Thursday 28 August 2008

ގޮޅާބޯގެ އަޞްޙާބުލް އުޙްދޫދުI

ރައްޔިތުންގެ ގަލަން


ގޮޅާބޯގެ ދުއްތުރާތަކާއެކު އޭނާގެ އަޞްޙާބުލް އުޙްދޫދު (ކެބިނެޓް) އަހަރެމެން ދިވެހީންނަށް ޖައްސާ ޙާލަކީ މެންދުރުގެ އިރު ފަދައިން ކޮންމެ ދުވަހަކު އަހަރެމެން ތަޖުރިބާ ކުރަމުން އަންނަ ކަމެކެވެ. މިބައިގަނޑުގެ ޢަމަލު ތަކާއި ކަންކުރާ ގޮތް އެންމެ ވައްތަރުވަނީ ކީރިތި ޤުރުއާންގައި އައިސްފައިވާ ކުރީ ޒަމާނުގައި އުޅުނު ރަސްކަލަކާއި އޭނާގެ އައުވާނުންގެ ގޮތްތަކާއެވެ. ނުބައި ކަންތައްތަކަށް ހިތްވަރުދީ، އެކަން ހިންގަމުންދާއިރު ފޯރިދީ، އަތްޖަހާ، ސާބަސްދީ އުޅޭ އުޅުމެވެ.

