Wednesday 3 September 2008

ރިޔާސީ ކެމްޕޭނު މުރާޖައާ


ރިފޯމިސްޓް ލީޑަރުން ރައްޔިތުންގެ އުއްމީދުތަކަށް ތެދުވެރިވެ އެއްބައިނުވެއްޖެނަމަ ގޮޅާބޯއަށް ވޯޓުގަ މަކަރު ހަދައިގެން ކުރި ހޯދުމުގެ ފުރުސަތު އެބައޮތް


3 ސެޕްޓެމްބަރ 2008

 

"އިންތިޚާބެއްގައި މުހިއްމީ ވޯޓުލާ މީހުންނެއް ނޫނެވެ. ވޯޓު ގުނާ މީހުންނެވެ." –ޖޯޒެފް ސްޓާލިން (ރަޝިޔާގެ ކުރީގެ ޑިކްޓޭޓަރު)

 

މީގެ ހައެއްކަ އަހަރުކުރިން ރާއްޖޭގެ ރިފޯމު ހަރަކާތް އުފެދުނުއިރު، އެހަރަކާތުގެ ލީޑަރުން ތިބީ އެއް މަޤުސަދެއްގައި ސާބިތުކަމާއެކު އެއްގަލަށް އަރައެވެ.  އޭގެ ނަތީޖާވެސް އެހާ ފުރިހަމައެވެ. އެހާތަނަށް 25 އަހަރު ދުވަހުގެ ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި ގޮޅާބޯގެ ވެރިކަން ހީނަރުވެ، އިސްލާހީ ބަދަލުގެންނަން އޭނާއަށް މަޖުބޫރުވިއެވެ. ނަތީޖާއެއްގެ ގޮތުން މިހާރުވަނީ ޤާނޫނު އަސާސީ އިސްލާހުވެ، ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭފަދަ ހައްޤުތައް ލިބިފައެވެ. އަދި ގޮޅާބޯގެ ވަކިތަކުން ރާއްޖެ ސަލާމަތް ވެދާނޭކަމުގެ ހަޤީޤީ ކުލަތައް މިހާރުވަނީ ފެންނަން ފަށައިފައެވެ.

އެހެނަސް މިހާ ހިސާބަށް ދިޔައިރު، ރިފޯމިސްޓް ލީޑަރުންގެ މެދުގައި ކުރިން އޮތް އެއްބައިވަންތަކަން މިހާރުވަނީ ގެއްލިފައެވެ. ނަތީޖާއެއްގެ ގޮތުން ގޮޅާބޯއަށް ދަނީ ދެވަނަ ފަހަރަށް ދިރުމުގެ ފުރުސަތު ލިބެމުންނެވެ. މިހެން މިވީ ކީއްވެބާއެވެ؟ ތިމަންނާމެންގެ މަޤުސަދަކީ ގޮޅާބޯ ވައްޓާލުމޭކިޔައި ސްޓޭޖުތަކުގައި އަޑު އުފުލި ލީޑަރުން، ކޮއްމެ މީހަކު ވަކި ޕާޓީއެއް ހަދައި އޭގެ ރިޔާސީ ކެންޑީޑޭޓަކަށްވެގެން މިކުރަނީ ކީއްބާއެވެ؟ އެމީހުން އެވީ ވައުދުތައް މިހާރު ހަނދާންވެސް ނުވަނީބާއެވެ؟

