Saturday 27 September 2008

ފުލުހުންނާއި ސިފައިންވެސް ވިސްނާފަ ވޯޓު ދެއްވާ

ރައްޔިތުންގެ އަޑު
 


ތިޔައިގެތެރެއިން ގިނަބޭކަލުން ގައުމަށް ހިދުމަތްކުރަމުންތިދަނީ ވަފާތެރިކަމާއި ހިތްވަރާ ފަންވަރާއިވެސް އެކުގައެވެ. ހަމައެގޮތަށް ތިޔައެންމެހާ ބޭކަލުންވެސް ބޭނުންވާނީ ތިޔަބޭކަލުން ކުރާ މަސައްކަތްތަކުގެ މުސާރައިގެ އިތުރުން އެހެނިހެން ހައްގުތަށްވެސް ހަމަހަމައަށް ލިބޭނެ އުސޫލެކެވެ. ކޮންމެ ދިވެހިދަރިޔަކަށްވެސް ގައުމަށްލިބިގެންވާ މުއްސަދިކަމުގެ އަސަރު ކުރަންޖެހޭނެއެވެ. ފުލުހުންނާއި ސިފައިންގެތެރޭ ވަކިބަޔަކަށް ބަޖެޓް ބޭނުންގޮތަކަށް ތަޅާ ސުންނާފަތިކޮށް ބޭރުދަތުރުތަކާއި، ބޭސްފަރުވާއަށް ބޭރަށްކުރާ ދަތުރުތަކާއި މަޖަލަށް ކުރާދަތުރުތަކުގައި މިންވަރެއްނެތި ހޭދަކުރަމުންދާއިރު އެއީހަމަ ރައްޔިތުންގެ ފައިސާކަން އެމީހުންނަށް ނުވިސްނެނީކީނޫނެވެ. އަމިއްލަ އެދުމުގެ ބޮޑުކަމުން ގަވާއިދުތަކާއި ޚިލާފަށް ބިޑުތައް ހަދައިގެންނާއި އެގޮތް މިގޮތުން ފައިސާތަށް ތަޅާ ހުސްކުރަނީއެވެ. މިކަން ފުލުހުންގެ މުއައްސަސާގައި ވަކިން ބޮޑެވެ. އަޅުގަނޑުމެން އެންމެހާ ދަރިން ބޭނުންވާނީ ގަވާއިދާ ޚިލާފަށް ހިނގާކޮންމެކަމެއް ރަގަޅުވުމަށެވެ.

މަގާމުގެ ކުރިއެރުންވެސް ދެމުންދަނީ ފެންނަގޮތަކަށް ބޭނުންވާ ބަޔަކަށެވެ. ބޭރުން ކޯސްތައްވެސް ދެމުން އެގެންދަނީ ހަމަ އެއުސޫލުންނެވެ. ފުލުހުންގެ ވަޒީފާއަށް ވަންނަ ފޯމު ފުރާއިރު ކިޔެވުމުގެ ފުރުސަތުތައް ލިބޭނެކަމަށް ވަރަށް ފުރިހަމަ އިބާރާތުން އޮންނައިރު ވަޒީފާ ހަމަޖެހުމަށްފަހު އެފުރުސަތު ލިބުނީ ކޮންބަޔަކަށް ހެއްޔެވެ. ތިޔަ ހުރިހާ ކުދިންގެ ކެރިޔަރ ގެއްލުނީކަހަލައެވެ. އެއްއަހަރުގެ ޕްރޮބޭސަނަރީ ޕީރަޑެއްކަމަށް ބުނެ އެއްއަހަރުވަންދެން ކިޔެވުމާއި ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތެއް ވަކިބަޔަކަށް ނޫނީ ނޯވެއެވެ.

ސިޔާސީ މިފަދަ ދަނޑިވަޅެއްގާ އެއްމެ ރަގަޅުގޮތް ވިސްނާށެވެ. ވެރިކަން ބަދަލުނުވިޔަސް ކަންތައްތަކެއް ރަގަޅުވާނެއެވެ. އެހެންނަމަވެސް ހަނދާންކުރާށެވެ. މިމުއަސަސާތަކުގެ އެކުޅިގަނޑު ހުއްޓި ހަމަހަމަކަމެއް އަންނާނީ ވެރިކަން ބަދަލުވެގެންނެވެ. ގާނޫނު ތަސްދީގުކޮށްފައިވެސް ކަމިސަނަރ އަކަށް އާދަމް ޒާހިރު ހަމަޖެއްސުމުން އެމުއައްސަސާ ހަމަ އެހިނގަނީ ކުރިންވެސް ހިނގަމުން ދިޔަގޮތަށެވެ. ރަގަޅުވީ ކޮންކަމެއް ހެއްޔެވެ. އޭރުން ހަމަތިބޭނީ މިހާރުވެސް ތިބި ހުދުމުހުތާރު ވެރިންނެވެ. ޕުރޮމޯސަން ދިނުންވެސް އޮންނާނީ ފެނިވަޑައިގަންނަވާ އުސޫލާއި އަދި މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށެވެ. ވީމާ ގައުމަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންނަމަ މައުމޫނު ނޫން މީހަކު އިހުތިޔާރުކުރުން ކޮންމެހެން ބޭނުންވެއެވެ.

ހުދުމުހުތާރު ވެރިންގެ ނޫސްބަޔާނުގައި ހަސަން ސައީދުއާއިދެކޮޅަށް ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު ބަންޑާރަ ނައިބު އޮފީހުން އޭރު ގިނަ މައްސަލަތަކެއް ޕެންޑްވިކަމަށްބުނާއިރު ފުލުސްއޮފީހުގައި ކިތައްމައްސަލަ ޕެންޑްވެފައި އެބޮތް ހެއްޔެވެ. އަހަރަކު ދިހަ ބާރަ ހާސް މައްސަލަ ހަމަ އެކަނި މާލޭން ހުށަހެޅޭއިރު އޭގެ އެއްޕަސެންޓްވެސް ސަރީއަތަށް ފޮނުވޭހެއްޔެވެ. ބޮޑެތި ޖަރީމާތައްހިންގާ ބައެއްފަރާތްތަކުގެ މައްސަލަ ކޯޓަށް ނުފޮނުވި އާދަން ޒާހިރު އަންގައިގެން ފައިލްކުރަނީ ހަސަންސައީދުގެ މައްސަލަހެއްޔެވެ. މިދިޔަ ރޯދަމަހު މުޅިމާލެ ބިރުވެރިކަމެއްގެތެރެއަށް ގެނުވި ކެމްޕަސްއާއި މިކަހަލަ ބޮޑެތި ފިހާރަތަކުގެ ބިއްލޫރިތައްތަޅާލައިގެން ވައްކަންކޮށް ފޭރުނުމީހާ ރައްޔިތުން ރެޑްހޭންޑްކޮށް އަތުލިއިރު ފުލުހުންގެ ކެމެރާތައް ކޮބާހެއްޔެވެ. އަދި ނުވީތަނަކުން އޭނާ އެހުރިހާ މައްސަލައަކަށް އިއުތިރާފްވިއިރު ސަރީއަތަށް ނުފޮނުވީ ހަސަންސައީދުގެ ބުނެގެންތޯއެވެ. ނޫންނަމަ އެޗްއެސްބީސީ މެނޭޖަރ އާދަމް ޒާހިރަށް ފޮނުވި ސިޓީ އަކުން އަބުދުﷲ ރިޔާޒުތޯއެވެ. މިކަންކަމުގެ ލިޔެކިޔުންވެސް ހުރިކަން އާދަން ޒާހިރަށް ހަދުމަކޮށްދެމެވެ. އާންމުކޮށް ބޮޑެތި ތިޖޫރިފެޅުންފަދަ މައްސަލަތަކުގައި ތަކުރާރުކޮށްގެނެވޭ އާދަންޒާހިރު ގޭދޮށު ލަންދޫގޭ ބަދީއުގެ މައްސަލަތައް ސަރީއަތަށް ނުދަނީ ހަސަން ސައީދު ބުނެގެން ހެއްޔެވެ.

ފުލުހުންގެ މުއްސަސާއަކީ އާދަން ޒާހިރާ އަބުދުﷲ ރިޔާޒުއާއި އެފްއޭ ފަޔާޒުގެ ކުންފުންޏެއް ކަހަލައެވެ. ގަވާއިދުތަކާއި ޚިލާފަށް މިއާލާތުންނަށް ފެންނަބަޔަކަށް ވަޒީފާގެ ކުރިއެރުން ދީ އެމީހުން ލައްވާ ވަކިބައެއްގެ ވަކިފާޑެއްގެ މައްސަލަތައް ބައްލުވާ ފައިލްކުރުވަނީވެސް ހަސަންސައީދު ބުނެގެންހެއްޔެވެ. ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކާއި ޚިލާފަށް މީހުންނަށް އަނިޔާކުރަނީވެސް ހަސަންސައީދު އަންގާފައިވާތީހެއްޔެވެ. މިހާރުވެސް ތަހުގީގު ކޮށްފައިވާ %80 ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށްފައިހުންނަނީ ގަވާއިދުތަކާއި ޚިލާފަށެވެ.

ފުލުހުންގެ މުއައްސަސާގައި ކިޔަވައިގެން ތިބިމީހުން ބޭރުކުރަން އާދަންޒާހިރު ކޮށްފައިވާ މަސައްކަތްތައް ނިކަން ދެކޭށެވެ. މީގެ ދެތިން އަހަރުކުރިން މިއާލާތުންކުރާ މިކަހަލަ ކަންތައްތައް ހުއްޓުވަން އެންމެވަރުގަދައަށް މަސައްކަތްކުރި ދީނާ ހުސޭނުއާއި މައުމޫން ހަމީދު ބޭރުކޮށްލާ ނުކިޔަވާކިތި އާލާތްގަނޑެއް އެކިއެކި ވެރިންނަށް ހެދިއެވެ. މިމީހުން ބޭރުކުރީވެސް އާދަން ޒާހިރާ ތިމަރަ ރިޔާޒު ބޭނުންވާގޮތަށް ފުލުހުންގެ ބަޖެޓުން މިއާލާތުންގެ ބިޒުނަސް ނުހިންގޭތީކަންވެސް އަހުރެމެން ދެނަހުރީމެވެ.  

ހުރިހާ ފުލުހުން ޕޮލިސްގެ އޮނިގަނޑާއި އެހެނިހެން ކަންތައްތައް އިހުހުރިގޮތް ނޫންގަތަކަށް ބަދަލުކުރެވޭނެ ގޮތަށް ވިސްނުން ބުއްދިވެރިއެވެ. މައުމޫން ވެރިކަމަށް އަތުވެއްޖެނަމަ މިބުނިކަންތައްކުރާނީ މިހާރުވެސް ކުރާ އުސޫލުންނެވެ. ވީމާ ވިސްނާފަ ވޯޓު ދެއްވާށެވެ.

Thursday 25 September 2008

ތިންބާރު ވަކިވިއިރު އިލެކްޝަން ކޮމިޝަންގެ އެންމެ އިސް ގާނޫނީ ވަކީލަކީ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދު... މިއޮތީ ޑެމޮކްރަސީ އައިސް ނިމިފަނު

ކުނބުރުދޫ ހަސަނު (+18)


25 ސެޕްޓެންބަރ 2008

ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން އަހަރުމެންނަށް ސަލާމަތް ވެވޭނީ ކޮން ދުވަހަކުން ބާވައޭ ހިތައް އަރައެވެ. އީވާނު ނަސީމު މެން މަރާލީމާ ރައްޔިތުން ނިކުމެ ހަޅޭއްލަވައި އަހަރުމެން އެތެރެޔާއި ބޭރަށް 'ވަކި ފަލްސަފާއެއްގެ ދަށުން' ގޮޅާބޯއޭ ކިޔާ ބޭޒާރުކޮށް ޑެމޮކްރަސީ ގެންނަހަރޭ، އިންސާނީ ހައްގުތައް މޯކުޅި ހަމީދު ދެފައިދޭތެރޭން ނަގާފައި ނަމަވެސް އަހަރުމެންނަށް ދޭށޭ، ކިޔާ ހޭރި ގަތީމާ ގަންނާކުރެއްވި ބިރުން ގޮޅާބޯ މާ ވަރުގަދަ ރިފޯން ސުޕީޗެއް ދިނީއެވެ. ގާނޫނު އަސާސީ އިސްލާހު ކުރަނީޔޭ، އަމާގެ މުންޖޭ، ކިޔާ މީނަގެ ދެން ހުރި އެއްކަލަ ސާރިދޯޅު ތުންހުދު އައްބާހާ ގާނޫނު އަސާސީ އިސްލާހު ކުރަން ހަވާލުކުރީއެވެ. 3 އަހަރުވީއިރުވެސް މުޅިން އުޅުނީ ނިޒާމީ ނުކުތާއެއްގައި ތާށި ވެގެންނެވެ. އެންމެ ފަހުން އެއްކަލަ ކުރިން ޚާއްސަ މަޖުލީހުގެ ރައީސްކަމަށް ކުރިމަތިލީމާ ނަންއަނބުރާގެންދާށޭ މުހަންމަދު ހުސައިނު ލައްވާ ބުނުވި، ބުރުމާ ގާސިމު އެކަމާ ހަވާލުވެގެން ފާސްޓް ޓެރެކުގަ ގާނޫނު އަސާސީ އިސްލާހުކޮށް ނިންމާލީއެވެ. އެކަމަކު ނިންމާލި އިރު، ގޮޅާބޯ އެޔަށް ކިޔަނީ އެހެން ނަމެކެވެ. އާ ގާނޫނު އަސާސީ އެވެ. އެއީ އޭގެ ދަށުން އަދިވެސް އިތުރު 5 ވަރަކަށް އަހަރު ރައްޔިތުންގެ ކަރަށް ފައިން އަރައިގެން ހުރެވޭތޯ ބަލާށެވެ.

ކޮންމެ އަކަސް ގާނޫނު އަސާސީ ތަސްދީގުކޮށް ނިމުނު އިރު އަދިވެސް މި ގޮޅާބޯގެ ބަލާވެރިކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ހަމަ ފައިވިއްދާލައިފައި މިހިރީ ވެރިކަމަށެވެ.

އިއްޔެ ސުޕުރީމު ކޯޓަށް އިބުރާ ހުށަހެޅި މައްސަލަޔަކީ މިޔެވެ. ގާނޫނު އަސާސީގައިވާ ގޮތުން ގޮޅާބޯއަށް 7 ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެކަމެވެ. ބުރުމާ ގާސިމު ބުނިގޮތުންވެސް ޚާއްސަ މަޖުލީހުން އާ ގާނޫނު އަސާސީއެއް ހެދީކީ ނޫނެވެ. ކުރީގެ ގާނޫނު އަސާސީ އިސްލާހު ކުރީއެވެ. ދެ ދައުރަށްވުރެ އިތުރަށް ވެރިކަމުގައި އެކަކަށް ނުހުރެވޭނެޔޭ ކިޔާފައި މާއްދާއެއް ހަމަ ފާސްވާއިރަށް އެއްކަލަ ގޮޅާ ހަދާނެގޮތް ބޮޑުވެ އިސްލާހޭ ނުކިޔާ އާ ގާނޫނު އަސާސީޔޭ ކިޔަން ފެށީއެވެ. މިހާރު ދެން މީ އާ އެއްޗެއްތޯ ނުވަތަ އިސްލާހުކޮށްފައިވާ އެއްޗެއްތޯ ނިންމަން މި ޖެހެނީ ސުޕުރީމު ކޯޓަށެވެ.

ކޮންމެ އަކަސް އެތާނގައިވެސް މިތިބީ ހަމަ ގޮޅާބޯގެ މީހުންނެވެ. އޭގެ އިތުރުން އިލެކްޝަން ކަމިޝަންގެ އެންމެ އިސް ލޯޔަރަކަށް މި ދަނީ އެއްކަލަ ގޮޅާބޯގެ ފިރިހެންކުޅި ކޮއްކޮ މޯކުޅި ހަމީދުގެ ދަރި ޝާހީން ހަމީދެވެ. ގޮސް މި ގާނޫނު އަސާސީޔޭ، މަސްލަހަތޭ، އިންތިގާލީޔޭ، ބޭންކު އޮފް މޯލްޑިވްސްގަ އުޅޭ ފިރިހެންކުޅީ ސޮރެކޭ ކިޔާ ވީދެނީއެވެ. ދެން މިހެން ގޮސް މައްސަލަ ނިމޭއިރު ނިމޭނީ ހަމަ ގޮޅާބޯ ބޭނުންވާ ގޮތަށެވެ. ބޮޑު ބަލާއެކެވެ!

މޯކުޅި ހަމީދު ގެ ފުތް ޝާހީނު ބޮޑުބޭބެ ފެނިފަ އަމައްޔާއިވެގެން ދެފައި ދުރުނުކުރެވިފަ

މީން ކަމަކާ އަޅާ ނުލާ ޔަގީން ކަމާއެކު %51 ޕަސެންޓުން މޮޅުވާނެތީ، ރައީސް ކަމުގެ ހުވާވެސް މިހާރު ބައެއް ޕާޓީތަކުގެ ކެނޑިޑޭޓުން ފަރިތަކުރަނީއެވެ. އެކަމަކު ގޮޅާބޯ އޭނަގެ އާއިލާގައި އުޅޭ ފިރިހެންކުޅިޔާއި ވައްކަމުގެ މާހިރުން އެކި ތަންތަނަށް ލައިގެން އަދިވެސް ހަމަ ރިފޯން ކުރަނީޔެވެ.

ގޮޅާބޯއެވެ! ކަލޭގެ ރިފޯން އެޖެންޑާއެކޭ ކަދުރު އަލީގެ ނަދުރެކޭ މިވަނީ ހަމަ އެއްވަރެވެ. އަލީވެސް ކަނދުރު ރުކުން ފޭބިއްޖިއްޔާ މިވެނި ކަމެއް ކޮށްދޭނަމޭ، އެވެނިކަމެއް ކޮށްދޭނަމޭ ކިޔެވެ. އެކަމަކު ރުކުން ފޭބުނީމާ އެ ނަދުރުތައް މަތިން ހަނދާނެއް ނުވިޔެވެ. ފުއްދައެއް ނުދިނެވެ. ކަލޭވެސް 9 ޖޫން 2004 ގެ ރިފޯން ސުޕީޗުގަޔާ، ރޯޑު މެޕުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭނަމޭ ބުނިޔެވެ. އެކަމަކު ކަމެއް ވިއްޔާ މިވީ ރައްޔިތުން ނިކުމެ، އެތައް އަޑެއް އުފުލާ، އެތައް އަނިޔާއެއް ލިބުމަށްފަހުއެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ކަލޭމެން ތިތިބީ ހަމަ ހޭގައި ހެއްޔެވެ. މި ގޮޅާބޯ އަދިވެސް އެ އުޅެނީ ހަމަ ކުރިން ގަތްގަނޑު ގަންނާށެވެ. އިލެކުޝަން ކަމިޝަނޭ، ޒުހުރިއްކުއްދާގެ ޖުޑިޝަލް ސާވިސް ކަމިޝަނޭ، ސުޕުރީމު ކޯޓޭ، ފޯކޭ ކިޔަސް ތިންބާރު އަދިވެސް އޮތީ ހަމަ އެންމެ ދެމީހަކަށް ބޭނުންކުރެވޭ ގޮތަށެވެ. އެއީ ބިޑިކާ ނައްޓު އަށާއި ޒަކަރުލާ ހަމީދާ ދެމީހުންނެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ގޮޅާބޯގެ އާއިލާގެ ބަލާވެރިކަމުން ސަލާމަތްވާން ވިސްނާށެވެ! % 51 ޕަސެންޓު ލިބޭނެތީ ހެވިފަ  ތިހެން ތިއްބާ، %75 ލިބޭނެތީ ހެވިތިއްބާ ބަރުލަމާނީ ކެމްޕޭނުގައި މަކަރާއި ހީލަތުން ބަލިގަޅުވާލިގޮތަށް މިފަހަރުވެސް ބަލިގަޅުވާލާ ފާނެވެ. ދެން، ބަލިވީ މިވެނި މީހަކާ ހެދިޔޭ، އިއްތިހާދޭ، ރަނިންމޭޓޭ، މެނިފެސްޓޯއޭ، ކިޔަކިޔާ ތިއްބާ ގޮޅާބޯ ބައިނަލް އަގުވާމީކޮށް 11 ނޮވެމްބަރުގައި އިޚުލާސްތެރިކަމާއެކު ފިސްތޯލަ ހިފައިގެން  އިބުތިހާލުވެ ހުރެ އަނެއްކާވެސް ކުރާނީ އާ ގާނޫނު އަސާސީގެ ދަށުން އާ ހުވަޔެކެވެ. އޭރުން ވަރަށް ތާހިރުވާނެއެވެ. އޭރުން ދާނީ އެހެން ރާއްޖެއަކަށެވެ.