 މި ސިލްސިލާގައި މިފަހަރު މިބަލައިލަނީ ނަރުދަމާ ވަޒީރު އަޑުބަރޭ އަޙްމަދުގެ ކަރުސަތުގެ ކުޑަމިންވަރަކަށެވެ. މިއަޑުބަރޭއަކީ ގޮޅާބޯގެ މާ އަރިސް މޮޅު މީހަކަށްވެގެން ހަފްތާއަކު އެއްފަހަރުހެން އެކި ފަހަރުހެން އެކިއެކި ކަންކަމުގައި ވޯޓުހޯދަން އަތޮޅުތަކަށް ފޮނުވާ އޭޖެންޓެކެވެ. މިއީ ކުކުޅު ކާލާ، މަސްދަތުރަކު ކުޅުދުއްފުއްޓަށް ދިއުމުން މީނާ ފަހާލައި ބޭލުމުގެ ކުރިންނެވެ. އެރަށުގެ ޒުވާނުން ރުޅިއަރުވާލާ،  ޒުވާބުކުރަން ފެށީމާ ހިނގި މިޙާދިސާގައި އަޑުބަރޭ ވީވަރަށްވުރެ މާކަންބޮޑުކޮށްލައިގެން ގޮޅާބޯކައިރީގައި ލާ ހޭރިގަނެގެން ގޮޅާފޯސް ފޮނުވައިގެން 40ށް ޒުވާނުން ޒިންދަގީ ދުއްވާލީނޫން ހެއްޔެވެ. މިކަހަލަ މީހުންނަށް ގޮޅާއަށް އެހޯދައިދެވެނީ ސަޕޯޓް ހެއްޔެވެ؟ އޭގެ އިދިކޮޅު ނޫން ހެއްޔެވެ! މަންޒަރު ދުށްމީހުން ބުނާ ގޮތުގައި އަޑުބަރޭގެ ތަލައިގައި ސިގިރޭޓްބުރި އެއްވެސް މީހަކު ނުޖައްސައެވެ. ގަމީހުގައި ސިގިރޭޓްބުރި ނުޖެހޭކަމެއް ނޭނގެއެވެ. އަޑުބަރޭ އަޙްމަދު ނަރުދަމާ މިނިސްޓްރީއާ ޙަވާލުވެފައި އެތާނގައި ކިޔަވައިގެން ތިބި ފަންނީ މީހުން ކަމު ނުގޮސްގެން އެކި ދިމަދިމާލުން އަތްފުނާ އަޅައިގެން ފުދޭވަރެއްގެ ބައިގަނޑެއް އެއްކޮށްގެން ގެނައެވެ. މިގެނައި އަށެއްކަ "މަރުމޯލުންގެ ތެރޭގައި" މަލަކަށް ދޫކުރާނެ މަލެއް ނެތެވެ. މުޅިންހެން މިސްކިތު ވަކަރެވެ. ބަރަބޯ ރަޝީދާ، އަސާ ލިބިފައިވާ ޙުސައިން މަނިކު ދޮންމަނިކާ، އިނގިރޭސި ބަހުން ދެ ޖުމްލަވެސް ބުނަން ނޭނގޭ ފައިންޑިންގ ނީމޯ ޙަސަން މޫސާއާ، ހެލްތުގައި އުޅުނު ތެޔޮދަމާ ސަޢީދާއާ، އަޑުބަރޭ އިންތިޚާބީ އަތޮޅުގެ ރަށެއްގައި އަޑުބަރޭ ފޮނުވި އިންޖީނެއް މީނާ ކުއްޔަށްދީގެން ތިން ލައްކަ ރުފިޔާ މަޅާލި ޙަސަން ޢަބްދުލް ކަރީމާ، އޭދަފުއްޓަށްގޮސް މީހެއްގެ އަންބެއްގެ ހުތުރު ފޮޓޯތަކެއް ނަގައިގެން މީހުންނަށް ދައްކާ ޝައުޤީފަދަ ތަރިންނެވެ. އަޖައިބެއް ފަހެ ނުވާނެހޭ ރަނގަޅަށް ދެ ޖުމްލަ ބުނަންނޭނގޭ ޙަސަން މޫސާ ލާފައި އެހެރީ މިނިސްޓްރީގެ ދަށުގައިވާ އެންމެ ފަންނީ ރިސަރޗް ސެންޓަރަށް ޑިރެކްޓަރ ޖެނެރަލް ކިޔާފައެވެ. ފާރޫގުމެން، މީމުޒަވިޔަނި އަމްޖޭމެން ދެކެ އަޑުބަރޭ އަރަނީ އަމަށަކު ރުޅިއެއްނޫނެވެ. އެއްކުރި ޅޮސްތަކުގެ ތެރެއިން އަޑުބަރޭ އެންމެ ލޯބިވާ އަރިސް އުޙްދޫދަކީ ބަރަބޯ ރަޝީދެވެ. އެޓޯލްސަށް ބަލާބޮޑުވެގެން އޭރު އެތާހުރި މިނިސްޓަރ ޑީނަށް ކަމުނުގޮސްގެން ލާނެ އޮފީހެއް ނެތިފައިވާ މިސްކިތު ވަކަރެކެވެ. ނަމަވެސް ބަރަބޮލަކީ ފިތުނަ ފަސާދަ ކުރުމާ، ދެބައޮޑުވުމާ، ވާހަކަ ދެންނެވުމާއި ރައްޔިތުންގެ ބަޖެޓް ގޮތްގޮތަށް ބަދަލުކޮށްލާ ވެރިއަކަށް ހުންނަ މީހަކަށް ދަވާލަންފަހިކޮށް ދިނުމުގައި އަރާހުރި ދެވަނައެއްނެތް ތަރިއެކެވެ. އަޑުބަރޭ އަޙްމަދު، ބަރަބޯ ގެނައުމާއެކު މީނާގެ ފިތުނަ ފަސާދައިގެ ކުޅިގަނޑު ފިސާރި ރަނގަޅަށް އަޑުބަރޭ މިނިސްޓްރީގައި ފަށައިދީފިއެވެ. ނަތީޖާއަކަށްވީ ތަނުގައި ތިބި ކިޔަވައިގެންތިބި ފަންނީ މީހުން ކެނޑިގެންނާއި، އެހެން އޮފީސްއޮފީހަށް ބަދަލުވެގެން ތަން ދޫކޮށްފައި ދިއުމެވެ.

