Wednesday 27 August 2008

ގޮޅަޔާ ހުވަދު އަތޮޅުގައި ކޮސް ގޮވައިފި

މައުމޫނަކަށް އެހެން މީހަކާ ވާދަ ކުރާކަށްވެސް ނުކެރޭނެއެވެ. އަދި ޑިބޭޓް ކުރާ ކަށްވެސް ނުވަތަ ޢާއްމު ރައްޔިތުންނާއެކީ ވަގުތު ކޮޅެއް ހޭދަކޮށްލާކަށްވެސް ނުކެރޭނެއެވެ. ތިޔަ ބުނަނީ ހާދަ ހެއްވާ ވާހަކަ އެކެވެ. " ތިރީސް އަހަރު ވެރިކަން ކުރުމަށް ފަހު މިގޮތަށް މަށަށް ޕްރެޝާރ ކުރަންޏާ ދެން އަންނަ މީހަކަށް ދެއަހަރު ނުވަތަ ތިން އަހަރުވެސް ވެރިކަމަކު ނުހުރެވޭނެ އެވެ." ތިޔަ އެއްބަސްވީ މިފަހަރު އެހެން މީހަކު އިންތިޚާބު ވާނެ ވާހަކަ ދޯއެވެ. ތިޔަ ބުނީ މިފަހަރު ފޭލްވާނެ ވާހަކަ ދޯއެވެ. މީގެ ކުރިން އެހެން މީހަކު ވެރިކަމަށް އަޔަނުދޭނަމޭ ވެސް ބުނީމު ދޯއެވެ. އަޅެ ތިޔަ ދެއްކޭ ވާހަކަ އެއް ނުދެއްކޭ ވާހަކަ އެއް އެނގޭ ހެއްޔެވެ. ތިޔަހަރަގެން ކޮސް ގޮވަނީއެވެ. ބޮޑު ފިރިހެނަކު ދެން ތިޔަ ދައްކާ ވާހަކަ އަކާ އެދީ ހަމަ ޢަޖާއިބެވެ. ވާޏީވެސް އެހެންތާއެވެ. މިހާރު ދެން އެހެރަފެންނަނީ ކުޑަކުއްޖެއްގެ ގޮތްވެފައެވެ.

ހުވަދު އަތޮޅު އުތުރު ބުރިން ވިލިނގިއްޔާ މާމެންދޫ އާއި ދާންދޫ އަށް ދިޔައިމާ އެވީހެއްޔެވެ. ތިޔަ ތިންރަށުން ވޯޓް އަޅަންޏާ އަޅާށެވެ. އަހަރެމެން ބާކީ އަނެއް 7 ރަށުން ފަހަރު ގައި ވޯޓެއް ލިބުނަސް ވޯޓް ނުދޭނަމުއެވެ. އެއީ އަހަރެމެން ނުފެންނަ މީހަކު އަހަރެމެންނަށްވެސް ނުފެންނާނެއެވެ. ކޮނޑޭ ދިޔަދޫ މީސް މަދުވީމާ މައުމޫނަކަށް ނުދެވުނެވެ. ގެމަނަފުށީ ، އަދި ކަނޑުހުޅުދޫ ރައްޔިތުން ނާމެދުގައި މާބޮޑު ޔަޤީން ކަމެއް އޮތީހެއްޔެވެ. ކުރީ ފަހަރުވެސް ދެއްވަދޫ އާއި ކޮލަމާފުށީން އެހެދީ ޤައުމުގެ ރައީސަކާ މެދު ކަން ކުރާނޭ ގޮތަކަށް ނޫނެވެ. އެހެންޏާފަހެ، ދެއްވަދޫގައިވެސް އެސޮރަށް މަގު ނުހިގިގެން ރަށަށް އެރީ ބޯޅާދަނޑު ތެރެއިން ލާފައެވެ. އެހެންވީމާ މިކަހަލަ ނިކަމެތި ބަޔަކު ކޮންމެހެން ތިރީސް އަހަރުގެ ވެރިޔާ އަށް ވޯޓް ދިނުމުގައި އޮތީ ކޮންބޭނުމެއް ހެއްޔެވެ.

