Saturday 9 August 2008

ވަގުތީ ބޮޑު ފަނޑިޔާރު ފާއިޒު އާމެދު ސަމާލުވާން ޖެހޭނެ

މިހާރު ހައި ކޯޓުގައި ތިބި ފަނޑިޔާރުންނަކީ އެމީހުންގެ ކުރީގެ ވަޒީފާ އަދާކުރިގޮތުން މައުމޫނަށް ތަބާވެ ހައްދުފަހަނައަޅައި ދިޔުމުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޕްރޮމޯޓް ކުރި މީހުންނާއި ޝަރުޢީ ދާއިރާ ރިޝްވަތުގެ ވަބާއަށް ޕްރޮމޯޓްކޮށް ރިޝްވަތުގެ ގޭންގެއް އުފައްދައި އެގޭންގުގެ ނެޓްވޯކްގެ ލީޑަރުކަމުގެ މަޤާމުގައި ތިބެ މައުމޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ ސަބަބުން ޝޭޚް ރަޝީދު ފަޑިޔާރުކަމަށް ޕްރޮމޯޓްކުރި މީހުންނެވެ. މީގެތެރެއިން މިހާރު އިސްކުރެވިފައިވާ ހައިކޯޓުގެ ފަނޑިޔާރު އަޙްމަދު ފާއިޒު އަކީ މައުމޫނު ބުނާ ގޮތަކަށް މައްސަލަ ނިންމުމުގައި ހައްދުފަހަނަ އަޅާހުރި މީހެކެވެ. އަދި ރިޝްވަތުގެ ނެޓްވޯކް ގޭންގްސްޓަރގެ ލީޑަރުކަމުގައިވާ އަލީ ޙަމީދުއަކީ ޝޭޚް ރަޝީދުގެ ނިވަލުގައި ހުރި މައުމޫނުގެ އަޅެކެވެ. މި ނެޓްވޯކްގެ މެމްބަރުން ދަށުކޯޓޫން ނިންމާ ހުރިހާ މައްސަލައެއް ހައިކޯޓުން ބަލާ ނިންމާނީ މި އަލީ ހަމީދެވެ. މީނާގެ ގޭންގުގެ މީހުންނިންމާ މައްސަލައެއް މީނާ އެހެން ފަނޑިޔާރަކަށް ނުދޭނެއެވެ. އަންނަ ހުރިހާ މައްސަލައެއް އަންނާނީ މީނާ އަތަށެވެ. ބަހާނީވެސް މީނާއެވެ. މީނާގެ ގޭންގްގައި ހިމެނޭ މަޝްހޫރު ސްޓާރުންގެ ތެރެއިން ބައެއް މީހުންނަކީ ޏ އަލީ ޝަރީފް ، ސަޢުދުބެ ، މަނަދޫ ބަކުރު ، އާދަމް ސަޢީދު ، އައްބާސް ، މުޚްތާރު މީގެތެރެއިން ގިނަ މީހުން އެދާއިރާއިން ބޭރުކޮށްފައި ތިބި ކަމުގައި ވިޔަސް މިހާރުވެސް ބައެއްމީހުން އެދާއިރާގައި ހިމެނެއެވެ. މިމީހުންނަކީ ޤައުމުގެ ވަރަށް ގިނަ މީހުން މީރިޝްވަތުގެ އައްޕަ ކަމަށް ޤަބޫލުކުރާ މީހުންނެވެ. މިރާއްޖޭގެ މުޅި ޝަރްޢީ ދާއިރާ މިގޮތަށް ރިޝްވަތުގެ ގޭންގެއްގެ ގޮތުގައި ހަލާކުކޮށްލި މީހަކީ ހައި ކޯޓުގެ ފަނޑީޔާރު އަލީ ޙަމީދެވެ. މީނާއަށް ހިއްވަރުދިނީ ޝޭޚް ރަޝީދެވެ. ވީމާ ހަގީގަތް ދިވެހިރައްޔަތުންނާއި ޕާލިމަންޓުގެ މެންބަރުންގެ ސަމާލުކަމަށްޓަކައި މިވާހަކަ ޢާންމު ކުރީމެވެ.

