Friday 1 August 2008

ރާއްޖޭގެ ގާނޫނު އަސާސީއަކީ ގޮޅާބޯ ކުރިމަތީގައި އެއްވެސް އެއްޗެއްނޫން...

ކުނބުރުދޫ ހަސަނު (+18)


1978 ގައި ފިސްތޯލަ ހިފައިގެން ހުރެ ޣައިރު ގާނޫނީ ގޮތުން ގޮޅާބޯ އުފެއްދި ވެރިކަމަށް 30 އަހަރު ވީއިރު އަދިވެސް ގޮޅާބޯއަށް ދިވެހި ރައްޔިތުންނަށް ދޭންޖެހޭ ފުރިހަމަ ގާނޫނީ ހިމާޔަތް ދެވޭތަނެއް ހަމަ ނާދެއެވެ. އެބުނާ ގާނޫނީ ސަރުކާރެއް އެކުލަވާލުމަށްފަހު ފުރަތަމައިނުންވެސް ގޮޅާބޯ އޯޑަރު ދިނީ އާރުކޭއެލް އުން 150 އަނދަގޮނޑި ޖަހާށެވެ. (އަދި އެއީ ބިޑަށްވެސް ނުލައެވެ.) މި އަނދަގޮނޑިތަށް ގޮޅާބޯ ބޭނުންކުރީ އޭނާގެ ގާނޫނީ ވެރިކަމާ ދެކޮޅު މީހުން މައިތިރިކޮށް އެމީހުންގެ ދުވަސް ދުއްވާލާށެވެ.

ކޮންމެއަކަސް މާ ގިނަ ދުވަހެއް ނުވަނީ ގޮޅާބޯ އެއިރުއޮތް ގާނޫނު އަސާސީ އިސްލާހުކުރަން ފެށިއެވެ. އިސްލާހުކޮށް ނިމުނީ 17 އަހަރުންނެވެ. އެކަމަކު ގޮޅާބޯ ތަސްދީގުކޮށްގެން ޗާޕުކޮށް ނިމުނުއިރު ބައެއް މާއްދާތަކަށް ހުރީ އާދަޔާ ޚިލާފު ބަދަލުތައް އައިސްފައެވެ. ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ މެންބަރުން ފާސްކުރި ގޮތާ ޚިލާފަށް ކިތަންމެ މާއްދާއެއް ހުރީ ޗާޕުވެގެން އައިސްފައެވެ. ތަސްދީގު ގޮޅާ ކުރާ ގޮތަކީ އެއީއެވެ. ގާނޫނު އަސާސީ އޮޅާލާފަ ރައްޔިތުންގެ ބެކަށް ޖަހަނީއެވެ. އެކަމާ ވިއްދައިގެން މީހަކު ދޯ ދޯ އޭ ބުނެލިޔަސް، އެއްކަލަ އަނދަގޮނޑިތަކުގައި އޭނާ ދުވަސްތައް ހޭދަކުރަން މުހުލަތު ލިބެއެވެ. ގާނޫނީ ވެރިކަން ގޮޅާބޯ ހިންގީ ވަރަށް އިބުތިހާލުވެރިކަމާއި އިޚުލާސްތެރިކަމާއެކު މި ބީދައިންނެވެ.

17 އަހަރުން ހަދާ، ކޮށާ މެށި ނަމޫނާ ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް ގޮޅާބޯ އެރީ ހަމަ ކޮޅުފައިންނެވެ. ވަކިވަކި މާއްދާތަކެއްގެ ވާހަކައެއް ދައްކާނެކަމެއްނެތެވެ. މޯކުޅި ހަމީދަށް މަޖުލީސްކުރާގެ ފިރިހެނުންނާ އެޅެން ހަވާލުކޮށްފައި، ގޮޅާބޯ އުޅުނީ ގާނޫނީ ވެރިކަމާ ހެދިއެވެ.

25 އަހަރު ވޭތުވެދިޔައީއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއިއެކު، ދިވެހިންގެ ހޭލުންތެރިކަން ވެސް އިތުރުވާން ފެށީއެވެ. އީވާނު ނަސީމާއި އޭނާގެ އެކުވެރިން މާފުށި ޖަލުގައި މަރާލުމާއި ހަމައިން ދިވެހިންގެ ލޭ ކެކިގަތެވެ. އިސްލާހީ ހެޔޮ ބަދަލަށް މަސައްކަތް ކުރަން ފެށުނެވެ. ބޭރާއި އެތެރޭގެ ޕުރެސަރާހެދި މަލްއޫނު ގޮޅަޔަށް ޖެހުނީ ސުވީޕިން ރިފޯމް ޖައްސާށެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ފަށާށެވެ. މިކަމުގައިވެސް މި ވޭތުވެދަނީ 4 އަހަރެވެ. 12 މަސްދުވަހުގެ ތެރޭގައި ކުރާނަމޭ ބުނި ކަމެކެވެ. އެކަމަކު މިހާރުވެސް އެ ގަދަ ދައްކަނީ ތަސްދީގު ނުކުރާށެވެ. މި ކުއްތާގެ ހުރި ހަޔާތްކުޑަކަން ދެކިބަލާށެވެ. މީނަޔަށް ހީވަނީ ދިވެހިން އަދިވެސް މިތިބީ މީނަ މިސްރަށް ފިރިހެންކުޅި ކިޔަވަން މީގެ 50 އަހަރުކުރިން ދިޔައިރު ތިބި ހާލަތުގައި ކަމަށެވެ.