މައުމޫނު ހީކުރަނީ ގއ. ވިލިނގިއްޔަކީ ދެން އޭނާގެ ރަށެއް ކަމުގައެވެ. ވިލިނގިލީގެމީހުންގެ ގޮތްގަނޑު ތަފާތުވީމާ ނާޖާއިޒު ފައިދާ ނަގަން ނޫޅޭށެވެ. ވިލިނގިލީ މީހުން މިފަހަރުވެސް ހީކުރީ މައުމޫނު އޭނާގެ ރަށަށް ގޮސް ވާހަކަ ދައްކާ އިރު އެމީހުންނަށް އުފާވެރިކަމެއް ލިބޭނޭ ވާހަކައެއް ދައްކާލާނޭ ކަމަށެވެ. އެކަމަކު ކެމްޕޭނު ތަޤްރީރު ނިމުނު އިރުވެސް އެކަހަލަ ވާހަކައެއް ދެއްކި އަޑެއް ނީވުނެވެ. އެންމެ އުއްމީދު ކުރި ވަގުތުވެސް ތަޤްރީރުގެ ތެރެއިން ބުނެފައިވަނީ " ރައީސް ކަމަށް ކުރިމަތި ލުމުގައި ޤާނޫނީ ހުރަހެއް ނެތް" ކަމުގައެވެ. ބަލަ ތިރީސް އަހަރު ނުފުދޭ ހެއްޔެވެ.

ވިލިނގިލީ މީހުން ހީކޮށްގެން ތިބީ އެއަރޕޯރޓް ގެ ވާހަކަ ދައްކާނޭ ކަމުގައެވެ. މަގު ހަދާ ވާހަކަ ދައްކާނޭ ކަމުގައެވެ. ފާޚާނާ ހޮޅިއެއް އަޅައި ދޭނޭ ކަމުގައެވެ.  ނުވަތަ މިނޫންވެސް މިފަދަ ވާހަކައެއް ގެ އަޑު އިވޭނޭ ކަމުގައެވެ. މައުމޫނެވެ. އެވާހަކަ އެތަޤްރީރަށްފަހު މައުމޫނުގެ ތާއީދު ވިލިނގިލީގައި އެދަނީ ދަށަށެވެ. އެރޭ ޖަލްސާ އަށް ދިޔަ މީހުން ފަހުން ސަޔަށް ގޮސް ތިބެ ދެއްކި ވާހަކަ އަހަރެން އަޑު އެހީމެވެ. އަދި ހުކުރު ދުވަހު ހަވީރު އަތިރިމަތީ ދެއްކިވާހަކަވެސް އަޑު އެހީމެވެ.  މައުމޫނުގެ މަކަރާ ޙީލަތް އެމީހުން ދަނެއެވެ.

އަދި މިހާރު ނަރު ނަގާފައި ކަލެއާއެކު ތިއުޅޭ އެންމެންނަކީވެސް ކޮންމެވެސް ޖަރީމާއެއް ހިންގާފައި އުޅޭ މީހުންނެވެ. އެމީހުންގެ ބޭނުމަކީ މައްސަލަ އޮއްބާލުމެވެ. އެއީ  ކަލެއަކީ އޭގެ މީހެއްކަން އެމީހުންނަށް އެނގޭތީއެވެ. އެހެންޏާ ބޯޓެއް އަންދާލާ އެހެންޏާ ދޯންޏެއް އަންދާލައި އެހެންޏާ ކޮންމެވެސް ވައްކަމެއް ފޮރުވަން ނޫނީ ކުޑަކުއްޖަކާ އެކު ބަދު އަޚްލާޤީ ޢަމަލު ހިންގާފައި ހުރި މީހަކު އެހެން ނޫނީ ޤަވާޢިދާ ޚިލާފަށް ވަޒީފާ ހޯދާފައިވާ މީހަކު މިކަހަލަ ނާޖާއިޒު ކަމެއް ނެތް ހަމަ އެކަކުވެސް ފަހަތަކުވެސް ކުރިޔަކުވެސް ނެތެވެ. މައުމޫނެވެ. ހާދަ ނުތާހިރެވެ. މިބުނާ ވައްތަރު މީހުންގެ ވާހަކަ އިނގިލަނބާ ކިޔާދޭންވީ ހެއްޔެވެ. ބޭނުމެއް ނޫނެވެ. ދެން ކަލޭ އަތަކު ޝަރީޢަތުގެ ބާރެއް ނެތެވެ. ޤާނޫނު ހެދުމުގެ ބާރެއް ނެތެވެ. ވެރިކަން ކުރުމުގެވެސް ބާރެއްނެތެވެ. ކަލޭ އަތުގައި ހުރީ ވައްތަރު ވައްތަރުގެ މުގުރާއި ފާޑުފާޑުގެ ހަތިޔާރެވެ. ކިރިޔާ ގޮތެއްވާއިރަށް އެތަކެތި ހުންނާނީ ތި ދިމާއަށެވެ.

