Thursday 7 August 2008

އިސްލާޙުކުރި ގާނޫނު އަސާސީ ތަސްދީގުކުރުމުގެ އެއްދުވަސް ކުރި

މިނިވަން އެޑިޓޯރިއަލް - ދިރިއުޅުމުގެ ހާސްކަން ހުރިގޮތުންނާއި ދަރަޖައިގެ ސަބަބުން، އަޅުގަނޑުމެން ގިނަ މީހުންނަށް މިވާގޮތެއް އެހާ ފުންކޮށް އިޙުސާސް ނުވުމަކީ ހަމަ ވެދާނެކަމެކެވެ. 1997 ގައި ތަސްދީގުކުރި ގާނޫނު އަސާސީ އަޅުގަނޑުމެންނަށް ގެނެސްދިނީ ކޮންކަހަލަ ތަރއްގީއެއްކަން މިހާރު ސިފަކުރެވެން އެބައޮތެވެ. އަދި، މީގެ ކުރިޔަށް ބަލާނަމަ، 1932 ގައި ލިޔެވިގެން ތަސްދީގުކުރި ފުރަތަމަ ގާނޫނު އަސާސީން ފެށިގެން މިހާތަނަށް އައިއިރު، ދިވެހީންނަށް ލިބިފައިވަނީ ކުރިއެރުމެއްތޯ ނުވަތަ ނޫންތޯވެސް، ބަލައިލެވިދާނެއެވެ.

1997 ގެ ގާނޫނު އަސާސީ އައުމުގެ ކުރިން، ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވީ 1968 ގައި ތަސްދީގުކުރި ގާނޫނު އަސާސީއެވެ. 70' ގެ އަހަރުތަކުގައި، ދިވެހީންނަށް އައި އިގްތިސޯދީ ކުރިއެރުމާއި ދިވެހީންނަށް ބޭރުދުނިޔެ ތައާރަފްވި މިންވަރަށް ބަލާއިފިނަމަ، އަޅުގަނޑު މި ދަންނަވާ ވާހަކަ އެނގިވަޑައި ގަންނަވާނެއެވެ. އެ ކުރިއެރުމާއި އޭރުއޮތް ލިޔެވިފައިވާ ގާނޫނު އަސާސީއާ ހުރި ނުވަތަ ނެތް ގުޅުމެއް އެނގޭނީ ދިރާސާ ކުރުމުންނެވެ. ފާޅުވާން އޮތް އެއް ހަގީގަތަކީ، އިގްތިސޯދީ ތަރައްގީއާއެކު، ރޫޙާނީ އަދި ސިޔާސީ ތަރައްގީ ދިވެހީން ހިއްސާކޮސްފައި ނުވާކަމެވެ.

މި ގަރުނުގެ ކުރީކޮޅަށް އައިއިރު، ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ތިން ބަޔަކަށް ބެހިފައޭ ދެންނެވިދާނެއެވެ. އެއީ، ތަރައްގީވެފައިވާ ހުޅަނގުގެ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ތަރައްގީ ހުއްޓުން އަރުވާފައިވާ ގައުމުތަކެވެ. މީގެ ތެރެއިން ދިވެހި ރާއްޖެ އަޅުގަނޑު ހިމަނާނީ ތިންވަނަ ބައިގައެވެ. 21 ވަނަ ގަރުނު ފެށުނުއިރު، އިގްތިސޯދީ ގޮތުން ތިޔާގިކަމެއް ބައެއް ނުފޫޒުގަދަ އާއިލާތަކަކަށް ލިބިފައިވީނަމަވެސް، ދިވެހީންގެ ގިނަބަޔަކު އާދަކުރުވާފައި ވަނީ އާދޭސްކުރުމާ އަޅުވެތިވުމުގެ ސަގާފަތަކަށެވެ. މިކަން މިގޮތަށް ކުރުމަށް ވެރީންނަށް ފަހިވީ އެއް ސަބަބަކީ، ގާނޫނު އަސާސީ ގެ ބާރު އެވެރީން ބޭނުން ހަމަތަކެއްގެ މަތީން ހިންގުމެވެ. ދިވެހީން ގެ ސިކުނޑިތައް ތަޅުލުމުންނެވެ. ގާނޫނާއި ގަވާއިދުގެ ބާރު ގައުމުގައި ނުހިންގާ އޮތީމައެވެ.

މާދަމާ، އާދެ، 7 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ހެނދުނު 10 ޖަހާއިރު، އިސްލާޙުކުރި ގާނޫނު އަސާސީ ތަސްދީގު ކުރާނެއެވެ. އެކަން ވަނީ މުޅިރާއްޖެއަށް އިއުލާނުވެސް ކޮށްފައެވެ. ދަރުބާރު އެދަނީ ތައްޔާރު ވަމުންނެވެ. މިފަދަ ކަމެއް ވާން އުޅޭއިރު، އަޅުގަނޑުމެންގެ ގިނަ މީހުން މިތިބީ، މިކަމާ ފުންކޮށް ވިސްނާލުމުގެ ފުރުސަތުވެސް ނެތި، ހާސްކަން މަތީ، ދޭދޭ އަރާރުންތަކުގެ ތެރޭގައި ބަނދެވިފައެވެ. މީގެ 30 އަހަރު ފަހުން ދިރިތިބޭ ދިވެހީން، މިޒަމާނާއި ދޭތެރޭގައި ބަލާނީ ކޮންގޮތަކަށް ބާވައެވެ؟

ކޮންމެއަކަސް، ދިރިއުޅުމުގެ ތަރުތީބުތަކަށް ފުން ބަދަލުތަކެއް އައުމަށް އެދި ތިބި ދިވެހީންނަށް، 'އަނެއް ދިވެހިރާއްޖެ' ތަސައްވަރު ކުރެވޭނީ މިގެންނަން އުޅޭ ބަދަލުތަކާއި މެދު ވިސްނާލުމުންނެވެ. އަދި، އުއްމީދުތަކާއި ހުވަފެންތަކަށް ސިފަޖައްސައިގެންނެވެ.

 

 

3 comments:

Anonymous said...

އަހަރުމެން ގެ އާއިލީ ސައިޓަށް ޒިޔާރަތް ކުރައްވާ
The Sappe Karsath Awakening

Anonymous said...

Luk what you bastard wrote here against sappe. fuck you man. We wil never believe what had happened decades before. lets talk about today and or the present senario. It really show how cunning beloved Golha is. who is here covering the lies. Maldivians are awaked by MDP MDP.Nobody will deny this as teachers recently awakened All the ministries by their strike. Dont laudgh, just cry for ur inability.

Anonymous said...

kewl article! keep it up!