Wednesday 17 September 2008

އާއްމު ޓީވީގައި އަމިއްލަޔަށް ބަރަހަނާވުމުގެ އާއުސްމިންތަކަކަށް ގޮޅާ އަރައިފި

ޚަބަރު މުރާޖައާ


17 ސެޕްޓެންބަރ 2008

ރޭ ޓީވީއެމުން ގެނެސްދިން 'ސިޔާސަތު ޕްރޮގްރާމްގައި' ރާއްޖޭގެ އެތައް ހާސް ރައްޔިތުންގެ ކުރިމަތީގައި އަމިއްލަޔަށް ބަރަހަނާވެ، އޭނާއަކީ ދުވަހަކުވެސް ތެދެއް ނުހަދާނޭ މީހެއްކަން ގޮޅާބޯ ސާބިތު ކޮށްދީފިއެވެ. އެކިފަހަރުމަތިން ޤައުމީ ޓީވީގައި ޚުދު  އޭނާގެ އަމިއްލަ އަނގައިން ބުނެފައިވާ ބުނުންތަކަކަށް އިންކާރުކުރުމުގެ ސަބަބުން، ގޮޅާބޯގެ ބަހަށް އިތުބާރު ކުރާ މަދު ދިވެއްސަކު ހުރިނަމަވެސް އެމީހެއްގެ އިތުބާރުވެސް މިހާރު ވަނީ ގެއްލިފައެވެ. ފިސްތޯލަހިފައިގެން ހުވައިކުރި މައްސަލައާއި އެފްޕީއައިޑީގެ ޚިޔާނާތާއި ޖައްވަށް ފަޒާއަށް ހަވައަށް ބަޑިޖެހި މައްސަލަ މީގެ ތެރޭގައި ހިމެނެއެވެ.

ރޭގެ ހަޑިހޭވުންތައް ގޮޅާ ފެއްޓީ 1998 ގެ ޤާނޫނު އަސާސީ އަކީ ވަރަށްމޮޅު އެއްޗެއް ކަމަށްބުނެ އެދުވަސްވަރު އޭނާ މީޑިޔާއަށް ދީފައިވާ ބަޔާނަކީ ދޮގުބަޔާނެއްކަމަށް އިއުތިރާފު ވަމުންނެވެ. އެގޮތައް ދޮގުހެދީ 17 އަހަރުން އެޤާނޫނު އަސާސީ ހެދިމީހުންގެ ހިތް ހަމަޖައްސާލަން ކަމަށް އޭނާ އެއްބަސްވިއެވެ.

ރޭގެ ޕްރޮގްރާމުގައި ގޮޅާއެރި އެންމެ އާއުސްމިނަކަށް ވާނީ އިސްލާމް ދީނުގެ ހުކުމްތަކަށް އަމަލުކުރަން ކޮންމެހެން ނުޖެހޭނެކަމަށާއި، ނުކޮށް ދޫކޮށްލުން އެއީ އިޚުތިޔާރުގައި  ވާކަމެއްކަމަށް ބުނި ބުނުމެވެ.  މިހެން ބުނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުންނެވެ.

ދެން ގޮޅާބޯ އެރި އަނެއް އުސްމިނަކީ 28 އަހަރުން އޭނާހެދި ޤުރުއާން ތަރުޖަމާއަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް އިއުތިރާފުވުމެވެ. މިގޮތަށް އެއްބަސްވީ، ނޫރުސޫރަތުގެ ބުރުގާއާބެހޭ އާޔަތުގެ ދިވެހި ތަރުޖަމާގައި ވާގޮތުން އަންހެނުން ބުރުގާއަޅަން ޖެހޭއިރު ބިޑިކާނައްޓު ބުރުގާނާޅަނީ ކީއްވެތޯ ސުވާލުކުރުމުންނެވެ.  މީގެ ޖަވާބުގައި ގޮޅާބޯބުނީ އެއާޔަތުގެ މާނަ އޭނާގެ ތަރުޖަމާގައި ވަނީ ރަނގަޅަށްނޫން ކަމަށާއި، އަސްލުގައި ބުރުގާ އަޅަން ނުޖެހޭ ކަމަށެވެ.

ގޮޅާބޯގެ ދޮގުތަކުގެ ތެރެއިން އާއްމުން އެންމެ ސިހުނު ދޮގަކީ 1978 ގައި އޭނާ ހުވާކުރީ ފިސްތޯލަހިފައިގެން ކަމަށް ކުރި އިންކާރެވެ. މިކަމާ އާއްމުން ކަންބޮޑުވަނީ މިކަމަކީ ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ ކުރިމަތީގައި ޚުދު އޭނާގެ އަނގައިން ތަފްސީލާއެކީގައި އިއުތިރާފުވެ، އެއިއުތިރާފުގެ ރެކޯޑިންގް އެތައްބައެއްގެ އަތުގައި އޮތްކަމަކަށްވާއިރުވެސް މިހާބޮޑު ދޮގެއް ހެދީމައެވެ. ބައެއްމީހުން ބުނާގޮތުގައި މިއީ އޭނާގެ ސިނކުޑިއަށް ޖެހިފައިވާ އިންފާކުބަލީގެ އަލާމާތެކެވެ.