މިދެންނެވި ޖަލްސާ އަށް ފަހު ވިލިނގިލީގެ ޒުވާނުންނަށް ކުރި އަސަރު އެދެއްކީ އެމީހުންގެ ވަދާޢީ ބެނާއިންނެވެ. ހާދަހާ ބެނާ ތަކެއް އެމީހުން މާވައްދިހަރޭގައި ދަމާލިއެވެ. ކަލޭ ފުރަންވާއިރަށް ހަމަ ޝުޢޫރު ދައްކާލީއެވެ. އެއީ ރަށު އެންމެންގެ ޝިޢާރެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެވެރިންވެސް ގެންގުޅެން ޖެހިފައި މިވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ތިރީހަކަށް އަހަރު ޚުދުމުޚުތާރު ވެރިކަމެއް ކޮށް ނިންމަމުންދާ މުސްކުޅިއެކެވެ.  ކަލޭ ހިތް ހުއްޓިދާނޭ ކަމަށް ޑޮކްޓާރ ލަފާ ދެއްވީމާ ފުރަން މާވެއްދިހަރެއަށް ނުގެނައީއެވެ.ބުނީ ވިއްސާރަވެ ފަޅު ގަދަކަމުން ފުރާނީ އެހެން ދިމާއަކުން ކަމުގައެވެ.  އެއީ މިތަކެތި ފެނިފައި ވިލިނގިލީގެ އަޞްލު ޙަޤީޤަތް ކަލެއަށް އެނގިދާނެތީއެވެ. އަދިވެސް އެމީހުން އެއުޅެނީ އޮޅުވާލައިގެންނެވެ.  ކަލޭގެ ވަޒީރުން އެބެނާތައް ކިޔެވެ. އެމީހުން އަތުގައި ފޮޓޯވެސް ހުންނާނެއެވެ. ވިލިނގިލީ ގައި އަޞްލު ބެނާ ތައް ފެނުނު ނަމަ މަންމަގެ މަންމަގެ ރަށުގައި ވަޅުލަން ޖެހުނީސް ތޯއްޗެކެވެ.

މައުމޫނެވެ. އެއަރޓެކްސީގައި ދަތުރު ކުރިއަސް އަދި ރައްޔިތުން އޮޅުވާލައި ރައްޔިތުންގެ ފައިސާ ގައި ކެމްޕޭނު ކުރިއަސް ރަށުގެ ތުނޑީ ކޮޅުނ ވަގަށްް ފުރައިގެން ދިއުން ފުރުން ރީއްޗެއް ނޫނެވެ. ބައެއް މީހުން ބުނީ މައުމޫނު ފުރީ ކާރުގައި އެއަރ ޕޯރަޓަށް ގޮސް ވައިގެ މަގުން ކަމުގައެވެ. އެއީ ވިލިނގިލީގެ ރައްޔިތުންނަށް ހަދައިދިން އެއަރޕޯރޓް ހުޅުވައިދިނީޔޯލައެވެ. ބަލަ ތިޔަ ދައްކަނީ ޚިޔާލީ ވާހަކައެކެވެ. މައުމޫނު ހުވަފެން ދައްކަނީ އެވެ. އަދި އެއީ ފުން ފަޅެކެވެ. އެތަންޖެހޭނީ ހިއްކާށެވެ. ދެން އެއަށްފަހު އެއަރޕޯރޓް ހެދުމެވެ. މިއީ މައުމޫނަށް ކުރެވޭނޭ ކަމެއް ނޫނެވެ. ޤައުމު އޮތީ ދަރާފައެވެ. ދައުލަތުގެ މާލިއްޔަތުގައި ފައިސާ އެއް ނެތެވެ. މައުމޫނު އަތަކު ޢަދުލުވެރިކަމެއް ނެތެވެ. ހަމަހަމަ ކަމެއް ނެތެވެ.

