Sunday 3 August 2008

ޒައީމުއާއި ޒައީމުގެ ދޮގުލިސްޓު

އިހަށް މައުލޫއިން ބޭރުން ދެތިން ބަހެއް ބުނެލާނަމެވެ.

ޒައީމުއެވެ. މައުސޫމު ފަކީރަށް ޒައީމު ތިޔާހެދީ ކިހިނެތް ހެއްޔެވެ؟ އެހެންނާފަހެ އެސޮރަށް ވަޒީރުކަން ދިންތާ 48 ގަޑި އިރުވެސް ނުވަނީސް އެސޮރުގެ ގޮހޮރުން ލޭއަންނަވަރުގެ ކޮންކަމެއް ޒައީމު ކުރީހެއްޔެވެ. އަޅެ ސިއްރުން ބުނެބަލާށެވެ. ކޮއްކޮ ހަމިއްޓޭ ފަހެ އެސޮރުގެ ގޮހޮރުގެ ތިރީކޮޅަށް އެއްވެސް ކަމެއް ކުރިހެއްޔެވެ؟ ރުޅި ނާންނައްޗެވެ. މިހެން އަހާލަން ޖެހުނީ ކުރިން އެއްފަހަރަކު ނ.ޅޮހީ ކަތީބުވެސް ހަމިއްޓޭ ކުރިކަމަކުން ގޮހޮރުގެ ތިރީކޮޅުން ލޭ އަންނާތީ އެމާޖެންސީވެގެން ލަންކާއަށް ގެންދިޔަ ވިއްޔާއެވެ.

ދެން އަސްލު މައުލޫއަށް އެނބުރިލާނަމެވެ.

ތިޔަމޮޅުކޮށްގެން އުޅުނު ހިލް އެނޑް ނޯލްޓަންމެން ދިޔަފަހުން ޒައީމުގެ ޕީ.އާރު. ބައި މަމިގެންގޮސްދެނީ ކިހާ އިޚުލާސްތެރިކޮށް ހެއްޔެވެ. މިއޮތް ރަނގަޅަށް މަމަސައްކަތް ކޮށްދެނިކޮށް، އަހާވެސް ނުލާ ތިޔަ ބޭރުކޮށްލީ ކޮން ދޮގު ލިސްޓެއް ހެއްޔެވެ؟  ޤާނޫނު އަސާސީ  އަންނަމަހު 7 ގައި ތަސްދީގުކޮށްދޭނަމޭ ޒައީމު ބުނީމާ އެކަން އެންމެންވެސް ދޮގުކުރާނެކަން، ޒައީމު ނޫނަސް މަށަށްވެސް އެނގެއެވެ. ޒައީމު ތީ ދޮގުގެވެސް އައްޕަވިއްޔާއެވެ. އެހެނޭކިޔާފައި ރަށުއެންމެން ބޮލުގައި ޒައީމު ހެދިހާ ދޮގެއް އެޅުވިޔަކަސް އަދި ކަމަކު ނުދާނެއެވެ. އެއެއްމެންނަށްވެސް ޒައީމު ތިޔާނެރުނު ދޮގު ލިސްޓު ތިޔަނެރުނީ، ޤާނޫނު އަސާސީ 7 ގައި ތަސްދީގުކޮށްދޭނަމޭ ކިޔައި ހެދި ބުހުތާން ދޮގުގައި މަތިޖަހަން ކަން އެނގެއެވެ.

 

ޒައީމުއެވެ. އެދުވަހު ގޮޅާހަރުގޭގައި ޒައީމު އަތުގައި ވަރަށް ދިގު ދޮގު ލިސްޓެއް އޮތް ވާހަކަބުނީމެއްނުން ހެއްޔެވެ. ޒައީމު ނުބުންޏަސް އެލިސްޓުގެ ދިގުމިން މަށަށް އެނގެއެވެ. އޭގައި އޮންނާނީ 40 ދޮގެވެ.  އެހެނީ ހަރުބަހެއްގައި އޮވެއެވެ. އެއްދޮގު ހަދައިފިއްޔާ އެދޮގު މަތިޖަހަން  40 ދޮގު ހަދަން ޖެހޭނެއެވެ. އެހެންވެ ޒައީމު ޤާނޫނު އަސާސީ 7 ގައި ތަސްދީގުކޮށްދޭނަމޭ ކިޔާފައި ހެދި 1 ދޮގުގައި މަތިޖަހަން 40 ދޮގު ހަދަން ޖެހޭނެއެވެ.  

