Wednesday 1 October 2008

ގޮޅާބޯއަށް ވޯޓް ނުލާތި

އިލްތިމާސް


2 އޮކްޓޯބަރ 2008

ހައިރާންވާންޖެހޭކަމީ އަދިވެސް މިރާއްޖޭގައި، ފައިސާއަށް ވިކިގެން ގޮޅާބޯއަށް ކެމްޕޭން ކޮށްދޭބަޔަކު ތިބި ކަމެވެ. އެފަދަމީހުން އައިސް ގޮޅަޔާއެކު އާއުސްމިންތަކަށް ގެންދިޔުމުގެ ހުވަފެންދައްކާނެއެވެ. އަދި ފުރިހަމަ ޑިމޮކުރަސީއެއް ގެނެސްދެވޭނީ ގޮޅާއަށޭކިޔައިގެން ހައްލަންވެސް އުޅޭނެއެވެ. މިހިރަމިހިރަ ކަންތައްތަކީ ވިސްނާލަން ޖެހޭކަންކަމެވެ.

އެމީހެއްގެ ގައިގަބާރު ހުރިދުވަސްވަރު ކަމެއްނުކުރެވި ކަމީނާ 30 އަހަރުގެ ގޮތުގައި ޤައުމުގެ ވަގުތުނަގާލިމީހަކަށް، ދެން ގެނެވޭނީ ކޮން ގަދަ 5 އަހަރެއް ހެއްޔެވެ.  މިހާރުވެސް ޖައްވަށް، ފަޒާއަށް ހަވާއަށް ދިވެހީންގެ ތެރެއިން ބަޔަކު ފޮނުވައިގެން ހުރިމީހަކު، ދެން އިތުރަށް އަހަރުމެން ގެންގޮސްދޭނީ ވަކިކޮން އާއުސްމިނަކަށް ހެއްޔެވެ.

ގޮޅާމިރާއްޖެ ތަރައްޤީކުރީމޭ ބުނާއިރު، އެކަން ކުރެވިފައިއޮތީ ގޮނޑުދޮށަށް ލައްގާކާއްޓެއްވެސް އަމިއްލަޔަށް ރުށްފަޅައިގެން 30 އަހަރުން ބޮޑުވާފަދައިންނެވެ.  ރާއްޖެއަށް އައިހާ ތަރައްޤީއަކީ އަމިއްލަ މީސްމީހުން ގުދާރުބިންދައިގެން ދަންދެން މަސައްކަތްކޮށްގެން ތަރައްޤީކުރި ރިސޯޓްތަކުން އައި ތަރައްޤީއެވެ. މިއިން ރިސޯޓެއް ހެދުމަށް އެއްމެ ފައިސާފޮއްޗެއް ލިބޭނެގޮތްވެސް މިހާތަނަށްވެސް ގޮޅާއަކަށް ހެދިފަކައެއްނެތެވެ. ދެން ކަމެއް ކޮއްދިނިއްޔާ ކޮންދިނީ ބޭރުގެ ޖަމާއަތަކުން ނުވަތަ ޖަޕާނު ސަރުކާރުންނެވެ. އަރަބިން އަތުން ލިބޭހާ ލާރިތައް ދިޔައީ ގޮޅާބޯގެ ޕާސަނަލް އެކައުންޓުތަކަށެވެ.

އާއެކެވެ. ރިސޯޓްތަކުން ޓެކްސް ނަގައިގެން ގޮޅާގެ އަރާމަށްޓަކައި އޭނާ ކަންތައްތަކެއް ކޮށްފައި އެބަހުއްޓެވެ. މިގޮތުން ތީމުގެއާއި، ރައީސް އޮފީހާއި، އަރުމާޒު ޔޮޓް އަދި އާރަށް ފާހަގަކުރެވެއެވެ. ރައްޔިތުންނަށް ބޭނުންވާތަނެއް ހެދުނިއްޔާ ހެދިފައިވަނީ ބޭރުމީހުންނަށް ސަލާމްޖަހައިގެންނެވެ. މަޖުލިސްކުރާގެ ހަދައިދިނީ ޕާކިސްތާނުންނެވެ. އައިޖީއެމްއެޗް ހެދީ އިންޑިޔާސަރުކާރުންނެވެ. ކަލާފާނު ޖަޕާނު ސަރުކާރުން.... މިހެންގޮސް...

އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ޒުވާނުން ޑުރަގުގެ ވަބާގެ ތެރެޔަށް ވައްޓާލީ ގޮޅާބޯ ނޫން ދެން ފަހެ ކާކުހެއްޔެވެ؟ އާއިލީ ވެރިކަމެއްގެ ދަށުން ގައުމުގެ ބައިތުލްމާލު ދިރުވާލީ ގޮޅާބޯއެވެ! މިހިރީ ވިސްނާލަން ޖެހޭ ކަންތައްތަކެވެ.

ދެންއޮތީ އިސްލާހުގެންނަން އިތުރު 5 އަހަރު ގޮޅާއަށް ބޭނުންވާ ވާހަކައެވެ. މީގެ މިސާލަކީ މުޅި އުމުރުދުވަހު ހެޔޮކަމެއްނުކޮށް، ފާސިދުކަމުގައި ދުވަސްތައް ހޭދަކުރުމަށްފަހު ކަށްވަޅަށް ދިޔައީމާ، އަލުން ދުނިޔެއަށް ފޮނުވައިދެއްވައިފިއްޔާ ދެން ދުވަހަކުވެސް ފާފައެއްނުކޮށް މުޅިއުމުރު އަޅުކަމުގައި ހޭދަކުރަން ބުނާމީހެއްގެ މިސާލެވެ. 

      ގޮޅާއަށް ވޯޓް ދިނުމަކީ:

�        އޭނާގެ އާއިލީ ވެރިކަން އިތުރު އުސްމިންތަކަށް ގެންދިޔުމަށް ދެވޭފުރުސަތެކެވެ.

�        ޤައުމީ ހަޒާނާ އިތުރަށް ދަވާލުމަށް ދެވޭ ފުރުސަތެކެވެ.

�        ރަށުތެރޭގައި ޑްރަގާއި މާރާމާރީ އިތުރުކުރުމަށް ދެވޭފުރުސަތެކެވެ.

�        ރައްޔިތުންގެ މެދުގައި ކުރެވޭ ބޭއިންސާފާއި ނަހަމަކަން އިތުރުކުރުމަށް ދެވޭ ފުރުސަތެކެވެ.

މި ދިވެހި ވަތަން ދެކެ ލޯބިވާނަމަ، ތިމާޔާއި ތިމާގެ ދަރީންގެ ހައްގުތައް ސަލާމަތްކުރަން ބޭނުންނަމަ ކޮންމެސް ކޮންމެސް ގޮޅާބޯއަށް ވޯޓު ނުދޭށެވެ.

8 comments:

Anonymous said...

Im from addu, brother Yamin gave me more than 200000 as a bribe, to open drp office.But who knows my fellos and I could vote for golha. hahahahah dhen lalalaaaaaaa. Out moto is STRIKE WHILST THE IRON IS HOT. This is a high season for us, and we will take care of it.

Anonymous said...

hehehe. true. but if i were u i would not use that money. u must honest for Allah. we should not cheat like maumoon and his family. oh dear, we must not vote for maumoon, if we vote for him then its end of our life.

Anonymous said...

you cant tell dont vote that old man ! just do your job and we will do our job ! anyway you are an asshole !!!!

someone said...

who the hell u r 2 tell us not 2 vote for maumoon..r u fools blind that u cant c the sacrifices he has done for us..for u..shame on u ppl..nd shame on that SEEDHI ANNI..u ppl r mad for money..so u continue with ur job..jst stop interferin in others lyf..u ppl think that u r v smart by writin ol these nonse ryt,.bt do u kno U VE NO VALUES ND R JST NUTHIN..atlast, V SUPORTED ONLY MAUMOON, V DO SUPORT HIM ND V LL SUPORT HIM..Nd he ll b the president evn for the next 5 yrs by the grace of allah nd the blessings of alot ppl in maldives...m i cleared...if u love maumoon so much u r olso welcum 2 join us ..hahahaha...losers..

Anonymous said...

i will vote for maumoon only.he is the best .what the hell u people are talking...maumoon will only win

Anonymous said...

ekihve nulaanvi mihaaru rais ah kurimathilaafaivaa farahthakun enme aman amankamah lobikuraa veriyaky maumoon

Anonymous said...

maumoon is the best.we only voe 4 maumoon and what the hell u are talking about maumoon he will win.vote 4 maumoon

Anonymous said...

dhen kaleyattha vote dheyn vee. Maumoon is a 100 times better than Anni. I think its better to carry on nation-wide campaign to stop Anni getting elected because most of us are so concerned about the other Maldives that he is going to take us. He has got a secret agenda as evidenced by the involvement of expatriates in his campaign.