ދުނިޔޭގެ ޚުދުމުޚުތާރުވެރިންގެ ތާރީޚަށް ބަލައިލީމާ، އެމީހުން ވައްޓާލެވެނީ ކިހާ އުނދަގުލަކުންކަން ރީއްޗަށް ސާފުވާނެއެވެ. އެފަދަ ވެރިޔަކު މަދު ފަހަރަކު ނޫނީ އިންތިޚާބެއްގައި ވައްޓާލެވިފަކައެއްނެތެވެ. އެހެން އެވަނީ ވޯޓުގައި މަކަރު ހެދުމަކީ ޑިކްޓޭޓަރުންގެ ވަރަށް އަތްމަތީ އުކުޅަކަށްވާތީއެވެ. ޒިމްބާބުވޭގެ އިންތިޚާބުގައި ވީގޮތް ބަލާށެވެ. އިދިކޮޅު ލީޑަރު ޗަންގްރާއި އަށް ގިނަވޯޓު ލިބުނީމާވެސް، އޮޅުވާލައިގެން މުގާބޭ އެހެރީ ވެރިކަމަށް އަރައެވެ. މިހެން ހެދުމަށް މަގު ފަހިވަނީ ދާދި ހަމަހަމައަށް ދެފަރާތަށް ވޯޓުލިބުނީމައެވެ. ބޮޑުތަފާތަކުން އިދިކޮޅުމީހަކު ކާމިޔާބުކުރީމާ ވޯޓު އޮޅުވާލަން އުނދަގޫވެއެވެ.  ރާއްޖޭގެ ތާރީޚަށް ބެލިޔަސް މިކަން ހިނގާފައިވަނީ މިހެންނެވެ. 1994 ވަނަ އަހަރުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއަށް އަންނި ހޮވުނަނުދޭން އުޅެ ނާކާމިޔާބުވީ ފަހުން މާލޭގެ ވޯޓު އޮޅުވާނުލެވޭނެކަން މިހާރު ގޮޅާބޯއަށްވެސް އެނގެއެވެ.

އެހެނަސް ރާއްޖެތެރޭގެ ވޯޓު އަދިވެސް ދަނީ ބަރާބަރަށް އޮޅުވަމުންނެވެ.  ރަށްރަށުން ވޯޓުގެ ނަތީޖާ އަންނަ ފެކްސްތައް އެންމެ ފުރަތަމަ ދަނީ ސީދާ ގޮޅާބޯ އަތަށެވެ. އިއުލާން ކުރަން ކޮމިޝަނަރަށް ގޮޅާބޯ އަންގަނީ އޭނާ ބޭނުން ނަތީޖާއެކެވެ.  އެއްމެ ފަހުން ބޭއްވި ނިޒާމީ ރިފަރެންޑަމްގައި ފެކްސްތައް ރީޑައިރެކްޓްކުރީ ޖުބިލީ ކާނިވަލުގައި ހުރި ޑީއާރުޕީ ގެ އޮފީހަށެވެ. އެތަނުން އިލެކްޝަން ކޮމިޝަނަށް އަލުން ފެކްސް ކުރީ ނަމްބަރު ނާރާގޮތަށެވެ. މިކަން ކުރީ ކޮމިޝަނަށް އެދުވަސްވަރު ވަރަށްބޮޑު ޕްރޮމޯޝަނަކާއެކު ގެންދިޔަ (މި ވަގުތު ނަން ހާމަކުރެވެން ނެތް) ވެރިއެއްގެ ސީދާ ބެލުމުގެ ދަށުންނެވެ.

ނިޒާމީ ވޯޓުގައި ހެދި އަނެއް މަކަރަކީ އިތުރަށް ކަރުދާސް ޗާޕުކޮށް ސަޕޯޓަރުން ލައްވައި ވަގު ވޯޓު އެޅުވުމެވެ.  އެމީހުން ވޯޓުލާން ދާއިރު ދަނީ އިތުރު ދިހަ، ބާރަ ކަރުދާސްކޮޅު ހިފައިގެންނެވެ. އަސްލު ވޯޓުލާއިރު، އެއާއެކީގައި ވަގު ކަރުދާސްތައް  ވެސް ފޮއްޓަށް އަޅާލަނީއެވެ.

 ވޯޓު އޮޅުވާލުމަކީ ގޮޅާބޯގެ ކަށީގައި ހިފާފައިވާކަމެކެވެ. އެކަން އޭނާ ނުކުރާނެ ގޮތެއް ނުވާނެއެވެ. ވީމާ އޭނާ ބަލި ކުރެވޭނެ ހަމައެކަނި ގޮތަކީ މަކަރު ހެދިޔަސް އޭނާ ގަދަ ނުވާވަރަށް އިދިކޮޅު ފަރާތްތަކުން ވޯޓު ހޯދުމެވެ.  ނަމަވެސް މިހާރު ތިބިގޮތަށް އިދިކޮޅުޕާޓީތައް ބައިބައިވެފަ ތިބިއްޔާ އެކަމެއް ނުވާނެއެވެ.  ވަކިވަކިން ވާދަކޮށްގެން އެއްވެސް ޕާޓީއަކަށް ބޮޑުތަފާތަކުން މޮޅުވާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ. ވީމާ ގޮޅާއަށް މަކަރު ހެދުމުގެ ފުރސަތު ލިބޭނެއެވެ.

