Thursday 2 October 2008

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް!

އިލްތިމާސް
 


އަޝްހަދު ސަޢީދު، 2 އޮކްޓޯބަރ 2008

ދިވެހި ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. މިއީ އިޞްލާޙު ކުރެވުނު ޤާނޫނު އަސާސީގެ 141 މާއްދާގެ (ށ)ގައި ވާގޮތެވެ. ވީމާ، ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަކީ، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ކުޅަދާނަކަން ލިބިގެން ވާ ތަނަކަށް ނުވެއްޖެނަމަ، ނުވަތަ ކުރީގައި މައުމޫނު ގެންގުޅޭ ޕަޕެޓުންގެ މަރުކަޒަކަށް އެތަން ވެއްޖެނަމަ، ގައުމުގެ ޢަދުލު އިންޞާފު ވެއްޔާ މޮޑެވި ހިނގައިދާނެއެވެ. މިގޮތުން ގައުމުގެ ޢިއްޒަތާއި ކަރާމާތް ވެއްޔާ މޮޑެވި ހިނގައިދާނެއެވެ. ގެއްލިއްޖެ އަބުރަކީ އަބުރާ ލިބޭ އެއްޗެއްކަށް ނުވާއިރު، ރާއްޖޭގެ ސްޕްރީމް ކޯޓްގެ ދައުރު އެންމެ އެދެވޭގޮތުގައި ގާއިމު ނުކުރެވިއްޖެނަމަ، ގައުމު ވަދެގެން ދަނީ ޖަހާލަތުގެ އަދިރި ވަޅުގަނޑަކަށެވެ. މީގެ އަސަރު ޒަމާން ތަކަކަށް ދެމިގެންދާނެވެ. ކޮންމެއަކަސް، ސްޕްރީމް ކޯޓަށް މިއަދު ވަނީ ވަރަށް ވަރުގަދަ އިމްތިހާނެއް ކުރިމަތިވެފައެވެ. އާދެ، ދިގު 30 އަހަރަށް ވެރިކަން ކުރި މއ. ކިނބިގަސްދޮށުގެ މައުމޫނު ޢަބުދުލް ޤައްޔޫމަށް އިތުރު ރިއާސީ ދައުރަކަށް ކުރިމަތި ނުލެވޭނެކަމަށް ސާބިތު ކުރުމަށް މައްސަލައެއް ހުށަހެޅިފައެވެ. މިއީ ސްޕްރީމްކޯޓަށް ހުށަހެޅެވުނު ވަރަށް ވަރުގަދަ އިމްތިޙާނެކެވެ.