ކޮންމެއަކަސް މިހާރު އަނެއްކާ މާ ސީރިޔަސް ވާހަކަތަކެއް އެބަ ދެކެވެއެވެ. އެއީ ގޮޅާބޯ ތަސްދީގު ކުރަން ގެންގުޅޭ ގާނޫނު އަސާސީގެ ކޮޕީއާ، ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ މެންބަރުންގެ އަތުގައި އޮތް ވޯޓުލާ ފާސްކުރި ކޮފީއާ ތަފާތު ހުރިކަމަށް ދެކެވޭ ވާހަކަތަކެކެވެ. މީ ހަގީގަތުގައިވެސް ގޮޅާބޯ މެން ކަހަލަ މީހުންގެ ކަށިގައި ހިފައިފައިވާ ކަންކަމެވެ. މަކަރެއް ހަދާނުލާ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. އެކަމަކު، އަނެއްކާވެސް ބުނެލަން ޖެހެނީ ހަމަ އެއްވާހަކައެކެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. ބޭނުންހާ ގޮތަކަށް ބޭނުންހާ ކަމެއް ދެނެއް ގޮޅާބޯއަކަށްވެސް އަދި އެހެން އެކަކަށްވެސް ނުކުރެވޭނެއެވެ. ތިޔަ ގާނޫނު އަސާސީ އަކީ ފާސްކުރި އަސްލާ އަކުރުން އަކުރަށް އެއްގޮތް އެއްޗަކަށްވޭތޯ ބަލާނީ އަހަރުމެން ރައްޔިތުންނެވެ. އަދި ބެލުމަށްފަހު، މައްސަލައެއް އުޅެފިއްޔާ ދެން ކަންތައްކުރާނެގޮތްވެސް އެނގޭނީ ހަމަ އަހަރުމެނަށެވެ. ވާގޮތެއް އެނގިދާނެތާއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސި ހިމާޔަތްކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއްވާންޖެހުނަސް އެކަމަށް ފިސާރި ތައްޔާރަށްތިބި ދިވެހި ދަރީން މިއަދު ހާހުން ގުނާލެވެއެވެ. ޚަބަރުދާރެވެ!

3 comments:

Anonymous said...

ތިޔަފަދަ ގުރުބާނީއެއްވާން ހުރީ ކާކުބާ؟ ހާދަ ހީނުވެޔޭ ދިވެހިންގެ ގައިގަ ތިހާ ހިތްވަރު ހުރިހެން... އަހަރުމެންނަކީ ވަރަށް ވައްތަރެއްގެ ބަޔެއް.. މުޅިންވެސް ކާނީ ހިހޫތަނުން ދޯ؟

Anonymous said...

ވަރަށް ވެސް އުފާވެރި ޚަބަރެއް ތިއީ. އެބައެއްގެ އަމިއްލަ ކަންތަކާއިގެން އުޅޭނީ ހަމަ އެބައެއް. އެހެން ބަޔަކު ނުތިބޭނެ އެކަމަކާއި ކަންބޮޑުވާނެ. ނިކަން ދެކިބަލަ އަހަރެމެންގެ ކަންތަކާއި ސަރުކާރެއްގެ ނަމުގައި މީހަކާއި ޙަވާލުކުރުމުން އޭނާ އެއުޅެގަތްގޮތް. އަހަރެމެން ހިއެއްވެސް ނުކުރަން އެގޮލާ އެގޮތަށް ކަންތައް ކުރާނެ ކަމަކަށް. އެހެންވީމާ، ޤާނޫނު އަސާސީ އަކަސް އަދި އެހެން ޤާނޫނަކަށް ވިޔަސް އެފާސްކުރެވުނު ގޮތް ނޫން ގޮތަކަށް ތަޞްދީޤުވެގެނެއް ނުވާނެ. އެއަށް ބަދަލުގެނެވެންވާނީ ޤާނޫނުގައި އެއަށް ބަދަލުގެނައުމަށް ކަނޑއަޅާފައިވާ ގޮތަކަށެވެ. ތިޔަ ފަރާތުގެ ހިތްވަރަށް މަރުޙަބާކިޔަމެވެ

Anonymous said...

ސާބަހޭ ތީ ހަމަ ދިވެހި ފިރިހެން ދަރިއެއް.... އަހަރެމެން މިތިބީ ތިބޭފުޅާ ބުނުއްވި ގޮތަށް ކިބިގަސްދޮށުގޭ "މޯކުޅި " އާއިލާގެ ކިބައިން މި ގައުމު ސަލާމަތްކުރަން ތައްޔާރަށް. މިކަމުގައި ޑީއޯ ޓީމު ތިކުރާ މަސައްކަތަށް ހަމަ ސާބަސް...[ގައުމުދެކެ ލޯބިވާ އަހައްމަދު]