Monday 25 August 2008

ހުޅުމާލެއިން ފުލެޓު ދިނުމަކީ ގޮޅާބޯ ދިވެހިންގެ ލޭބޯންވެގެން ހިންގާ ބޮޑު ޕުރޮޕަގެންޑާއެއް!

ގޮޅާބޯގެ ޚުދުމުޚުތާރު ގާނޫނީ ގޮތުން އުފެދިފައިވާކަމަށް އެބުނާ ސަރުކާރުން އެންމެ ބާރުލައިފައި ބުނަމުން ގެންދަނީ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރުމައްޓަކައި ތިމަންމެން ރައްޔިތުންނަށް ބިމެއް ހިއްކައިދިން ވާހަކައެވެ. ހިތާމަ ހުރިކަމަކީ މިބިމުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން މިވީ 4 އަހަރު ތެރޭގައި ވެސް ފުރިހަމައަށް ދެވިފައި ނުވާ ކަމެވެ. ގޮޅާބޯގެ ސަރުކާރުގެ އެންމެ ބޮޑު މަޤްސަދަކަށް މިހާރުވެފައި މިވަނީ މިބިމުން،ރައްޔިތުންނަށް އޮޅުވާލައިގެން، ވިޔަފާރި ކުރުމެވެ. މީގެ އެއްހެކި މިހާރުވެސް ކުރިމަތީގައި ފެންނަން މިއޮތީއެވެ. ހުޅުމާލޭ ގައި މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 488 ފުލެޓުތަކަކީ ހަމަ އެއްވެސް ފައިދާ އެއްނުލާ ރައްޔިތުންނަށް ދޫކުރާތަނެއްކަމަށް ވަނީ އެޗް.ޑީ.ސީ، %100 ސަރުކާރު (ގޮޅާބޯގެ އާއިލާއެއްނޫން، ދިވެހި ރައްޔިތުންގެ ޚަޒާނާ) ހިއްސާވާކުފުނިން ބުނެފައެވެ. މިބައި މީހުން މިގޮތަށް ވާހަކަތައް ދައްކާ ރައްޔިތުން ގެ ލޮލުގައި މިއަޅުވަނީ އަނދުނެވެ. މީހަމަ ތެދުވާހަކަ ތަކެއްކަން ޤަބޫލް ކުރުމަކީ ވަރަށް ވެސް ދަތިކަމެކެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ތިރީގައި މިބަޔާން ކުރަނީ މިކަން ޤަބޫލް ކުރެވެންނެތީ ކީއްވެ ކަމެވެ.

އެއްފަހަރާ އަގު އަދާކުރާނަމަ ފުލެޓްގެ އަގު

 

ތިން ކޮޓަރި 2 ފާޚަނާ އަދި ތަނަވަސް ސިޓިންގް ރޫމް

ތިންކޮޓަރި 2 ފާޚަނާ

ތިން ކޮޓަރި އެއް ފާޚަނާ

ދެ ކޮޓަރި ދެ ފާޚަނަ

ދެ ކޮޓަރި އެއް ފާޚަނަ

 

690,000

670,000

625,000

570,000

490,000

 

 

 

 

 

 

 

ޑައުންޕޭމަންޓް ގޮތުގައި 20% ދެއްކުމަށްފަހު މަހަކު ދައްކަންޖެހޭ އަދަދު

 

ތިން ކޮޓަރި 2 ފާޚަނާ އަދި ތަނަވަސް ސިޓިންގް ރޫމް

ތިންކޮޓަރި 2 ފާޚަނާ

ތިން ކޮޓަރި އެއް ފާޚަނާ

ދެ ކޮޓަރި ދެ ފާޚަނަ

ދެ ކޮޓަރި އެއް ފާޚަނަ

 

138,000.00

134,000.00

125,000.00

114,000.00

98,000.00

ޑައުންޕޭމަންޓް ގޮތުގައި ދައްކަން ޖެހޭ އަދަދު

4,600.00

4,500.00

4,200.00

3,800.00

3,300.00

20އަހަރު ވަންދެން މަހަކު ދައްކަންޖެހޭ އަދަދު

1,242,000.00

1,214,000.00

1,133,000.00

1,026,000.00

890,000.00

20އަހަރުން ޑައުންޕޭމަންޓް އަދި މަހަކު ދައްކާ ފައިސާ ދެއްކުމުން ފުލެޓްގެ ޖުމްލަ އަގު