ޙަޤީޤަތުގައި މިއީ ބަޙުސެއް ކުރުމުގެ ބޭނުމެއް އޮތް ކަމެއް ނޫނެވެ. އެއްވެސް ޝައްކެއްނެތެވެ. ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެހެން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމެއް ނުފުރޭނެއެވެ. ވީމާ، މއ. ކިނބިގަސްދޮށުގެ މައުމޫނު ޢަބުދުލް ޤައްޔޫމު ކިޔާ މީހާ، "އެއްވެސް މީހަކަށް" ޤާނޫނުގައި މިއޮތް އޮތުމުން އިސްތާނު ކުރެވޭ ސަބަބު ނޭގި އޮޅިއްޖެއެވެ. އޭނާ ކުރިމަތި ލެވޭނެކަމަށް އޭނާއާއި އޭނާގެ ފަރާތުން ވާހަކަ ދައްކާ މީހުން އެދައްކާ ވާހަކައަކީ އެއްވެސް އަސާސެއް އޭގައި ވާ ވާހަކައެއް ނޫނެވެ. އޭގެ މިސާލަކީ، 1980 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލިސްގެ ޚާއްޞަ ޖަލްސާއެއްގައި މައުމޫނު ޢަބުދުލް ޤައްޔޫމު ދެއްކެވި ވާހަކަ ނުދައްކާކަމަށް އިންކާރު ކުރެއްވި ކުރެއްވުން ކަހަލަ ކަމެކެވެ. މިވާހަކައަކީވެސް މުޅި ގައުމާއި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ދެއްކެވި ވާހަކައެކެވެ. ނަމަވެސް، އެވާހަކަ ދެއްކިކަމަށްވެސް މައުމޫނު އެކުރައްވަނީ އިންކާރެވެ. އެއްވެސް ޝައްކެނެތެވެ. މައުމޫނުގެ މި ދޮގަކީ، އިންސާނީ ޙަޔާތް ފެށިގެން އައިސް މިއަދާއި ހަމައަށް ހެދުނު އެންމެ އާރުލާ ދޮގުކަމުގައި ވާނެއެވެ. އެހެނީ، އެވާހަކައަކީ ރައްޔިތުންގެ މަޖިލީހާއި އަދި ރައްޔިތުންގެ އެންމެންގެ ކުރިމަތީގައި ހާމަކަން ބޮޑުކޮށް ދެއްކި ވާހަކައެކެވެ. މިފަދަ ދޮގު ހަދާ އިންސާނަކު އިސްލާމީ ދައުލަތެއްގެ އެންމެ އިސް މަޤާމަށް އިންތިޚާބު ކުރަން ހޭބޯ ވައްޓާލާ މަސައްކަތް ކުރާ މީހުންގެ ޖާހިލުކަމުގެ ބޮޑުކަމާއެވެ. އެއީ، ވަލުޖަނަވާރުންނަށް ވުރެން ޚަޞީލަތް ގޯސް ބަޔެކެވެ. ދިވެހި ތާރީޚާއިސަޤާފަތައް ޚިދުމަތް ކުރާ ގައުމީ މަޖިލީސް އިން ލިޔެ ތައްޔާރުކޮށްފައިވާ "ގޯދީރާޖާ" ގެ ނާކާމިޔާބު ބަޣާވާތް ނުވަތަ ވެލާނާގޭމުޙައްމަދު ދީދީ ޕިޗޯރީން ގެންނެވުން، މި ނަމުގައި ވާފޮތުގެ 30 ވަނަ ސަފުޙާއާއި 31 ވަނަ ޞަފުޙާގައި މިވާހަކަ ސާފު ސާދާކޮށް ލިޔެފައި އެވަނީއެވެ. އޭގައި ވާ ޢިބާރާތަކީ، "އެރޭ މިތަނަށް ހުވާކުރަން އައިއިރު އަޅުގަނޑުގެ ވަރަށް އެކުވެރި ވަރަށް ގާތް ހައެއްކަ ބޭފުޅުން އަތްޕުޅުގައި ހަތިޔާރުވެސް ހުންނާނެ، އެހެން ވީމާ އޭރުގެ ގޮތުން ބަލާއިރު އެރޭ އެކުރެވުނީ ޣައިރު ޤާނޫނީ ކަމަކަށްވެސް ވެދާނެ. އޭރު އަދި އަޅުގަނޑު ރައީސުކަމާއި ޙަވާލެއްނުވަން، އެހެން ނަމަވެސް އަޅުގަނޑުގެ އަތުގައި ހަތިޔާރު ހުރި. އަދި އަޅުގަނޑު މިދެންނެވި މީހުންގެ އަތުގައިވެސް ހަތިޔާރު ހުރި." މިހާ ސާފުކޮށް ދެއްކި ވާހަކަ އަކާއި ފާޅުގައި އިންކާރުކުރާ މީހަކަށް އިންސާނެއްގެ ދަރަޖަދީ އޭނާ ގައުމުގެ ވަލީއުލްއަމުރުގެ މަޤާމަށް ގެންދަން މަސައްކަތްކުރާނީ އިންސާނުންގެ ލޭ ބޯން ޖެހިލުމެއް ނުވާނެ މުނާފިޤުންތަކެކެވެ.