އޭ ބަލަގަ ދިވެހި ރައްޔިތުންނޭވެ! ޒިންދާބާދު ކިޔަކަސް އަދި އެވަރަކުން ނުފުދޭނެއެވެ. ޒިންބާބުވޭގައި ދާދި މިދާކަށް ދުވަހު ކަންހިނގައި ދިޔަގޮތަށް ފިކުރު ހިންގާލާށެވެ. ވޯޓުން މޮޅުވީ އެހެންމީހެކެވެ. ވެރިކަމުގައި އެހެރީ ހަމަ އެއްކަލަ ގޮޅާބޭއެވެ. ގާނޫނު އަސާސީގައި ކޮންމެ އެއްޗެކޭ ލިޔެފައި އޮތަސް ގޮޅާބޯމެން ހަދާނީ ހަމަ ހަދާނެ އެއްޗެކެވެ. އެކަން ހަނދާން ނައްތާ ނުލާށެވެ.

 

Wednesday 24 September 2008

ރާއްޖެ ހަލާކުވެގެން މިދިޔައީ މިޞްރުން އައި ބައިގަނޑުގެ އަތްދަށުވެފައި ނޫން ހެއްޔެވެ ؟

މުކޮޅު


24 ސެޕްޓެންބަރ 2008

ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅު ، ނާޞިރު ދައުރުގައި ، މައުމޫނާއި ، ޒާހިރުޙުސައިނާއި، ފަތުހުﷲ އަދި އިބްރާހީމް ރަޝީދު މޫސާ ، އަޙްމަދު އާދަމް ، ޙުސައިން ޢަބްދުއްރަޙުމާން މިކަހަލަ ބަޔަކު މިސްރުން ކިޔަވައިގެން  އައިސް ރާއްޖޭގައި ހުރި މައި މަދުރަސާތަކުގައި ކިޔަވައިދޭން ފެށިއެވެ. މީގެ ތެރެއިން މައުމޫނު ކަހަލަމަދު މީހަކު މެނުވީ ވެރިކަމަށް ދަހިވެތިވެގެން އަމިއްލަ އެދުން އިސްކޮށްފައެއް ނުވެއެވެ. މައުމޫނަށް ވެރިކަމުގެ މިއެދުންވެރިކަން ލައިގަތީ ވަދެވުނު ގެޔަކުންނެވެ. އެއީ އެންދެރިމާގެޔެވެ. އެގޭ ޢައްބާހާއި އިލްޔާހަކީ ޚުލްގު ނުބައި އަދި ވެރިކަމުގެ ދަހިވެތިކަން ބޮލަށް އަރާފައި ތިބި ނުބައި ނުލަފާ ޖާހިލު ދެ ވަގުންނެވެ.

ފޮޓޯ: އައްބާސް، ގޮޅާ، ފަތޭ، މޯކުޅި ހަމީދު - ޗައިނާ 1984

ޢައްބާހާ އިލްޔާހަކީ ވެރިކަމަށް ކުފޫހަމަވާ ދެމީހުންކަމަށް ނުވާތީ ، ގޭތެރެއިން ރާވައިލީ މައުމޫނު އިސް ސަފަށް ނެރެ އެގެޔަށް ވެރިކަމުގެ ބާރު ފުރޮޅައި ލުމަށެވެ. ނުބައި އެތައް ރޭވުން ތަކަކަށްފަހު ، އެތައް ދުވަހެއްގެ ދިގު އިންތިޒާރަކާއެކު އެންދެރިމާގޭގެ ރޭވުން ކާމިޔާބު ކޮއްފިއެވެ. މައުމޫނަށް ވެރިކަން ހޯދައިދީފިއެވެ. ދެޅިޔަން ހިޔަޅުންކުރެ އުރުއްޕަތެއްނެތް ޢައްބާސް ދުއްވައިގަތީ ދިވެހިރާއްޖޭގެ އަޑާ ދިމާލަށެވެ. އެތަނަށް ދިޔައިރު ދޮން ރީތި އެނައުންސަރެއް ގޮވައިގެން އެތާ ، އަނެއް ޅިޔަނު ސަމަރޭވެސް އުޅެއެވެ. ދުވަސްކޮޅެއް ވީތަނާ ދެޅިޔަނުން އަރާރުންވެ ، ދެކަނޑިޔަކަށް އެއް އުރައެއްގައެއް ނޯވެވޭނެޔޭ ބުނެ ޢައްބާސް އެތަނުން ބޭރުވެ ، ރައީސް އޮފީހަށް ޅިޔަނު ކައިރިޔަށް ޖެހިލިއެވެ.

ބޮޑެތި ބާރުތައް ލިބިގެން ދިޔައީ އިލްޔާހަށެވެ. ޓްރޭޑާއި ، ޑިފެންސާ އެސްޓީއޯ އެވެ. މިސްރުން ކިޔަވައިގެން އައިނަމަ ޖަސްޓިސްވެސް އިލްޔާހަށް ދިނީހެވެ.

ދެންތިބީ އެކުގައި ކިޔަވައިގެން އައި ބައިގަނޑެވެ. މިބައިގަނޑުން  އެންމެ ކުރިޔަށް ޖެހިލީ ، ޒާހިރު ޙުސައިނާ ފަތުހުﷲ އެވެ. ޒާހިރު ޙުސައިނު ލީ އެޑިއުކޭޝަނަށެވެ. މިހިސާބުން ރާއްޖޭގެ ތަޢުލީމީ ބިންގާ އެދިޔައީ ފުނޑުފުނޑުވެގެންނެވެ. ޅަފަތުގެ ތަޢުލީމު ނެތް އެއްޗަކަށް ވެއްޖެއެވެ. މާ މުހިންމު އެއްޗެއް ނޫނެވެ. މަދުރަސާ ތަކުގައި ކިޔަވައިދޭ ހުރިހާ ފޮއްތައް ބަދަލުކުރަން ޖެހިއްޖެއެވެ. މައުމޫނުގެ 30 އަހަރު ، އިންސާނީ ވަސީލަތާ ދީނީ ޢަގީދާ ބަލިކަށިކުރީ މި ފޮއްތަކަށް ބަދަލު ގެނެސްގެންނެވެ. ތުއްތު ސިކުނޑިތަކަށް ދީނީ ޢަގީދާ ވެއްދުމަށް ކުރީ ސަމާސައެވެ. މާތް ﷲ އާ ރޮނަލްޑް ރޭގަނާ އަޅުވާ ކިޔާފައި ހުއްޓެވެ. އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ބެލެނިވެރިން ފާހަގަކޮށް އެފޮއް ފޮތުން އުނިކުރިއެވެ. މިހުރިހާ ކަމެއް ވީއިރުވެސް ، ޒާހިރު ޙުސައިނު ހުރީ ނާއިލާ އަށް ޑާލިންގ ކިޔާލަ ކިޔާލަ ، ހައްދިހަ ހައްވަނަ އަހަރުއްސުރެ ހުރިހާ ފޮއްތަކެއް ނާއިލާގެ ވައްގަނޑަށް ލައިގެން ހެވިފައެވެ.

ދެންހުރީ ފަތުހުﷲ އެވެ. ބުނެވޭ ގޮތުގައި ، ހިއްޕަވާލެއް ގިނަ ކަމުން އެއް އަހަރެއްގެ ބަރަކާތްތެރި ރޯދަމަހު ނަސޭހަތްދޭން ޙަރާމުން ހަރާން ޒަމާލިކަށް ދިޔައިމަ މަށަށް ނަސޭޙަތްދޭން ކޮންމެހެން އަންނާނެ ކަމެއް ނެތޭ ކިޔާފަ އެގެއިން ވަނީ ބޭރު ކޮއްލާފައެވެ. އެހެނީ ނަސޭހަތްދޭން ދިޔަ މީހާގެ ހާލު ވަކި ސަހަލެއް ނޫނެވެ. އެކަންކަން އެނގޭނީ ހަމަ އެމީހުން އެމީހުންނަށެވެ. ކެޔޮކޭވަރު އެނގޭނީ ބިތުފަންގެ ނެގީމައެވެ.

ދެން ތިބީ ރޮނގާލި ފައްޗެވެ. އެކި ދިމަދިމަލަށް ލައި މައުމޫނަށް މޮޅުވާނެހެން ހީވާ ގޮތްގޮތް ހަދައި ، ލަވަކިޔައި ސަނާ ކިޔަން ހަވާލު ކޮށްފައެވެ. މިކަންކަމާ އިދިކޮޅުވީ ، ކުނރިބީ އަޙްމަދު އާދަމެވެ. އެފަކީރުގެ ދުވަސް ދުއްވާލީއެވެ. މާގިނަ ދުވަހަކު ދެބަސްވެ އިދިކޮޅު ޚިޔާލު ގެންގުޅޭކަށް ފުރުޞަތެއް ނުދިނެވެ. ވަޅުލައިފިއެވެ.

މިއެންމެންވެސް ، ދެން  އިސްކުރި ، ޢުމަރު ޒާހިރުމެން ކަހަލަ ކަޗޯރުން ފަހަތުލައިގެން މިވީ 30 އަހަރު ދުވަހު ކުރިހާވެސް ކަމަކީ ، މައުމޫނުގެ ވެރިކަން ދެމެހެއްޓުމަށް ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރުމެވެ. އަޑަށް ލެވުނުހާ ބާރެއްލާފައި މައުމޫނު ވަރުގެ މީހަކު ނެތްކަމަށް އެކިތަންތަނުގައި އަދި އެކި މުނާސަބަތުތަކުގައި ދަޢުވާ ކުރުމެވެ. އެއީ އެކަން ކޮއްގެންނޫނީ ، އެމީހުންނަށް މަގާމުގައި ނުތިބެވޭނެތީއެވެ. އަދި ލިބުނުހާ ބާރަކާ ނުފޫޒެއް ބޭނުންކޮއްގެން ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ ތިމާމެންގެ ދިރިއުޅުން އާރާސްތު ނުކުރެވޭނެތީއެވެ. ހުންވަރިއެއް ވެލާއިރަށް ބެސްކުރުމަށް ސިންގަޕޫރަށް ނުދެވޭނެތީއެވެ. މާބޮޑު މަސައްކަތަކާ ނުލައި ފަޅުރަށްރަށާއި ރިސޯޓު ނުލިބޭނެތީއެވެ. ބޮޑުކުއްޔަށް އެހެން ފަރާތްތަކަށް ދޫކުރުމަށް އަތޮޅު ފިހާރަތައް ނުލިބޭނެތީއެވެ.

ޢުމަރު ޒާހިރުމެން ނާއި ދަންޑެހެލުމެން ، މޯކުޅި ޙަމީދުމެންނާއި ހަރާމުން ހަރާމުމެން ރެޔާދުވާލު ކަރުން ނާރު ނަގާފަ މައުމޫނުވަރުގެ މީހަކު ނެތޭ އެގޮވަނީ އެމީހުންގެ އަމިއްލަ އެދުމަށެވެ. މާދަމާވެސް އެހެންބަޔަކު ވެރިކަމަށް އަރާއިރަށް އެމީހުންގެ ދުވަސް ދިޔައީއެވެ. މައުމޫނު ގެއްލި ފުލްމޫނުވެސް ގެއްލުނީއެވެ.

މިތިބެނީ އަދިވެސް ބަލާށެވެ. ފެނެއެވެ. މޯކުޅި ހަމީދުމެން ޢުމަރު ޒާހިރުމެން ދަންޑެހެލުމެން ކަރުން ނާރު ނަގާފަ އަތުން ފައިން ވައްތަރު ޖައްސާފަ ޑީއާރުޕީ ކެމްޕޭނުގަ ވަށްވަށް ޖައްސާ މަންޒަރު އެބަފެނެއެވެ. ވެރިކަމަށް ދަހިވެތިވެ ބޫތުކައިފަ ތިބޭ ތަސްމީނުމެން ކަހަލަ ހޭޖެހޭ މީހުންވެސް މައުމޫނަށް ސަނާ ކިޔާތަން އެބަ ފެނެއެވެ. އެކަމަކު ދެން މިނިމުނީއެވެ. ދިވެހިރައްޔިތުން ކަލޭމެންގެ ބަހެއް ދެނެއް ނާހާނެއެވެ. ރާއްޖެ ހަލާކުވެ ގޮސްފައިމިވަނީ ކަލޭމެންނާ ހެދިއެވެ. ބޯގޯސް ޢަޖޫޒުވެ މުސްކުޅިވެފައިހުރި ޚުދުމުޚުތާރު ވެރިޔަކު ވެއްޓިގެން ދާތަން ބަލަން ނިކަން ތިބޭށެވެ.

ބުރުމާ ގާސިމު ، އަންނި ، ޑރ. ވަހީދުމެން އެތިއްބެވީ މައުމޫނު ބާލަން ނުކުންނަވައެވެ. ދިވެހި ރައްޔިތުން އެތިބީ އެބޭފުޅުންގެ ފަހަތްޕުޅުގައެވެ. ތިޔަ މިސްރުމީހުންގެ ބައިގަނޑު ވަނީ އެބައިގަނޑަށް ތަބާވި ބަޔަކާއެކު މިރާއްޖެ ހަލާކުގެ ތެރެޔަށް ވައްދާފައެވެ. މިސްރުގައި އެހިނގާ ވެރިކަމުގެ ނަމޫނާ މިރާއްޖޭގައި ދައްކަން ދެން ނޫޅޭށެވެ.

30 އަހަރުން ނުވިކަމެއް ކިތަންމެ ގިނަ ވަޢުދުތަކަކާއެކު ނުކުތަސް ނުވާނެއެވެ. ކަމެއް ވާވަރަށްވުރެ ތިޔަބައިމީހުން ތިތިބީ މުސްކުޅިވެ ގައި ބާރުދެރަވެފައެވެ. ތިހެން ތެޅެނިކޮށް ނާކާމިޔާބުވީމަ ދެން ހުއްޓޭނީ ހިތެވެ. އެކަން ނުވަނިސް އަމިއްލަ ޖާނައިގެން ސަލާމަތްވެ ދޮގުނޫނީ ހަދަން ނޭގޭ ޢަޖޫޒު މީހާއަށް ބައިޢަތުހިފުން ދޫކޮށްލާށެވެ. ބުއްދިވެރިންގެ ގޮތަކީ އެއީއެވެ.

ކިތަންމެ ލިޔުމެއް ހަދައިގެން ނެރުނަސް ނާޞިރަކީ މޮޔައެއް ނޫނެވެ. ހުވާ ނުކުރަނިސް ހަތިޔާރު ގުދަން މައުމޫނުފަދަ މީހަކާ ހަވާލު ނުކުރާނެކަން މިގައުމުގެ އެންމެ ތުއްތު ކުއްޖާއައްވެސް އެގޭނެއެވެ. ދެން ސަމާސަ ކުރަން ނޫޅޭށެވެ. ތިޔަ ކަހަލަ ރުނޑިޔަކު ދައްކާވާހަކައެއް ދިވެހި ރައްޔިތުންނެއް މިއަދު އަޑެއް ނާހާނެއެވެ.

ރާއްޖެތެރޭ މީހުންގެ ވޯޓު ގޮޅާބޯއަކަށް މުހިންމެއްނޫން، ރާއްޖެތެރޭ މީހުންނަށް ވޯޓުލެވޭނީ ކުޑަސިޓީ ހައްދައިގެންތަ؟

ރައްޔިތުންގެ އަޑު


24 ސެޕްޓެންބަރ 2008

މިދުވަސްވަރަކީ ރާއްޖޭގެ ތާރީޙްގައި ވަރައް ފާހަގަ ކޮއްލެވޭ ދުވަސް ވަރެކެވެ.ވޭތުވެ ދިޔަ 30 އަހަރުގައި ދަމަހައްޓަމުން އައި "ކުޑަކާފު ބޮޑު ކާފު"ގެ ކުޅިވަރު ނިމި ދިވެހި ރައްޔިތުންނަށް އެމީހަކު ބޭނުންވާ މީހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމުގެ އިޙްތިޔާރު ޤާނޫނު އަސާސީން ލިބިދިން ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދުވަސްވަރެވެ.

މިފަދަ މުހިއްމު އިންތިހާބެއް ބޯމަތި ވެފައި ވާ އިރު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައްވެސް އެބަހުއްޓެވެ.ކަންބޮޑު ވާންޖެހޭ މައްސަލަތައްވެސް އެބަ ހުއްޓެވެ.ވޭތުވެ ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ޤާނޫނުވެފައި ވަނީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ނުކުތާއެއް އޭގައި ހިމެނޭ ޤާނޫނެކެވެ. އާދެ!އެއީ ވޯޓް ލާންބޭނުން މީހުން ރަޖިސްޓްރީ ކުރުމަށް އޮތް ނުކުތާއެވެ.އަޅުގަނޑު ކަންބޮޑު ވަނީ މިގޮތަށް މި ނުކުތާ އޮތުމުން އެތައް ބައެއްގެ ވޯޓްލުމުގެ ހައްޤު ގެންލިގެން ދާނެތީއެވެ.އެހެނީ މިވޭތުވެ ދިޔަ 30 އަހަރު މިރާއްޖެ ތަރައްޤީ ކުރުމަށް މައުމޫން ދުރަށް ވިސްނަމުން،ރާވަމުން،ކުރަހަމުން ކުލަ ޖައްސަވާފައި ވާލެއް ފުރިހަމަކަމުން ކިތައްމެ އާދައިގެ ޒަރޫރީ ބޭނުމަކަށް ވެސް މިޖެހެނީ ކަނޑު ފަތާފަ މާލެ އަށް ދާށެވެ.

