalu vee eve. Raajje akee abadhu ves dhe sarkaarah onna thanekev. E ee "raajje there" adhi "Male" eve. Male akee dhivehi raajje eve. Mikan badhaluvaane dhuvahakah alhugadu inthizaaru kurameve.

Mlae meehaku raajje therey rashakun goahchche hoadhaa iru erashu rayyithakah vaakah nujehe eve. Eyaa khilaafah raaje therey meehaku Male in bimah hoadhagngnaa maleyge rayyithakha vaan jehe eve.

Maley gai echcheh dhuvvumuge laisensu nagafiyyaa raajje thereygai dhuvvumuge hudhdha ove eve. Raajje therey meehun eyaa khilaafah Mlae gai dhuvvumuge hudhdha eh nuoveve.

Alhugadu ge edhumakee dhivehinnakee dhivehi raajjey gai ulhey emmen kamu gai belumeve.

Hama ekani Male tharaggee kuriyas e ee raajje tharaggee veekee nooneve.

Alhugadumen hovaa membarunves fahun vanee Male meehunnasheve. E meehun varah avahah dhahivethive atolhuge hadhaan netheve.
=Ibrahim=

Anonymous said...

Nasir was an evil thief who stole and plundered the wealth of this nation. The only thing he deserves is just punishment before the law!

Stranger said...

i wonder why nobody talks about his brutal torture to Nation of Thinadhoo? Its its a huge GENOCIDE!

Anonymous said...

Sappe adhi kiriyaa tha thi rudiah Nasir Kohdhin Kanthah Engunee.

Adhi Maumoon kohdheega huri kanthah thah ves engeyne.