ގިނަބަޔަކު ލަފާ ކުރާގޮތުގައި މިހާރު މިއުޅޭ އާ ގާނޫނު އަސާސީ އިސްލާހުކުރެވިފައިވާ ގާނޫނު އަސާސީ މައްސަލައިގައި ގޮޅާބޯއަށް ވެރިކަމަށް އިތުރު ދައުރަކަށް ކުރިމަތި ލެވިދާނެތޯ ނުވަތަ ނޫންތޯ މި މައްސަލައިގައި ފާއިޒު ނިންމާނީ ގޮޅާބޯއާ އެއްކޮޅަށެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މައްސަލަ ވަރަށް އަވަހަށް އެހެން ޕާޓީ ތަކުން މި ވަގުތީ މަތީ ކޯޓަށް ހުށަހަޅާނެއެވެ. ރައްޔިތުންގެ ހައްގުގައި ރަނގަޅު ހެޔޮ ކަމެއް ކުރުމުގެ ފުރުސަތު އަހުމަދު ފާއިޒަށް ލިބޭނެއެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުން ކުރާނެކަމަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

ފަނޑިޔާރު ފާއިޒުއެވެ! ދިވެހި ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމުގެ އެންމެ އިސް ފަރާތަކީ މި ވަގުތު ތިޔައީއެވެ. އެހެންވީމާ، ތި މަސްއޫލިއްޔަތުގެ ބޭނުން ރަނގަޅަށް ހިފައިފިނަމަ ތާ އަބަދަށް މި ގައުމާއި މި ގައުމުގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ތިމާއަށް ލިބޭނެއެވެ. މިގައުމުގެ ރަން ދަރިޔަކަށް ވުމުގެ ފުރުސަތު މިހާރު ތިޔައޮތީ ފާއިޒަށް ލިބިފައެވެ. ހެޔޮ ގޮތުގައި ބުއްދީގެ ބޭނުންކޮށްގެން، އީމާންތެރިކަމާއެކު ނިޔާ އިއްވާދީ، މިގައުމު ގޮޅާބޯގެ އަނިޔާވެރި ވަކިތަކުން ސަލާމަތްކޮށްދޭށެވެ. އެހެން ހަދައިދީފިނަމަ ހީވެސް ނުކުރާހާ ގަދަރާއި އިއްޒަތާއި ޝަރަފު ފާއިޒަށް ނަސީބުވާނެއެވެ.

 

6 comments:

Anonymous said...

Uz. Faizu eve, eyee varah bodu dhedhekeve. Qaanoon Asaasee akee au Qaanoon asaasee ekey kiyaa, raiyithun ah olhuvailaagen Maumoon e ulhenee, adhives verikamugai dhemihunnaasheve.
Ehgothakah ves ehen viya nudhevaa.
Mi nikamethi dhivehin E nubai Maumoon ge kibain salaamai vumah kuraa masaikathah ebaaru lavvavaa.
Haqeegathaai Haqaai ehkolhah jehivadaai gannavaa.
Varah Salaam.

Anonymous said...

huri ladhu hayaai kuda kan balaabala! kaleymen mi gaumah heveh edhey nama thiyahen mees meehunge aburakah araeh nugannaane..mi article in ves kaley men ge huri nubai kamaai fithunaverikan dhivehi rayyithunnah saafu koh engijje!

Anonymous said...

kale ah halaaku huri !!! gaumuge krimagaamedhu gotheh nimman havaalu vefaivaa faaai thakaamedhu adhi thihen bunaakahnuvey!! emeehunnakee kurygai sarukaaruge muazzafun.. ehen veemaa emeehun sarukaarah vafaatheri vaane.. e ee eyru massala eh noon. dhen hadhaagotheh balan vee. faaizaai justice hameedhaky insaafah loabikuraa ba ehkan adhi ingeyne! thikahala boa galhi vaahaka dhahkan hadhaigen edhe golaa ge hih aharemennaa medhu nubai kuruvan nahadhaa.. mi goi maa buhdhiveri...

Anonymous said...

bodu balaaehkahala fadiyaarun ulhene. laarihuriyya okey salaamehvaane kohmmelhaaehves.
minun dhuvaheh aharumen lhakudhinnan fennanee kondhuvahakun baavaa hithah araa
verikamaa laariyaa hedhi boothukanee emmen

Anonymous said...

komme fandiyaareh huttas maumoonu bunaa gotheh nuhadhaa meehakah kihineiy "eyna dhey magaameh" ga hureveynee..jeheynee faiban..varah ithubaaraa eku mibunanee kuri ah oiy fas aharu ge dhauru maumoonu hunnaane..eyna jeheynee maruvaan noony maraaalan..hurihaa bareh adives othee eyna athuga..ehen v ma tikahala habareh ge beynumeh neiy.

Anonymous said...

It is important to note that this gang in the high court even has a price list for various tyoes of cases. The go according to their price list to charge bribes for different tyoes of cases and cases of different levels. I figured it is worthwhile to add this details to the article for the information of the public.