މިހެން މިކަން އޮތް އިރު އިލެކްޝަން ކޮމިޝަނުން އެއަންގާ ގޮތަށް ކަން ކޮފިއްޔާ ހަމަ ޔަޤީނުންވެސް ވޯޓް ލުމައް ލިބިފައިވާ ފުރުސަތު ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ގެއްލިގެން ދާނެއެވެ. އެގިވަޑައި ގަންނަވާނޭ ފަދައިން މާލޭގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ނިސްބަތްވާ ތިރީހަކަށް ހާހަށް ވުރެ ގިނަމީހުން މާލޭގައި އުޅޭނެއެވެ.އަދި ހުއްޓުމެއް ނެތި އަބަދުވެސް މާލެއަށް ދަތުރުވެރިން ގޮސް އައިސް ވާނެއެވެ.މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުނަށް ވޯޓް ލާ ދުވަހު މާލޭގައި ވޯޓްލެވޭނެ ކަމުގެ އުއްމީދު އޮތަސް ދަތުރުވެރިންނަށް ވޯޓް ލެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތޭ ދެންނެވިދާނެއެވެ.އެހެނީ ދަތުރުވެރިންނަށް ވޯޓްލާ ދުވަހު ތިބެވޭނީ ކޮންހިސާބެއްގައި ކަމެއް މިމަހުގެ 25 ގެ ކުރިން އެގޭނީ ކިހިނަކުން ތޯއެވެ؟ވޯޓް ލާށޭ ކިޔާފަ ކާން ބޯން ކުރާ މަސައްކަތް ހުއްޓާލެވޭހާ އަތްމަތި ތަނަވަސް މީހުން ވަރަށް މަދުވާނެއެވެ.އެހެން ކަމުން އެތައް ދަތުރު ވެރިންނެއްގެ ވޯޓް ލުމުގެ ފުރުސަތު ގެއްލިގެންދާނެކަން ޔަޤީނެވެ. ދަތުރު ވެރިންގެ އިތުރުންވެސް ވޯޓް ލުމުގެ ފުރުސަތު ގެއްލި ދާނެކަމުގެ ބިރު ހުރިހާ ރައްޔިތުންނަށްވެސް އެބަ އޮތެވެ.އެހެނީ 25 ގެ ކުރިން ވޯޓްލާން ނިއްމިތަން ބަދަލް ވުމަކީ ވަރައް ކައިރި ކަމެކެވެ.ހަމަ ކުއްލި ކަމެއް ދިމާވެގެން ވޯޓްލާން ނިއްމާފައިވާތަން ދޫކޮށް ފުރަން ޖެހުމަކީ މިރާއްޖޭގެ ހާލަތު އޮތްގޮތުން ނުވުމަށް ވުރެ،ވުން ކައިރިކަމެކެވެ. އެހެން ކަމުން އަޅުގަނޑު ދަންނަވަން އޮތީ މި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން މިހާރުވެސް ޔަޤީން ވެއްޖެ ވާހަކައެވެ.އެހެނީ އެއްވެސް މީހެއްގެ ހައްގު ގެއްލިއްޖެނަމަ އިންސާފުވެސް ގެއްލުނީއެވެ.އެހެން ކަމުން މިގޮތަށް މިކަން ނުހިގާނެ ގޮތަކަށް ގާނޫނު ބަދަލް ކުރުމަށް ގޮވާލަމެވެ.ދިވެހި ރައްޔިތެއްކަން އެގޭފަދަ ލިޔުމެއް އަތުގައި އޮވެއްޖެނަމަ ވޯޓް ފޮށި ބެހެއްޓިފައިވާ ކޮންމެ ތަނަކަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލަމެވެ.

ޚާއްސަ ލިންކު
ރިޔާސީ އިންތިޚާބު ގައި ރަށުން ބޭރުގައި ވޯޓުލުމަށް
ރަޖިސްޓްރީކުރާ ފޯމު


Monday 22 September 2008

ގޮޅާބޯގެ ސެކިއުލަރިޒަމޭ ކިޔުނު ބުޅާ ގޯނިން ބޭރުވެއްޖެ

ޚަބަރު މުރާޖައާ


ގޮޅާބޯއަކީ ފެށުނީއްސުރެންވެސް އިލްމާނީ ޒާތުގެ ލާދީނީ ޚިޔާލު ގެންގުޅޭ މީހެއްކަން ދިވެހީން އަބަދުވެސް ދަނެއެވެ. އެހެނަސް މިކަން ޚުދު އޭނާގެ އަނގައިންބުނެވި ބުޅާ ގޯނިން ބޭރުވީ އިހަކަށްރޭ ސިޔާސަތު ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދިނުމުގެ ތެރޭގައެވެ. ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި އެސުވާލާއި، ގޮޅާބޯ ދިން ޖަވާބު މިތާގައި އަކުރުން އަކުރަށް ނަކަލުކޮށްލާނަމެވެ.

 ޝާކިރު: "2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ."

 މައުމޫން: "އެންމެފުރަތަމަ ދަންނަވާލަން ބޭނުންވަނީ ދެން ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ، އެއީ  މިޕްރޮގުރާމަކީވެސް ސިޔާސީ ޕްރޮގްރާމެއް އަދި އަޅުގަނޑު މިހާރު ތިބޭފުޅުންގެ އަރިހުގައި ވާހަކަ ދައްކަމުން މިގެންދަނީ ކުރިއަށްއޮތްތާގައި ސަރުކާރުގެ ސިޔާސަތު ގެންދާނެ ގޮތުގެ މައްޗަށް އަޅުގަނޑު ހޮވިއްޖެއްޔާ، އެހެންވީމާ މި ފޯރަމަކާ ނުގުޅޭ ދެއްތޮ. ދީނީ ކަންތައްތަކުގެ ތެރެއަށްވަންނަން، ދެން ތި ވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް،   ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ޞަރީޙަ އިބާރާތުން އެނގެންއޮތް ކަމެއްވެސް ނޫން. އެހެންވީމާ....."

ނިކަން ވިސްނާލައްވާށެވެ. ގޮޅާބޯ އެބުނަނީ " ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ،|" މިހެންނެވެ. މިއީ އިސްލާމީ ވެރިންގެ އަމަލު ހުންނންޖެހޭ ގޮތް ބާއެވެ. ނޫނީ އިލްމާނީ ޖައްބާރުން އުޅޭގޮތް ބާއެވެ.

އަނެއްކޮޅުން އާލު އިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގެ މާނާގައިވެއެވެ. " ހެޔޮކަމުގެ މަގަށްގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ...."  ގޮޅާބޯ އެގޮންޖެހީ މިއާޔަތަކަށް ނުންތޯއެވެ. މިއީ ސެކިއުލަރިޒަމް ފިޔަވައި ދެން ފަހެ ކޯންޗެއްތޯއެވެ.

ގޮޅާބޯގެ އަމަލުތައް ހުންނަގޮތުން އޭނާއަކީ އަތާތުރުކުގެ އިލްމާނީ ސިޔާސަތަށް ތާއީދު ކުރާމީހެއް ކަން ސާބިތުވެއެވެ. މިގޮތުން ތިރީގައި މިލޔާ ކަންކަން ފާހަގަ ކުރެވެއެވެ.

1.      ތުރުކީންގެ ސަޤާފީ ހެދުން އުވާލައި ހުޅަނގުގެ ހެދުން އެޅުމަށް އަތާތުރުކު ބާރުއެޅިއެވެ. ގޮޅާބޯ ހުޅަނގުގެ ކޯޓު ފަޓުލޫނާއި ސަފާރީ ސޫޓު ތައާރަފު ކުރަން އުޅުނެވެ.

2.      ތުރުކީ ތާކިހާ އަޅާމީހުންގެ ތާކިހަލާ އެއްކޮށް ބޮލުގެ ނާށިގަނޑަށް އަތާތުރުކު މޮހޮރު ޖެއްސުވިއެވެ. ގޮޅާބޯ ތުނބުޅި ނުބާލާމީހުންގެ ތުނބުޅި ޗިލީ ސޯސްލައިގެން ބޭލުވިއެވެ.

 

މިހިރަ ކަންތަކުން ގޮޅާގެ ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. ވޯޓުލުމުގެ ކުރިން ވިސްނަލައްވާށެވެ. ބޭނުމީ އިސްލާމް ދީން ތޯއެވެ. ނޫނީ ތުރުކީގައި އޮންނަކަހަލަ އިލްމާނީ ވެރިކަމެއް ތޯއެވެ.

Sunday 21 September 2008

ގޮޅާބޯގެ ބޮޑު ސަލީބުގަތީ ރާއްޖޭގެ މަސްކަނޑުން ބަޔެއް ވިއްކާފައި

ޚަބަރު މުރާޖައާ

17 ސެޕްޓެންބަރ 2008

ރާއްޖޭގެ ސަރަހައްދާބެހޭގޮތުން މިޒަމާނުގެ ތާރީޚުގައި ނިކުތް އެންމެ ބޮޑު މައްސަލައަކީ ފޯޅަވައްސާއި ރާއްޖެއާދެމެދުގައި އޮންނަ އިޤުތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ބައެއް އުނިވުމެވެ.  ރާއްޖޭގެމިހައްޤު ގެއްލުނީ ފޯޅަވައްސަށް ކަމަށްވުމާއި، ފޯޅަވައްސަކީ އިނގިރޭސީންގެ ތަނަކަށްވުމާއި، އޭގެ ދުވސްކޮޅެއް ފަހުން އިނގިރޭސީންގެ އަތުން ގޮޅާބޯއަށް ބޮޑު ސޮލީބު ލިބިފައިވުމަކީ، އެކަންކަމުގެ އަޑީގައި ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ނުވެ ނުދާނެ ކަންކަމެވެ. 

ކަނޑުތަކާ ބެހޭ ބައިނަލް އަޤުވާމީ މުއާހަދާގައި ވާގޮތުން، އެހެން ޤައުމެއްގެ ސަރަހައްދާ ފުށުނާރާނަމަ ކޮންމެ ޤައުމަކަށްވެސް އިޤުތިސާދީ ސަރަހައްދުގެ ގޮތުގައި 200 މޭލު ލިބެއެވެ. އެހެން ޤައުމެއްގެ ސަރަހައްދާ ފުށުއަރާނަމަ، ބައިނަލް އަޤުވާމީ ކަނޑުގެ ޤާނޫނުގައި ވަނީ، ދެފަރާތުން ވާހަކަދައްކައިގެން އަދުލުވެރިގޮތަކަށް މައްސަލަ ނިންމުމަށެވެ. އަދުލުވެރިގޮތަކީ ކޮންމެހެން ހަމަހަމަ އަށް ބައިކުރުމެއް ނޫނެވެ. އަދުލުވެރި ހައްލެއް ހޯދުމުގައި ކަނޑުގެ ސަރަހައްދު ތާރީޚީގޮތުން ބޭނުން ކުރެވެމުން އައި ގޮތަށާއި، ދެޤައުމުގެ އިޤުތިސާދައް  ކަނޑުގެ ސަރަހައްދު މުހިންމުވާވަރުގެ މައްޗަށް ބެލެވެއެވެ. މިގޮތުން ރާއްޖެއަށް އެސަރަހައްދުން ފުރިހަމަ 200 މޭލު ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.

ތާރީޚީގޮތުން ބަލާއިރު، އިނގިރޭސީން އައުމާޖެހެންދެން ފޯޅަވައްސަކީ ފަޅުރަށެކެވެ. އަދި އޭގެ ފަހުން ވެސް އެރަށަކީ މަސްވެރި މުޖުތަމައެއް އުޅެފައިވާ ތަނެއް ނޫނެވެ. އަދިމިހާރު އެރަށަކީ ވަޒަންވެރިން އުޅޭތަނެއް ނޫނެވެ. ކަނޑުގެ ޤާނޫނުގައިވާގޮތުން އިސްތިއުމާރީ ބާރުތަކަށް، ރަށްރަށުގެ އަހުލުވެރީންނަށް އޮންނަ ހުރިހާ ހައްޤުތަކެއް ނޯވެއެވެ. އަނެއްކޮޅުން ފޯޅަވައްސާ ޚިލާފަށް ރާއްޖެއަކީ އެންމެ އިހުޒަމާނުއްސުރެން މަސްވެރިކަމަށް ބަރޯސާކުރާ ރަށްވެހީންތަކެއް އުޅެމުން އައިތަނެކެވެ. މިހާރުވެސް މަސްވެރިކަމަކީ ނިކަމެތި ދިވެހީންގެ އިޤުތިސާދުގެ ލޭނާރެވެ. މިގޮތްގޮތަށް ބަލާއިރު އަދުލުވެރި ބަދަލަކަށްވާނީ ރާއްޖެއަށް ފުރިހަމަ 200 މޭލުގެ ސަރަހައްދެއް ލިބުމެވެ.

އެހެނަސް  ޓީވީއެމް އިން ގެނެސް ދިން ސިޔާސަތު ޕްރޮގްރާމުގައި މިކަމާމެދު ސުވާލުކުރުމުން ގޮޅާބޯ ހެދީ ބުހުތާން ދޮގެވެ. ދިވެހީން ނަށް އޮޅުވާލުމުގެ ގޮތުން ގޮޅާބޯ ބުނީ ސަރަހައްދު ބައިކުރުމަށް އޮންނަ ހަމައެކަނި ގޮތަކީ ހަމަޔަށް ދެބައިކުރުން ކަމަށެވެ.  މިއީ ރޯ މަރު ދޮގެއްކަން ކަނޑާބެހޭ ބައިނަލް އަޤުވާމީ މުއާހަދާގެ 74 ވަނަ މާއްދާ ކިޔާލުމުން ސާފުވާނެއެވެ.

 އިނގިރޭސީންނަށް ރާއްޖޭގެ މަސްކަނޑުގެ ހައްޤު ދޫކޮށްލިތާ 4 އަހަރުފަހުން ގޮޅާބޯއަށް އިނގިރޭސި ރާނީގެ އަތްޕުޅުން ބޮޑުފާދިރީ މައިކަލްއާއި ބޮޑު ފާދިރީ ޖޯރޖުގެ އެންމެ މާތް ސޮލީބު ދެއްވިއެވެ.  މިސޮލީބު ލިބުމާވިދިގެން ގޮޅާބޯއަށް އެދެފާދިރީންގެ މަޒުހަބުގެ ރަމްޒީ މެމްބަރުކަންވެސް ލިބުނެވެ. އަހަރަކު 4 ފަހަރު އެމަޒުހަބުގެ ޚާއްސަ ދުއާކުރުން ލަންޑަންގެ ބޮޑު ފާދިރީ ޕޯލްގެ ފައްޅީގައި ބޭއްވެއެވެ. އެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމްޒީ މެމްބަރުންނަށްވެސް އޮންނާނެއެވެ.

ނިކަމެތި ދިވެހި މަސްވެރިންގެ ހައްޤުން ބައެއް ގޮޅާބޯ ވިއްކާލީ އެފުރުސަތުގެ ބޭނުމުގައި ބާއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑަކީ ލޭބޯމީހެއް ނޫނޭ

ކުނބުރުދޫ ހަސަނު (+18)


21 ސެޕްޓެންބަރ 2008

ގޮޅާބޯ މިހާތައްދުހު ކޮންމެ ތާކަށް އަރާ ކޮންމެ އަނގައެއްގަޅައިފައި ފޭބިޔަސް އެއްޗެއް ކިޔާނެ ހަޖޫ ޖަހާލާނެ މީހަކު ނުހުރެއެވެ. މިހާރު އެކަމަކު ދިމާކުރާ ނިޒާމު ރާއްޖެއައުމާ ވިދިގެން ގޮޅާބޯކުރާ ކޮންމެ ކަމަކާ، ބުނާ ކޮންމެ އެއްޗެއް ދިރާސާ ކުރާނެ އެކިވައްތަރުގެ އެކި ފަންތީގެ މީހުން ތައްޔާރު ވެފައި އެބަތިއްބެވެ.

ގޮޅާބޯއެވެ! ކަލޭ ޓީވީއަށާ ތަންތަނަށް އަރާ އިނދެގެން އަރަބިބަހުން ފޯކޭ ކިޔަސް އެވާނީ ހަމަ ވަރަށް މާތް ގުރުއާނުގެ އާޔަތަކަށް ނުވަތަ ކީރިތި ރަސޫލާގެ ހަދީސްފުޅަކަށް ހެއްޔެވެ! ނަގޫބަޅާއެވެ! ކަލޭގެ ހުރި ނުބައި ނުލަފާކަން ބަލާބަލާށެވެ! އިސްލާމް ދީނަށްވެސް ކަލޭ ތިޔަ ފުރައްސާރަކުރަނީ ވަކިވަރެއް ބަލާފަކާ ނޫނެވެ!

ދިވެހީންނެވެ! މި ގޮޅާބޯ މީ ހަމަ އަހަރުމެންގެ މައިންބަފައިން ބުނެ އުޅޭގޮތަށް ކާފަރު ދަންނަބޭކަލެކެވެ. ދީނުގެ ހުކުމްތަކަށް ކޮޅުފައިން އަރައިގެން އިދެ 30 އަހަރު ވެރިކަން ކުރަމުން އެއައީ އަދުލު އިންސާފު ނައްޓުގެ ދެފައިދޭތެރޭގައި ފޮރުވާ ބާއްވައިގެނެވެ. މި ވަރުގެ ވަލު ޖަނަވާރަކަށް ހަމަ ހޭގައި ތިބެގެން ވޯޓު ދިނުމަކީ އިސްލާމް ދީނަށްވެސް ލިބޭނެ ނިކަމެތިކަމަކާއި ދެރައެކެވެ.

ސިޔާސަތު ޕުރޮގްރާމްގައި ގޮޅާބޯ އޭނާއަށް ދިވެހިންގެ ކަރަށް ފައިން އަރައިގެން ހުރެ 30 އަހަރު ވެރިކަން ކުރެވިއްޖެކަމަށް އެއްބަސްވެވޭތީ،  އެންމެ ހެޔޮކަންބޮޑީ މާފުކުރުމޭ ' وَأَنْ تَعْفُواْ خَيْرٌ لَكُمْ ' މިހެން ގޮޅާބޯ ބުނީ އެއީ ގުރުއާނުގެ އާޔަތެއް ނުވަތަ ހަދީސެއްކަން  ދައްކާށެވެ. މީ ދެން މާ ބޮޑު ދީނީ އިލްމުވެރިޔެއް ވިއްޔާއެވެ. ބަލަގަ ގޮޅަޔާއެވެ! ކަލެޔަށްވުރެ މާމަތިން ދީނީ އިލްމު ދަނެގެނެ އުޅޭ މީހުން ރާއްޖޭގައި މިހާރަކު މަދެއްނުވާނެއެވެ. އެހެންވީމާ ދޭތެރެ ދޭތެރޭން ތިމާގެ މޮޅުކަން ދައްކާ އަރަބި ބަހުން ފާޑު ފާޑުގެ އެއްޗެހި ނުކިޔާށެވެ. މިހާރަކު ދިވެހިންނެއް ކަލޭގެ ބަހަކަށް ނުހެއްލޭނެއެވެ.

ބަލަގަ ގޮޅަޔާއެވެ! އަރަބި ބަހުން އަމާގެ ފުޔޭވެސް ބުނެވިދާނެއެވެ. ދެން ކަލޭ ޕުރޮގުރާމު ތަކަށް އަރާ އަރަބިން ކިޔާ އުޅޭ އެއްޗެކޭ ކިޔާފަ އެހެންވެސް ކިޔަން ވީނުން ހެއްޔެވެ. މާ ފާޑު ފާޑު ކުރަންޏާ އަރަބި ބަހުން ކަލެޔަށް ފަޑަބޯން ދީފާ ނަމެވެ. شرب عصير كس މާނަޔަކީ ފަޑަބޯށެވެ. ފަޑަޔަކީ އަރަބިންވެސް ބޮއި އުޅޭ އެއްޗެކެވެ.