އަޅުގަނޑުގެ ގަލަމް ނެގީއަކީ ދުނިޔޭގެ ހެދުނުހައި ދޮގުތަކުގެ ތެރެއިން މައުމޫނުގެ ދޮގަށް ވަނަ ދިނުމަކަށް ނޫނެވެ. އާދެ، ރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިމްތިހާނާއި ބެހޭގޮތުން އެއްޗެއް ބުނެލުމަށެވެ. ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަކީ ކޮބައިކަން ދިވެހި ސޮސައިޓީއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް، ދިވެހިންގެ ސުވާލަކީ އެމީހުންނާއި އަލަށް މި ޙާލުކުރެވުނު ޒިއްމާއަށް އިޚްލާޞްތެރިވާނީ ކިހާވަރަކަށް ބާވައެވެ.

އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންގެ ޚާއްޞަ މަޖިލީސް އެއްކުރެއްވީ ކީއްކުރަންތޯ ބަލާލަމާތޯއެވެ. އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ބަޔާންވެގެންވާގޮތުން ރާއްޖޭގެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަށެވެ. އެ މަޖިލީހުގެ ޤަވާޢިދެއް އެތަކެއް މަސްދުވަހުން ތައްޔާރުކުރެއްވާ ފޮތެއްގެ ޞިފައިގައި ނެރެ ޝާޢިއު ކުރެއްވި އިރު އެޖެންޑާކުރެވިފައިވަނީ އެންމެ އައިޓަމެކެވެ. އެއީ، ޤާނޫނު އަސާސީ އިޞްލާޙުކުރުމެވެ. ވީމާ، އެ މަޖިލީހުން ކުރެއްވި މަސައްކަތަކީ، 1998ގައި ތަޞްދީޤުކޮށް ހިންގަންފެށުނު ޤާނޫނު އަސާސީ އިޞްލާޙުކުރުމެވެ.  ވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރެއްވި މަސައްކަތް ވަރަށް ސާފުކޮށް މިއެގެނީއެވެ. ވީމާ، މި ޤާނޫނު އަސާސީއޭ ބުނާ ބަހުގެ މާނައަކީ 1998 ގައި ތަޞްދީޤްކުރެވުނު ޤާނޫނު އަސާސީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއެވެ.  

އެން ބަލާލަންޖެހެނީ ޤާނޫނުގައި ރިޔާސީ ޓާމު ކަޑައެޅުމުގެ މަތްލަބަކީ ކޮބައިތޯއެވެ. އެއީ، ދިގު މުއްދަތަކަށް އެކަކު ވެރިކަމުގައި ހުރުމުގެ ދޮރު ބަންދުކުރުމެވެ. ނަމަވެސް، މިގޮތައް ޤާނޫނުގައި ލިޔެގެންތިބެ 30 އަހަރަށް ވެރިކަން ކޮށްފައި ވާ މީހަކަށް ގައުމުގެ ރިއާސަތައް ކުރިމަތިލުމުގެ ފުރުޞަތު ލިބުމަކީ، އެއީ، ޤާނޫނުގެ ޙުރުމަތް ކަޑާލުމެވެ. ޤާނޫގައި ރިޔާސީ ޓާމު ލިޔުމުގެ މަތްލަބާއި ރޫޙާޢި ޚިލާފުކަމެކެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މައުމޫނުގެ 29 ފަހުލަވާނުން ތިބެގެން މައުމޫނު ބޭނުންވާގޮތައް އިންތިޤާލީ ކަންތައްތަކާއި ބެހޭ ބާބު ތައްޔާރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ކަންތައްތައް މިދަނީ މައުމޫނު ބޭނުންވާގޮތަށެވެ. އެލެކްޝަން ކޮމިޝަނެވެ. ޖުޑިޝްލަ ސާރވިސަސް ކޮމިޝަނެވެ އަދި ސުޕްރީމް ކޯޓެވެ. އާދެ، މައުމޫނު ބޭނުންވާ ފަނޑިޔާރުން ވަނީ ސްޕްރީމްކޯޓަށް ހުށަހަޅާފައެވެ. ވީމާ، މިއަދުގެ ސުވާލަކީ ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެން ވާގޮތާއި ޚިލާފަށް މައުމޫނު އެދޭގޮތައް ސުޕްރީމް ކޯޓުން ނިޔާ އިއްވާދީފާނެ ބާވައެވެ. އެފަދަ ގޮތަކަށް ދިމާވެއްޖެނަމަ، ދެކަމެއްގެ ހިތި އަސަރުތަކެއް ފެނިގެންދާނެއެވެ. އެއްކަމަކީ، ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޤާނޫނީ ޙަޔާތައް އެބޭފުޅުން ޖެހޭނީ އަބަދަށްޓަކައި އަލްވަދާޢްކިޔާށެވެ. ހަމަ އެއާއެކު ގައުމު ވަރަށް ބޮޑު ހަމަ ނުޖެހުމެއްގެ މައްޗަށް ވެއްޓިގެންދާނެވެ. މިކަމުގެ ޒިއްމާ އުފުލަންޖެހޭނީ ދިވެހި ރާއްޖޭގެ ސްޕްރީމްކޯޓުގެ މިހާރުގެ ފަނޑިޔާރުންނެވެ. މިއީ، ދިވެހިން ދުވަހަކުވެސް މަޢާފު ކުރާނެ ކުށެއްނޫނެވެ.   

