Sunday 24 August 2008

ގޮޅާބޯއަށް ވޯޓުނުލާންވީ 30 ސަބަބު

(އޭނާގެ އަނިޔާވެރި، ޚުދުމުޚުތާރު، އާއިލީ ވެރިކަން ހިންގި ކޮންމެ އަހަރަކަށް ސަބަބެއް)

1. ޤާނޫނާ ޚިލާފަށް ބަޑިހިފައިގެން ހުވައިކުރުން؛

2. ކުރީގެ ރައީސް ނާސިރުބޮލުގައި ދޮގު އިލްޒާމު އަޅުވައި އަބުރުނަގާލުން؛

3.ޤާބިލުމީހުން އެއްކިބާކޮށް، ތިމާގެ މީހުންނަށް މަޤާމުތައް ބަހައި އާއިލީވެރިކަމެއް ހިންގުން؛

4. ސަރުކާރުގެ އިސްމުއައްޒަފުން ކޮރަޕްޓްކުރުން؛

5. ރައްޔިތުންގެ މެދުގައި އޮތް ހަމަހަމަކަން ނަގާލައި، ވަކި ބަޔަކަށް "ޚާއްސަ އިނާޔަތް" ލިބޭ ނިޒާމެއް ޤާއިމުކުރުން؛

6. އިސްލާމް ދީން ހަތިޔާރަކަށް ހަދައި، ދީން އޮޅުވާލައި ދީނީބައިބައިވުންތައް އުފެއްދުން؛

7. ޤާނޫނު އަސާސީ އިސްލާހުކުރާނަމޭ ކިޔައި، އެކަން ނުކޮށް 17 އަހަރަށް ދިގު ދަންމައި، އެންމެ ފަހުން ކުރިޔަށްވުރެންވެސް ޚުދުމުޚުތާރު ޤާނޫނު އަސާސީއެއް ހެދުން؛

8. ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޚާބެއްގައި މަކަރު ހަދައި ރައްޔިތުންގެ ހައްޤު ފޭރިގަތުން؛

9. ކޮއްކޮ ހަމީދަށް ރާއްޖެތެރޭގެ ޒުވާން ފިރިހެންކުދިންގެ އިއްފަތް ފާޅުގައި ފޭރިގަތުމަށް ފުރުސަތު ދިނުން؛

10. ޅިޔަނު އިލްޔާސަށް ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރުމުގެ ފުރުސަތާއި ފާޅުގައި ޒުވާން އަންހެން ކުދިން ފެޅުމުގެ ފުރުސަތު ދިނުން؛

11. މީޑިޔާ ކޮންޓްރޯލް ކޮށް، އެއީ ވެރިކަން ދެމެހެއްޓުމުގެ ހަތިޔާރަކަށް ހެދުން؛

12. ވެރިކަން ދެމެހެއްޓުމަށްޓަކައި ކުށެއްނެތް އެތަކެއްބަޔަކު ބަންދުކޮށް އަނިޔާކުރުން؛

13.  ފުރިހަމަ ބާރު އޮތްހާ ދުވަހު ޤާބިލު މީހަކު އުއްތަމަ ފަނޑިޔާރަކަށްވެސް، ޖަސްޓިސް މިނިސްޓަރަކަށްވެސް ނުލައި އަދުލު އިންސާފުގެ ދާއިރާ ހަލާކުކޮށްލުން؛

14.  ޝަރީއަތުގެ އެންމެ މަތީ މަރުހަލާއަކީ ތިމާމީހާ ކަމަށް ހެދިހުރެ، ހައިކޯޓުގެ ހުކުމްތައް ބަދަލުކޮށް، މީހުންގެ ހައްގުތައް ފޭރިގަތުން؛

15.  ޝަރުއީ ދާއިރާ ކޮރަޕްޓްކޮށް، އާދައިގެ މީހުންނަށް އަތްނުފޯރާ ހިސާބަށް އަދުލު އިންސާފުގެ އަގު ދުއްވާލުން؛

16.  ނުކިޔަވައިތިބި ނާޤާބިލު މީހުން ސިއްހީ ވަޒީރުނަނަށް ހަދައި އެދާއިރާ ހަލާކުކޮށް، ރާއްޖެއިން އެކަށީގެންވާ ފަރުވާއެއް ނުލިބޭގޮތަށް ހެދުން؛