ދިވެހީންނޭވެ! މި ގޮޅާބޯގެ ބަލާވެރިކަމުސް ސަލާމަތްވާނޭ ފުރުސަތު އޮކްޓޯބަރ 8 ގައި މި ލިބެނީއެވެ. ހުރިވަރު ދައްކާލާށެވެ. ގޮޅާބޯ ކަހަލަ ބޮޑު މުނާފިގަކަށް ވޯޓު ނަމަނަމަ ނުލައްޗެވެ. ފާފަވެރިވާނެއެވެ.

Wednesday 17 September 2008

އާއްމު ޓީވީގައި އަމިއްލަޔަށް ބަރަހަނާވުމުގެ އާއުސްމިންތަކަކަށް ގޮޅާ އަރައިފި

ޚަބަރު މުރާޖައާ


17 ސެޕްޓެންބަރ 2008

ރޭ ޓީވީއެމުން ގެނެސްދިން 'ސިޔާސަތު ޕްރޮގްރާމްގައި' ރާއްޖޭގެ އެތައް ހާސް ރައްޔިތުންގެ ކުރިމަތީގައި އަމިއްލަޔަށް ބަރަހަނާވެ، އޭނާއަކީ ދުވަހަކުވެސް ތެދެއް ނުހަދާނޭ މީހެއްކަން ގޮޅާބޯ ސާބިތު ކޮށްދީފިއެވެ. އެކިފަހަރުމަތިން ޤައުމީ ޓީވީގައި ޚުދު  އޭނާގެ އަމިއްލަ އަނގައިން ބުނެފައިވާ ބުނުންތަކަކަށް އިންކާރުކުރުމުގެ ސަބަބުން، ގޮޅާބޯގެ ބަހަށް އިތުބާރު ކުރާ މަދު ދިވެއްސަކު ހުރިނަމަވެސް އެމީހެއްގެ އިތުބާރުވެސް މިހާރު ވަނީ ގެއްލިފައެވެ. ފިސްތޯލަހިފައިގެން ހުވައިކުރި މައްސަލައާއި އެފްޕީއައިޑީގެ ޚިޔާނާތާއި ޖައްވަށް ފަޒާއަށް ހަވައަށް ބަޑިޖެހި މައްސަލަ މީގެ ތެރޭގައި ހިމެނެއެވެ.

ރޭގެ ހަޑިހޭވުންތައް ގޮޅާ ފެއްޓީ 1998 ގެ ޤާނޫނު އަސާސީ އަކީ ވަރަށްމޮޅު އެއްޗެއް ކަމަށްބުނެ އެދުވަސްވަރު އޭނާ މީޑިޔާއަށް ދީފައިވާ ބަޔާނަކީ ދޮގުބަޔާނެއްކަމަށް އިއުތިރާފު ވަމުންނެވެ. އެގޮތައް ދޮގުހެދީ 17 އަހަރުން އެޤާނޫނު އަސާސީ ހެދިމީހުންގެ ހިތް ހަމަޖައްސާލަން ކަމަށް އޭނާ އެއްބަސްވިއެވެ.

ރޭގެ ޕްރޮގްރާމުގައި ގޮޅާއެރި އެންމެ އާއުސްމިނަކަށް ވާނީ އިސްލާމް ދީނުގެ ހުކުމްތަކަށް އަމަލުކުރަން ކޮންމެހެން ނުޖެހޭނެކަމަށާއި، ނުކޮށް ދޫކޮށްލުން އެއީ އިޚުތިޔާރުގައި  ވާކަމެއްކަމަށް ބުނި ބުނުމެވެ.  މިހެން ބުނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުންނެވެ.

ދެން ގޮޅާބޯ އެރި އަނެއް އުސްމިނަކީ 28 އަހަރުން އޭނާހެދި ޤުރުއާން ތަރުޖަމާއަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް އިއުތިރާފުވުމެވެ. މިގޮތަށް އެއްބަސްވީ، ނޫރުސޫރަތުގެ ބުރުގާއާބެހޭ އާޔަތުގެ ދިވެހި ތަރުޖަމާގައި ވާގޮތުން އަންހެނުން ބުރުގާއަޅަން ޖެހޭއިރު ބިޑިކާނައްޓު ބުރުގާނާޅަނީ ކީއްވެތޯ ސުވާލުކުރުމުންނެވެ.  މީގެ ޖަވާބުގައި ގޮޅާބޯބުނީ އެއާޔަތުގެ މާނަ އޭނާގެ ތަރުޖަމާގައި ވަނީ ރަނގަޅަށްނޫން ކަމަށާއި، އަސްލުގައި ބުރުގާ އަޅަން ނުޖެހޭ ކަމަށެވެ.

ގޮޅާބޯގެ ދޮގުތަކުގެ ތެރެއިން އާއްމުން އެންމެ ސިހުނު ދޮގަކީ 1978 ގައި އޭނާ ހުވާކުރީ ފިސްތޯލަހިފައިގެން ކަމަށް ކުރި އިންކާރެވެ. މިކަމާ އާއްމުން ކަންބޮޑުވަނީ މިކަމަކީ ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ ކުރިމަތީގައި ޚުދު އޭނާގެ އަނގައިން ތަފްސީލާއެކީގައި އިއުތިރާފުވެ، އެއިއުތިރާފުގެ ރެކޯޑިންގް އެތައްބައެއްގެ އަތުގައި އޮތްކަމަކަށްވާއިރުވެސް މިހާބޮޑު ދޮގެއް ހެދީމައެވެ. ބައެއްމީހުން ބުނާގޮތުގައި މިއީ އޭނާގެ ސިނކުޑިއަށް ޖެހިފައިވާ އިންފާކުބަލީގެ އަލާމާތެކެވެ.

މުޅި ޕްރޮގްރާމުގައި ގޮޅާބޯ ހެދީ އެންމެ ތެދެކެވެ. އެއީ އޭނާއަކީ އިސްލާމެއްކަމަށް ބުނެވޭނެ ހަމައެކަނި ގޮތަކީ ދުލުކުރިން ޝަހާދަތް ކިޔާތީ ކަމަށް ވީ އިއުތިރާފެވެ. މިކަމަށް އިއުތިރާފުވީ އަދާލަތު ޕާޓީގެ ރައީސް ޝޭޚު ހުސެން ރަޝީދު އޭނާއަކީ އިސްލާމެއްނުންކަމަށް ތުހުމަތުކުރެއްވި މައްސަލައާގުޅޭގޮތުން ސުވާލުކުރުމުންނެވެ. ގޮޅާގެ މި އިއުތިރާފާއެކު، ހުސެން ރަޝީދުގެ މަސައަކަތްޕުޅު ވަރަށް ފަސޭހަވީއެވެ. ސުޕްރީމްކޯޓަށް މި އިއުތުރާފު ހުށަހެޅީމާ، އެކޯޓުން ގޮޅާއަކީ އިސްލާމެއްނުންކަމަށާއި ރައީސްކަމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ހުކުމް އިއްވަވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. 

މައުމޫނަކީ " ދޮގު " ވެރިއެއް

މުކޮޅު


މައުމޫނުގެ 30 އަހަރުގެ ވެރިކަން ބިނާވެފައި އޮތީ މުޅިންވެސް ދޮގާއި މަކަރާ ޙީލަތާ އަދި ފަސާދައިގެ މައްޗަށެވެ. އެކަން ދިވެހި ކޮންމެ ދަރިޔަކަށްވެސް އެނގި ކަށަވަރު ވާނެއެވެ. ޤާނޫނާ ޚިލާފަށް ހަތިޔާރު ހިފައިގެން ހުރެ ރައީސްކަމުގެ ހުވާ ކުރި ހިސާބުން އެއީ ޢިލްމުވެރިއެއް ކަމުގެ ސުއާލު އުފެދެއެވެ. ﷲ ގަންދީ ބަޑިހިފައިގެންހުރެ  ޤާނޫނާ ޚިލާފަށް އެކުރި ހުވައެއް އެކުރީ ދޮގު ހުވައެއެގެ ގޮތުގައެވެ.

ދޮގުގެ މައްޗަށް ދޮގެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިންތިޚާބު ކައިރި ވީމަ ރަށްފުށޫގެ ރައްޔިތުންނަށް ދޮގު ހަދިޔާ ކުރެއެވެ. ފަޅު ފުންކޮށްދޭން ، މިސްކިތް އަޅައިދޭން ، ފާލަން އަޅައިދޭން ދޮގު ވަޢުދުތައް ވެއެވެ. ރައްޔިތުންނަށް އޮޅުވާލައިގެން މަކަރާ ޙީލަތުން ވޯޓުލައްވާ ، އަދި ނުވީތާކަށް ވޯޓު އޮޅުވާލައިގެންނާއި ވަގުވޯޓުއަޅައިގެން ރައީސްކަމަށް އަމިއްލަޔަށް ހޮވެއެވެ. މަކަރާ ޙީލަތުންނެވެ. ބާރުގެ ބޭނުން ކޮށްގެންނެވެ.

ރައީސްކަމަށް ހޮވުނީމަ ، އާ ދައުރަކަށް ދޮގު ހުވާ ކޮށްފާ ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާނެއް އިއްވައެވެ. މިބަޔާނުގައިވެސް ކޮންމެ ފަހަރަކު ހަދަނީ ހުސް ދޮގެވެ. ކުރިޔަށް އޮންނަ އަހަރު ރައްޔިތުންނަށް ކޮށްދޭން ބުނާ ގިނަ ކަންތައްތައް އަހަރު ނިމޭއިރު ކޮށެއް ނުދެވެއެވެ. މިކަމާ ސުއާލެއް ނުކުރެވެއެވެ. ސުއާލު ކުރާ މީހާ އޮންނަން ޖެހެނީ ޖަލުގެ ގޮޅިތެރޭ އާދަން ޒާހިރުގެ ބެލުމުގެ ދަށުގައެވެ. އެތަނުން ކޮންމެވެސް ދުވަހަކުން ނުކުމެވުނަސް ނުކުމެވޭއިރު އޮންނަނީ ގުދާރު ބިދި އަލުން ދުނިޔޭގައި ނޫޅެވޭވަރަށް އަނިޔާކޮށް ދުނިޔެއިން ބާކީ ކޮށްލާފައެވެ.

ފަސާދައިގެ އަލިފާން ގަނޑުން މުޅި ދިވެހި އުންމަތް އޮންނަނީ އަނދައަނދައެވެ. މޯކުޅި ޙަމީދާއި ތުންހުދު ޢައްބާސްމެންގެ 24 ގަޑިއިރުގެ މަސައްކަތަކީ ، ފިތުނަ ފަސާދަ އުފެއްދުމެވެ. އެމީހުންނަށް އަޅުކަން ނުކުރާހެން ހީވާ މީހެއް ވިއްޔާ ދުވަސް ދުއްވާލުމެވެ. ކައިރީގެންގުޅޭ މިނިސްޓަރުން ރާބޮއިގެން ޢަމަލުވެގެން ތެޅޭއިރު ކުރެވޭ އެއްކަމެއްވެސް ނެތެވެ. ތިމާގެ ދަރިން ، ޢާއިލާގެ ކުދިންލިބޭ މީހުންގެ ދަރިން މަސްތުވާ ތަކެތި ބޭނުންކޮށްގެން ޢަމަލުވެގެން މުޅި ރަށުތެރޭ ތެޅިބާލާއިރު ކުރެވޭ އެއްކަމެއްވެސް ނެތެވެ. މީގެ ތެރޭގައި އޭކޭ 47 ގެ ހުރި ހަމައެކަނި ފިރިހެންދަރިވެސް ހިމަނަން ޖެހެއެވެ. މަސްތުވާ ތަކެތި ބޭނުންކޮއްގެން ޢަމަލުވެގެން ތެލޭ އިރު ، އޭކޭ 47 ހޯމް މިނިސްޓަރަށްވެހުރެ ފުލުހުންގެ ވެރިޔަކަށްވެ ހުރެ އެއުޅެނީ އަމިއްލަ ދަރިވެސް އެކަމުން ސަލާމަތް ނުކުރެވިގެންނެވެ. ކަންތައްމާ ބޮޑުވާން ފެށީމް ފިލަން ވެގެން އެއްފަހަރު ލަންކާއަށް ގެންދާނެއެވެ. އަނެއްފަހަރު މެލޭސިއާ އަށް ގެންދާނެއެވެ. އެވަރުންވެސް ފިޔަވަޅު އަލާކަށް ނުކުރެއެވެ. އޭކޭ 47 ގެ ދަރި ވީމަ މަސްތުވާ ތަކެތި ބޭނުން ކުރިޔަސް އެއީ ކަމެއް ނޫނެވެ.

މޯކުޅި ޙަމީދުމެން އަމިއްލަ ދަރިއާއެކު އެއް ޖިންސުން ގުޅުން ހިންގީމަވެސް ފިޔަވަޅެއް ނޭޅެއެވެ. އެކަމާ ލަދުގަންނަން މިޖެހެނީ ރައްޔިތުންނެވެ. އެއީ ޤާނޫނުން އިސްތިސްނާވާ ، ވެރިކަން ދަމަހައްޓަން ޤާނޫނާ ޚިލާފަށް ދައުލަތަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއް ވީމައެވެ. ޙުސެނިކުމެން އޭދަފުށީ ސަލީމުމެން ކުޑަކަކޫ ޖަހައިގެން ބާއްވާފަ ވަޒީފާއަދާކުރުވޭތީ ، ބަޖެޓް ކާލިޔަސް އަދަބެއް ނުދެވެއެވެ. ތުން ހުދު ޢައްބާސްމެން ތަންތާ ހުޅުޖަހާ ކުރިއަރައިދާ ވަކިވަކި ފަރުދުންގެ ދުވަސް ދުއްވާލަމުން ދާއިރުވެސް އާދަން ޒާހިރަކަށް ނުފެނެއެވެ. ފަޒާއަށް ވަޔަށް ބަޑިޖަހާ ޖަލުމީހުންނަށް އަނިޔާކޮށް މީހުން މަރަމުންދާ އިރުވެސް ، ސިފައިންގެ ވެރިންނަކަށް ކަމެއް ނުވެއެވެ.

ޢަދުލު އިންސާފު އެއްގޮތަކަށްވެސް ނެތި ، އަނިޔާ އާއި ނިޔާ ވަނީ އޮޅިފައެވެ. ދީން ބޭނުންކޮށްފައިވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ވެރިކަމުގައި ގިނަދުވަހު ދެމިހުންނަންވެގެން ، ދިވެހިރައްޔިތުން ބިރުގަންނަވާ ހަތިޔާރެއްގެ ގޮތުގައެވެ. ޙަރާމުން ޙަރާމަށް ދީނީ އިމާމުކަންދީ އިމާމުކަން ކުރާނެގޮތް ބުނެދެނީ މައުމޫނެވެ. ޙުކުމްތައް އަންނަނީ އަންގާ ގޮތަށް ބާވާލެއްވިގެންނެވެ.

ޒިނޭކުރުމާއި ޓެކުމާ ފޭރުން  އަދި ވައްކަން ކުރުން ވަނީ އިންތިހާއަށް ގޮހެވެ. އެކަކު އަނެކަކަށް އިޙުތިރާމްކުރުން ވަނީ ގެއްލިފައެވެ. ސްކޫލްތަކުން ފެށިގެން ތުއްތު ކުދިން ކިޔަވާ ފޮތްތަކުން ދީނީ ޢަޤީދާވަނީ ފުހެލެވިފައެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް އިޖުތިމާޢީ ހަމަޖެހުން ގެއްލި ި އިޖުތިމާޢީ ފޭރާން ވަނީ ފޮތިއަޅާ ކޮޅުން ނުލާވަރަށް ވީދިފައެވެ. ޤާނޫނާއި ޤަވާޢިދު ހިންގަނީ އެއްބަޔަކަށެވެ. މަތީމަޤާމާއި ވަޒީފާގެ ކުރިއެރުން ލިބެނީ ޚުޝާމަދުކޮށް ސަނާ ކިޔާ މީހުންނަށެވެ.

ގަބޫލުކުރިޔަސް ނުކުރިޔަސް ، މައުމޫނުގެ އަނިޔާވެރިކަން ، ޖިސްމާނީ ގޮތުން ނޫނިއްޔާ ނަފުސާނީގޮތުން ނުފޯރާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެއެވެ.

ޙަޤީޤަތަކީ މިއީއެވެ. ޒަޢީމު ދިވެހިރައްޔިތުންގާތު ތިވިދާޅުވަނީ މިޙަޤީޤަތްތައް ޤަބޫލުކުރާށޭތޯއެވެ. ނޫނެކެވެ. މިޙަޤީޤަތްތަކުގެ މައްޗަށް އާ އުސްމިންތަކަކަށް މިރާއްޖެ ގެންދާކަށެއް ދިވެހި އެއްވެސް ރައްޔިތަކު ބޭނުމެއް ނޫނެވެ. ތިއިއްވެވި މެނިފެސްޓޯގެ ވަޢުދުތަކަށް އަތްތިލަބަޑި ޖަހަން ސަރުކާރު މުއައްޒަފުން ގެންގޮސް ގުނބޯ ގުނބޯ ގޮއްވިދާނެއެވެ. އެއީ މައުމޫނުގެ އަޅުން ހެއްޔެވެ. އޭގެ ތެރޭގައި ގިނައީ މައުމޫނުގެ އަނިޔާއެއް ކޮންމެވެސް ގޮތަކުން ފޯރާފައިތިބި މީހުންނެވެ. ކުރީބަރީގައި ދަރިންނާ ދަނބިދަރިން އަދި އަޅުން ނުވަތަ މިނިސްޓަރުން ބައިތިއްބައިގެން ހެއްދިޔަކަސް ދިވެހި ރައްޔިތުންނެއް ދެނެއް ނުހެއްދޭނެއެވެ. އޭގެ ތެރެއިން ގިނަމީހުން ތިތަނަކަށް ގޮސް އަތްޖަހާ މައުމޫނަށް އެ ސަޖިދަ ޖަހަނީ އެހެން ގޮތެއް މިވަގުތު ނެތިގެންނެވެ. ނޫނީ މަޤާމުގެ ކުރިއެރުން ބޭނުން ވެގެން އަމިއްލަ އެދުމަށެވެ.

މައުމޫނަކީ މިރާއްޖޭގައި ވެރިކަންކުރަން މިހާރު ކަމުދާނެ މީހެއް ނޫނެވެ. ޚުދުމުޚުތާރުކަމުން އަމިއްލަ ޕާޓީވެސް ތިއޮތީ ގޮށްމުށުގެ ބާރުގެ ދަށަށް ލާފައެވެ. އެހެން މީހަކަށް ފުރުޞަތއް ނުލިބޭގޮތަށް ޒަޢީމުގެ އަންބޮނޑިޔަށް ލާފައެވެ. ތިވެސް އެއްޗަކަށްވާނީ ވާދަކޮށްގެން ޒަޢީމުކަމަށް އައި ނަމަނޫން ހެއްޔެވެ. މިކަމުންވެސް ، ވެރިކަމަށް މައުމޫނު ބޫތު ކައިފަހުރި ވަރު އެބަ އެނގެއެވެ. 30 އަހަރު ނުފުދިގެން ވެރިކަމާ މަރުފަލި ޖަހާއިރު މިހާރު ދިވެހިން މިތިބީ ހޭލައެވެ. ދެނެއް މައުމޫނަކަށް އަހަރެމެން ހައްލައެއް ނުލެވޭނެއެވެ. ﷲ ، މިދިވެހިރާއްޖެ މައުމޫނުގެ ކިބައިން ސަލާމަތް ކޮށްދެއްވާށިއެވެ.