ޤާނޫނު އަސާސީ ތަސްދީގު ކުރާވާހަކަ ހަމަދައްކާލާއިރަށް ޒައީމަށް ތިޔަވާގޮތެއްދޯއެވެ. ހީވަނީ އޮރަންގުޓާން ގިންތީގެ ރާމާމަކުނެއްގެ ފޯއްބޮނޑީގައި 400 ވޯޓުގެ ކަރަންޓު ޖެހިގެން އުޅޭހެންނެވެ. އެންމެފަހުން ގޮސް ޒައީމު ހަނދާން ނެތިފައިވާ ހުރިހާކަމެއް ހަނދާންވަނީއެވެ. މިގޮތުން ކުޑައިރު ފިރިހެންކުޅި ކުޅުނުހާ މީހުންވެސް ހަނދާންވެ، ނަހަލާލަށް ނައްޓުބަލިވެ ބޭންދި ހަނދާން އާލާވެ، އަމާހަނދާންވެ، އެންމެފަހުން ޒައީމުގެ ޒިންމާތަކެއްވާކަންވެސް ހަނދާންވަނީއެވެ. އަޅެފަހެ، މިއީ ކުޑަވަރުގެ ބަލާއެއްހެއްޔެވެ؟ 30 އަހަރު ވެރިކަން ކުރިއިރު ޒައީމުގެ ޒިންމާތައްއޮތީ، ބޮނޑިކޮށްފައި ކޮއްކޮ ހަންޓުގެ ބެކަށް ޖަހައިފަހެއްޔެވެ؟ މާލޭމަގުމަތީގައި ހަކުރުބޮޔެގެން ޒުވާނުންތައް ކޮޅުކޮޅަށް ދުވަނީ ޒައީމަށް މި 30 އަހަރު ޒައީމުގެ ޒިންމާ އުފުލުނީމާދޯއެވެ؟ ރޯމާ ދުވާލު ކަޓަރު އަޅައި މީހުން ކަތިލަނީ ޒައީމަށް އަމަނުއާއްމު ބެލެހެއްޓޭލެއް ރަނގަޅުކަމުން ދޯއެވެ.  ތަކެތީގެ އަގުބޮޑުވެގެން ރައްޔިތުން އަނގަޔާ އަތާދިމާވެގެން އުޅެނީ ޒައީމުގެ މަސައްކަތް ހަމަ ފުރިހަމަވީވަރުން ދޯއެވެ.

ނޫނޭ ޒައީމު ތީ ގަދަޅައިއެކެވެ. ޒައީމުތިޔަ ތައްޔާރުކުރި ދޮގުވެރިންގެ ލިސްޓުގެ ފުރިހަމަކަމަށްޓަކައި މަގޭ އިތުރުން އެއްކަލަ ޓީ.ވީ.އިން ޚަބަރުކީ ފުރިސިޔާނާ މަންޖެއާއި ޒަކަރިއްޔާ ހަމިއްޓޭވެސް ސަލާމް ބުންޏެވެ. އެމަންޖެބުނީ ޒައީމުކައިރީގައި ބުނާށޭ، ތިޔާލިސްޓުގެ ހަވާސާގައި ނަމަވެސް ތިމަންމަންޖެ ކައިރީގައި ޒައީމުވީ ވައުދުލިޔެލާދޭށޭ. ޒައީމު އެމަންޖެ ކައިރީގައި، "މަންޖެގެ މި ފުރިސިޔާނާކޮތަޅު ވެއްޖެއްޔާ މިގޮތަށް ބޯލަބޯލާ އުމުރަށްވެސް މިހެން އޮވެވިދާނެ" އޭ ބުނިން ހެއްޔެވެ؟ ޒައީމު އެހެން ބުނިނަމަ އެ ވައުދު ނުފުއްދޭ ދޮތައެވެ.  އެހެން ކަމުގައިވާނަމަ، އެމަންޖެ އެބުނިގޮތަށް ދޮގު ލިސްޓުގައި އެވައުދުވެސް ލިޔެލަދޭށެވެ.

ޒަކަރިއްޔާ ހަމިއްޓޭބުނީ ޒައީމުކައިރީގައި އަހާށޭ، އެއްކަލަފަހަރު މަކުނުދޫއަށް އަރުވާލާފައި ތިއްބާ މާލެ ގެނައި ދަތުރު، އޮޑިމަތީގައި ރިޔަލެއް ދަށަށްވަދެ ތިބެ ދެއްކިވާހަކަތައް ހަނދާން އެބަހުރިހޭ؟ ދެން ބުނީ ޒައީމު ކައިރީގައި އަހާށޭ "ކިޔާ ހުވާތެރާ ވާދާ؟" މިހެން. ޒައީމު އަޅެދޮގު ނުހަދާ ބުނެބަލާށެވެ. އެރޭ ޒަކަރުލާ ހަމިއްޓޭ ކައިރީގައި "މާލެ ދިޔަޔަސް ނައްޓުކައިރީގައެއް ނޫނޭ، ހަމިއްޓޭކައިރީގައޭ ނިދާނީ،" ކިޔައިފައި ގިސްލަގިސްލާފައި ރުއިން ހެއްޔެވެ؟ އެހެން އެކަން ވެފައިވާނަމަ، އެވާހަކަވެސް އެއްކަލަ ލިސްޓުގައި ލިޔެލަބަލާށެވެ.