17.  އާއިލާއާއި ރައްޓެހީންނަށް ސިންގަޕޫރުން ވަކިއަދަދެއްނެތި ބޭސް ކުރެވޭއިރު، އާދާއިގެ މީހުން ބޭސް ކުރުމަށް ސަލާންޖަހާގޮތަށް ހަމަޖެއްސުން؛

18.  ސްކޫލްތަކުގެ ފެންވަރު ދަށްކޮށް، އެތަންތަނުން ނުކުންނަ ކުދިންގެ % 95 އަކީ ފޭލިވެފައިވާ ކުދިންނަށް ހެދުން؛

19.  ދޯދިޔާ ތައުލީމީ ސިޔާސަތުގެ ސަބަބުން ދަރިންނަށް ތަރުބިއްޔަތު ނުދެވުން؛

20.ރާއްޖޭގައި ޑްރަގުގެ ވަބާ އާއްމުކުރުން؛

21.  ރާއްޖެއަކީ އާބާދީގެ ނިސްބަތުން މުޅި ދުނިޔޭގައިވެސް ކުށްކުރާ މީހުން އެންމެ ގިނަ އެއް ޤައުމަށް ހެދުން؛

22. ފަޤީރުންނާއި މުއްސަނދީންގެ ތަފާތުބޮޑުކޮށް، ދިރިއުޅުމުގެ ޚަރަދު އާއްމުންގެ އަތްނުފޯރާފަށަށް ގެންދިޔުން؛

23. ރާއްޖޭގެ ޚަޒާނާ ހުސްކޮށްލައި، ދިވެހީން އެތަށް ޖީލަކަށް ދަރުވާލުން؛

24. ރާއްޖޭގެ ޤުދުރަތީ ވަސީލަތް ކަމަށްވާ ފަޅުރައްތައް ނުއަގުގައި ވިއްކައި ހުސްކޮށްލުން؛

25. އަތޮޅުތެރޭގެ ރަށްރަށް ތަރައްޤީ ނުކޮށް، މާލެއަށް އެންމެން ހިޖުރަ ކުރަން މަޖުބޫރުކުރުން؛

26. ރައްޔިތުންނަށް ހިޔާވަހިކަން ހޯދައި ނުދެވުން؛

27. ރަށްގިރުމާއި، ފެންތަޣައްޔަރުވުން ފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި އިތުރަށް ގޯސް ކުރުން؛

28. ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަލާކުކޮށް އެއީ ކަމެއްނުކުރެވޭ މުއައްސަސާއަކަށް ހެދުން؛

29. އިސްލާހީ މަސައްކަތަށް ހުރަސް އަޅައި، ފާއިސާއާއި ނުފޫޒު ބޭނުން ކޮށްގެން ކުރިޔަށް އޮތް އިންތިޚާބުގައި އަތްގަދަކުރުމަށް މަސައްކަތްކުރުން؛

30. ރައްޔިތުން ބިކަ ހާލުގައި އުޅޭއިރު، ބޮޑު ގަނޑުވަރެއްގައި ދުވާލަކު 4 ލައްކަ ރުފިޔާ ޚަރަދު ކޮށްލަ ކޮށްލާ އިނުން.

 

5 comments:

Anonymous said...

den heyo
mi muskulhi bakarigan'du baalaa

Anonymous said...

faisaa ah booth kaifaa. e varu meehaku verikan kihi neh dhookuran kerey nee. Inshaa Allah hopefully he will finish this time.

Anonymous said...

golhaaaboage isthiufaa ah hama mihaaru adu harukoh govaalan

Anonymous said...

Thi ecchaku baalan beynumiyyaa Gasimah furusathu dhee. Enoon evves meehakah mifaharu thikameh nuvaane... Muskulhibay mihaaruves emme biruganna meehakah huree Gasim. Eyna adhives Gasim vattaalan kureven oi haakameh kuraane. Mifaharu dhivehinna ekathigandakah nuvevijjiyya mi gaumu dhovelaane thi bakari.

Anonymous said...

Thee hama haggu thethu
E Nagookendi baalan vejethaa kithanme dhuvaheh veje