ދެކެން ބޭނުންވަނީ އެހެން ދުވަހެކެވެ

 ރައްޔިތުންގެ އަޑު


17 ސެޕްޓެންބަރ 2008

ޤައުމެއްގެ ތާރީޚާއި އަމިއްލަ ތަޖުރިބާއަކީ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗެކެވެ. މުސްތަގްބަލުގެ ދުރުމީއިން ފެންނަ މަންޒަރުތަކާއި، ކުރެވޭ އުންމީދުތަކުގައި ކުލަޖައްސައިލުމަށް އަތަށް ލިބިފައިވާ ކުލަފޮށްޓެއްފަދަ އެއްޗެކެވެ. ދިވެހިތާރީޚުގެ ފަތްފުށްތަކަށް ދިރާސާކުރުމުގެ ނަޒަރަކުންބަލައި، ވިސްނައިލުމުން ވަރަށް ޚާއްޞަކަމެއް ދޭހަވެއެވެ. އެއީ އިސްވެދިޔަ ޒަމާންތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ އަތުން ނަގަމުންއައި "ވާރުދުރޯ" ލުއިކޮށްދެއްވުމާއި، ރަށްރަށުގައި އަލަށް މިސްކިތްތައް އަޅުއްވައިދެއްވުމާއި، ވެރިކަމުގެ ފަރާތުން ރާއްޖޭގައި އަލަށް ތަޢުލީމުދޭން ފެށްޓެވުމާއި، އަމިއްލަމީހުންގެ އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ގޮސްއައިސް ވުމުގެ މިނިވަންކަމާއި، ދިވެހީންނާއިބިދޭސީންނާއި ދެމެދުގައިކުރެވޭ ވިޔަފާރީގައި "ޙާސިލެއް މާޞިލެއް" (ޓެކުހެއް ޑިއުޓީއެއް) ނެގުމެއްނެތި މުޅި ޤައުމުގައި ތަނަވަސްކަން ޢާންމުކޮށްދެއްވުންފަދަ ރައްޔިތުންނަށް ލާބަހުރި ގިނަކަންތައްތަކެއް އަލަށް ފަށްޓަވާފައިވަނީ ރާއްޖޭގެ އަތޮޅުތަކަށް ނިސްބަތްވާ މަދު ޢަދަދެއްގެ ރަސްރަސްކަލުންކަމެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދުމިވަނީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިފައެވެ. މިބަދަލުތަކަށްޓަކައި މަދުބަޔަކު މާކުރިންފެށިމަސައްކަތް އެކަމުގެ ޙަޤީގަތް ހާމަވަމުން ދިޔަދިޔަހެން ފުޅާވަމުން އިތުރުވަމުންގޮސް މިއަދު މިވަނީ ތުރާކުނާ އައްޑުއާއިދެމެދު ފުރިބާރުވެ އުތުރިއަރާފައެވެ. މިދުވަސްގެނައުމުގެ އުންމީދުގައި މަސައްކަތްކުރި އެތައްބަޔަކަށް ލިބިފައިވާ ނުޙައްޤު އަނިޔާތަކުގެމަތިން ހަދާންކޮށްލިޔަސް "ގައިން ހީބިހިނަގައެވެ".

އިސްލާޙަށް މަސައްކަތް ކުރުމަކީ ހަމައެކަނި ދެކޮޅުވެރިކަން ފާޅުކުރުމެއްނޫނެވެ. ހިތައް އައިހައިކަމެއްކުރުމެއްވެސް ނޫނެވެ. ގިނަބައެއްގެ ބައިވެރިވުން ހިމެނޭ ކަމެއްގައި އެންމެންގެ ހިއްސާ އެއްވަރުވުމަކީ ފިތުރަތާއި ޚިލާފުކަމެކެވެ. އަމުދުން ސިޔާސީކަމެއްގައި އެންމެންގެ ފިކުރު އެއްގޮތްނުވާނެކަން ތާރީޚަށްޓަކައި މިއަދު މިހިރަ ސާބިތުވަމުންދަނީއެވެ. އެތައް ކަންތައްތަކެއް އެތައްގޮތަކަށް ހިނގައި ނިމިފައިވުމަކީ ގިނަބައެއްގެ މެދުގައި މިހާރު ޚިޔާލުތަފާތުވުމުގެ ސަބަބަކަށް ވެދާނެއެވެ. ކަމަކާއިމެދު އެންމެންނަށް އެއްގަލަކަށް ނޭރެވެނީ މައްސަލައަށްވުރެބޮޑަށް މީހާއަށް އިސްކަންދެވޭތީއެވެ. "ބުނާމީހަކަށް ނުބަލާށޭ، ބުނާ އެއްޗަކަށް ބަލާށޭ" ހަރުބަހުގައި ބުނެފައިވަނީ މިގޮތް ދިމާވާތީއެވެ.

ޤާނޫނު އަސާސީ މިވަގުތައް އިސްލާޙުކޮށް ނިމުނީއެވެ. ރައްޔިތުން ބޭނުންވިގޮތަށް ގިނަކަންތައްތަކެއް ބަދަލުކުރުމަށްފަހުގައެވެ. ދިވެހިންގެ ގިނަބަޔަކުބޭނުންވަނީ މިޤައުމަށް ބަދަލެއްގެނައުމަށެވެ. މަރުޙޫމް ނައިފަރު ދޮހޮއްކޮގެ އިބާރާތުންނަމަ " ބޭނުންވަނީ އެހެން ދުވަހެއް ދެކޭށެވެ." ހެޔޮބަދަލަކަށް ވާނީ ތިމާ ނުދަރައި ކައިބޮއި، އުނުއޮރިޔާން ނިވައިކޮށްގެން އުޅެވޭނެގޮތަކާއި، ބޯހިޔާވަހިކަމާއި، ފުރިހަމަ ސިއްޙަތާއި އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު އެންމެންނަށް ޢާންމުވާ ބަދަލެކެވ. މިއަސާސީ ބޭނުންތަކަށް ބަލާއިރު ދިވެހިންނަކީ އިތިއޯޕިޔާފަދަ ބަނޑުހައިހޫނުކަން އިޙްސާސްކުރާ ޤައުމެއްނޫނެވެ. ހުސްފޮށިގަނޑާއި އަތްގާޑިޔާފަދަ އެއްޗެތީގެ ދަށުގައި ޢުމުރުހޭދަކުރާ ޤައުމެއްނޫނެވެ. ދިވެހިންގެ ފަހުގެ މާޒީއަށް ބަލާނަމަ ނިކަމެތި ރައްޔިތުންގެ ސިއްޙީފަރުވާއަށާއި، ތަޢުލީމާއި ބޯހިޔާވަހިކަމަށް އެންމެބޮޑަށް ހޭދަކޮށްފައިވާ އެއްފަރުދަކީ މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބްރާހީމެވެ.

ޤާސިމް އިބްރާހީމްއަކީ އާދައިގެ ރަށަކަށް އުފަންވެ އާދައިގެ ދިރިއުޅުމަކުން މަހުޖަނަކަށް ބަދަލުވި ދިވެހިންގެ ސާހިބެކެވެ. ސިޔާސީގޮތުން ބަލާނަމަ އައު ޤާނޫންއަސާސީ ވުޖޫދަށް ގެނައުމުގެ މޭސްތިރިންގެ ތެރެއިން އެކެކެވެ.އެކަމެއްގެ ވަގުތުގައި "އެކްޝަން ނެންގެވުމުގެ ގަޓްސްހުރި" ދިވެއްސެކެވެ. ތިމާޔަށް ލިބިފައިވާ ތަނަވަސްކަމުން ފުދުންތެރިންނަށާއި ނުފުދުންތެރިންނަށް އެހީތެރިކަންފޯރުކޮށްދޭ މަދަދުގާރެކެވެ. ތިމާ "ރިސްކުނަގައިގެން" ތިމާގެ ދާއޮހޮރުވައިގެން ތިމާއަށް ތަނަވަސްކަންހޯދައި އެހެން މީހުންގެ ބޭނުންތަކަށް "ޝަރުތެއްނެތި" މިހާތަނަށް ހޭދަކުރި ހޭދަކުރުމަކީ ދުނިޔޭގެ ތާރީޚުގައިވެސް މަދުންނޫނީ ފެންނަންނެތް ކަންތައްތަކެވެ. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ސަރުކާރާއި ނުބައްދަލު މުއްސަދިން އުފެދިނިމި ގޮއްސައިވެއެވެ. ޒަމާނާއި ޙާލަތުގެ ނިސްބަތުން ބެލިޔަސް ޤާސިމް އިބްރާހިމް މިހާތަނަށް ދެއްކެވި ދީލަތިކަން އެހެން ދިވެއްސަކަށް އަދި ދެއްކިފައެއްނުވެއެވެ. ކޮންމެގޮތަކަށް މާނަކުރިކަމުގައިވިޔަސް އެހެންމީހަކަށް ތިމާގެ އަތުން އެއްޗެއްދިނުމަކީ ހިތްނުކުޅެދޭކަމެއްކަމުގައިވާނަމަ އެކަމުގެ މަތީގައި އަބަދުދެމިހުރުމަކީ އިންސާނާގެ ފިތުރަތާއި ޚިލާފުކަމެކެވެ. އޭނަޔަކީ މުއްސަނދި ޝާހީ ދިރިއުޅުމަކަށްވުރެ ބޮޑަށް ޒިންމާދާރު ސާދާދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ބޭފުޅެއްކަން ވިސްނާލި ކޮންމެމީހަކަށް އެނގޭނެއެވެ. އޭނާގެ ވިޔަފާރިކުންފުނިތަކަކީ ސުމަކުން ފަށައިގެން މިޤައުމުގެ އިޤްތިސާދުގައި ބޮޑެތި ކުރިއެރުންތަކެއްހޯދަމުން އަންނަ ރާއްޖޭގެ އެންމެގިނަ ޢާންމުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީފައިވާ ކާމިޔާބު ކުންފުނިތަކެކެވެ. މިޙަޤީގަތްތަކުގެ މައްޗަށް ބަލައި ކުރިޔަށް ލަފާކުރާނަމަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްފާޟިލް ޤާސިމް އިބްރާހީމް އެ ވިދާޅުވާފަދައިން މިޤައުމުގެ ހުރިހާ ދަރިންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދެއްވުމަކީ އެޕާޓީގެ ސަރުކާރެއްގައި ކުރެއްވިދާނެކަމެކެވެ.

ޤާސިމް އިބްރާހީމަކީ އިގްތިސާދީމަސައްކަތްތައް ހިންގުމުގެ ހުނަރުހުރި ތަޖުރިބާކާރެކެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ޕީ.އެޗް.ޑީ ޙާސިލްކުރައްވާފައިވާ ޑޮކްޓަރ ޝިމާދު ވިދާޅުވާގޮތުގައި ދިވެހިރާއްޖެއަކީ "އަތްޖައްސަން ނުލިބޭ ލޮލަށް އަދި ނުފެންނަ" އިޤްތިސާދީ ވަސީލަތްތަކެއް ގިނައިން ލިބެންހުރި މާއްދީގޮތުން ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެކެވެ. މިހާރު ބޭނުންވަނީ އެވަސީލަތްތައް ނެރެދައްކައި އެންމެ އާދައިގެ ރައްޔިތުންނާ ހަމަޔަށްވެސް ފޯރުކޮށްދޭނެ އިޚްލާސްތެރި ވެރިއެކެވެ. މިޤައުމު ބޭރަށް ދަރާފައިވާ ދަރަނިތަކުން އަންނަންއޮތް ޖީލު ސަލާމަތްކޮށްދޭނެ އިޤްތިސާދީ މާހިރެކެވެ.

ދިވެހިޤައުމު އުފެއްދި އެންމެ އަގުހުރި ބަތޮލް ބޮޑުތަކުރުފާނު ވިދާޅުވަފެއިވަނީ "މީހަކުމީހަކަށްވާނީ އެހެންމީހުން އެމީހާ މީހަކަށް ހެދީމައެވެ." މިފަދައިންނެވެ. މިކަން ހަޤީގަތެއްގެ ގޮތުގައި ދިވެހިން މިދެކެނީއެވެ. އަހަރެމެން ބަލައިގެންފިނަމަ މިވަގުތަށް މިޤައުމަށް ބޭނުންވާ އިސްލާޙީބަދަލުތައް ގެނައުމަށް އެންމެ އެކަށޭނަ ޤާބިލްކަންހުރި ފަރުދުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނެއެވެ. މާދަމާއަށްޓަކައި "އިސްކަންދަރު ރަސްގެފާނަކަށް" ވެވޭނެމީހަކު ޤާސިމް އިބްރާހީމްނޫނީ އަދި ފެންނާކަށް ނެތެވެ. ޤައުމަށް ބޭނުންވަނީ ޙާލަތު ބަދަލުކޮށްދޭނެ ވެރިއެކެވެ. އެމީހަކީ ކޮންމެހެން މާމަތީ ފާހެއްއޮތް އެންމެމޮޅު ވާހަކަދެއްކުންތެރިޔާކަމަށް ވުމަކީ ލާޒިމްކަމެއްނޫނެވެ.

ނައިފަރުގެ ޒުވާނުންނަށް ފޮނުވާ ހާއްސަ މެސެޖް

ރައްޔިތުންގެ އަޑު


ޒައީމު އަށްމިފަހަރު ނައިފަރުން ތިޔަކީ ހާދަހާވާ ވަރުގަދަ މަރުހަބާއެއްތާއެވެ. ކަންވާނީވެސް އެހެންނެވެ. ތީމުގެއިން ބަހާތަށިބަރި އެންމެ ގިނައިންލިބޭ ރަށަކަށް ނައިފަރު ވާތީއެވެ. ޢަބްދުﷲ ހަމީދު އަންހެނުންގެ އާއިލާގެ ބައެއްވެސް ނައިފަރުގަ އުޅޭތީއެވެ.

އޭ ތިޔަތިބެ އުޅޭޒުވާނުންނޭ!!!! ނިކަން ހޭވެރިކަން ވެބަލާށެވެ. ތިޔަޒައީމުގެ މޮޅުކަމުން ކަލޭމެން ކުދިންނަށް އަޅެވީ ކޮންފައިދާއެއް ހެއްޔެވެ. ކަލޭމެން ކުދިންގެ ތެރޭގައި ގިނައީ ގްރޭޑް 7 އިން ފާސްނުވެގެން މަދަރުސާއިން ވަކިކުރި ކުދިންނެވެ. ނޫނީ އޯލެވެލް އިމްތިހާނުން ޔޫ ސެޓް ގެނައިކުދިންނެވެ. 16. 17 އަހަރުވަންދެން މައިންބަފައިން ކުރި ބުރަމަސައްކަތުން ނަތީޖާ ނުނެރެވުނު ކުދިންނެވެ. މިކަން މިހެންދިމާވުމުގެ ޒިންމާ އަމިއްލަ އަށް ނަގާނަންހެއްޔެވެ؟ ނޫނީ އެޒިންމާ އަޅުވާނީ މައިންބަފައިންގެ ބޮލުގައި ހެއްޔެވެ؟ ނޫނީ ރާއްޖޭގެ ކިޔަވައިދިނުމުގެ ނިޒާމު ފެއިލްކޮއްލި ސަރުކާރުގެ ބޮލުގައިހެއްޔެވެ؟ ނިކަން ރަނގަޅަށް ވިސްނާފައި ޖަވާބު ދޭށެވެ.

މައުމޫނު ނައިފަރުގެ ތައުލީމޭ ކިޔައިގެން އަނގަ ގަޅާއިރު ހެވިފަ ތިޔަތިބެނީ އެއްޗެއްބޮވިފައި ހެއްޔެވެ. ޢަބްދުﷲ ޙަމީދު އެއީ ތިމަންނަމެން އުސަތާޒޭ ބުނާއިރު އަބްދުﷲ ޙަމީދު ކައިރިން ކަލޭމެން ދަރިވަރުވީ ކޮންކަމަކަށްބާއޭ ހިތަށްއަރައެވެ. 75 އަހަރުގެ ތައުލީމީ ހަޔާތުގައި ހާސިލްވީ ކޮންކަމެއްހެއްޔެވެ؟ އޭލެވެލްގަނޑުވެސް ހަދާނުލެވެއެވެ. މީގެކުރިން ނައިފަރަށް ކިޔަވަން އައި އެހެން ރަށްރަށުގެ ކުދިން މިހާރު ކިޔަވަމުން އެދަނީ އެކުދިންގެ އަމިއްލަ ރަށުގައެވެ. ބައެއް ރަށްރަށުގައި 11، 12 އަށްވެސް ކިޔަވައިދެއެވެ. ލަދުގަނޭ ހެއްޔެވެ؟ އެއްޗެއް ހިތަށްއަރާ ހެއްޔެވެ؟ މައުމޫނުގެ 30 އަހަރުވީ ސަރުކާރުގެ ތައުލީމީ ނިޒާމުން ނައިފަރަށް ފައިދާއެއް ވީނަމަ ސޮލީބެއްހެން ހަދާފަހުރި މޮނިއުމެންޓްގެ ބަދަލުގައި މިއަދު އެންމެ ކުޑަމިނުން ގައުމީ ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ބައެއް ނައިފަރުގައި ހުންނަންވާނެއެވެ.

30 އަހަރުގެ މައުމޫނުގެ ހިދުމަތްތަކުގެ ތެރެއިން ދެންތިހިރީ އިންޖީނުގެއެވެ. ޖަޕާނު ސަރުކާރުގެ ހިލޭއެހީ އެވެ. ނައިފަރު ރައްޔިތުންގެ ބުރަމަސައްކަތެވެ. ބާރަވަރަކަށް އަހަރުވީ އިރުވެސް ހަމަ އެ އިންޖީނުތަކެވެ. އާބާދީ އިތުރުވެ ކަރަންޓް ބޭނުންކުރެވޭ މިންވަރު އެތައްގުނައެއް އިތުރުވީ އިރުވެސްމެއެވެ. ކަންވާނީ ވެސް އެހެންނެވެ. 30 އަހަރުވީ މައުމޫނުގެ ސަރުކާރުން އަދިވެސް މިއުޅެނީ ވެރިރަށް މާލޭގެ ކަރަންޓްގެ ކަންތައް ހައްލުނުކުރެވިގެންނެވެ.

ބަލާލި ކޮންމެދިމާލަކުންވެސް ފެންނަނީ ހަމަ މިމަންޒަރެވެ. ހޮސްޕިޓަލުގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ. ބުރިފަޅާލައިގެން ލޭމަނާނުވެގެން، އިމެޖެންސީކޮށް މާލެގެންނަންޖެހުނު ހަނދާންވެސް އިލްޔާސްމެން ނެތުނީ އެވެ. މިބުނީ ހެލްތު މިނިސްޓަރުގެ ވާހަކައެއްނޫނެވެ. ޑީއާރުޕީގެ ނައިފަރު ޒުވާނުންގެ ގޮފީގެ ރައީސްގެ ވާހަކައެވެ. މިކަހަލަ އާދައިގެ ކުޑަކުޑަ ސާޖަރީއެއްވެސް މިތާ ހަދާނުލެވެއެވެ. ކަލޭމެން ތިޔަތެޅޭ ވައްތަރަކުން ހަމަބޯފަޅައިގެން ދާވަރުވެއެވެ. ނައިފަރުގެ 4000 މީހުންނާއި، ހިންނަވަރާއި އަދިވެސް ހުރިކައިރި ރަށްރަށުގެ އެތަށްހާސް ބައަކަށް ހިދުމަތް ދޭންހުރި ތަނުގައި ހުރީ 10 ވަރަކަށް އެދެވެ.