ދެން އަޅެ ބުނެބަލާށެވެ. ނައްޓުކައިރީގައި، "މަ ދުވަހަކުވެސް އަނީސާ ކައިރިޔަކަށް ނުވަންނަމޭ، އިޓްސް ސިމްޕްލީ ނޮޓް ޓްރޫ" އޭ ބުނިން ހެއްޔެވެ؟ އެހެން ބުނިނަމަ އެވާހަކަވެސް ތިޔާ ލިސްޓުގައި ލިޔެލާށެވެ.

 ޒައީމުއެވެ. އެދުވަހުވެސް މަބުނީމެއް ނުން ހެއްޔެވެ. ތިޔާ ޓި.ވީ. އަށް އިންޓަރވިޔޫ ދިނުން ހުއްޓާލާށެވެ. އަޅެފަހެ، ޓީވީ ފޮށްޓަށް އެރުނީމާ ޒައީމު ރަން ބުއްދިވަނީ މާވަރަކަށް ވިއްޔާއެވެ. އިހަށްދުވަހު އެފޮއްޓަށް އަރާ އިނދެގެން އީޔޫ އޭކިޔައިގެން އެގޮވީ ކޮން ކޮހެއް ހެއްޔެވެ؟ ޒައީމުގެ ހަނދާން އާކޮށް ލަދޭން އެ ދުވަހު ޒައީމު ބުނި ދެ ތިން ވާހަކަ ލިޔެލާނަމެވެ. ޒައީމު އަމިއްލަޔަށް އެ ޖުމުލަތައް އެކަތި އަނެކެއްޗާ ދެއުޅި އެއްވޭތޯ، ނޫނީ ދެކޮޅުޖެހޭތޯ ބަލާލަ ބަލާށެވެ. ތިރީގައި މިވަނީ ޒައީމު އެދުވަހު ކީ އެއްޗެއްސެވެ:

1.        އީޔޫ މީހުން ބުނިގޮތް އަހަރެމެން ނުހަދާނަމެވެ.

2.       އީޔޫ އިން އެއްޗެއް ނުވެސް ބުނާނެ. އެއަށްވުރެން މާހޭޖެހޭނެ އެމީހުން، (އެ މިހުން އެއްވެސް އެއްޗެއް ނުބުނަންޏާ، އެމީހުން ބުނިގޮތް ނަހަދާނަމޭ ބުނީ ކީއްވެ؟)

3.       އަހަރެމެން ކަންތައް ކުރާނެ ގޮތް އެނގޭނީ އަހރެމެންނަށް. އީޔޫ އިން ކަންތައް ކުރާނެގޮތް އެނގޭނީ އެމީހުންނަށް.

4.       އީޔޫ އިން ކަންތައް ކުރީ ރަނގަޅަކަށް ނޫން. އެމީހުން ބަޔާން ދޭން ވާނީ ކޮޅުނބަކުން ނުން (އީޔޫ އިން ކަންތައް ކުރާގޮތް އެގެނީ އެމީހުން ކަމަށް ވަންޏާ، ކޮޅުނބުން ބަޔާން ނުނެރެވޭނެކަން ޒައީމު އަށް އެނގެނީ ކީއްވެ؟)