552,000.00

544,000.00

508,000.00

456,000.00

400,000.00

އެޗް.ޑީ.ސީ އިން އެއްފަހަރާ ފައިސާ ނުދެއްކުމުން ނަގާ އިންޓަރެސްޓް

މަތީގައި ވާތާވަލުގައި އެވަނީ މިފަހަރު ދޫކުރެވޭ 488 އަށް ފުލެޓް ގެ އަގުތަކެވެ. މިތާވަލަށް އިތުރުކޮށް ލެވިފައިވާނީ 20 އަހަރުން ޑައުންޕޭމަންޓް އަދި މަހަކު ދައްކާ ފައިސާ ދެއްކުމުން ފުލެޓްގެ ޖުމްލަ އަގު ޖެހޭވަރާއި އެޗް.ޑީ.ސީ އަށް އެއްފަހަރާ ފައިސާ ނުދެއްކުމުން އިތުރަށްދެއްކޭ ފައިސާ ނުވަތަ އިންޓަރެސްޓް އެވެ. މިދެބަޔަކީ އެޗް.ޑީ.ސީ އިން ހާމަނުކޮށް އޮތް ދެބައެވެ. އެއްވެސް ގޮތަކަށް ފައިދާއެއް ނުނަންގަވާނޭ ކަމަށް ވިދާޅުވާއިރު ކީއްވެތޯ ޑައުންޕޭމަންޓް ފައިސާ ދެއްކުމަށްފަހު 20 އަހަރުވަންދެން މަހުފީ ދައްކާ ނިމޭއިރު އެއްފަހަރާ ފައިސާ ދައްކައިގެން ފުލެޓް ގަނެވޭއަގަށްވުރެ ބޮޑީ؟ މީހަމަ ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ. މިހާރުވެސް ޤައުމުގެ އާންމު ރައްޔިތެއް ގެ މާލީހާލަތު ވިސްނާލައިފި ކަމަށް ވާނަމަ ކޮންމެ ރައްޔިތެއްމެ މިއުޅެނީ މަސް ނިމޭއިރު ދެކޮޅު ނުޖެއްސިގެންނެވެ. މީ އަދުގެ ސަރުކާރަށް އިނގޭ ވަރަށް ބޮޑު ހަޤީޤަތެކެވެ. ވީމާ، ފުލެޓް ތަކަށް ކުރިމަތިލައި، ގުރުއަތުން ދިމާވާ މީހުންގެ ތެރެއިން %95 އަކީ އެއްފަހަރާ ފައިސާދައްކާ ފުލެޓް ގަނެވޭނެ ހާލަތު ގައި ތިބޭނެބައެއްނޫން ކަންވެސް ސަރުކާރަށް ރަގަޅަށް އިނގޭނެއެވެ. މިކަން އިގިހުރެ މީ އާންމުން އަތުން ފައިސާ ފޭރިގަތުމަށް ސަރުކާރުން  ރާވާގެން ގެންދާ ވަރަށް ވެސް ބޮޑު ޕުރޮޕަގެންޑާއެކެވެ.

ހަމަ މިއުސޫލުން މިހާރު މީހުން ދިރިއުޅެމުންދާ ފުލެޓު ތަކުންވެސް ދަނީ ފައިސާ ނަގަމުންނެވެ. މިފައިސާ ވަންނަތަނެއް، ވާގޮތެއް އިގެނީ ކާކައްތޯއެވެ.     

6 comments:

Anonymous said...

މި ދެން ކިހާބޮޑު ބަލާއެއް... މި ގޮޅާބޯ މިއުޅެނީ އަހަރުމެންނަށް ކީއްކުރަންތަ.. މަރުވެސް ނުވާ ރުނޑިޔެކޭ މީ.. މިހާރު 110 އަހަރު ފުރިއްޖެ ވިއްޔަ... ހަމަ ބޮޑު ވަބާއެއް! ގޮޅާބޯ ނޫން އެހެން ކޮންމެ މީހަކަށްވެސް ވޯޓުދީ... ބައްދު މި ފަހަރު ބޭރު ކުރަންވާނެ

Anonymous said...

Why does it has to be only Male' people who can apply for these apartments? It show how much this government discriminates other Maldivians from the Male' people. Hulhumale' is build from the money of all Maldivians. Every Maldivian should have the right to apply any land or flat in anywhere in the country.

Anonymous said...

i am from the atolls, but whole my life i have lived in male' for the purpose of study and work. I am unable to apply for flats in Hulhumale' because i am not registered as a male person. For that purpose i have to leave my house in the island [last time i checked]. How can i leave everything in the island when there is not even hope that i will get a flat, far from affording it. And how come a lot of male' people have more than one land in the islands but still own the land in male'. Hulhumale is being reclaimed with our money too. We should have the same right to male' or any other land in maldives same as landlords of male'. The government should first provide all the facilities, i am talking about at least basic [education, health, job opportunities etc] equally to male' before they impose such restrictions. How unfair is this!?

Anonymous said...

Mi gaumugai dhiriulhumuge siyaasathu mihaaru Golhaabo bahtan kuramun midhaagothugai Hulhumale'akee namoonaa siyaasathakah belevidhaane eve.

Hulhumale' akee Varah reethi furihama hiygaimu maguthakeh ekulevigenvaa amaan omaan dhiriulhen faseyha maahaulekeve.Namaves hithaamayakee mifaharu dhookuran eulhey 488 flat akee reethikoh bunaanama athun bodu heydhaehkohgen vadhevey JALEKEVE.

Mioh thahuzeeb zamaaanugai bin ehaame bodu thanehgai efadha dhathi gothakah dhiri ulhenjehey gothah farumaakohfai huri flat thakekeve.

Golhaabo ah hama neygeneebaa eve.Noonee engen beynun nuvaneebaavaey ves hithah araeve. Hama gaimu konmeves meehaku flat thah elhumuge kurin ethanthah farumaakohfai huri kurehunthah balaa check kuraanekan yageeneve. Noon nama ekurehunthah thahyaaru kuri meehakee dhiriulhumugai ehveskahala vahtafaalhieh neh meehekeve.

Flat thah farumaakuri Architecture ah magey salaam, kurehunthah balaa check kuri verinnah salaam adhi varah khaasakoh Mahujoob ge thiya hunna kiburuveri kamahves salaam.. dhen ma hee hee...........

Anonymous said...

its also good to look at the conditions of the flats. The size of the apartments are too small and its buit like the sixties military cells in Europe. Its not up to standards for such a high price.

Anonymous said...

mwjileehuge membarunah mikamugai kurevidhaane kanthah ebahuri. ekamaku emeehun kihinebbaa hadhaanee mifaharu?