ދެންތިއޮތީ ނައިފަރުގެ ބަނދަރެވެ. ޒަމާނުއްސުރެ ނައިފަރަކީ މަސްވެރި ރަށެއްކަމުން ނައިފަރުގެ ބަނދަރަކީ އަބަދުވެސް އެންމެ ފުރިހަމައަށް ހެދިފައިވާ ބަނދަރެކެވެ. ތިޔޮއްބޮޑު ކަނޑުތޮށިލާ އެކިދުވަސްވަރުމަތިން މަރާމާތު ކުރެވެމުން އަންނަނީ ނައިފަރުގެ ރައްޔިތުންގެ އަތުހަމުގައި ކުރަލައްވާއިގެންނެވެ. އެއްގަމު ތޮށިވެސް ހަމަ އެފަދަ އެވެ. ފަހަކަށް އައިސް ސަރުކާރުން ފަޅުފުންކޮއްދިން ނަމަވެސް ނައިފަރުގެ ފަޅަކީ ނައިފަރުގެ ރައްޔިތުންގެ ބުރަމަސައްކަތުން ހަދާފައިވާ ފަޅެކެވެ. 2004 ވަނަ އަހަރު އެރިސުނާމީގައި އެއްގަމު ތޮށި ހަލާކުވިގޮތަށް އަދިވެސް އެއޮތީއެވެ. ދެކޭމީހަކު، ފެންނަމީހަކުވެސް އެބައުޅޭ ހެއްޔެވެ.

ދެންއޮތީ ހިއްކި ބިމުގެ ވާހަކައެވެ. ކޮންމެ 5 ފަހަރަކުން ފިޔަވަޅެއް އަޅަމުންގޮސް މިހާރު މިއޮތީ ގޯތި ދޫކުރާ ހިސާބަށް އާދެވިފައެވެ. ހައެއްކަފަހަރު ކަޑަޖެހުމަށް ފަހުން 2005 ވަނަ އަހަރު އާދަމް މޫސާ ފާދިއްޕޮޅު ގޮނޑިޔަށް ތޮރުފަންކަމަށް ހީކޮށް ފަޅުހިއްކާދިނީ ކުރިންޕްލޭންކުރިވަރަށްވުރެ އެތައްތަނެއް ކުޑަކުރުމަށް ފަހުއެވެ. ދެންމިހާރު ގޯތި ދޫކުރަނީ އެވެ. ގެދޮރު އެޅޭނެހާ ތަނަވަސްކަންހުރީ ކިތައްމީހުންގެ ހެއްޔެވެ؟ ގޯތި ލިބުނު ކޮންމެ މީހެއްގެ ބޮޑު އާއިލާއެއް އެބައޮތެވެ. ކޮންމެ އާއިލާއަކަށްވެސް އުޅުވެންއަންނަނީ ރަނގަޅު ފެންވަރަކަށް (ގިނަ ކޮޓަރި ހުންނަގޮތަށް) ގެ އަޅައިގެންނެވެ. ފައިސާނެރޭނީ ކޮންތާކުންހެއްޔެވެ؟ އަޖައިބެއްނުވާނެ ހެއްޔެވެ. ސަރުކާރުން ފެލެޓާއި ރޯހައުސް އަޅައިދެން ޖެހެނީ ހަމައެކަނި މާލެ އާއި މާލެ ހިމެނޭ ސަރަހައްދު ގައިހެއްޔެވެ؟ ސަރުކާރުން ނައިފަރުގެ ހިއްކި ބިމުގައި ފްލެޓް އަޅައިދީގެން ކުޑަ ކުއްޔަކަށް އެތަންތަން ހިފައިގެން އަނބިމީހާއާ އެކު ނޫނީ ފިރިމީހާއާ އެކު ދިރިއުޅުމުގެ ހުވަފެން ދެކެނީ ތިޔައިގެ ތެރެއިން ކިތަށް ޒުވާނުން ހެއްޔެވެ؟ ފަހެ ކުޑަހިނދު  ކޮޅަކަށް ނަމަވެސް ލޯމަރާލައިފާ މިފަދައިން ދިރިއުޅުން ގެންދާތީ ހިޔާލަށް ގެނެސްބަލާށެވެ. ހިތްގައިމެއްނޫން ހެއްޔެވެ؟ ހުޅުމާލޭގައި ފްލެޓް އެޅޭނަމަ ނައިފަރުގައި ވެސް ފްލެޓް އެޅެން ޖެހޭނެއެވެ. އެއީ ނައިފަރު ރައްޔިތުންގެ އަސާސީ ހައްގެކެވެ. ހަސަނު ބުނާހެން ހައްގަކީ ދޮލަނގަށް އަޅައިގެން ބަހާ އެއްޗެއްނޫނެވެ. އެކަމަކު ތިފާޑަށް އުޅެގެން ހައްގު ކީއްކުރަން، އެކައްޗެއްވެސް ނުލިބޭނެއެވެ. ދެންމިހިސާބުން މައުމޫނުގެ ވައުދުގެ ވާހަކައެވެ. ކޮންމެ އަހަރަކު 1500 ފްލެޓް ހުޅުމާލޭގައި އަޅާދޭނަމޯއެވެ. 30 އަހަރުދުވަހުންވެސް 1500 ފްލެޓް އަޅާނުދެވުނު މީހަކަށް ކުރިޔަށް އޮތް 5 އަހަރު އަހަރަކު 1500 ފްލެޓް އަޅާދެވޭނެ ކަމަށް ގަބޫލު ކުރެވޭހެއްޔެވެ؟ ގަބޫލު ކުރެވޭނަމަ މީގެ ކުރިންވެސް އެކަން ނުކޮއްދީ އެއޮތީ ކީއްވެގެންތޯ މައުމޫނާ ސުވާލު ނުކުރާނަންހެއްޔެވެ؟ ހަމަޔަގީނުންވެސް ޖަވާބު ދޭކަށް ނޭނގޭނެއެވެ.

ދެންއޮތީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތު ތަކުގެ ވާހަކައެވެ. ފެލިވަރާ އަދިވެސް ދެތިން ރިސޯޓް އެބައޮތެވެ. ރިސޯޓް ތަކުގެ ތެރެއިންވެސް އެއްރިސޯޓް އެއޮތީ މައުމޫނުގެ އާއިލާގެ ހައްގުގައި ޕަކަޅާކޮއްލާފައެވެ. ތަފްސީލް ބޭނުން ހެއްޔެވެ. ސަރުކާރުން ބިޑަށްލައިގެން ޅ ހުދުފުށި ލިބުނީ މ ސްނޯރޯސް ޢަބްދުއްރައޫފަށެވެ. ރައޫފަކީ މައުމޫގެ ދަރިއެއްގެ ބަފާކަލޭގެއެވެ. ސަރުކާރުން އެތައްފުރުސަތެއްދިނުމުންވެސް ރިސޯޓް ނުހެދި އަދި ރިސޯޓް ނުހެދުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ މައުމޫނު މައާފު ކޮއްދިނީ އަމިއްލަ އާއިލާގެ މަސްލަހަތަށް ޓަކައެވެ. ދެކުދިންގެ ކައިވެނީގެ ދެމިއޮތުމަށްޓަކައެވެ. އަދިވެސް ހުދުފުށި އެއޮތީ ހަމައެހެން ހުދުފުށް ޖެހިގޮތަށެވެ. ގެއްލިގެން އެދަނީ ނައިފަރުގެ ކިތަށް އާއިލާގެ ކިތަށް ޒުވާނުންގެ ހައްގު ހެއްޔެވެ؟ މިކަންކަމާ ވިސްނާލީ ކިތަށްމީހުން ހެއްޔެވެ؟ އެކަމަކުވެސް ހަމަ ޒައީމު ވަރެއްނެތެވެ. ފެލިވަރުގެ ހާލަތަކީ ދެދުވަހު ހަމަޔަށް މަހެއްބާނައިފިނަމަ މަހެއްނުކިރޭނެއެވެ. ފެލިވަރުގައި މަސްރައްކާކުރެވޭ މިންވަރަކީ ދުވާލަކަށް 100 ޓަނެވެ. އެއީ ނައިފަރުގައި ދުއްވާ ބޮޑެތި މަސްދޯނީގެ 3 ދޯނީގައި އެއްފަހަރާ އުފެލޭނެހާ މިންވަރެކެވެ.

ވިސްނާ ފިކުރުކޮއްބަލާށެވެ. މައުމޫނު އަހަރެމެންނަށް ގެނެސްދިނީ ކޮންތަރައްގީ އެއްހެއްޔެވެ. މިއީހަމައެކަނި ނައިފަރުގެ ވާހަކައެވެ. އޭގެތެރެއިންވެސް ނުހަނު ކުރުކުރު ތަފްސީލްކޮޅެކެވެ. ތީމުގެއިން ތަށިބަރިލިބޭމީހުންގެ ހާލަކީ މިއީ ކަމަށްވީއިރު އެހެންރަށްރަށުގެ ހާލަކީ ކޮބައިކަމާމެދު އަދި ވިސްނާލަބަލާށެވެ؟ މިހާރު އެބުނަނީ 30 އަހަރުން ނުވެފަ ހުރި ހުރިހާކަމެއް ކުރިޔަށް އޮތް 5 އަހަރުތެރޭ 5 ފަށް ކުރާނަމޯއެވެ. ކުރިޔަށް އޮތް ކޮންމެ އަހަރަކުން ވޭތުވެމިދިޔަ 30 އަހަރުގެ ތަރައްގީ ގެނެސްދޭނަމޯ އެވެ. މައުމޫނު ހަމަ އެންމެން އެއްކޮއްގެން ޕޯޑިއަމެއް ދޮށުގައި ހުރެގެން ހުރިހާ އެންމެންނަށް ފަޑަބޯންދޭއިރުވެސް، ތިޔަ ގޮވަނީ ސާބަހޭ ޒައީމޫއެވެ. ޒައީމޫ އަކީ ގަދަޅައި އެކޭ އެވެ.


Sunday 14 September 2008

ޤާސިމަކީ ގޮޅާބޯއަށް ވުރެން މާހިތްތިރި ބޭފުޅެއް

 ރައްޔިތުންގެ އަޑު




ކުޑަކުޑަ މިސާލެކެވެ. ތުއްތު ގޮޅާބޯ އޭނާގެ އުމުރުން އެންމެ 4 އަހަރުގައި އެންމެ ޝައުގުވެރިވީ ކަމެއްކަމަށް، ރޮއިސްޓަން އެލިސް ލައްވައި އޭނާ ލިޔުނު ބައޮގްރަފީގައި ބުނެފައިވަނީ އެދުވަސްވަރު މާލޭގައި ދުއްވާ ހަމައެކަނި ކާރު ކަމުގައިވި، ރަދުންގެ ކާރުކޮޅުބަލަން ހުރުމެވެ. އެއިރުއްސުރެން ގޮޅާބޯއަކީ އަގުބޮޑެތި ކާރުދުއްވާ ހިތްވާ މީހެކެވެ. އެހެންވެ ސަރުކާރުގެ ލާރިގަނޑު އަތަށް އަރާއިރަށް އޭނާ އެންމެ ކުރިންވެސް ކުރިކަމަކީ، މާސިޑީސް އާއި އައުޑީ ފަދަ އަގު ބޮޑެތި ކާރުތައް ހޯދުމެވެ. އަދި އެހެން މީހުން އެބްރޭންޑްތަކުގެ ކާރު ދުއްވުންވެސް އޮތީ ދާދި ފަހަކާ ޖެހެންދެން ހިފަހައްޓާފައެވެ.

އަނެއްކޮޅުން ޤާސިމަށް އަމިއްލަކާރު ގަނެގެން ގެންގުޅުމުގެ ތަނަވަސްކަން ލިބުނުތާ މިހާރު 25 އަކަށް އަހަރުވެދާނެއެވެ. އެހެނަސް، ދާދި އިހަކަށްދުވަހާ ޖެހެންދެން ޤާސިމު އުޅުއްވީ ސައިކަލުގައެވެ.

ގޮޅާބޯވެރިކަމަށް އެރުމުގެ ކުރިން އޭނާބުނެފައިވަނީ ފިނިކުރި ކޮޓަރިއެއްގައި އިނދެގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަމަށެވެ. އެހަނަސް މިހާރު އޭނާ އެއިނީ ބަޖެޓު ދަރުވާލައިގެން ބޮޑުގަނޑުވަރެއް އަޅައި އެތަނަށްވަދެ، އޭނާގެ އަރާމަށް  ދުވާލަކު 4 ލައްކަ ރުފިޔާ ޚަރަދު ކޮށްލަ ކޮށްލައެވެ. އަނެއްކޮޅުން ޤާސިމަކީ ބޮޑެތި ގަނޑުވަރު ހެދުމުގެ ތަނަވަސްކަން ހުރެމެ އާދައިގެ ގެއެއްގައި އުޅުއްވާ ބޭފުޅެކެވެ.

ގޮޅާބޯއަށް ކެވޭކަމަށްވަނީ ބޭރުގެ ޝެފުން ލައްވައި ނަންހުސްކޮށް އަގުބޮޑެތި ބާވަތްތައް ހޯދައި ކައްކައިގެންނެވެ. އޭނާގެ ކާނާ ޑެކަރޭޓްކުރަން އެކަނިވެސް 1000 ރުފިޔާދީފައި ޖަނބުރޯލު ކޯންޏެއް ގަންވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އަނެއްކޮޅުން ޤާސިމަށް އޭނާގެ މެންދުރުކެއުން ގެއިން ގެންނަ ތަށިބަރިޔަކުން ފުއްދާލެވެއެވެ. އަދި އެއިން އެވަގުތަކު ކައިރީގައިން މުއައްޒަފަކާ ޝެއަރވެސް ކޮށްލެއްވެއެވެ.

ގޮޅާބޯއަށް ރާއްޖެތެރެއަށް ދަތުރެއް ކުރެވޭކަމަށް ވަނީ، 70 މިލިޔަން ޑޮލަރުގެ އަގުބޮޑު އަރުމާޒު ގެންގޮސް ބާއްވައިގެންނެވެ. އަދި ގޮޅައަށް ނިދޭކަމަށް ވަނީ އޭނާއަށް އެކަނި ޚާއްސަ މަރިޔާދުގެތަކެއް އަޅައި އެތަންތަނުގައެވެ. އަނެއްކޮޅުން ޤާސިމަށް އެވަގުތަކު ފަސޭހައިން ލިބެން އޮތް ލޯންޗެއް ފުދެއެވެ. އަދި ހަމަ އާދައިގެ ކޮޓަރިއެއްވެސް ނިދާލަން ކަމުދެއެވެ.

ގޮޅާއަކީ އޭނާރާވައިގެން ޖައްސާ ކެމްޕޭނުތަކުގައި ފިޔަވައި އާއްމު ރައްޔިތަކާ ބައްދަލުކުރާ މީހެއް ނޫނެވެ. އަނެއްކޮޅުން ޤާސިމަކީ ދިވެހި މަހުޖަނުންގެ ތެރެއިން އާއްމުންނާއި އެންމެ ގުޅުން ބޮޑު މީހާއެވެ.

ފާއިތުވެދިޔަތަނުގެ ވާހަކަނުދެއްކުމަށް ގޮޅާބޯ ބުނާނެއެވެ. އެއީ މާޒީގައި އޭނާއަށް ކަންކުރެވިފައިވަނީ ރަނގަޅަށްނޫންކަން އޭނާއަށްވެސް އެނގޭތީއެވެ. އެކަމަކު އޭނާވެސް ހަޤީޤަތް ޤަބޫލުކުރަން ޖެހޭނެއެވެ. 70 އަހަރުން މައްޗަށްދިޔައީމަކަ ދެން ވާނެ އިސްލާހެއް ނޯންނާނެއެވެ. އެވާނީ ހަމަ އެއަށެވެ. ނަމަނަމަ އެގޮޅައަށް ވޯޓު ނުދެއްވާށެވެ.

Saturday 13 September 2008

ޙަޤީޤަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. އައްޑު އަތޮޅުގެ ރައްޔިތުން މިކަމަށް ހެކިވާށެވެ.

ރައްޔިތުންގެ އަޑު


އަޅުގަނޑު މިފަހަރު މިދަންނަވާ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ތެދު ވާހަކަތަކެކެވެ. އަޅުގަނޑަކީ ކުރީގައި މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ވަރަށް ތާއީދު ކުރި އައްޑު އަތޮޅުގެ ދަރިޔަކީމެވެ. މިގޮތުން މައުމޫނުގެ ވެރިކަމުގެ 25 އަހަރު އައްޑު އަތޮޅު ރައްޔިތުންނަށް ދައްކަމުން އައި ކުލަ ހުވަފެނެއް ޙަޤީޤަތަކަށް ހައްދަވާ ދެއްވާތޯ މަސައްކަތް ކުރިމީހަކީމެވެ. އެހެނަސް މިކަން ދިމާވިގޮތަކީ ކޮބައިތޯއެވެ؟ އެމަނިކުފާނުގެ ހިތުގައި އެއްވެސް ގޮތަކަށް މިހުވަފެން ޙަޤީޤަތަކަށް ހައްދަވައި ދެއްވުމުގެ އެއްވެސް އެދުންފުޅެއް ނެތެވެ. މިކަން އަޅުގަނޑަށް ކަށަވަރުވީ، އޮނަރަބްލަ ޑޮކްޓަރ މަޙްމޫދު ޝައުޤީ ޓޫރިޒަމް މިނިސްޓަރުކަމާއި ޙަވާލުވެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައިގެން އައްޑު އަތޮޅުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ކުރިމަތިކުރި ހުރަސްތަކުގެ ސަބަބުންނެވެ.