މުޅި ޕްރޮގްރާމުގައި ގޮޅާބޯ ހެދީ އެންމެ ތެދެކެވެ. އެއީ އޭނާއަކީ އިސްލާމެއްކަމަށް ބުނެވޭނެ ހަމައެކަނި ގޮތަކީ ދުލުކުރިން ޝަހާދަތް ކިޔާތީ ކަމަށް ވީ އިއުތިރާފެވެ. މިކަމަށް އިއުތިރާފުވީ އަދާލަތު ޕާޓީގެ ރައީސް ޝޭޚު ހުސެން ރަޝީދު އޭނާއަކީ އިސްލާމެއްނުންކަމަށް ތުހުމަތުކުރެއްވި މައްސަލައާގުޅޭގޮތުން ސުވާލުކުރުމުންނެވެ. ގޮޅާގެ މި އިއުތިރާފާއެކު، ހުސެން ރަޝީދުގެ މަސައަކަތްޕުޅު ވަރަށް ފަސޭހަވީއެވެ. ސުޕްރީމްކޯޓަށް މި އިއުތުރާފު ހުށަހެޅީމާ، އެކޯޓުން ގޮޅާއަކީ އިސްލާމެއްނުންކަމަށާއި ރައީސްކަމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ހުކުމް އިއްވަވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. 

8 comments:

Anonymous said...

ބަލާއެއް އެއީ މި ގައުމަށް ޖެހިފަހުރި. ނަޖިހެއް އެއީ ހަމަ. ދޮގު ހަދާ މަކަރުވެރި ފާސިދެއް. އޭނަ މެރިޔަސް ހަމަ ހެޔޮވާނެ. އިސްލާމް ދީންވެސް އޭނަ ބޭނުން ވާގޮތަކަށް ބަދަލު ކުރެވޭ. މައްލޫނު މުޅި ރައްޔިތުން ކުރިމަތީގަ އިތުރަށް ވާނެ ބަރަހަނާއެއް ނެތް. މީނަ މިފަހަރު ހޮވަން މަސައްކަތް ކުރާ ބަޔަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށްވާނީ.

Anonymous said...

maumoon akee evves haalathehgaa mi raajeyge verikamuga bahatta varuge meeheyh noon kan saabithuvegen dhiya siyaasathu programmun. heyo vaanee kihineyh evaru meehaku mihaaruves bahattan. eyna ah igey eves echcheh nei. sarukaaru ga higaa kanthah thah ves neygey. eyna ehuree mihaaru moya vefa.dheneh thihen ulhegen kaamiyaabeh nuvaane- by dhonkamana

Anonymous said...

މައުމޫނު ރޭ ސިޔާސަތު ޕްރޮގްރާމްގައި އެދެއްކި ވާހަކަތަކުގެ ސަބަބުން މީނައަކީ ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔާކަމުގައި ހަމަޖެހިފައި ހުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނެވެ. މިހާރު މީނަ ދައްކާ ވާހަކަތައް ގަބޫލުކުރާނީ ހިލޭ ޖިންސީ ގުޅުން ބޭއްވުމަށް ތަރުހީބުދޭ އަންހެން ފިރިހެނުންނާ އަދިވެސް މިބާވަތުގެ ލާދީނީ ކަންކަމަށް ތަރުހީބުދޭ މީހުނެވެ.

Anonymous said...

He is a mad president of mad community we should not keep him again he is a use less man wasting our wealth, life and time and all mankind will be distress by him we are getting Punished by GOD because of him only, we shall take him out from there and bring some one else than him and we shall not bring his believer, we shall choose non of his believers, please think all Maldivians ,this is the time to change all we faced all these past days , So let`s make it this time please I beg you all Maldivians please please , If you will not respond this time God will also leave you all alone ,make your future, please

Anonymous said...

kihaa bodu nohoruppaaneh dho maumoon aa hedhi..balaga mi raajjeyge meehunnakee dhekondu dhetherey umbeh jahaafa thibey baeh kamah dho maumoon heekohgen eulhenee...miothee vaa kameh!

Anonymous said...

badi nasrenage misru ga ulunuiruge oriyan koto eh jaha fanan me balabodukurannaa

Anonymous said...

Golaa is the boa

Anonymous said...

ehenve eyna kihaa varevvey aammunge kurimachchah adhi amudhun ithuru bayakaa muqaabalaa kurevey gothah nunukunnan,shakiraa ekani jehuneemaa ves mifenunee veevaru,hedhihaa dhogaa,kurihaa vakkamaa,dheenah hedhaa goiythah,dhekolhujesseyne evvves gotheh noannaane ennu.eyru nama,suwaalu kuraameehaa anedhdhuvahu jalah gendhaane kan engeythee maumoonu hiy hama nujehey suwaaleh nukureveyne.eynage nubaikan dheki bala,mihaaru emmenge ruhun hoadhan ulhey iruves hama eynage e makaruveri,vagu,khiyaanaaiytheri goiygandu dhookuraakah beynumeh noonennu, hama nuvusneneetha meeha govaigen aa usminakah dhaan miulhey meehunah.ladhevves nugannaneetha.