ނިންމާލުމުގެ ކުރިން ސިއްރެއް ބުނެލާނަމެވެ. ތުއްޕުޅު ބަންގާޅީ ކާފަދަރިންކޮޅު ތިޔާގޭގައި ތިބޭކަން މީހުންނަށް ނާންގާށޭ އެދުވަހުވެސް މަބުނީމެއްނުން ހެއްޔެވެ.  އަސްލު، ޒައީމުގެ 18 އަހަރު ފުރިފައިތިބި، މީހުންނާ އިނދެގެން އުޅޭ ދަރިން ގޭގައި ބައިތިއްބައިގެން ސަރުކާރުގެ ފައިސާ ޚަރަދުކުރުމަކީ މަނާކަމެކޭ މަބުނި ހަނދާން އެބަހުރިނުންހެއްޔެވެ. ކާފަދަރިންނަށް ބުއްދަޅު ގަންނަން ޒައީމުއަށް ނުކެރެންޏާ، މަގޭ ޚަރަދުގައި ގަނެދީފާނަމޭވެސް ބުނީމެއްނުން ހެއްޔެވެ. އެކަމަކުވެސް، މަމީ ކާރުސަތޭވީމާ މަގޭ ނަސޭހަތް ނުއަހާ، ސިއްރުން އެބަންގާޅީ ތުއްޕުޅު ކާފަދަރިން ވަގަށް ތިޔާގޭގައި ބައިތިއްބަން ޒައީމު ނިންމީ، އެކަން ފަޅާނާރާނެ ކަމަށްނުން ހެއްޔެވެ. މަބުނިގޮތް ނެހެދީމާ ކޮބާ ސީލެވިއްޖެނުން ހެއްޔެވެ. ތިޔާގެންގުޅޭ ބައި ބަންޑާރަ، އެކަންވެސް ފަޅާއަރުވާލީ ނުން ހެއްޔެވެ. އެއީ ހަމަ އެމަންޖެ ގަސްދުގައި ކުރި ކަމެކެވެ. އެއީ ފުލް ބަންޑާރަކަން ނުދީ ބައި ބަންޑާރަކަން ދިނީމާ އެކަމުގެ ހަސަދަބާލައިލީއެވެ. މިއީ ވަރަށްބޮޑު ސިއްރެކެވެ. އެމަންޖެއަށް ނާންގައްޗެވެ.

ދެން ކުރުކޮށްލާނަން:

 ތުއްޕުޅު ބަންގާޅީ ކާފަދަރިންނަށް ސަރުކާރުގެ ފައިސާއާ މުދަލާގެންގުޅުމުގެ ޤަވާއިދާ ޚިލާފަށް ތީމުގޭ ބަޖެޓުން ގަނެދިން ބުއްދަޅުތަކަށް ސަލާމް،

ޒައީމު ތިޔާގެންގުޅޭ ދޮގު ލިސްޓަށް ސަލާމް،

ނައްޓުއަށް އޮބިނޯވެގެން ފުރީސިޔަނާ މަންޖެ ގެނެސް މައިތިރިކުރި ޒައީމުގެ ޒިންމާބޮނޑިޔަށް ސަލާމް،

ފުރީސިޔާނާ މަންޖެއަށް ސަލާމް،

ޤާނޫނު އަސާސީ ތަސްދީގު ކުރާނަމޭކިޔައި ޒައީމު ހެދި ދޮގަށް ސަލާމް،

އެދޮގު ފޮރުވަން ޒައީމު ހެދި 40 ދޮގުގެ ލިސްޓަށް ސަލާމް،

ކޮލަމްބޯއަށް ތިޔަ ގެންދިޔަ ޖާނަލިސްޓު ފާއިދާ ފާރޫގުގެ މޭމައްޗަށް ސަލާމް،

9 comments:

Anonymous said...

oh my my bangalhi gholaas enjoying public money? shit how cheep they can be? hmmmm golhabay killing and living... past 30 years u did. u big fat liar.

Anonymous said...

Golha lied to Faaida Farooq also. When she was his sexretary at Transport Ministy (while Golha was the Minister 30 years back) Golha asked her to come without bra to the office during afternoon so he will release her husband and not send him to jail (her husband is a thief and took government money)! but in the end. Golha took her husband, Waheed to jail! SO HE LIED TO HER!.
Ask Faida about this, this is true. Ask Golha's former personal secretary Mr. Muhaimin about this, he knows all this.

Anonymous said...

sappey you are cheating us. this is a younger version of karusathey. karusathey uses old dhivehi
tell real karusathey to write. and dont cheat us.

Anonymous said...

http://1001reason.wordpress.com/

Dhivehi Observer said...

Older Karusathey is taking a break... in the mean time its good to have a younger one (not that young actually)... What's the problem?
I have asked the older Karusathey to continue writing but he says he is waiting for the right moment!
I can assure you that he will write!
Sappe'

Anonymous said...

Golhaboa ge Dhogu list on youtube
check out

http://www.youtube.com/watch?v=W2HVzEZeXOU

Anonymous said...

drp sitegaa golhaa firihen kulhi habaru.....
mivanee kihineh?

http://www.drp.org.mv/news.php?subaction=showfull&id=1136664293&archive=1136664435&start_from=&ucat=2&

Anonymous said...

drp sitegaa golhaa firihen kulhi habaru.....
mivanee kihineh?

http://www.drp.org.mv/news.php?subaction=showfull&id=1136664293&archive=1136664435&start_from=&ucat=2&

Anonymous said...

golhaabo ge kulheege habaru on drp website