މިގޮތުން އައްޑު އަތޮޅު ހެރެތެރެ ފުރަތަމަ ބީލަމަށް ހުޅުވާލެއްވީ 3 ބަޔަކަށް ބައިކުރައްވައިގެންނެވެ. މިގޮތުން ބިޑްކުރެވި، ބިޑްބަލައިގަނެ، ބިޑް އެވޯރޑް ކުރުމަށް ޓަކާ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމަށް ހުރިހާ ބިޑަރުން އެއްކުރައްވާފައި ވަނިކޮށް މައުމޫނުގެ އޯޑަރު އަންނަނީ ބިޑް ނަލިފައި ކުރުމަށެވެ. ނުވަތަ ކެންސަލް ކުރުމަށެވެ. މިކަމުގެ ސަބަބުން އެދުވަހު ޑޮކްޓަރ ޝައުޤީ އަށް ނުހަނު މާޔޫސްކަން ކުރިމަތިވިއެވެ. މިއީ އަޅުގަނޑުގެ ލޮލުން ދުށް މަންޒަރެކެވެ. ވީކިހިނެތްތޯ ބެލިއިރު މިވާގޮތަކީ އެ 3 ބައި ބިޑްކޮށްގެން ސަރުކާރާއި އިދިކޮޅު ފަރާތަކަށް ހިގައްޖެނަމަ އައްޑު އަތޮޅުގައި މައުމޫނުގެ ތާއިދު ދަށް ވެދާނެކަމުގެ ލަފާ އެޓަރނީޖެނެރަލް މައުމޫނަށް އެރުވީއެވެ. އެހިސާބުން ބިޑްތައް ކެންސަލްކުރުމަށް ފަހު އެންގެވީ ޑީ.އާރް.ޕީ. ގެ ބަޔެއް ބޭފުޅުންގެ ޙިއްޞާ ހިމެނޭގޮތަށް ކޮންސޯރޓިއަމްއެއް ހަދާ އެކުންފުނީގެ ދަށުން ހެރެތެރެ ހެދުމަށެވެ. އޭރުން ހެރެތެރެ އަކީ ޑީ.އާރް.ޕީ.ގެ ސިޔާސީ ޙަރަކާތްތައް ހިންގާ ފައިސާ ހޯދޭނެ ތަނަކަށް ހެދޭނެއެވެ. ނަމަވެސް ޑޮކްޓަރ ޝައުޤީ އަކީ އެއަށް ވުރެ ޢަޒުމް ވަރުގަދަ ކެރޭ ބޭފުޅެއްކަމުން އެމަނިކުފާނު މައުމޫނަށް ދެންނެވީ ތިޔަ ގޮތަށް ކޮންސޯޓިއަމް އެއް ހަދަން ތިމެންނާ އެއްބަހެއްނުވާނަމޭ އަދި އެހެން ހަދަން ވެއްޖެނަމަ ތިމަންނާ މިމަޤާމަކު ވެސް ނުހުންނަވާނަމެވެ. ތިމެންނާ އެއްބަސް ވެދާނަމޭ ދިވެހިރައްޔަތުންނާ ސަރުކާރާ ޙިއްޞާވާ ކުންފުންޏެއް ހަދަން. އެހިސާބުން ދެން އެހެން ގޮތެއްނެތިގެން މައުމޫނު މިބުނީ އާއެކޭ ތިޔަގޮތްވެސް އެންމެ ރަގަޅެވެ.

 

މައުމޫނު ހިތުން އެގޮތަށް އެއްބަސްވީ ވެސް އެރަށް އަވަހަށް ތަރައްޤީ ނުވާނެ ކަމުގައެވެ. އެހެނަސް ޑޮކްޓަރ ޝައުޤީ އެމަނިކުފާނުގެ ޙިކުމަތު ޢަމަލީ ބޭނުންފުޅުކުރައްވައިގެން އެމްޓީޑީސީ އުފައްދަވާ އެކުންފުންޏަށް ޤާބިލް، ކަންކުރެވޭނެ މީހުން އިސްކުރައްވާ ކުރެއްވެވި ބުރަމަސައްކަތުގެ ނަތީޖާ މިހާރު ތިޔަ އަތޮޅުގައި ފެންނަން އެއޮތީއެވެ. އެއީ އެއްވެސް ޙާލެއްގައި މައުމޫނު ހެވެއް އެދިގެން އައްޑު އަތޮޅުގެ ރައްޔިތުންނަށް ކޮށްދެއްވި ކަމެއްނޫނެވެ. މިއީ ކެރިހުރެ ދަންނަވާ ޙަޤީޤަތެކެވެ. ހެރެތެރެ ނިމި ހުޅުވިގެން ދިޔައިރު ވެސް މައުމޫނަށް އެރަށާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އެއީ ކީއްވެގެންތޯއެވެ. އެކަމަށް މައުމޫނުގެ ޝައުޤު ވެރިކަމެއްނެތުމުން އެވާހަކަ ނުވެސް އަހަނީއެވެ. އަޅުގަނޑު ވަރަށް ރަގަޅަށް ހަނދާންވާ ގޮތުގައި ހެރެތެރެ ހަދަމުން އައި ދުވަސްވަރު މައުމޫނު އައްޑު އަތޮޅަށް ކުރި ދަތުރެއްގައި ހެރެތެރެ އާއި ވިލިނގިލީގެ މަސައްކަތް ބަލާލުމަށް ވަޑައިގަންނަވަން ދެންނެވީމާ އެކަމަށް ވެސް ފުރަތަމަ ކުރެއްވީ އިންކާރެވެ. އެހެނަސް ސިޔާސީގޮތުން ނުކޮށް ނުވާނެކަމަށް ފަހުން ޤަބޫލުކުރެވިގެން އެދެރަށް ބަލާލަން އެދުވަހު ދިޔައެވެ. 

މިއީ ތިޔަ މައުމޫނުގެ ހިތުގައި އައްޑު އަތޮޅު ރައްޔިތުންނަށް ޓަކާ އޮތް ލޯބީގެ ދާސްތާނުގެ ކުޑަ ކަންފުޅެކެވެ. ވިލިގިލި ވެސް ޙަޤީޤަތުގައި ހެދުނަނުދީ ހިފަހައްޓައިގެން ހުރި މީހަކީ މައުމޫނެވެ. އެހެނަސް ޝައުޤީ އެވަނީ އައްޑުއަތޮޅުގެ ރައްޔިތުންގެ މިހުވަފެން ޙަޤީޤަތަކަށް ހައްދަވާ ދެއްވާފައެވެ. ވިލިގިލީގެ މައްސަލާގައި ވެސް ޑޮކްޓަރ ޝައުޤީ ޝަންގްރިއްލާ މީހުންނާއި ނުގުޅާ ދުވަހެއް މަސައްކަތް ހިނގާ ނުހިގާ ގޮތް ނުބައްލަވާ ދުވަހެއް އިރުއަރައި ނުއޮއްސޭނެޔޭ ދަންނަވާލަމެވެ. މަހަކު ދެ ދަތުރު 3 ދަތުރު އައްޑު އަތޮޅަށް ކުރެއްވެވިއެވެ. މިކަމުގެ ޙަޤީޤަތް އެގޭނެ ވަރަށް ގިނަ އައްޑު އަތޮޅުގެ ދަރިން ތިބޭނެއެވެ. މިހެންކަމުން މައުމޫނަށް އަލުން މިދިވެހި ފަސްގަނޑުގެ ވެރިކަން ޙަވާލުކޮށްގެން އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް އޮޔާ ދުއްވާލަން އަޅުގަނޑަށް ޤަބޫލު ނުކުރެވުނީއެވެ. އަދިވެސް އިތުރު ޙަޤީޤަތްތައް އެހެންލިޔުމެއްގައި  ގެނަސްދޭނަމެވެ.

Thursday 11 September 2008

ރައްޔިތުންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު މިސަރުކާރަކުން ނުދެއްވާ - ގާސިމް

ދިމާވި ބައެއް ކަންތައްތަކާހެދި ރަނިންގމޭޓް މިރޭ އިޢްލާން ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، ޕާޓީގެ މެމްބަރުންނާއި، ޖުމްހޫރީ ގުޅުމުގެ މެމްބަރުންގެ ކިބައިން މަޢާފަށް އެދެމުން، ވަރަށް އަވަސް ފުރުޞަތެއްގައި ރަނިންމޭޓް އިޢްލާން ކުރައްވާނެކަމަށް ޤާސިމް އިބްރާހިމް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވިދާޅުވިއެވެ.



ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި އަމިއްލަފުޅު ވިޔަފާރީގައި އެމަނިކުފާނު ކުރިއަރައިދިޔަގޮތް އަދި އެކަމުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ހުރަސްތައް ކިޔާ ދެއްވިއެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަވަމުންދާ ޙަޤީޤަތާއި ޚިލާފް ވާހަކަފުޅުތައް ދޮގުކުރެއްވައި، ޒާތީ ދިރިއުޅުއްވުމުގެ ވާހަކަފުޅުތައްވެސް ޙިއްސާކުރެއްވިއެވެ. "ތަޢުލީމަށް އަޅުގަނޑު ޚަރަދުކުރަނީ، އެފަދަ ކުދިން ކިޔަވަން މާލެއައިސް އުޅެމުންދިޔަ ދަތިޙާލު އަޅުގަނޑުގެ ލޮލުންދެކި، ހިތަށް ކެތްނުކުރެވިގެން. މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށް މާތްﷲ ދެއްވާފައިވާ ތަނަވަސްކަމުން ވާވަރުންނާއި ނުވާވަރުން އަޅުގަނޑު މިގެންދަނީ ރައްޔިތުންނަށް އެހީތެރިވަމުން. އެކަންވެސް ބަޔަކުމީހުން މާނަކުރަނީ ނުބައިގޮތަށް" ޤާސިމް ވިދާޅުވިއެވެ. ބައެއް ވިޔަފާރިތައް ފެށުމުގައި ސަރުކާރުން ކުރިމަތިކުރި ހުރަސްތައް ހާމަކޮށްދެއްވަމުން ޤާސިމް ވިދާޅުވީ ރައްޔިތުންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު މިސަރުކާރަކުން ނުދެއްވާކަމަށެވެ. މިގޮތުން މިސާލު ޖައްސަވަމުން ވިދާޅުވީ މީގެ 18 ވަރަކަށް އަހަރު ކުރިން ލ. އަތޮޅުގައި ބޮޑު ހޮސްޕިޓަލެއް އަޅަން ކުރި މަސައްކަތަށްވެސް ސަރުކާރުން ހުރަސް އެޅިކަމަށެވެ.

ޤާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖުމްހޫރީ ޕާޓީއާއި، ޖުމްހޫރީ ގުޅުމުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓްކަމަށްވާ ޤާސިމް އިބްރާހިމްއަށް، އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ތައާރަފަށްފަހު ޖަލްސާގައި ޕާޓީގެ ނައިބު ރައީސް މުއިއްޒު ވާހަކަ ދައްކަވަމުން  ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބެލިނަމަވެސް އަދި ތަޢުލީމީ ދާއިރާއަށް ބެއްޔަސް މިއަދުގެ ސަރުކާރު މިވަނީ ފެއިލްވެފައިކަމަށެވެ. މިހުރިހާ ކަމަކަށް މިއަދު ޙައްލު ގެނެވެން އޮތީ ޤާސިމް އިބްރާހިމްގެ ވެރިކަމެއް ގާއިމު ކުރެވި، ރައްޔިތުން އެދޭ ބަދަލުތައް ގެނެވިގެންނެވެ. މީގެ އިތުރުން އިސްލާމްދީނަށް މައުމޫން ގޮންޖައްސަވަމުންދާ މައްސަލައާއި، މަސްތުވާތަކެތީގެ ވަބާގައިޖެހި ޤައުމުގެ ޒުވާނުން ވަނީ ހަލާކުވެފައިވާކަމަށާއި، މިހުރިހާ މައްސަލައަކަށް ޙައްލު  ޖުމްހޫރީ ޕާޓީގެ ސަރުކާރަކުން ހައްލު ހޯދައިދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ ވަގުތީ ރައީސް މުޙައްމަދު ނަޢީމް (މޮނާޒާ ނަޢީމް) ވިދާޅުވީ ޖުމްހޫރީ ގުޅުމުން ނެރޭ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރިޔާސަތުގައި ރާއްޖޭގައި ގެއްލިފައިމިއޮތް އިސްލާމީ ވަހުދަތު އަލުންއަނބުރާ ގެނެސްދޭނެ ކަމަށް ނަޢީމް ވިދާޅުވި. ސުނާމީގައި ގެދޮރު ގެއްލިފައިތި އެންމެންނަން މަދުވެގެން އަހަރުދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ހޯދާދެއްވާނެކަމަށެވެ.

އަދާލަތު ޕާޓީގެ ޑރ. ބާރީ ވިދާޅުވީ ދީނުގައި ކަނޑައެޅިގެންވާ ހުކުމްތަކާ ދެކޮޅަށް ރައީސް މައުމޫން ވާހަކަ ފުޅުދައްކަވާފައިވާކަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި މައުމޫނު އަބްދުލް ޤައްޔޫމަށް ވޯޓުދެއްވުމަކީ ޝަރުއީ ހަމަތަކުން ބަލާނަމަ ދީން ހުއްދަކުރާ ކަމެއްނޫންކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ވަގުތީ ލީޑަރުކަން އަދާކުރެއްވި ޕާޓީގެ މިހާރުގެ ނައިބު ރައީސް ރ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޝަހީދު ޒަކީވެސް ވިދާޅުވީ ގާސިމް އިބްރާހިމަކީ ހަޔާތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު މޮޅު ބޭފުޅެއްކަމެވެ. އަދި، ރާއްޖޭގެ ރައީސްކަމަށް ގާސިމަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ގާސިމަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

Tuesday 9 September 2008

Can Golhaabo be forced to withdraw from presidential race?

As everyone knows, under the amended constitution ratified last month, no one can seek office for more than two 5-year terms but the Maldives Dictator is hell bent on remaining in office at any cost. He is calling it a new constitution.

However, he may be in for a surprise as his own brother Abdulla Yameen, head of Peoples Association (PA), is reportedly colluding with several key politicians and trying to take control of the Supreme Court. If that happens, he could very well try to come up with a judgment banning Golhaabo from standing for office this time. According to sources close to Yameen, with Golhaabo out of the picture, the DRP will have to make an alliance with his party and he could declare himself the Presidential Candidate of DRP-PA coalition. The source also said Thasmeen Ali, the current running mate of Golhaabo is a pawn of Yameen, placed there to facilitate his rise to power.

Of course these are just conspiracy theories but pundits say that Yameen may very well be the preferred choice of Golhaabo if he could not stand for office. Also, despite earlier indications from Yameen, he has not yet thrown his hat in to the race. Yameen’s associates say that he has not given up on the idea and has a cunning plan to get what he wants.

Yameen, left the cabinet about two years ago and formed his own party recently, after running it as just Peoples Association. Some of his colleagues until late have since moved on and joined the party of his rival Qasim Ibrahim, the Republican Party. A few like ‘Underwear’ Nazim is still by Yameen’s side.

The source also said that Yameen has also agreed to join his brother’s cabinet and will take on Finance and Trade under one ministry. Furthermore, his associate ‘Underwear Nazim’ will also join him in the cabinet.

Looks like the ‘Kaaminee Clan’ isn’t yet ready to give up their stronghold on power without a fight.

Of course, people like Golhaabo and Yameen should never be under estimated. Nevertheless, one thing is certain this time, that the people of Maldives are going to get a free vote and Golhaabo could be ousted provided the opposition groups unite.

We will know the outcome in just a few weeks. Golhaabo’s fate could be sealed in the first week of October if elections take place on the 4th as being proposed by the Election Commission.

Sunday 7 September 2008

އިލެކްޝަން ކޮމިޝަންގެ ރައީސްއަށް، އިޚުލާސްތެރިކަމާއެކު


އެޑިޓޯރިއަލް


ޤައުމެއްގެ ތާރީޚުގައި ފާހަގަ ކޮށްލެވޭ ފަދަ ކަމެއްކުރެވެނީ ވަރަށް މަދުމީހަކަށެވެ. އަދި ޤައުމެއްގެ ތާރީޚު ބަދަލުކޮށްލެވެނީ އެއަށްވުރެންވެސް މަދު މީހަކަށެވެ. މިއަދު މުހަންމަދު އިބުރާހީމަށް ލިބިފައި ތިއޮތީ، ދިވެހި ތާރީޚުދުށް އެންމެކަޅު ސަފުހާތަކުގެ ތެރޭގައި ހިމެނޭ ސަފުހާތަކެއް އޮޅާލައި، އައު އުޖާލާ މުސްތަޤުބަލެއްގެ ދެލިކޮޕީ ފަތުރާލުމުގެ ފުރުސަތެވެ. އާދެ، ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ މިނިވަން އިންސާފުވެރި އިންތިޚާބުގެ މޭސްތިރި ކަމަށްވުމުގެ ފުރުސަތެވެ. މިފުރުސަތުގެ ބޭނުން ހިފުމުގެ ލިޔާޤަތާއި ޤާބިލިއްޔަތާއި އަދި ވަކިން ޚާއްސަކޮށް ހިތްވަރު، މުހަންމަދު އިބުރާހީމުގައިގަ ހުރިތޯ ނެތްތޯ، ކުރިޔަށް އޮތް ހައެއްކަ ހަފުތާގައި ދިވެހި ރައްޔިތުންނަށް ހާމަ ވެގެންދާނެއެވެ.

 

މަޝްހޫރު މުމައްޘިލު ވިލިޔަމް ޝެކްސްޕިޔަރ، އޭނާގެ 'ޓްވެލްފްތު ނައިޓް' ގައި ލިޔެފައިވެއެވެ. "އެއްބައި މީހުންނަށް މޮޅުކަން ވާރުތަވަނީއެވެ. އަނެއްބައި މީހުންނަށް އެމީހުންގެ އަމިއްލަމަސައްކަތުން މޮޅުކަން ހާސިލުވަނީއެވެ. އަނެއްބައިމީހުންނާ ދިމާޔަށް އެހެންމީހަކު މޮޅުކަން އެއްލަނީއެވެ." ތިޔަ ލިބުނު މޮޅުކަމަކީ މުހަންމަދު އިބުރާހީމާ ދިމާޔަށް ގޮޅާބޯ އެއްލި މޮޅުކަމެއްކަން މުހަންމަދު އިބުރާހީމަށް އެނގޭފަދައިން އަހަރުމެންނަށްވެސް އެނގެއެވެ. އެކަމަކު އޭގެ މާނައަކީ މުހަންމަދު އިބުރާހީމުގެ މަޤާމުގެ ވާޖިބު އަދާކުރުމުގައި  ގޮޅާބޯއަށް އަޅުދާސްތުވާށެކޭ ނޫނެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތުން "އިލެކްޝަން ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެކެވެ." ވީމާ މަޤާމުގެ ހުވާކުރާވަގުތުން ފެށިގެން، މުހަންމަދު އިބުރާހީމު ތިޔަ މަޤާމަށް ނޮމިނޭޓްކުރީ ވަކިޕާރޓީއަކުން ކަން ހަނދާން ނައްތާލައި، ޤާނޫނު އަސާސީގައި ބުނާގޮތަށް އަމަލުކުރުން ލާޒިމުވާނެއެވެ. ގޮޅާބޯ، އޭނާގެ ޑީއާރުޕީ އާއި އިތުރު 2 ގޮނޑިކޮއްކޮ ޕާޓީގެ އެހީގައި އިލެކްޝަން ކޮމިޝަނުގެ މައްޗަށް އަތްގަދަ ކުރަން ރާވައިފައިވާކަން އަހަރުމެންނަށް އެނގެއެވެ. އެހެނަސް އެއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާން އޭނާ ރާވައިފައިވާ ރޭވުމެއްކަމާއި، އެކަމުގައި ބައިވެރިވެރިވެއްޖެނަމަ، އެކަމަށް ޖަވާބުދާރީވާން ޖެހޭނީ ޚުދު މުހަންމަދު އިބުރާހީމު ކަން ހަނދާން ބަހައްޓާށެވެ. 