މިއީ އިދިކޮޅު ބޮޑު ދެޕާޓީއިން ވިސްނާލަން ޖެހޭނެ ކަމެކެވެ.  އެދެޕާޓީއަށް އެއްގަލަށް ނޭރުނިއްޔާ މަކަރުހަދައިގެން އިތުރު 5 އަހަރު ހުރުމުގެ ފުރުސަތު ގޮޅާބޯއަށް ލިބޭނެއެވެ.  ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ގޮޅާބޯ ވެރިކަމުން ބޭލުމަކީ އިދިކޮޅު ލީޑަރުންގެ ޒިންމާއެކެވެ. މިޒިންމާއަށް އެލީޑަރުން ތެދުވެރިވާނެބާއެވެ؟

މަކަރާ ހީލަތުން ވިޔަސް، ގޮޅާބޯގެ ބަލާވެރިކަމުގައި އިތުރު 5 އަހަރު ދިވެހިން ޖެހިއްޖެ ނަމަ އެކަމުގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ ރިފޯމިސްޓު ލީޑަރުންގެ ބޮލުގައެވެ. ބަތަލެއްގެ ބަދަލުގައި އެމީހަކު ބެލެވޭނީ ޣައްދާރެއްގެ ގޮތުގައެވެ.

 

"އަހަރެމެންނަށް ޖެހޭނީ އަޚުންހެން އެކީގައި އުޅެން ދަސްކުރާށެވެ. ނޫނީ މޮޔައިންހެން އެކީގައި ފަނާވެދާށެވެ." –މާޓިން ލުދަރ ކިންގް ޖޫނިއަރ

4 comments:

Anonymous said...

If maumoon wins this election by riggin the votes, Ibra and Umar should be blamed. becox of them the Opposition alliances cannot come up wit one candidate.

Anonymous said...

The article states the sad truth. If every reformist leader thinks he is the best, we are destined to a grievous tomorrow. I wish if our leaders follow the example of Adhaalath and MNC, not necessarily to support the Republicans, BUT to support one single candidate.

Anonymous said...

Maumoonu ey kihaavarehge nulafaa, makaruveri meehehkan visnai gathumakee aharumenge sikundithakah ehaa faseyha kameh noon. Kuriyah mi oih riyaasee inthikhaabugai voatu olhuvaalaa makaruhadhaanekan yageen.
-Nazim -

Anonymous said...

Allah S.W.T mi dhivehi observer ge baiverinnah thedhu magu dhakkavaa shi. Hma kashavarun thiya bai meehun thiya thibee andhiri kameh ge thereygai. Thiya bai meehunnakee ves Allah ge alhun. Maumoon Abdul Qayyoom akee ves Allah ge alheh. Eynaa ah Allah minvaru kurevvi ehchcheh thiyabai meehun kiyaa huthuru echchakun kuraa kamakun thiyabai meehunnakah nigulaheh nuganeveyne. Meehuna niumaiy dhevvanee Allah S.W.T kan dhnnaathi. Maru varah kaireegai oiy kan thiya baimeehun handhaan kuraathi. Meehunah furassaara koh hadi huthuru echchehi govumugai maagina dhuvahaku midhuniyehgai thiyabai meehun dhemi nuthibeyne kan han'dhaan kuraathi. Thiya kuraa hurihaa nubai a'mal thakah jawaabu dhaaree vaan jehey dhuvaheh oiy kan han'dhaan kuraathi. Edhuvahun maaiy Allah ge mathiveri nanfulhah nisbaiyvaa "Abdul Qayyoom" mi maaiy namun nandhevifai vaa meehakha thiya kiyamun dhaa "Golhaa Boa' kanthakugai suwaalu kureveyne. Thiyabai meehun edhuvahun thibeynee an'ga bandhuve dheloa boduvefai. Haas ve kanboduvefai. Edhuvahaku thiyahen Golhaa Boa kiyamun dheveynehen heevey tha????????????