މައުމޫނެވެ. މީގެ ކުރީ ފަހަރަކުވެސް ކަލޭ ވިލިނގިލީ ގެ ކުރިމަގު ފެނިފައި  ބިރުގަތެވެ. ޒުވާނުންނާ ޅަކުދީން ފެނިފައި ބިރުގަތެވެ. އެފަހަރު އެވާހަކަ ދައްކާ އެސްފީނާ ޖައްސާފައި ވިލިނގިލީ އަންހެނުންނަށް ބޭސް ކާންދީ މުޅި އާބާދީ ހަލާކު ކޮށްލީއެވެ. ކަލެއަކީ ހާދަ ނުބައި މީހެކެވެ. ކަލޭގެ ބޭނުމަކަށްވީ ވިލިނގިލީގެ އާބާދީ ނިކަމެތި ކޮށް ބާރު ކުޑަކޮށް ކަލެއަށް ފަސޭހަ ކުރުމެވެ. މީގެ ފައިދާ ވިލިނގިލީ ވެރިންނަށްވެސް ފެނި އަބޫބެއްޔާ އަހައްމަދީ ލައްވާ ބޭސްކާންދީ އަންހެނުން ހަލާކުކޮށްލީއެވެ. ދަރިމައިވުން ހުއްޓުވާލީއެވެ. އެމީހުން ކައިރީ ބުނީ  ޚަރަދުގެ ވާހަކައެވެ. ކާނާގެ ވާހަކައެވެ. ކޮންމެއަކަސް ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ރައްޔިތުންވައްޓާލައި އާބާދީ ހަލާކު ކޮށްލީ އެވެ.

މައުމޫނެވެ. ކަލޭ ދައްކާ ވާހަކައާއި ޢަމަލަކާ ދިމައެއް ނުވެއެވެ. މީހުން ދައްކަން މަމޮޅުކަން ދައްކަން ތިޔަ ހުކުރު ޚުތުބާ ކިޔާ ނަމާދު ކޮށްހެދީ ވަކި މޮޅެއް ހޯދަނަމޭ ހިތާ ހެއްޔެވެ. ކަލޭގެ ޚުތުބާ އަޑު ނާހަން ވަރަށް ގިނަ ބަޔަކު ހުކުރަށްވެސް ނުދެއެވެ. އަދި ދިޔަމީހުންވެސް ކުރީ މަލާމާތެވެ. ވާނީވެސް އެހެންތާއެވެ. ބުނެވޭ ގޮތުގައި ވިލިނގިލީގައި މައުމޫނު ތިމާގެ މީހުން މަންމަ ފަރާތުން ތިމާގެ މީހުން ތިބެއެވެ. އޭގެތެރެއިން އެންމެ ގާތް އެކަކު ކެލާމާގެ ނަސީމް އެއީ ވަރަށް ބަލި ކުއްޖެކެވެ. އެއީ ވަރަށް ގިނައިން ވެއްޓޭ ކުއްޖެކެވެ. ވެއްޓޭތީ ވަރަށް އަނިޔާވެއެވެ. ބެލޭނޭ ގޮތެއްވެސް ނެތެވެ. މިވެއްޓޭ ކޮންމެ ފަހަރަކު އެދުން ބޭރުވެއެވެ.އދި ފާޑެއްގެ ފޮނުވަރެއް އަނގައިން ނުކުމެއެވެ. އެސޮރު ބުނާ ގޮތުގައި ވިއްޔާ ޖިންނި ތަކެއް އައިސް އޭނާ އާއި ޖިންސީ ގުޅޫން ހިންގަނީއެވެ. އަދި މިހެންވާއިރު ގަދަފަދަ އަށް ހަޅޭއްވެސް ލަވައެވެ.  ވެއްޓޭ ގިނަކަމުން ވަރަށް ގިނަތަންތަން ހަށިގަނޑުން ހަލާކުވެފައި ހުރެއެވެ. މައުމޫނު ކެމްޕޭނު އޮފީހަކަށް ތިޔަ އަތޮޅުގޭ ކުރިމަތިން ތިޔަ ނެގީ އެގެއެވެ. އެގެ ނެގީ ކޮންމެހެން އެކުދީންނަށްޓަކައެއް ނޫނެވެ. ހަނދާން އެބަހުރި ހެއްޔެވެ. ފަޓްލޫނު ފައިކުރި ކުރު ޒަމާނުގައި ސޯޔާބީމް ދަތުރު ގައި ވިލިނގިލީ ތުއްތު ކިޔާ ކުއްޖަކާ އެކު އެގެޔަށް ދިޔައިމެއް ނޫންހެއްޔެވެ. މިބުނު ބަލި ކުއްޖާ އަށް އެއްޗެއް ދެންހެއްޔެވެ. ކަމޭ އުފަލުގައި އުޅޭ އިރު މިކުދީން މިއުޅެނީ މިޙާލުގައެވެ. ދެން ތިދައްކަނީ ކޮން ތިމާގެ ކަމުގެ ވާހަކަ އެއް ހެއްޔެވެ. ކަލޭ ތިމާގެ ކަމުގެ ވާހަކަ ދެއްކީމާ މިހާރު އެހެން ކިޔައިގެން އެއުޅެނީ މާދުރު ބައެވެ.