މުހަންމަދު އިބުރާހީމަށް ލިބިފައި ތިއޮތް ޓީމަކީ ވަރަށް ތަފާތު މީހުން ހިމެނޭ ޓީމެކެވެ. އޭގެ ތެރޭގައި، އިޚުލާސްތެރި ރިފޯމިސްޓުންވެސް ހިމެނެއެވެ. އަދި އިނގިރޭސި ވިލާތުގައި އިންތިޚާބާ ބެހޭ ޚާއްސަ ތަމްރީނު ހަދާފައި ތިބިމީހުން ވެސް އެބަތިއްބެވެ.  އަނެއްކޮޅުން ހަމަތިޔަ ޓީމުގައި، ރިޔާސީ ކެންޑިޑޭޓަކު މަސްވެރިކަމުގެ ސިނާއަތަށް ކޮށްފައިވާ އެތައް މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގައި ހުޅުޖަހަން، 2004 ގެ އޮގަސްޓް 12- 13 އިގެ ދުވަސްވަރު ރޭވި މީހަކުވެސް ހުރެދާނެއެވެ. އަދިއެމީހެއްގެ ހަލާލު އަނބިމީހާއާއި ރިޔާސީ ކެންޑިޑޭޓަކު ބެހިފައިވާ މީހަކުވެސް ހުރެދާނެއެވެ. ވީމާ އެފަދަ ކަމަކާހެދި ވަކިފަރާތަކަށް ޖެހިފައި ވާބަޔަކު ޓީމުގައި ތިބިތޯބަލައި އެމީހުންގެ ރުޅި މައިތިރިކޮށް، އިންސާފުވެރި ބަޔަކަށް ހެދުމަކީ މުހަންމަދު އިބުރާހީމުގެ މަސްއޫލިއްޔަތެކެވެ.

މުހަންމަދު އިބުރާހީމަކީ ސަރުކާރުގެ ވަރަށް މުހިންމު 2 މުއައްސަސާއެއް ހިންގުމުގެ ނަސީބު ލިބިފައިވާ މީހެކެވެ. ނަމަވެސް އެއިން އެއްވެސް ތަނެއްގައި މާބޮޑު ލޮނެއް ދެއްކިފަކައެއް ނެތެވެ. މިހާރު ލިބިފައި ތިވަނީ ފާހަގަ ކުރެވޭފަދަ ކަމެއްކުރަން ހަޔާތުގައި ލިބޭނެ އެންމެ ފަހުގެ ފުރުސަތެވެ. ތިޔަފުރުސަތުގެ ބޭނުން ހިފާށެވެ. ތެދުވެރިވެ ވަފާތެރިވާންވީ ވަކި މީހަކަށް ނޫނެވެ. ތިމާގެ އުފަން ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ތިޔަ ލިބުނު ފުރުސަތު ގެއްލުވާނުލައްޗެވެ. އެހެންނޫނީ އެ ބަދުނާމު ތިމާގެ ދަރީންގެ ބޮލުގައިވެސް އެޅޭނެއެވެ.  

ހަމަ މި މޭރުމުން އިލެކްޝަން ކޮމިޝަންގެ އެހެން މީހުންވެސް ރައްޔިތުންގެ ހައްގުގައި ހެޔޮ ނިޔަތުގައި ތެދުވެރިކަމާއެކި މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ. އަދި، ވަގުތީ އާރާއިބާރަށްޓަކައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރި ނުވުމަށް ގޮވާލަމެވެ.

Wednesday 3 September 2008

ރިޔާސީ ކެމްޕޭނު މުރާޖައާ


ރިފޯމިސްޓް ލީޑަރުން ރައްޔިތުންގެ އުއްމީދުތަކަށް ތެދުވެރިވެ އެއްބައިނުވެއްޖެނަމަ ގޮޅާބޯއަށް ވޯޓުގަ މަކަރު ހަދައިގެން ކުރި ހޯދުމުގެ ފުރުސަތު އެބައޮތް


3 ސެޕްޓެމްބަރ 2008

 

"އިންތިޚާބެއްގައި މުހިއްމީ ވޯޓުލާ މީހުންނެއް ނޫނެވެ. ވޯޓު ގުނާ މީހުންނެވެ." –ޖޯޒެފް ސްޓާލިން (ރަޝިޔާގެ ކުރީގެ ޑިކްޓޭޓަރު)

 

މީގެ ހައެއްކަ އަހަރުކުރިން ރާއްޖޭގެ ރިފޯމު ހަރަކާތް އުފެދުނުއިރު، އެހަރަކާތުގެ ލީޑަރުން ތިބީ އެއް މަޤުސަދެއްގައި ސާބިތުކަމާއެކު އެއްގަލަށް އަރައެވެ.  އޭގެ ނަތީޖާވެސް އެހާ ފުރިހަމައެވެ. އެހާތަނަށް 25 އަހަރު ދުވަހުގެ ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި ގޮޅާބޯގެ ވެރިކަން ހީނަރުވެ، އިސްލާހީ ބަދަލުގެންނަން އޭނާއަށް މަޖުބޫރުވިއެވެ. ނަތީޖާއެއްގެ ގޮތުން މިހާރުވަނީ ޤާނޫނު އަސާސީ އިސްލާހުވެ، ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭފަދަ ހައްޤުތައް ލިބިފައެވެ. އަދި ގޮޅާބޯގެ ވަކިތަކުން ރާއްޖެ ސަލާމަތް ވެދާނޭކަމުގެ ހަޤީޤީ ކުލަތައް މިހާރުވަނީ ފެންނަން ފަށައިފައެވެ.

އެހެނަސް މިހާ ހިސާބަށް ދިޔައިރު، ރިފޯމިސްޓް ލީޑަރުންގެ މެދުގައި ކުރިން އޮތް އެއްބައިވަންތަކަން މިހާރުވަނީ ގެއްލިފައެވެ. ނަތީޖާއެއްގެ ގޮތުން ގޮޅާބޯއަށް ދަނީ ދެވަނަ ފަހަރަށް ދިރުމުގެ ފުރުސަތު ލިބެމުންނެވެ. މިހެން މިވީ ކީއްވެބާއެވެ؟ ތިމަންނާމެންގެ މަޤުސަދަކީ ގޮޅާބޯ ވައްޓާލުމޭކިޔައި ސްޓޭޖުތަކުގައި އަޑު އުފުލި ލީޑަރުން، ކޮއްމެ މީހަކު ވަކި ޕާޓީއެއް ހަދައި އޭގެ ރިޔާސީ ކެންޑީޑޭޓަކަށްވެގެން މިކުރަނީ ކީއްބާއެވެ؟ އެމީހުން އެވީ ވައުދުތައް މިހާރު ހަނދާންވެސް ނުވަނީބާއެވެ؟

ދުނިޔޭގެ ޚުދުމުޚުތާރުވެރިންގެ ތާރީޚަށް ބަލައިލީމާ، އެމީހުން ވައްޓާލެވެނީ ކިހާ އުނދަގުލަކުންކަން ރީއްޗަށް ސާފުވާނެއެވެ. އެފަދަ ވެރިޔަކު މަދު ފަހަރަކު ނޫނީ އިންތިޚާބެއްގައި ވައްޓާލެވިފަކައެއްނެތެވެ. އެހެން އެވަނީ ވޯޓުގައި މަކަރު ހެދުމަކީ ޑިކްޓޭޓަރުންގެ ވަރަށް އަތްމަތީ އުކުޅަކަށްވާތީއެވެ. ޒިމްބާބުވޭގެ އިންތިޚާބުގައި ވީގޮތް ބަލާށެވެ. އިދިކޮޅު ލީޑަރު ޗަންގްރާއި އަށް ގިނަވޯޓު ލިބުނީމާވެސް، އޮޅުވާލައިގެން މުގާބޭ އެހެރީ ވެރިކަމަށް އަރައެވެ. މިހެން ހެދުމަށް މަގު ފަހިވަނީ ދާދި ހަމަހަމައަށް ދެފަރާތަށް ވޯޓުލިބުނީމައެވެ. ބޮޑުތަފާތަކުން އިދިކޮޅުމީހަކު ކާމިޔާބުކުރީމާ ވޯޓު އޮޅުވާލަން އުނދަގޫވެއެވެ.  ރާއްޖޭގެ ތާރީޚަށް ބެލިޔަސް މިކަން ހިނގާފައިވަނީ މިހެންނެވެ. 1994 ވަނަ އަހަރުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއަށް އަންނި ހޮވުނަނުދޭން އުޅެ ނާކާމިޔާބުވީ ފަހުން މާލޭގެ ވޯޓު އޮޅުވާނުލެވޭނެކަން މިހާރު ގޮޅާބޯއަށްވެސް އެނގެއެވެ.

އެހެނަސް ރާއްޖެތެރޭގެ ވޯޓު އަދިވެސް ދަނީ ބަރާބަރަށް އޮޅުވަމުންނެވެ.  ރަށްރަށުން ވޯޓުގެ ނަތީޖާ އަންނަ ފެކްސްތައް އެންމެ ފުރަތަމަ ދަނީ ސީދާ ގޮޅާބޯ އަތަށެވެ. އިއުލާން ކުރަން ކޮމިޝަނަރަށް ގޮޅާބޯ އަންގަނީ އޭނާ ބޭނުން ނަތީޖާއެކެވެ.  އެއްމެ ފަހުން ބޭއްވި ނިޒާމީ ރިފަރެންޑަމްގައި ފެކްސްތައް ރީޑައިރެކްޓްކުރީ ޖުބިލީ ކާނިވަލުގައި ހުރި ޑީއާރުޕީ ގެ އޮފީހަށެވެ. އެތަނުން އިލެކްޝަން ކޮމިޝަނަށް އަލުން ފެކްސް ކުރީ ނަމްބަރު ނާރާގޮތަށެވެ. މިކަން ކުރީ ކޮމިޝަނަށް އެދުވަސްވަރު ވަރަށްބޮޑު ޕްރޮމޯޝަނަކާއެކު ގެންދިޔަ (މި ވަގުތު ނަން ހާމަކުރެވެން ނެތް) ވެރިއެއްގެ ސީދާ ބެލުމުގެ ދަށުންނެވެ.

ނިޒާމީ ވޯޓުގައި ހެދި އަނެއް މަކަރަކީ އިތުރަށް ކަރުދާސް ޗާޕުކޮށް ސަޕޯޓަރުން ލައްވައި ވަގު ވޯޓު އެޅުވުމެވެ.  އެމީހުން ވޯޓުލާން ދާއިރު ދަނީ އިތުރު ދިހަ، ބާރަ ކަރުދާސްކޮޅު ހިފައިގެންނެވެ. އަސްލު ވޯޓުލާއިރު، އެއާއެކީގައި ވަގު ކަރުދާސްތައް  ވެސް ފޮއްޓަށް އަޅާލަނީއެވެ.

 ވޯޓު އޮޅުވާލުމަކީ ގޮޅާބޯގެ ކަށީގައި ހިފާފައިވާކަމެކެވެ. އެކަން އޭނާ ނުކުރާނެ ގޮތެއް ނުވާނެއެވެ. ވީމާ އޭނާ ބަލި ކުރެވޭނެ ހަމައެކަނި ގޮތަކީ މަކަރު ހެދިޔަސް އޭނާ ގަދަ ނުވާވަރަށް އިދިކޮޅު ފަރާތްތަކުން ވޯޓު ހޯދުމެވެ.  ނަމަވެސް މިހާރު ތިބިގޮތަށް އިދިކޮޅުޕާޓީތައް ބައިބައިވެފަ ތިބިއްޔާ އެކަމެއް ނުވާނެއެވެ.  ވަކިވަކިން ވާދަކޮށްގެން އެއްވެސް ޕާޓީއަކަށް ބޮޑުތަފާތަކުން މޮޅުވާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ. ވީމާ ގޮޅާއަށް މަކަރު ހެދުމުގެ ފުރސަތު ލިބޭނެއެވެ.

މިއީ އިދިކޮޅު ބޮޑު ދެޕާޓީއިން ވިސްނާލަން ޖެހޭނެ ކަމެކެވެ.  އެދެޕާޓީއަށް އެއްގަލަށް ނޭރުނިއްޔާ މަކަރުހަދައިގެން އިތުރު 5 އަހަރު ހުރުމުގެ ފުރުސަތު ގޮޅާބޯއަށް ލިބޭނެއެވެ.  ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ގޮޅާބޯ ވެރިކަމުން ބޭލުމަކީ އިދިކޮޅު ލީޑަރުންގެ ޒިންމާއެކެވެ. މިޒިންމާއަށް އެލީޑަރުން ތެދުވެރިވާނެބާއެވެ؟

މަކަރާ ހީލަތުން ވިޔަސް، ގޮޅާބޯގެ ބަލާވެރިކަމުގައި އިތުރު 5 އަހަރު ދިވެހިން ޖެހިއްޖެ ނަމަ އެކަމުގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ ރިފޯމިސްޓު ލީޑަރުންގެ ބޮލުގައެވެ. ބަތަލެއްގެ ބަދަލުގައި އެމީހަކު ބެލެވޭނީ ޣައްދާރެއްގެ ގޮތުގައެވެ.

 

"އަހަރެމެންނަށް ޖެހޭނީ އަޚުންހެން އެކީގައި އުޅެން ދަސްކުރާށެވެ. ނޫނީ މޮޔައިންހެން އެކީގައި ފަނާވެދާށެވެ." –މާޓިން ލުދަރ ކިންގް ޖޫނިއަރ

Monday 1 September 2008

ގޮޅާބޯގެ އާ އުސަމިންތަކަށް އެރުން... އެންމެ ފަހުން އެރި އުހުން މި ބޭލުނީ 30 އަހަރުން ... ދެން ހޯ ހޯ

[ސެހެރީ: އިހުމީހުން ބުނާގޮތުގައި ބުޅަލަށް ދާދިފަސޭހައިން ބިލަތް ޅޮހަށް އެރެއެވެ. އެކަމަކު ފައިބަންވީމާ އޮންނަނީ މައްސަލަ ޖެހިފައެވެ. މީހަކު ބާލައިދެންދެން ޖެހެނީ އޮންނާށެވެ.]
ގޮޅާބޯއެވެ. މިވީ 30 އަހަރު ދުވަހު ލައްކަ އުސްމިންތަކަށް އަރަން އުޅެފީމު ދޯއެވެ. އެކަމަކުވެސް އަހަރުމެން އަތްނުފޯރާ ހިސާބަކަށް ނޭރުނެއްނުން ހެއްޔެވެ. ތިއޮތީ އެއުސްމިންތަކުން ބާލައި ވެއްޔާއި މޮޑެލާފައެއްނުން ހެއްޔެވެ. އާސްމާނަށް އަރައި ކަލަކަށް ހެދިގެން އިނދެ ވަރަށް 'ސާދާކޮށް، އެހާމެ ސީދާކޮށް، އަދި އެހާމެ އިޚުލާސްތެރިކޮށް' އަރަބި މަޚުރަޖުން ތަޤުރީރު ކޮށް އުޅުނު ހަނދާން އެބަހުރި ހެއްޔެވެ؟ ޑީއޯ ގައި ދެތިން ކާޓޫނު ކުރަހައި، ފޫކޮޅުގައި ސައްޕެއް ޖަހައިލީމާ، ތިއޮތީ ހަމަ ބިމަށް ވެއްޓި ފާޑުފާޑުގެ ދޮގުލިސްޓު ހަދައި އެންމެ ބާޒާރު ބަހުން ގެރި ޒުވާބުކުރަން މަޖުބޫރުވެފައެއްނުން ހެއްޔެވެ.
ގޮޅާބޯއެވެ. ރަނގަޅުވާހަކައެއް ބުނަން ހެއްޔެވެ. ދެން އަލުން އާއުސްމިންތަކަށް އަރަން ނޫޅޭށެވެ.  ތި އުމުރުގައި އަނގަވަތަށް ވެއްޓިއްޖެއްޔާ ދަތްކޮޅުވެސް ހޯދައި ނުފެންނާނެއެވެ. ކަލޭ ހުރިތާ ހުއްޓައި އަހަރުމެން ކަލެއަށް އާއުސްމިންތަކެއް ދައްކައި ދީފާނަމެވެ. އެކަން ކުރާނީ އިހުޒަމާނުގައި އަހަރުމެން އަލަށް މާލެ އަންނަފަހަރު މާލެ ދައްކާގޮތަށެވެ. އެންމެ ފުރަތަމަ މޫނުގައި އަޅިދެލިކުރަހައި، ކެޔޮދަޅި އައިނެއް އަޅުވާނީއެވެ. ދެން ކަލޭގުދަށް ބާއްވާފައި ދެފައި ދޭތެރެއިން އާއުސްމިންތައް ދައްކާނީއެވެ. ވަރަށް ސަޅިވާނެއެވެ. އިންތިޒާރު ކޮށްލާށެވެ.
ބަލާއެއްނުން ހެއްޔެވެ. ކަލޭފޮއްކަމުން ތާކަށް އެރެނީވެސް ކަލޭ އަޒުހަރުން ކިޔަވަން އުޅުނުހެން 27 އަހަރުން ހެއްޔެވެ؟ ދެން މިހާރު އަރަން ތިއުޅޭ ތަނަށް އެރޭނީ އަނެއް 27 އަހަރުން ދޯއެވެ. ތިކަމުގައި މަގޭ ލަފައެއް ބޭނުމިއްޔާ ކަލެއަށް ފަސޭހައިން އެރޭހިސާބަކަށް އަރާށެވެ. އެއީ ބިޑިކާ ނައްޓުގެ  ބަނޑުމައްޗެވެ.
އިރެއްގައި ކަލޭތާކަށް އެރީމާ ފަހަތުން އަރާނޭ ދިވެހިން ތިއްބެވެ. އެހެނަސް މިހާރަކު ނެތެވެ. ތިޔައަރާތާކަށް ކަލޭ އެކަނި އަރާށެވެ. އެރިއްޖެއްޔާ ނުފައިބައްޗެވެ. އަހަރުމެން މިތާގައި ކަލޭކިބައިން ސަލާމަތް ކޮށްދެއްވީތީ ހެއްދެވިފަރާތަށް ޝުކުރުކޮށްލަ ކޮށްލާ ތިބެދާނޫއެވެ.
 ގޮޅާބޯއެވެ. މީހުން ޖޯކުޖެހީމާ ކަލޭބުނާނީ ޖޯކު ޖަހަނީއޭއެވެ. އެކަމަކު އަމިއްލަޔަށްވެސް ވިސްނާލަން ރަނގަޅެއްނުން ހެއްޔެވެ. ތަންތަނަށް އެރޭނީ ޒުވާން ދުވަސްވަރު ގައިބާރުވެސް ހުރެގެންނެވެ. މުސްކުޅިވެ އަޖޫޒު ވީމަކައެއް ނޫނެވެ. ވީމާ ތިހުރި ހިސާބުގައި ތިހުރިހާލުގައިވެސް ހުރެވޭތޯ ބަލާށެވެ.އެއިރުން އިތުރު އަނިޔާއެއް ނުވާނެއެވެ. ވިސްނާލާށެވެ.
ދިވެހީންނޭވެ! އެއް ގޮތަކަށްވެސް މާ އުހަށް މި ގޮޅާބޯއާ އެކީ ދާނެކަމެއްނެތެވެ. މި ބަލާވެރިކަމުން ސަލާމަތް މިވީ 30 އަހަރުންނެވެ. ތަންތަނަށް ދެން އަރާންވެސް އަދި އެރިޔަދޭންވެސް އުޅޭނެކަމެއްނެތެވެ. ހަމަ ބިމުގައި ތިބެގެން މަޑުމަޑުން ކުރިއަރާ ތަރައްގީކުރަން އުޅުނީމާ މާ ބުއްދިވެރިވާނެއެވެ. އެހެންނޫނީ އުސްމިތަކާއެކީ ގައުމުގެ ބައިތުލްމާލު ގޮޅާބޯއާ ގޮޅާބޯގެ އައުވާނުން ނުވަތަ ސީނިޔާ މިނިސްޓަރުން ފެންވަރުގެ ވަގުން ކައި ހުސްކޮށްފާނޫއެވެ.