ރަށްރަށުގައި ކުނިކޮށި އަޅާށޭކިޔާފައި އަޑުބަރޭ ބަރަބޯ ރަޝީދަށް ފައިސާގަނޑު ޙަވާލުކޮށްފިއެވެ. އެހެންނާ ދެލައްކަ ރުފިޔާއަށް އެޅޭ ކުނިކޮށީގެ ދެފާރުވެސް ބަރަބޮލަށް ތިންލައްކަ ރުފިޔާއިންވެސް ނޭޅެއެވެ. އަޑުބަރޭއަށް މިކަން އެނގޭއިރުވެސް އަޅައެއްނުލައެވެ. ބަރަބޯ އިޢުލާނު ކުރުމެއްނެތި ރަށްރަށުގައި ތިބި އޭނާގެ ފަހުލަވާނުންނާއި ކުނިކޮށި އަޅަން ޙަވާލު ކުރަމުންދަނީއެވެ. ޓެކްނިކަލް ކުރެހުންތައް ފަންނީމީހުން ދިނީމާ، އޭގެބަދަލުގައި ބަރަބޯ ރަޝީދުގެ ގަލަމުން ދެރޮނގެއް އަޅާލުމުން ފުދެއެވެ. މީނާގެ އަންހެނުންގެ ގއ. ކޮލަމާފުށީގައި ބިޔަ ފައިބަރު ދޯންޏެއް އަދި ބަރަބޯގެ ރ. އަލިފުށީގައި ބިޔަ ފައިބަރު އަނެއްދޯނި ބަނދެ ބޭލުމަކުން ޙައިރާންވާކަށް ނުޖެހެއެވެ. އަޑުބަރޭ ރާއްޖެތެރޭގެ މީހުން މަގުފުރައްދަން ކުރާ ދަތުރުތަކުގައި ބަރަބޯ ކަނައަތްކަމުގައި އުޅެއެވެ. އަޑުބަރޭ އޮފީހަށް ބޭރުން ނުވަތަ އެކި ޖަމާޢަތްތަކުން ޚަރަދުދޭ ދަތުރު ތަކުގައި ސީދާ އަޑުބަރޭ އަޙްމަދު ގެލެކްސީގައި އުޅޭ ވާފިރާއި ގުޅައިގެން ދެގުނަ ނުވަތަ ތިންގުނަ ބޮޑުކޮށް ޓިކެޓްނަގައިގެން ދުނިޔެ ތެރޭގައި ދަތުރު ކުރެއެވެ. ޓިކެޓްގެ ފައިސާ އަޑުބަރޭގެ އަމިއްލަ އެކައުންޓަށް ކަހާލަނީއެވެ. އަނެއްކޮޅުން، އަޑުބަރޭ ބަރަބޯ ރަޝީދަށް އަންގައިގެން މިނިސްޓަރުގެ ޓިކެޓް އޮފީސް ބަޖެޓުން ނަގައެވެ. މިގޮތުން ޗައިނާއަށް ކުރި ދަތުރަކާ ، ކެންޔާއަށް ކުރި ދަތުރަކު ފައިސާގަނޑު އަމިއްލަ އެކައުންޓަށް ލުހެލިކަން ޔަޤީނެވެ. ޝައްކުކުރެވޭ ބައިވަރު ދަތުރުތައް އެބަހުއްޓެވެ. އަޑުބަރޭ އަޙްމަދު ބޭރަށް ޖަލްސާއަށްގޮސް ކޮސްގޮވާ، އަލިފުލައިލާ ވާހަކަ ދައްކާފައި ޖަލްސާ ނުނިމި ތިން ހަތަރު ދުވަސް އޮއްވާ ފިލައިގެން މެލޭޝިޔާ ނުވަތަ ލަންކާއަށްގޮސް ބާޒާރުކޮށްލާފައި ރާއްޖެ އާދެއެވެ. މިކަންކަމުގައި ބަރަބޯ ފުރިހަމައަށް ސްކްރީންޕްލޭ ގެންގޮސްދެއެވެ.