5 comments:

Anonymous said...

It is sorry to learn the writer of the article does not know dhivehi correctly otherwise would not say that Maumoon cannot stand for the upcoming election. It is a fresh clause and this clause will be applicable only after the ratification of the Constitution. That is from 07 August 2008. Therefore, The Supreme Court or the Judges sitting would not have to be blamed for making a just verdict. Let Gayoom win the Election. That will be just for Maldives and Maldivians.

Anonymous said...

If we (people) find these Supreme Court Judges unfit for the posts, we can kick them out through Majilis. They are elected by our representatives in the Majilis.

Anonymous said...

VOTE FOR A CHANGE, END DICTATORSHIP. WAKE-UP EVERYONE, SAY OUR VOTES R NOT 4 SALE & ALSO NOT 4 A DICTATOR. NO MORE 30yrs 4 MAUMOON. V THE MALDIVIANS R MATURE NOW & DON'T THINK U CAN FOOL US ANYMORE.I tried a lot to keep my mouth shut 4 too many days but now it's more than enough. INSHA ALLAH hope to see a new moon accept mauMOON and of course those who vote him are those who don't love our nation and who want to mislead our our people. I hate each and every person who vote the dictator and they should take the responsibility of spoiling our nation.

Anonymous said...

mauoon dheke haadha birekey thi gannanee. thivarugr uruppatheh huri bayaku nama maumoonu lavvaa kirimathi lavvaigen chelenge kon kaamiyaabukoh maumoonu vattaalanvee noontha? konmehen maumoonah kurimathi nuleveygothan hukum neren baaru alhaigen egothah hukm neregen maumoonu kurimathi nulaa ehen meehaku hovunas e ee konmehen kaleymennah maumoonu vattaalevunee kamakah nubeleveyne. adhi dhivehi raiyyithun ekan egothakah balayeh vesn nugannaane. thi ulhenee maumoonu kurimathi laigen chelange koffiyyaa evves meehakah eyna ahvure mathee kaamiyaabeh nulibidhaanethee birun. gaboolu kuraane gothakee eynaves kurimathi laigen eyna balikurun. enoonn gothakah dhivehi raiyyithun thikiyaa ecchheh gabooleh nukuraanan. heheh jehulun vanee dho
Barabo rasheedhu

Anonymous said...

Let maumoon suck the election and fuck the constitution. Im sure only ducks will vote for this golha