މިގޭ ޙަސަން ޙަލީމު ގޮވައިގެން ޢަބްދުﷲ ޙަމީދުގޮސް އެގޭގައި ބެހެއްޓިއެވެ، އެސޮރު އޭރު ކުޑައެވެ. ހުންނަނީ ވަރަށް ދޮންކޮށެވެ. ބަލަ ތިމާގެ ކަމަކަށް ނުބަލާ ޙަމީދު އުޅެގަތީ އެހެން ކަމަކާއެވެ. އެހެންވެ އެސޮރު ފިލައިގެން ބެޗީއެވެ. ލަދު ވާހަކައެއްވީމާ އެވާހަކަ ނުދައްކާނަމެވެ. އެކަމަކު ޙަމީދުގެ ގޮތް ދެން އެނގޭނެތާއެވެ. އެގޭ ޙަބީބާ ވެސް މީނާޒު ގެއަށް ގެންދިޔައޯއެވެ. ތިމާގެ ވެގެން ގެންދަނީ ނޯކިރީ ކުރާށެވެ. އެހެންވެ އޭނާވެސް ނުހުރެ އައީއެވެ.

އަޅެ ތިމާގެ ކަމެއް ވާޞިލު ކުރާނަމަ މިކުއްޖާ މިޙާލުގައި ހުންނާނޭ ހެއްޔެވެ.  މައުމޫނެވެ. ތިޔަ ދައްކާވާހަކަ އަކާ ޢަމަލާ ދިމައެއް ނުވެއެވެ. އަހަރެމެން ތިޔަ އަޑު  އަހާކަށް ބޭނުމެއް ނޫނެވެ. ވިލިނގިލީ ބަހުން ވާހަކަ ދެއްކިޔަސް އަޑު އަހާކަށް ބޭނުމެއް ނޫނެވެ. ތި ހަމަ ގޮތް ދައްކަނީއެވެ. ބޮޑުގޭނެވެސް ތީމުގޭންވެސް މިބަލި ކުއްޖާއަށް ޖާގައެއް ނުލިބުނެވެ. ނޫނީ ބަލާނޭ މީހަކު ލާފައި މުސާރަ ދީފައި ބަހައްޓަންވީ ނޫންހެއްޔެވެ. ދެން މިވާހަކަ އަހަރެން ދެއްކީމާ ކޮންމެފަދަ ކަމައްވެސް ކޮށްފާނެއެވެ.

މައުމޫނު ހާދަ ހިއްވަރެއް ނެތެވެ. މާވައްދިހަރެއަށް ނުކުންނަން ނުކެރިގެން ތިޔަ ދިޔައީ ލެގޫން އެއަރޕޯރޓް އަށެވެ. މައުމޫނެވެ. ކަލޭ ހިތުން ނުފިލާ ވަރުގެ ވޯޓް ނަތީޖާ އެއް އިރާދަ ކުރެއްވިއްޔާ ދައްކާނަމެވެ. ގައްދޫގައި ތިޔަ ދެއްކި ވާހަކަ ހަނދާން ބަހައްޓާށެވެ. ތި ދެއްކީ ހަމަ ފިސްތޯލަ ވާހަކަ  ކަހަލަ ވާހަކައެވެ. ކަލޭ ވަރަށް ކޮސް އެބަ ގޮވައެވެ. އަހަރެމްން މިފަހަރު ކަލެއަކަށް ވޯޓް ނުދޭނަމެވެ. އަހަރެމެން ބޭނުންވަނީ މައުމޫނު ނޫން އެހެން މޫނެކެވެ.

 

 

4 comments:

Anonymous said...

balaa eh nu. Mi blog ga mijahaafa huri saleebu alhe nagaaney riyaasee candidateh neiy baa. Misru kulhi huttuvaafa saleebu kuriah neren vegen thaa thiya ulhenee. Anni ebunanee ekuveri gaumuthakun 2000 teacherun annaane yo? Miee ekkala saleebu kulheege meehun dhoa? Anni. Thilaa hadhaan kuraathi hurihaa nagoo balhunge karu kadaanan. Thilhaa akahves golhaa akah ves voteh nulibeyne,

Anonymous said...

ma votaa gasimaa

Anonymous said...

my heart is beating my chair my lovely office my palace oh oh I feel shit and my party followers are feeling bullshit too, baaa haaaa my verikan beevaneee beevanee . he heh all are not jokes

Anonymous said...

you could have briefed the article, to retain reader's interest, but I agree all you have said is true.!