ޚިޔާނާތާއި، ކޮރަޕްޝަނަކީ ކޮބައިތޯއެވެ؟ ގޮޅާބޯގެ އަޞްޙާބުލް އުޙްދޫދުގައި މިފަދަ މީހުން ނޫންމީހަކު ނެތީ ހެއްޔެވެ؟ މިއަޑުބަރޭ ލަންކާގައި ސަފީރަށް ހުރިއިރު ފޮނުވި ބަލިމީހުންގެ ޚަރަދާއި އެމްބަސީގެ ޗެކްފޮތް ޖީބަށްލައިގެން ބުރިބުރިއަށް އަޅާފައިހުރި  މެސްކޮޓް ކިޔާގެ ގޮޅާބޯއަށް ނުފެންނަނީ ހެއްޔެވެ؟ ދަރިން އިނގިރޭސި ވިލާތަށް ފޮނުވައިގެން ބައްކުރި ލާރިގަނޑުން ކިޔަވައިދިންކަން ގޮޅާބޯއަށް އެނގިފައި ނެތީ ހެއްޔެވެ؟ ކޮންމެއަކަސް އަޑުބަރޭ އަޙްމަދު، ބަރަބޯ ރަޝީދުގެ ޖޯޑާ ހެދި އެތަނުގައި އެއްގޮތަކަށްވެސް އެހެން މީހަކަށް ފިޔަވަޅެއްވެސް އަޅާކަށް ނޭނގެއެވެ. މަޖިލީހުގެ ހދ. ގޮނޑިއަށް އަޑުބަރޭ އަޙްމަދު ހޮވައިދިނީ ބަރަބޯ ރަޝީދު އަތޮޅުވެރިކަމުގައި ހުރެގެންނޭވެސް ބުނެއެވެ. އެހެންވީމާ، ބަރަބޯ ފިތުނަ ފަސާދަ ހިންގާކަމާއި، ހަދާ ދޮގުތަށް މުއައްޒަފުން ކުރިމަތީގައި ބޭޒާރުވެ، އަޑުބަރޭއަށް އެނގުނަސް އަޑުބަރޭ ބަރަބޯއަށް ދަރާފައިވާ ދަރަނި ދައްކަން ޖެހެއެވެ. ބަރަބޯ ރަޝީދަށް އަޑުބަރޭ އަޙްމަދު ޖިޒީ ދައްކަން ޖެހެއެވެ. މިވެނި މަޖިލީހަކުން އެވެނި މަޖިލީހަކުން މަގޭ "މިއަދު" ނޫހަށް މިވެނި ލަޤަބު ނުވަތަ އިނާމު ދޭންފާސްކޮށްފިއޭ މިވެނި އެވެނި މަޖިލީހުގައި މަގޭ އެވެނި ފްރެންޑް ހިމަނައިދޭށޭ ކިޔާފައި ގޮޅާބޯ އޮފީހަށް ލިޔާ ސިއްރު ސިޓީތައް ލިޔުއްވަން ބަރަބޯ ގެންގުޅެން ޖެހެއެވެ. އަޞްޙާބުލް އުޙްދޫދުގެ އެހެން ނަންބަރެއްގައި އިތުރު ފޯވާޑުންގެ ކަރުސަތު ގެނެސްދޭނަމެވެ.

އަޑުބަރޭއަށް ސަލާން، ބަރަބޯއަށް ސަލާން، އަޑުބަރޭ  އެއްކުރި މިސްކިތު ވަކަރުތަކަށް ސަލާން. މިކަހަލަ ހުރިހާ ފަސާދައެއް ފަހިކޮށްދޭ ޤައުމީ ޕްލޭމޭކަރ ގޮޅާބޯއަށް ގިނަގިނައިން ސަލާން.

2 comments:

Anonymous said...

This is a first class story. Adubarey is in fact one of the most corrupt ministers in cabinet now. He uses government funds for his campaign in H. Dh.

Anonymous said...

This is very good article! the facts mentioned in the article are also true. Ahmed has done lots of damage for all 3 sectors of Ministry of Environment, Energy and Water. he has brought lots of corropt and unprofessional people as well. its very difficult to restructure the place now after most of the professionals left and even remaining are getting ready to leave. look now what he says " he is not happy about the policies of the goverment" Dear Ahmed,how come you say this after " 15 or more years on Gayooms cabinet"